ޚަބަރު / އެމްޑީޕީ

12 މެންބަރުންގެ ނަން ދަފްތަރުން އުނި ކުރުމުން އެމްޑީޕީ އަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލިއްޖެ!

އެމްޑީޕީން ވަކިވި ރައްޔިތުންގެ މަޖިލިހުގެ 12 މެންބަރުންގެ ނަން އެ މަޖިލިހުގެ ޕާޓީތަކުގެ ދަފްތަރުން އުނިކުރުމާ އެކު، އެ ޕާޓީ އަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލިއްޖެ އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާާޓީ، އެމްޑީޕީގެ ސްލޮޓްގައި 68 މެންބަރަކު މަޖިލިހުގައި މިހާތަނަށް ތިއްބެވި އެވެ. އެއީ މި ފަހުގެ ތާރީހެއްގައި ގާނޫނުއަސާސީ އިސްލާހު ކުރެވޭ ވަރުގެ ސުޕަ މެޖޯރިޓީއެއް، އެއް ޕާޓީއަކަށް ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

ނަމަވެސް އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން ދެ ފަޅި އަށް ބެހި، އުފެދިފައިވާ ފެކްޝަންގެ ކޯޅުމާ އެކު، މަޖިލިހުގެ 12 މެމްބަރަކު އެމްޑީޕީން މިދިޔަ ބުރާސްފަތި ދުވަހު ވަކިވެވަޑައިގަތުމުން އެ ޕާޓީގެ ޖުމުލަ މެންބަރުންގެ އަދަދު މިހާރު ވަނީ 55 އަކަށް މަދު ވެފަ އެވެ.

މަޖިލީހުގެ މިއަދުގެ ރިޔާސަތުގައި އިންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، އެމްޑީޕީގެ ދަފްތަރުން 12 މެންބަރުން އުނި ކޮށްފައިވާ ކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަންގާފައިވާ ކަމަށާއި އެ މެންބަރުން ވެސް ޕާޓީން ވަކިވެފައިވާ ކަން މަޖިލީހުގެ އިދާރާ އަށް އަންގާފައިވާ ކަމަށެވެ.

އެ ބަދަލާ އެކު، އެމްޑީޕީގެ ދަފްތަރުން އެ މެންބަރުންގެ ނަން އުނިވެ، އަމިއްލަ މެންބަރުންގެ ގޮތުގައި ހިމަނާފައިވާ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

"މި ބަދަލާ ގުޅިގެން ވަކި ޕާޓިއަކަށް ނިސްބަތް ނުވާ މެންބަރުންގެ ބަހުސްގެ ވަގުތުތަކަށް ވެސް ބަދަލުތަކެއް އަންނާނެތީ މަޖިލީހުގެ އިދާރާ އިން އެ މައުލޫމާތު މެންބަރުންނަށް އަރުވާނެ،" އެމްޑީޕީން ވަކިވެވަޑައިގެންނެވި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އީވާ ވިދާޅުވި އެވެ.

މަޖިލިހުގައި މިހާރު ޕާޓީތަކުގެ މެމްބަރުން ބެހިފައިވާ ގޮތް:

އެމްޑީޕީ - 55

ޕީޕީއެމް - 5

ޕީއެންސީ - 3

އެމްއެންޕީ - 3

ޖޭޕީ - 2

އެމްޑީއޭ - 2

ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން - 17

އެމްޑީޕީން ވަކިވި މެންބަރުން އަންނަނީ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އީސީން އެ ޕާޓީ ރަޖިސްޓަރީ ކޮށްދޭ ހިސާބުން މަޖިލީހުގެ މައިނޯރިޓީ ޕާޓީއެއްގެ ގޮތުގައި މިހާރު އޮތް އިދިކޮޅު ޕީޕީއެމްގެ ބަދަލުގައި މައިނޯރިޓީ ޕާޓީއަކަށް ވާނީ ނަޝީދުގެ ފެކްޝަންގެ ދަ ޑިމޮކްރެސްޓްސް އެވެ.

އެމްޑީޕީން ވަކިވެފައިވާ މަޖިލީހުގެ ނައިބު ރައީސް އީވާ މަގާމުން ވަކި ކުރުމަށް އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެ ޕާޓީ އުފެއްދުމުގެ ފަހަތުގައި ހުންނެވި ނަޝީދަށް އެއްވެސް ފިޔަވަޅަން އެ ޕާޓީން ނުނިންމަ އެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލިހަށް އަދި ހުށަހެއް ނާޅުއްވަ އެވެ.

