ޕީޕީއެމްގެ ހަރަކާތެއްގައި ޖަމީލް ވާހަކަ ދައްކަވަނީ: އޭނާ ވަނީ ޕީޕީއެމްގެ ސަޕޯޓަރުންނާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވާފައި--ފައިލް ފޮޓޯ: މިހާރު
17 މެއި 2023 - 10:45
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތަކާ ގުޅޭ ގޮތުން އެ މަނިކުފާނުގެ ސަޕޯޓަރުން ޝަކުވާ ކުރާތީ ޔާމީންގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ނުރުހުން ފާޅުކުރައްވައިފި އެވެ.
ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ޖަމީލް ވިދާޅުވީ، އާރަށް މައްސަލާގައި ހައި ކޯޓުގެ އިސްތިއުނާފް ލަސްވާތީ އާއި އެހެން މައްސަލަތަކުގައި އެ ޕާޓީގެ ސަޕޯޓަރުން އެ މަނިކުފާނާ ސުވާލު ކުރާ ކަމަށެވެ. މަގުމަތިން ދިމާވާ ކޮންމެ ފަހަރަކު ވަރަށް މާޔޫސް ކަމާއެކު އެ ޝަކުވާ އިވިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ރޭ ތިބި އެ ޕާޓީގެ ލީޑަޝިޕާއި ސަޕޯޓަރުންނަށް އިޝާރަތް ކުރައްވައި ޖަމީލް ވިދާޅުވީ، ޔާމީންގެ ޝަރީއަތްތަކާ ގުޅޭ ގޮތުން އެ ގޮތަށް ޝަކުވާ ކުރާތީ އެ މީހުންނާ މެދު ބައެއް ފަހަރު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ.
"ބަލަގަ މިކަން ވާތީ މިހެން މި ވަނީ. މި ކަމުގެ ނިޝާނެއް ރައީސް ޔާމީނަށް މި ތަކުލީފް އައުމަކީ. މި ގޮތަށް މި ތަކުލީފް އަންނަނީ ކީއްވެގެންތޯ ތިބޭފުޅުން ސުވާލު ކޮށްލާ. ތިބޭފުޅުންގެ ސުވާލުތައް އަތޮޅުތަކުގެ ތެރެއިން ވެސް އަންނާތީ އަޅުގަނޑަށް ވަރަށް ބޮޑު މައްސަލައަކަށް އެބަވޭ،" ޖަމީލް ވިދާޅުވި އެވެ.
ތި ގޮތަށް ތި ވާހަކަ ދައްކާތީ އޭ އަޕްސެޓް މިވަނީ"--- ޖަމީލް
ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުންނާއި ސަޕޯޓަރުން ވެސް ފުރަތަމަ ކަމަކަށް އިތުބާރު ކުރަން ޖެހޭ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފްގެ މައްސަލަ ލަސްވަނީ ދަށު ކޯޓުގެ ފަނޑިޔާރުން ވިދާޅުވާ އެއްވެސް ހެއްކެއް އެއްވެސް ދިމާލަކުން ފެންނަން ނެތުމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ތި ގޮތަށް ތި ވާހަކަ ދައްކާތީ އޭ އަޕްސެޓް މިވަނީ،" ޔާމީންގެ ސަޕޯޓަރުންގެ ޝަކުވާތަކާއި ސުވާލުކުރުންތަކާ ގުޅިގެން، ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހިވަޑައިގެން ޖަމީލް ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ ޔާމީން މިނިވަން ވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ސަބަބު ވެސް ވިދާޅުވެފަ އެވެ. އެއީ އަމިއްލަ އަށް ވިދާޅުވާ ވާހަކަފުޅެއް ނޫން ކަމަށާއި ވޮޑަމުލާގެ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް އޮތް ގޮތުން ޔާމީން މިނިވަން ވާނެ ކަން ވަރަށް ޔަގީން ވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަނާބު އިބުރާހިމް
18 May 2023
ތިޔަ ޖަމީލަކީ ޔާމީނުގެ ޖާނީ ދުޝްމަނެއް. އޭނާ ބޭރުކުރަން މުޒާހަރާއެއް ކުރަން އެބަޖެހޭ. ފިލާތިބެ ފާޑުކިއުން ނިންމަންވެއްޖެ.
އަންދަލޫސިޔާ
18 May 2023
މުނާފިޤުންގެ ސިފަތައް. 1. ވާހަކަދައްކައިފިނަމަ ދޮގުހެދުން (ރައީސް ޔާމީން ގެންނެވީ ކޮރަޕްޝަނާ ފަސާދަ. ޑރ. ޖަމީލް. ރައީސް ޔާމީން އަކީ މައުސޫމް ބޭފުޅެއް. ޑރ. ޖަމީލް). 2. ވަޢުދެއް ވެއްޖެ ނަމަ ވަޢުދާ ޚިލާފުވުން (ރައީސް ޔާމީނާ ދުވަހަކު ވެސް ނުގުޅޭނަން. ޑރ. ޖަމީލް) 3. އަހުދެއް ކޮށްފިނަމަ އަހުދާ ޚިލާފުވުން / އިތުބާރުގެއްލިފައިވުން (އަހުދު އުވާލައި ހުރިހާ ވެރިކަމެއްގަ ޖަމީލް. މައުމޫން. ނަޝީދު، ވަހީދު، ޔާމީން، އިބޫ). މިހާރު އެހެރީ ދެން އަންނަ ވެރިކަމަށް!
