ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާ: އެ ބެނާތައް ނަގަން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ މައުލޫމާތު ދޭން އައިކޮމުން އެންގީ ގޯސްކޮށް ކަމަށް ހައި ކޯޓުން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
09 މެއި 2023 - 14:26
"އިންޑިއާ އައުޓް" ޖެހި ބެނާތައް ނަގަން މިދިޔަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ވަކިވަކި ފުލުހުންނާއި ނަމާއި މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރު އެންގީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރު ނެރުއްވި ގަރާރުގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅާއި މާލޭގެ އެހެން ބައެއް އިމާރާތްތަކުގައި ހުރި އިންޑިއާ އައުޓް ޖެހި ބެނާތައް ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ގެކޮޅަށް ވަދެ ނެގި އެވެ.
އެ އޮޕަރޭޝަންގައި ބައިވެރިވި ވަކިވަކި ފުލުހުންގެ ނަމާއި ސާވިސް ނަމްބަރާއި ރޭންކުގެ އިތުރުން އެ އޮޕަރޭޝަންގައި އެ މީހުން އަދާކުރި ދައުރު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މައްސަލަ ފުލުހުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ މީސްމީހުންގެ ޒާތީ މައުލޫމާތުތައް ހާމަކުރަން އެންގޭނީ އާންމު މަސްލަހަތު ހިމެނޭ ހާލަތްތަކުގައި ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބުނާއިރު ވަކިވަކި ފުލުހުންގެ މައުލޫމާތަކީ ވެސް ޒާތީ މައުލޫމާތެއް ކަމަށެވެ. ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ކުރާ ކަންކަމާ ގުޅިގެން ވަކިވަކި ފުލުހުންގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ އޭގެ ސަބަބުން ވަކިވަކި ފުލުހުންގެ ފުރާނައަށް ނުރައްކާވެ، އާންމު މަސްލަހަތު ގެއްލިދާނެ ކަންކަން ކަމަށް އެ ހުކުމުގައިވެ އެވެ.
"އެ މައުލޫމާތު ލިބުމަށް އާންމުންގެ ޝައުގުވެރިކަން ކިތަންމެ ބޮޑަށް އޮތް ނަމަވެސް، އާންމު މަސްލަހަތު މިކަމުގައި އޮތީ ވަކިވަކި ފުލުހުންގެ ފުރާނައަށް ނުވަތަ ރައްކާތެރިކަމަށް ގެއްލުން ލިބޭ ފަދަ މައުލޫމާތު އާންމުކޮށް ހާމަ ނުކުރުމުގެ މައްޗަށެވެ،" ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގަކީ މުހިންމު ހައްގެއް ކަން ފާހަގަކޮށް، އެ ހުކުމުގައި ވަނީ މައުލޫމާތު ފޯރުކޮށް ދިނުމުގައި ބައެއް ކަހަލަ އިސްތިސްނާތަކެއް ގާނޫނުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކޮންމެ މައުލޫމާތެއް ދޫކުރުމަކީ ގާނޫނުގައި ބުނާ އާންމު މަސްލަހަތު ގެއްލޭނެ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ދީބާނާޒް ފަހުމީގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދުގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ބެނާތައް ނަގަން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ވަކިވަކި ފުލުހުންގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުން ބާތިލްކުރާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޯން
10 May 2023
ދިވެހިރާއްޖެ އޮތީ އިންޑިޔާއަ ވިއްކާލަފަ . މިހާރުން މިހާރަށް އިންޑިޔާ މިލިޓަރީ ބޭރުކުރޭ....
ޝޮކްތެރަޕީ
10 May 2023
މި ސަރުކާރުގެ އިސްމީހުންގެ ގެތަ އެމެރިކާގަ އިގިރޭސް ވިލާތުގަ މެލޭޝިޔާގަ. ދިވެހި ރާއްޖެ އިންޑިޔާއަ ވިއްކާލަފަ މި މީހުން ފިލާނެ. އެމްޑިޕީޔަ ވޯޓް ދޭމީހުންނަކީ ހެޔޮނުވިސްނޭ ބައެއް.
