ރޭ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ: މިނިސްޓަރު ވޭތުވެ ދިޔަ އަހަރުތަކުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތައް ފާހަގަ ކުރައްވާފައި--- ފޮޓޯ/ ރައީސް އޮފީސް
12 މެއި 2023 - 14:36
ދިވެހިންގެ އެވްރެޖް އުމުރު 80 އަށް މިހާރު މަތިވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ސަރުކާރާއި ބައިނަލްއަގްވާމީ އިދާރާތަކާ ގުޅިގެން ސިއްހީ ހިދުމަތްތެރިންގެ ހިތްވަރާއެކު ކުރަމުން އައި، މަސައްކަތްތަކުގެ ނަތީޖާ ވަރަށް ފޮނި ކަމަށެވެ.
މީގެ 63 އަހަރު ކުރި އަށް ބަލާއިރު، ދިވެއްސަކު ދިރިހުންނާނެ ކަމުގެ އެވްރެޖް އުމުރު ކުރު ނަމަވެސް މިހާރު އެ އަދަދު މަތި ކުރެވިފައިވާ ކަމަށް ނަސީމް ވިދާޅުވި އެވެ.
"ފަސްދޮޅަހުގެ އަހަރުތަކުގައި ދިވެއްސެއް ދިރިހުންނަ އުމުރަކީ 39 އަހަރު. އެ އަދަދު މިހާރު ހުރީ 80 އަހަރަށް މަތި ކުރެވިފައި،" ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް މިދިޔަ 75 އަހަރުގެ ތެރޭގައި އައިސްފައިވާ ބަދަލުތައް ވިދާޅުވެ ދެއްވައިފަ އެވެ. އޭގެ ތެރޭގައި:
- ޅަފަތުގައި ކުދިން މަރުވާ ނިސްބަތް މަދުވުން.
- ވިހެއުމުގެ ތެރޭގައި މައިން މަރުވާ ނިސްބަތް ދަށްވުން.
- އެކަށީގެން ސިއްހީ ފަރުވާ އާއި ހިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމު ކުރުން.
- ސިއްހީ ހިދުމަތަށް އަމިއްލަ ޖީބުން ބޮޑެތި ހޭދަތަށް ނުކޮށް ސޯޝަލް ހެލްތު އިންޝުއަރެންސްގެ ނިޒާމުގެ ތެރެއިން، މި ހިދުމަތްތައް ލިބޭގޮތަށް ހަމަޖެއްސުން.
ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންނާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ބައިވެރިވެވަޑައިގަންވަނީ--- ފޮޓޯ/ ރައީސް އޮފީސް
ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް އިތުރުވަމުން ދާތީ ވެސް މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ނަމަވެސް ވެކްސިނުން ރައްކާތެރިކަން ލިބޭ ބަލިތައް ރާއްޖޭގައި ކޮންޓްރޯލްކޮށް، އަދި ބައެއް ބަލިތައް ނައްތާލެވިފައިވާ ކަން ނަސީމް ފާހަގަ ކުރެއްވި އެވެ.
"ބަނޑުގައިވާ ދަރިފުޅަށް، މައިމީހާގެ ފަރާތުން އެޗްއައިވީ އާއި ސިފިލިސް ޖެހުމުގެ ފުރުސަތު ނެތް ގައުމެއް ގޮތުގައި މިހާރު ވަނީ ރާއްޖެ ކަނޑައެޅިފައި،" އޭނާ ވިދާޅުވި އެވެ.
ނަސީމް ވަނީ ކޮވިޑްގެ ބަލިމަޑުކަމުގަ އާއި އެ ނޫން ވަގުތުތަކުގައި ވެސް ރާއްޖެއަށް ސިއްހީ ގޮތުން އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
14 May 2023
ދިވެހިން އުމުރު އާއްމުގޮތެއްގައި 70 އަހަރުން މަތީ ގައި މީގެ 30 އަހަރު ކުރިންވެސް އުޅުނީ ނަމަވެސް ސިއްޚީ ޚިދްމަތް ލިބެން ނުތުމުން ޅަފަތުގައި މަރުވާ ތުއްތުކުދިންގެ އަދަދު އެޒަމާނުގައި ވަރަށް މަތި، އަދި ފެންވަަޅަށް ވެއްޓިގެން މަރުވާ ކުދިންގެ އަދަދު ވެސް މަތި. މަރުވާ މީހުންގެ އުމުރުގެ އެވަރޭގް ތުުއްތު ކުދިން ލައިގެން ހަދައިފި ނަމަ މަރުވާ އެވަރެޖް އުމުރު ވަރަށް ދައްވާނެ.