ސުންދުސް
18 May 2023
ޑރ. ޖަމީލު ބޭނުންފުޅުވަނީ ރައީސް ޔާމީން ދިގުމުއްދަތަކަށް ޖަލަށްލާން. ޑރ. ޖަމީލަކީ ޑްރާމާ ކްއީން އަކަށްވުރެ ކަސައުޓީއަށް ވަރުގަދަ ބޭފުޅެއް. މަރުޙަބާ ޑރ. ޖަމީލް. ބަދަލު ނުހިފާކަމުގެ އަވާގައި މުޅި ޕީޕީއެމް އާއި ޕީއެންސީ ޖައްސައި އިދިކޮޅު ފުނޑާލައިފި. އެމަނިކުފާނަށް ޓިކެޓް ނުދޭނެކަން ޔަޤީންވީމާ، އެމަނިކުފާނު ބޭނުންފުޅުވަނީ ޔާމީން ދިގުމުއްދަތަކަށް ޖަލުގައި ބާއްވަން. ސްޕްރީމް ކޯޓަށް ދިޔައީ ވެސް އެކަމާ. އޭރުން ޔާމީނަށް މެސެޖެއް ލިބޭނެތީ.
ޢަރުތަ
18 May 2023
ޖަމީލަކީ އެހެންމީހުންގެ ވާހަކަ އަޑުއެހުމުގެ ޤާބިލުކަން ހުންނަ މީހެއް ނޫން.
ލަބީދު
17 May 2023
މރ ރުންކުރު
ޢަލީ ކުރުސީ
17 May 2023
ޙަޤީޤީ ކުލަވަރު ފެންނަން ފެށީދޯ؟ ބަލަގަ ކެތްތެރި ކަން ނެތިއްޔާ ކަންކަމާ ޙަވާލު ނުވާނީ! ޤައުމެއްގެ ރައީސްކަން ކޮށްފަ ހުންނަ މީހެއްގެ ޝަރީޢަތް ދާގޮތާމެދު މީހުން ޝަކުވާ ކުރާނެ، ކާމިޔާބުވެއްޖެއްޔާ މަރުޙަބާވެސް ކިޔާނެ! އެވަރު ނޭނގޭނަމަ ގޭގައި އޮވޭ! ކޮން އަޕްސެޓެއްވާކަށް!
ޖައިޝް
17 May 2023
ޕީ.ޕީ.އެމްގެ ލީޑަރޝީޕް އިންބޭނުމެއްނުވޭ ރައީސްޔާމީން މިނިވަންކުރާކައް މިކަމުގަ ދަނީ އިބޫއާވެސް ޑީލުހަދައިގެން ކޮންމެދުވަހަކު މުޒާހަރާކޮށްލާނީ ވަކިގަޑިޔަކައް ނިންމާލާގޮތައް ހަމައެކަނި ދައްކާލަން ކޮށްލާކަމެއް މިޢީ. ޔާމީން މިނިވަންވެއްޖެ ނަމަ މިހާރު ވެރިކަން ބޭނުންވާ އެކައްވެސް ފުރުސަތެއްނުލިބޭނެ މިއީ ހަޤީގަތަކީ ޣައްސާން ، އާ.ޝަރީޕް މުއީޒު ސައީދު ވަހީދު މިހުރުހާއެއްމެންވެސް ބޭނުން
އެޗް އެމް
17 May 2023
ޔާމީނު މިނިވަން ކުރަންބޭނުންނަމަ ޖަމީލު އައުޓު ކުރަން އެބަޖެހޭ. ޖަމީލުގެ ހިތަށް ލިބުނު ގެއްލުމުގެ ބަދަލު ޖަމީލު ހޯދަމުން އެދަނީ. ޖަމީލުގެ ނަފްސައް އެބުނާ ސައިކިލޮޖިކަލް ޑިޒާސްޓަރެއް އައީ ޔާމީނުގެ ފަރާތުން. ޖަމީލު ނޯމަލްވާނީ ހިތްހަމަޖެހޭ ބަދަލެއް ލިބިގެން.
ޢަރުތަ
18 May 2023
އެއީ ދިގުމުއްދަތަކު ޔާމީނު ޖަލުގަ އޮތުން، އުއްމީދުކުރެވެނީ އެގޮތަށް.
ޑރ ޖަނާޒާ
17 May 2023
އަތޮޅުތަކުގެ މީހުނޭކިޔާއިރު މީ ކޮންތާކު އައިސްއުޅޭމީހެއް! މާލޭ މީހަކާ އިނދެވުނީމަ މާލެވީތޯ؟
މޯޑޭ
17 May 2023
ތި ޖަމީލޭ ޔާމީނުގެ ނުބައި ނުލަފާވަހަކަ ދަށްކާ އުމްރު ދުވަހު ޖަލުގައޭ އޮށްނަށް ޖެހޭނި ބުނީ މިހާރު ކޯއްޗެކޭ ތި ކިޔަނި. ލަދެއް ހުރިނަމަ ތިކަހަލަ ފޯޑިޔަމަކަސް ނާރާނެ
ގަބުޅިބާދަލާ
17 May 2023
އެއީމައްސަލައެއް ނޫނެއްނު؟ އެނޫންގޮތަކަށް ވާހަކަދައްކާ ސިޔާސީދާއިރާގައި އުޅޭމީހަކު އެބައުޅޭތަ؟ މިއަދު ދައްކާނީ އިއްޔެ ދެއްކިވާހަކަޔާ ދިމާއިދިކޮޅުވާހަކަ. އުސޫލެއްއޮންނަ ދިވެހިންނެއް ނޫޅޭ މިހާރަކު. މިކަހަލަ މީހުންގެ ފަހަތުގައި އާންމުން ތިބޭނީ އެލިގަނެގެން. ޖަމީލެއްނުބުނީ 'އިންތިޚާބް ވިޔަސް ހަވާލު ނުކުރާނަމޭ. އެކަމަކު ޕީއެޗްޑީ ހާސިލް ކޮށްފަ. އަޖައިބެއް ނުވޭތަ؟