ގައުމީ ޔުނިވަސިޓީގެ ގްރެޖުއޭޝަންގައި ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކުރަނީ: ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވެ ފުރިހަމަ ނުކުރާ ދަރިވަރުންނާ މެދު އަމަލުކުރާ އުސޫލު ވަނީ ހަރުކަށިކޮށްފައި. -- ފޮޓޯ: މިހާރު
14 މެއި 2023 - 12:31
ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފަހު ކޯސް ކުރިއަށް ނުގެންގޮސް ހުއްޓާލައިފި ނަމަ ސަރުކާރުން ކުރި ހޭދަ އަނބުރާ ދައްކަން ޖެހޭ މުއްދަތު ވަރަށް ބޮޑަށް ކުރުކޮށް އުސޫލު ހަރުކަށިކޮށްފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން 2019 ވަނަ އަހަރު ފެށި ޕްރޮގްރާމްގައި ކިޔަވާ ކުދިން ޕްރޮގްރާމް ހުއްޓާލައިފި ނަމަ ކުރިން އޮންނަ އުސޫލުގެ ދަށުން ވެސް ފައިސާ ދައްކަން ޖެހެ އެވެ. އާ އުސޫލުގައި ވަނީ ފައިސާ ދައްކަންޖެހޭ މުއްދަތު ވަނީ އެވްރެޖްކޮށް 10 އަހަރު ކުރުކޮށްފަ އެވެ.
އާ އުސޫލުގައި ވަަނީ މަގުބޫލު ސަބަބެއް ނެތި ކޯސް ހުއްޓާލުން ނުވަތަ ފާސް ނުވުމުން ފަދަ ކަމަކާ ހެދި ފައިސާ އަނބުރާ ދައްކަންޖެހި ނުދައްކައިފި ނަމަ މިނިސްޓްރީން އިއުލާންކުރާ މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ނުދިނުމާ އެކު ގާނޫނީ ފިޔަވަޅު އެޅޭ ގޮތަށް ބަދަލުކޮށްފަ އެވެ.
ސަރުކާރުން ހޭދަކުރި ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު ކުރިން އޮތް ގޮތުން 25،000ރ. ނަމަ 30 މަހުން ދެއްކޭނެ އެވެ. ނަމަވެސް މިހާރު ވަނީ އެ މުއްދަތު ދެ އަހަރަށް ކުރުކޮށްފަ އެވެ.
• 25،000ރ - 50،000ރ. ނަމަ ދެ އަހަރާއި ހަ މަސް
• 50،000ރ - 100،000ރ. ނަމަ ތިން އަހަރާއި ހަ މަސް
• 100،00ރ. - 200،00ރ. ނަމަ ހަތަރު އަހަރުން
• 200،000ރ. - 300،00ރ. ނަމަ ހަތް އަހަރުން
• 300،00ރ. - 400،000ރ. 10 އަހަރުން
• 400،00ރ. - 500،000ރ. 12 އަހަރުން
• 500،000ރ. އަށްވުރެ ގިނަ ނަމަ 15 އަހަރުން
- ފުރަތަމަ ޑިގްރީއަށް ކިޔަވަން ފަށާ ދަރިވަރުންގެ ސްކީމުގައި ބައިވެރިވުމަށް މުއްދަތު ކަނޑައެޅުން (ކިޔަވަން ފެށުމަށް ފަހު ގިނަވެގެން 18 މަސްދުވަހުގެ ކުރިން އެކަމަށް އެދި ހުށަހެޅުން)
- ޕްރޮގްރާމް ޑިފާ ކުރެވޭނެ މުއްދަތު 12 މަސްދުވަހަށް ކުރުކުރުން.
- ޕްރޮގްރާމް އަދި މަރުކަޒު ބަދަލުކުރެވޭނެ ހާލަތްތަކެއް ކަނޑައެޅުން.
- ޕްރޮގްރާމް ނިންމުމުން ދަރިވަރުންނަށް ބާރު އެޅުމުގެ ގޮތުން ޕްރޮގްރާމް ފުރިހަމަ ކުރަންޖެހޭ މުއްދަތު ކަނޑައެޅުން.
- ސަރުކާރުން ދަރިވަރުންނަށް ކުރި ހަރަދު އަނބުރާ ދައްކަންޖެހޭ ހާލަތުގައި ނުދައްކާ ނަމަ އެޅޭނެ ފިޔަވަޅުތައް ހިމެނުން.
- ސަރުކާރުން ކަނޑައެޅި ރޭޓަށް ބަދަލެއް ގެނެސްފި ނަމަ އަމަލުކުރާނެ ގޮތް ހިމެނުން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަލޭކަ ދައިތަ
14 May 2023
ރަނގަޅު ނިންމުމެއް.. ހިތަންއެރީމަ ކިޔަވަންފަށާފަ ހިތަންއެރީމަ ހުއްޓާލާފަ އުޅޭ ކުދިން ނިކަން ގިނަ. ދިވެހިންނަކީ ނިކަން ކަންފަސޭހަ ބައެއް. 30 ކުދިން ބައިވެރިވާ ކޯހެއް އެބަ ނިންމާ 5 ކުދިން. މިއަހަރު ބޭއްވި ގްރެޖްއޭށަން ސެރެމަނީގަވެސް ފެނިގެންދިޔަ ބައެއްކޯސްތަކުން އެންމެ ކުއްޖަކު ގްރެޖްއޭޓްވިތަން. މީދެން ހިލޭ ކިޔެވެއޭ ކިޔާފައި އަމާ ބުނީތީ ފަރަށްދާހެން ބައިވެރިވާ ބަޔަކީތަ؟ އެތައް ކުދިންނެއްގެ ފުރުސަތު ގެއްލުވާލަނީ ކިޔަވަން ބޭނުންނުވެތިބެ.
ސޯބު
14 May 2023
މިހާރު ފުލްޓައިމް ނޫންކޮށް ކިޔަވަން ފަށައިގެން ކުރިއަށްދާ ދަރިވަރުންނަށް ވާނެ ގޮތެއް އެއްވެސް ލިޔުމަކުން ސާފެއް ނުވި.
ކިޔަވާ ކުދިން
14 May 2023
މިކަން ސާފުވާނެ ލިޔުމެއް ގެނެސްދެއްވުން އެދެން
އެޑްމުންޑޯ
14 May 2023
ރަގަޅުކަމެއް ،