ހުޅުމާލޭގައި ހުންނަ ފުލުހުންގެ މަރުކަޒުގައި ފުލުހުންގެ ދިދަ އާއި ގައުމީ ދިދަ ނަގާފައި. -- ފޮޓޯ: މިހާރު
22 މެއި 2023 - 09:31
ކުށްކުރާ ގްރޫޕަކުން ދިން ހަމަލާއިން ސަލާމަތްވުމަށް ގަލޮޅު ޕޮލިސް ސްޓޭޝަންގެ ސާޖަންޓަކު ކުރި މަސައްކަތަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީރު ރޭ ތައުރީފުކުރައްވައިފި އެވެ.
އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ހުޅުމާލޭގައި ގޭންގަކުން ޕޮލިހަކަށް ހަމަލާދޭ ވީޑިއޯ ބައްލަވާފައިވާ ކަމަށެވެ. ސީޕީ ވަނީ ގޭންގު މީހުންނާ ދެކޮޅަށް ކުރި މަސައްކަތަކަށް އެ ޕޮލިހަށާއި އެކަމުގައި ބައިވެރިވި މީހުންނާ ދެކޮޅަށް އަވަހަށް ފިޔަވަޅުއަޅައި ހައްޔަރުކުރި ހުޅުމާލެ ޕޮލިހުންނަށް ވެސް މަރުހަބާ ވިދާޅުވެފަ އެވެ.
I have watched video footage of this assault. Praise the Sergeant from Galolhu Police Station, who fought bravely against the assailants, who we now know belong to a known crime group. Hats off to High Visibility and HulhuMale’ team for the swift action taken to arrest them. https://t.co/IA82C17Cl4
— Mohamed Hameed (@M_Hameedh) May 21, 2023
ސީޕީ ވިދާޅުވީ އޮފް-ޑިއުޓީގައި ހުރި ޕޮލިހަށް ހަމަލާދިނީ އެންމެން ވެސް ދަންނަ ގޭންގަކުން ކަމަށެވެ.
ފުލުސް މީހާގެ ގައިގައި ތަޅައި އަނިޔާކުރި މައްސަލައިގައި ހަތަރު މީހަކު ވަނީ ރޭ ހައްޔަރުކޮށްފަ އެވެ. ނަމަވެސް، މައްސަލަ ތަހުގީގުކުރާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
މާރާމާރީގައި އަނިޔާވި ފުލުހަށް ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ފަރުވާ ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
22 May 2023
އަދިވެސް ކޮންމެ ގޭންގަކަށް ފުޓްސަލް ދަނޑަކާއި އެއްވާނެ ސަރަހައްދެއް ދީ ހިމާޔަތް ދީ ބަހައްޓާ. ސިޔާސީ މީހުން ކޮންޓްރޯލްކުރަނީ ގޭންގު މީހުން. ދެންވާނެ ހުރިހާ ގޮތެއް މިވަނީ
ހަސަނު
22 May 2023
އެންމެން ވެސް ދަންނަ ގޭންގަކުތައް ހައްތާވެސް.. އެންމެނަށް އެނގޭ އެ އެންމެން އަދި އެއެންމެން ކުރާ ނުބައި ކަންކަންވެސް.. ނޭނގެނީ އެމީހުންނާ ދެކޮޅަށް ފިޔަވަޅެއް އެނޭނެ ޒަމާނެއް.. އެ ފުލުސްމީހާ އަށް ތައުރީފު ހައްގު.. އެ މީހުން ހައްޔަރު ކުރި ފުލުހުން ވެސް ވަރަށް ކުޅަދާނަ.. ފުލުހުންނަށްވުރެ ބާރު ގަދަ ބަޔަކު އުޅުމަކީ ގައުމުގެ ހަމަޖެހުން ގެއްލޭނެ ކަމެއް..
