ހުޅުމާލެ ފަޅުން ހިއްކަން ޕްލޭންކުރާ ސަރަހައްދު: އެ ސަރަހައްދު ހިއްކުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އާބަންކޯ އިން ބުނޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
10 މެއި 2023 - 13:49
ހުޅުމާލެ އިތުރަށް ހިއްކަން މަޝްވަރާކުރަމުން އަންނަ ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.
މާކެޓިން އަދި ޕަބްލިކް ރިލޭޝަން ޑިރެކްޓަރު ނިއުޝާދު ޝަރީފް "މިހާރު" އަށް ވިދާޅުވި ގޮތުގައި، ހުޅުމާލެ އިތުރަށް ހިއްކުމުގެ މަޝްވަރާތަކެއް އެ ކުންފުޏާއި ސަރުކާރުން އަންނަނީ ކުރަމުންނެވެ. ނަމަވެސް، އެކަމުގައި ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
އެނގިފައިވާ ގޮތުގައި، ހުޅުމާލެއިން އިތުރަށް ހިއްކަން އުޅެނީ ހުޅުމާލޭގެ ދެ ފޭސް ގުޅުވާލާ ބްރިޖުތައް ހުންނަ ޓަނަލުގެ ހުޅަނގު އުތުރުކޮޅަށް ނިމޭ ހިސާބުން ފެށިގެން އުތުރަށް އޮތް މުޅި ފަޅެވެ. އޭރުން މުޅި ފަރުކޮޅުފުށި ވެސް ދާނީ ހިއްކާ ހިސާބުގެ ތެރެއަށެވެ.
ހުޅުމާލެ ފަޅުން ހިއްކަން ޕްލޭންކުރާ ސަރަހައްދު: އެ ސަރަހައްދު ހިއްކުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އާބަންކޯ އިން ބުނޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހުޅުމާލޭގެ މާސްޓަޕްލޭންގައިވާ ގޮތުން ކުރިން އެ ފަޅުގައި ހަދަން އުޅުނީ ދުނިޔޭގެ ފެންވަރު ކްރޫޒް ޓާމިނަލެކެވެ. އެ ޓާމިނަލް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކުރުމުން އެކަމުގެ ތަޖުރިބާ ހުރި ބޮޑެތި ބައެއް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށް އާބަންކޯއިން 2021 ވަނަ އަހަރު ބުނެފައިވެ އެވެ.
އެއީ "އޯޝަން ފްރޮންޓް" ލަގްޒަރީ އެޕާޓްމަންޓްތައް ވެސް ހަދަން ޕްލޭންކޮށްފައި އޮތް ސަރަހައްދެވެ. އެ މަސައްކަތް މިދިޔަ އަހަރު ބަޔަކާ ހަވާލުކޮށްފައި ވެސް ވެ އެވެ.
މާލޭ މީހުންނަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ހިލޭ ގޯތި ދޭން މި ސަރުކާރުން އޮތީ ވައުދުވެފަ އެވެ. އެކަމަށް ބޭނުންވާ ބިން ކަނޑައަޅާ ސަރަހައްދު މީގެ ކުރިން އާބަންކޯ އިން ވަނީ ނޫސްވެރިންނަށް ދައްކާލައިފަ އެވެ.
މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމާއި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއުތަކުގެ ދަށުން ވެސް ހުޅުމާލޭގައި އިމާރާތްކުރުމަށް އިތުރު ބިން ބޭނުންވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައިކަލޯ
11 May 2023
ތިތާ މެރީނާ ވިއު އޭ ކިޔައިގެން ބޮޑު އަގުގަ ވިނަރެސް ވިިއްކީ. ދެން ތިތަން ހިއްކީމަ އެތަންތަން ބޮޑު އަގުގަ ގަތް މީހުންގެ އެޕާޓުމަންޓުގެ ވެލިއު ދައްވާނެ.
އޮނަރަބްލް އަފީފު ދީދީ
11 May 2023
ވޮޝިންގޓަން، London ، މޮސްކޯ އަދި ދިއްލީ ފަދަ އަގުބޮޑުސިޓީތަކުގައި ދިރިއުޅެވޭނެހާލަތުނެތް އެވަރަށް އާމްދަނީނުލިބޭ އެސިޓީތަކަށްއުފަން އެފަދަ ސިޓީތަކުގެރަށްވެހިންނަށް ސޯޝަލް ހައުސިންގ ސްކީމް ހިންގަނީ އެޤައުމުތަކުގެ ސިޓީތަކުގެތެރެއިން މިދެންނެވިމީހުނަށް އެފޯޑް ކުރެވޭފަދަ ސިޓީތަކުގައި. # ކ.އަތޮޅު މާލެއަށްއުފަން އެރަށު މީހެއްކަމުގައިވިޔަސް އޭނާގެކިބައިގަ އެރަށުގައި އުޅެވޭނެފެންވަރުނެތްނަމަ އޭނާއަށް ފުލެޓްދޭންވާނީ އޭނައަށް އުޅެވޭނެ ފަދަ ރަށަކުން.