ޚަލިލް
13 May 2023
އަވަހައް ރިޓަޔަމަންޓް އުމުރު މަތިކުރޭ
ގެދޮރު ނެތް މާލޭމީހާ
13 May 2023
ތީ މި ސަރުކާރުގެ މޮޅުކަމުން ކުރެވުނު ކަމެއް ނޫން
ބަރުބާދު
13 May 2023
ބޮއެގެން ދުންއަރާ މީހުންގެއަދަދު އިތުރުވިވަރުވެސް ވިދާޅުވިނަމަ؟. 1960 ގަ އެއަދަދު ހުރީ 0 ގަ، މިއަދުހުރީ 200 އިން މަތީގަ!!!!.
އޮނަރަބްލް އަފީފު ދީދީ
13 May 2023
ސިޔާސީ ވެރިން ފަތުރާ މިފަދަ މަކަރުވެރި ވާހަކަތަކާއި ދައްކާ ތަފާތު ހިސާބު ތަކުގެ ސަބަބުން ރާއްޖޭގެ ޙަޤީގީ ހާލަތު ދެނެގަތުމަށް އުދަގޫވޭ. # ވިހެއުމުގެ ތެރޭގައި މަރުވާ އަދަދުގެ ވާހަކަ ދައްކާންވާނީ ވިހޭ މައިންނާއި ފަޅައިގެން ކުދިން ނެގި އަދަދު ހިމަނައިގެން. ޅަފަތުގައި މަރުވާ ނިސްބަތުގެ ވާހަކަ ދައްކާފައިވަނީވެސް "އެއްޗެއް ސާދުނުވާގޮތަށް" ހީލަތްތެރި ބަހުރުވައަކުން. ކެންސަރާއި ކިޑްނީ ގިރިގެންނާއި ސްޓޯރކް ޖެހި މަރުވާ ޒުވާނުންގެ އަދަދު ކޮބާ.!؟
ސުން
13 May 2023
މީހާދަގަދަ މީހެކޭދޯ؟މަގޭ އުމުރު 100 އަށް ހަދާ ނުލެވޭނެތަ ތިހާ މޮޅިއްޔާ؟ދޭނަން ބަބުލީ ސްޕާރި ފުޅިޔެއް.
ަސޭޑް
13 May 2023
މަރުވާ ރޭޓް އިތުރުވީ!
ގައުމުގެޙާލަތު
12 May 2023
ޙެލްތުމިނިސްޓްރ ގެ އޯޑިޓް ބުނަނީ ކީކޭބާ؟
އަސްލުވެސ
12 May 2023
މިނިސްޓަރު ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް މިދިޔަ 75 އަހަރުގެ ތެރޭގައި އައިސްފައިވާ ބަދަލުތައް ވިދާޅުވެ ދެއްވައިފަ އެވެ. އޭގެ ތެރޭގައި: ( ޅަފަތުގައި ކުދިން މަރުވާ ނިސްބަތް މަދުވުން. - ވިހެއުމުގެ ތެރޭގައި މައިން މަރުވާ ނިސްބަތް ދަށްވުން.) 2008 ގެ ކެމްޕޭނުގައި މައުމޫނު ވިދާޅުވި ބަސްފުޅެއް ގެ ކޮޕީއެއް. މީބަސް ކޮޅޔގެ އިތުރުން މައުމޫނު ވިދާޅުވީ މަރުވާ އެވްރެޖު އުމުރު މަތިވެފައިވާކަމަށް.
ޗުބީ
12 May 2023
ނަސީމްބެ ވައުދު ފުއްދައިފި. ދެން މިތާ އުޅޭނީ ގިނައިން 80އިން މަތީގެ މީހުން