ސުން
09 May 2023
ދޭން ޖެހޭނެ. މިކަހަލަ ސޭކުސްތާނުގެ އަދުލުއިންސާފުގައި އޮންނަ ގޮތް ތިއީ. ޔޫރަޕްގެ ގައުމުތަކުގައި ނަމަ ތިކަންވާނީ ތިހެނަކުން ނޫން. ވަކިވަކި ފަރުދުންވިޔަސް ޒިންމާ ކުރެވެންވާނެ
ކަޅުހުއް
10 May 2023
ކައެ ގޮސް ޔޫރަޕްގަ އޮވެބަލަ ވާއެއްޗެއް ބަލަން. ޔޫރަޕުން ޑިމޮކްރަސީ ގެނެސްދިން އިރާގު އަފްގާނިސްތާނު ލީބިޔާ ސޫރިޔާ. ބަލާބަލަ ކަން އޮތްގޮތް. ޔޫރަޕްގަ ގައުމެއްގެ ދާޚިލީ ކަމަކަށް އަސަރުކުރާ އެއްވެސް ކަމެއް އެވެރިން ހުއްދަނުކުރާނެ. ބަލާބަލަ ޗާގޯސް ދަމައިގަނެގެން އެއުޅެނީވެސް އިގިރޭސި ޔޫރަޕުން.
ނަންނ
10 May 2023
ނަން ހާމަކޮށް މަގުމަތިން ހަމަލާ ދިނުމަކީ ޒިންމާ ކުރުންތަ؟ މައްސަލަ ހުށަހަޅަން ހުރި ތަންތަނަށް ހުށަހަޅާގެން ޒިންމާކުރުވާ
ޒައިކީ23
09 May 2023
ޔެސް އެ އަމުރު ކުރި މީހަކު ހޯދަން އެދެވިދާނެ.. ތަންފީޒުކުރަންދާ ވަކި ވަކި ފުލުހުންގެ މަޢުލޫމާތެއް ނުދެެވޭނެ..
އައްޔަ
09 May 2023
އިންފޮމޭޝަން ކޮމިޝަނަރައް އެވަރުވެސް ނޭނގޭދޯ, ކީއްކުރާނި ގައުގެ ހާލަތު.
އަހްމަދ
09 May 2023
އައިކޮމްގެ ރައީސް އާއިދު އަކީ ޕީޕީއެމް އެކްޓިވިސްޓެކޭ ހީވޭ..
ޢަރުތަ
09 May 2023
ތިޔަ ބެނާތަކެއް ދެމީ ޔާމީނުގެ ވެރިކަމުގަ ނަމަ، އެ ބެނާއެއް ދަމާފަހުރި ގެވެސް ދައުލަތަށް ނަގާނެ، ނުވިތާކަށް ބެނާ ދެމީމީހަކު ހައްޔަރުކޮށް އުލުވެސް ބޭންދީސް، އެކަން އޮތީ ޔާމީނުގެ ވެރިކަމުގަ ވަރަށް ރީއްޗަށް ރައްޔިތުންނަށް ފެނިފަ، އެކަން ވަރަށް ރަނގަޅަށް ރައްޔިތުން ހަނދާނުގަ ބަހައްޓާނެ.
ބޮޑުމީހާ
09 May 2023
ކޮރަޕްޝަނާއި ފަސާދަ ހުއްޓުވުމަށް މިވަގުތު އޮތް އެންމެ ބޮޑު ވަސީލަތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު.
މިހެނެއްނޫން
09 May 2023
"ވަކިވަކި ފުލުހުންގެ މައުލޫމާތަކީ ވެސް ޒާތީ މައުލޫމާތެއް ކަމަށެވެ". ތަރައްގީވެފަ ހުރި ގައުމުތަކުގަ މިހެނެއްނޫން މިކަން އޮންނީ. މީއަދި ބޭނާއަކާ ހެދި، ޓެރަރިސްޓް ކަމެއްވެސް ނޫން.
ވަޅޯމަސް
09 May 2023
ޢާހިދު.ވަރަށް ސަލާން. މާމޮޅު ކޮމިޝަނަރެއް