ޝެލަރީ
22 May 2023
ކޮބާލަދު ކޮންދަންނަ ގޭންގެއްތަ މިތާމިއުޅެނީ ކިހިނެއް ފެންމަތިވެގެން އުޅޭގޭންގުތަކެއްތަ މީ ބޮޑުޖޯކެއް އިސްތިއުފާދިފަ ގޭގަ އޮވެބަލަ ގޭންގޭ ކިޔަން އެއްކަމެއްވެސް ނަނީކީނޫނޭ ހަތިޔާރެއް އެކައްޗެއްވެސް ގެންގުޅެވޭ ޤައުމެއްނޫން އެކަމް ގޭނގުވެގެން މިއުޅެނީ
ގައުމެއްނެތް
22 May 2023
ޢަަޅުގަނޑު މިހާރުވެސް އަދި ފަހުންވެސް ބުނާނީ މިހެން ފުލުހުން މުއައްސަސާ އިސްމީހަކަށް ސީޕީއަކަށް ޕާޓީއަކަށްނިސްބަތްވާ ބޭފުޅަކު ބަހައްޓައިގެން ފުލުހުން މުއައްސަސާ މިނިވަންވާނެ އެތްގޮތެއްވެސް ނޯންނާނެ ތި މީހުންމައްޗައްކުށް ސާބިތުވާނެ އެތްވެސް ގޮތެއް ނޯންނާނެ ސަބަބަކީ ސިޔާސީ ބޮޑަކު ތިކަމަުގެ ތެެރެޔައްވަދެ ސީދާ ސީޕީ އައްމަޖުބޫރު ވާނީ ތިމީހުން ދޫކޮށްލަން އެހިސާބުން ތިމީހުން ކުށެއްނުކުރާ ހުދުފޮތިކޮޅަކަށްވާނެ
ތަޅާ މޫސަ
22 May 2023
ގޭންގުތަކާއި ޑްރަގަކީ ދިވެހިންބަލަބަަލަތިއްބައި އެއީ މިންވަރުގައި ހުރިގޮތޭ ހިތައްއަރާ ވަރުވިކަމެއް. މިކަހަލަ މުޖްތަމައުއެއް ސަލާމަތްވާނީ ފުލުހުންގެ ތެރޭގައި އަންޑަރ ކަވަރ ގުރޭޕް އެއްއުފެދިގެން . މިސާލެއްގެ ގޮތުން ޝެހެންޝާހު ފިލްމުގައި ވާގޮތަށް ދުވާލުގަޑީގައި އަންހެންދުޅާ ޕޮލިސް މީހާ ދަންވަރު ނިކުމެ ގޭންގް ތައްފުޑާލަނީ. އެކަހަލަ ގައުމީ ފުލުސްފޯހެއް ރޭގަޑުއަދިރީގައި ގާނުއޮޅާލައިފައި ކަން ކުރަންކެރޭ ބަޔަކު އެބަބޭނުންވޭ. މިރާއްޖެއަށް
އަބްޑޫޅް
22 May 2023
ސަރުޖަނަށް، އަވަހަށް "ފުލުސް ފީލްޑު މާރުސިލް" މި ލަގަބު ދީ!
އޮނަރަބްލް އަފީފު ދީދީ
22 May 2023
ރައްޔިތުންގެބޮލަށް ކަންކަންކަޑާލަންތޯ "އެންމެންވެސްދަންނަ ގޭންގެއްކަމަށް" ތިޔަވިދާޅުވީ.!؟ އަހަރުމެންދަންނަނީ ދިވެހިޤައުމާއި ދިވެހިދައުލަތުގެ ޤާނޫނުއަސާސީއާއި ޤާނޫތައް. މިއިންއެއްވެސް އެއްޗެއްގައި ގޭންގްހިންގާ އޮޕަރޭޓްކުރާކަށް ފުރުސަތުދީފައިނެތް. # ޤައުމީދިފާޢީ ހިދުމަތް ބަލަހައްޓާންޖެހޭ ޑިފެންސް ފޯހާއި ދިވެހިފުލުހުންގެ ހިދުމަތް އެމީހުންނަށް ޤާނޫނުންމަތިކޮށްފައިވާ ޤާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރާނަމަ ގޭންގްތަކެއްގެ ވާހަކަ ދައްކާންނުޖެހޭނެ.
ގެދާނޯމޮސް
22 May 2023
ފުލުސްމީހާޔަށް ހަމަލާ ދިން ހަތަރު މީހުންގެ އާއިލާއިން މިހާރު ވާނީ ލޯޔަރެއްހޯދަފައެވެ. ދާދި އަވަހަށް އެހަތަރު މީހުން ކުރިއަނިޔާ މިސަރުކާރުގެ ވިއްސާރަކޯޓުތަކުން ބަލާފަ އެކަށީގެންވާ ހެކި ނެތި މިނިވަން ވެއްޖެނަމަ މަނިކުފާނު އިސްތިއުފާ ދެއްވާނަން ތޯއެވެ.
ސަދޫމު ސިޓީ
22 May 2023
ޢެންމެން ދަންނަ ގޭންގެއް (އެހެން ވިއްޔާ އަޅުގަނޑުވެސް ބޭނުން ގޭންގެއް ހަދަން ހަމަ ފާޅުގަ ގޭންގު ހަދައިގެން ޖަރީމާ ހިންގާ ގައުމެތް މި ނޫނިއްޔާ ނުދެކެން އަޖައިބެއް ކަހަލަ ކަމެތްމީ ސަހާދެއް
ޗުކުޗުކު
22 May 2023
ތިޔަ ކަމާމެދު ބުނާނެ އެއްޗެއް ނޭނގޭ. ތިޔަ ވިދާޅުވަނީ އެންމެން ދަންނަ ގޭންގެކޭ. ގޭންގުތަކާ ބެހޭ ގާނޫނުގެ ދަށުން ފުލުހުންނަށް ގޭންގުތައް ހިންގުނު ނުހުއްޓުވެންވީ ސަބަބެއް ނުވެސް ވިސްނޭ. ގޭންގުތަކާބެހޭ ގާނޫނު ވުޖޫދުވުމުން ގޭންގުތައް ނައްތާލެވޭނޭ ވާހަކަވެސް ވިދާޅުވީ ފުލުހުން. ހެއްކާބެހޭ ގާނޫނު ނެތިގެން ތަންފީޒު ނުވެގެން އުޅުނީވެސް ހަމަ ފުލުހުން. އެ ހުރިހާ ގާނޫނެއް މިހާރު އެބައޮތް. ދެން ކީއްވެ ގޭންގު އޮންނަންވީ؟!