އޮނަރަބްލް އަފީފު ދީދީ
11 May 2023
ދައުލަތްދަރަނިކޮށް އެތައް ބިލިޔަން ޑޮލަރުނަގައިގެން ބިންހިއްކާތަރައްޤީކުރި ރޯހައުސް ތަކާއި ފުލެޓްތަކުގެއަގު ދައްކާ ހަލާސްކުރަން އިންސްޓޯލްމަންޓްއުސޫލުން މަހަކު 5 ހާސްރުފިޔާ ދެއްކުމަށް އެއްބަސްވެ އެއަށްވެސް ކ.އަތޮޅު މާލޭމީހުން އިޙްތިރާމްކޮށް ފައިސާނުދައްކާއިރު ތިރަށުގެބިން އެމީހުން އާމްދަނީހޯދުމަށް އެ ޤަބީލާ މީހުނަށް "ހިލޭ" ބެހުމަށްވުރެން ބިންގަންނަންއެދޭ ބިމެއްނެތް ފަރާތްތަކަށް ބިންވިއްކުމަށްފަހު ދައުލަތުގެދަރަނި އަދާކުރުމަށް ތިތަނުގެ ބިންވިއްކާ.
އަސީލު.
11 May 2023
ކީއްވެ ބިން ނުހިއްކަންވީ.ހަމަ ހިއްކާފައި ވީހާ ގިނަ ފުލެޓް އަޅަންވީ. އަދި ބިން ގަންނަން އެދޭ ކޮންމެ މީހަކަށް ބިމަށް ރަނގަޅު އަގު ލިބޭ ނަމަ ބިން ވިއްކަންވީ.
ކަޑަބޮއް ސައީދު
11 May 2023
ބުރޯ ބުއްދި ކޮބާތޯ؟... ހަމަ ހިއްކާގެން ގެދޮރު އެޅީމާ ނިމުނީ އެއްނޫން. އެޅޭ ތަނެއް ވެއްޖެޔާމުން އެހެން ކަންކަން ވެސް ކުރަން ޖެހޭނެ. އެތަން ހިއްކީމާ އޮޑިދޯނި ފަހަރު އަަޅަނީ ކޮންތާކު. އެތަނުގައި އެބުނާ ޓާމިނަލެއް އެޅީމާ ވަޒީފާ ގިނަ ވާނެ. ވަޒީފާ ނެތި އުޅޭނެ ތަން ހެދުން ބޭކާރު
ހަސަނު.
11 May 2023
ނިންވިއްކުމަށާއި ވީހާ ގިނަ އަދަދަކަށް ފުލެޓް އެޅުމަށް ހުރަސް އަޅަނީ ސަރުކާރުގައިތިބި މާލޭގެ ބިންވެރިން. އެމީހުން ބޭނުމެއްނުވޭ ފުލެޓް ގިނަވާކަށް. ސަބަބަކީ އެމީހުންގެ ގެދޮރު ކުއްޔަށް ދީގެންލިބޭ އާމްދަނީ އެމީހުންނަށް ލިބޭލެއް ކުޑަވެދާނެތީ.
ކޮސްމާލެ.
11 May 2023
ބިން ހިއްކަން އުޅޭތީ ކ.އަތޮޅު މާލޭ މީހުން ރުޅިގަދަވަނީ މިތަނުގައި ބިން ގިނަވެ މީހުންނަށް ފަސޭހައިން ދިރިއުޅެވޭނެގޮތް ވެއްޖެނަމަ ކ.އަތޮޅު މާލޭ ގަބީލާ މީހުންނަށް ލިބޭ ކުލި މަދުވެދާނެތީ. ވަރަށް އެދުން ބޮޑު އަދި ބޮޑާ ބައެއް .
ކަތްދައްތަ
11 May 2023
ވެރިކަމާ ހެދި ބޫތުކޭމާ ކޮއްފަ ނުކުރާނެ ކަމެއް ނޯންނާނެ
އައިޝޫ
11 May 2023
ސިކުނޑި ހަމަ ބައެއްތޯ ވ އަވަހައް ބަލާންވެއްޖެ
އައިމިން
11 May 2023
ތޮއްޖާސާލާ މުޅި ޕުލޭނު ހަރާބުކޮއްލާ.. މީވާ ބައެއް
ްޗާނދުޗުޕާ
11 May 2023
މާލޭ ގަބީލާއަށް ހުރިހާ ކަމެއް ކޮށްދީފަ ބަހައްޓާ
ސަކަންބޯ
11 May 2023
އިބުރާހިމާ ވޯޓް ލިބޭނެންޏާ ކޮއްފަ ނުކުރާނެކަމެއް ނުބާއްވާތި. މާލޭ މީހުން އެކަނި އުޅެންވީ