26 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 12%
icon angry icon angry 4%
icon wow icon wow 12%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުމީހާ

22 May 2023

68 މެމްބަރުން ތިބެގެން ޖޭއެސްސީ މިނިވަނެއް ނުކުރެވުނު. ވައްކަމާއި ކޮރަޕްޝަނެއް ނުބެލުނު. އެމްޑީޕީއަށް މެޖޯރިޓީ ލިބިގެން ރައްޔިތަކަށް ވީ ފައިދާއެއް ނެތް. މިއަދުވެސް އޮޅުވާލައިގެން ފްލެޓް ވިއްކާ މައްސަލަ ބޭރުކޮށްލަން ވޯޓް ދިނީ އެމްޑީޕީ މެމްބަރުން. ރައްޔިތުން ވަރަށް އުއްމީދީއެކު ދިން މެޖޯރިޓީ އިބޫ ސޯލިހު މި ބޭނުންކުރީ އަމިއްލަ ފައިދާއަށް. މެމްބަރުންގެ ވިޔަފާރި ފުޅާކުރުމަށް. ކޮރަޕްޝަން ވަދެއްޖެ ތަނެއް އެންމެ އަވަހަށް ވާނީ ފަސާދަ.

The name is already taken The name is available. Register?

1237

22 May 2023

އެމްޑީޕީން ވަކިވި މެންބަރުން 12 މެންބަރުންގެ ގޮޑި ގެއްލުނުކަމަށް 2017 ގައި ސުޕރިމް ކޯޓުން ނިންމާފައި އޮތްގޮަތަށް ތަންފީޒުކޮށް ތިބަލާއިން މި ގައުމު ސަލާމަށް ކުރުމަށް ގޮވާލަން ޕާޓީ ވަކިކުރާ ހިސާބުން މެމްބަރުކަން ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވާ އެންޓި ޑިފެކްޝަން ގާނޫނަކީ ސައްހަ ގާނޫނެއް. ވީމާ ތަންފީޒުކުރޭ އިލެކްޝަން ކޮމިޝަން ނިދާފަ

The name is already taken The name is available. Register?

ނިމެންވީ

22 May 2023

ވެރިކަން ގެއްލިގެން ތިކަން އެއްކޮށް ނިމެންވީ.

The name is already taken The name is available. Register?

އިވާން ޖަމީލް

22 May 2023

ރައްޔިތުން ނިކުމެ ޔާމީން ބަލިކޮށްފިއޭ އަދި ޖަޒީރާ ރައީސެއް ހޮވައިދީފިޔޭ މިކަމުގައި ބެރުޖަހާ ލަވަ ކިޔަން ވާނެޔޭ ނެށުމުގައި ހީ ހަދާ އަތް ޖަހަން ވާނެޔޭ #ނަލަ ޖަޒީރާ ދިވެހިރާއްޖެ #އިބޫ 2023

The name is already taken The name is available. Register?

ކުރުކޮށް

22 May 2023

ޔާމީން ބަލިކޮށްގެން ގައުމަށް ލިބުނު ފައިދާއެއް ނެތް. ލިބުނީ ހުސް ގެއްލުން.

The name is already taken The name is available. Register?

ބީވެގެން ދިޔައީ

22 May 2023

ކުރުކޮށް އަށް. ތިކަން 2018 ގައި ވިސްނުނު ނަމަ ކިހާ ރަނގަޅު

The name is already taken The name is available. Register?

ޑރ. ރާމީ ޙަސަން މަނިކު

22 May 2023

އިބޫ ގެ މައްސަލަ އަކީ ރިލްވާން ގެ މަންމަ ގޮވައިގެން މާލޭގެ މަގު ތަކުގައި މުޒާޙިރާ ކޮށްފައި، ރިލްވާން ގެ މައްސަލާ ބެލުމަށް ކުޑަވެސް ޝަޢުޤްވެރި ކަމެއް ނެތުމެވެ. ވެރިކަން ލިބުމުން މަރުތަކުގެ މައްސަލަ ވެސް އެހެލީއެވެ. ބޮޑެތި ވަޢުދު ތައް، "ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ދިޔައީ" ކަމުގައި އިބޫ މާބޮޑަށް ދެކުނީއެވެ!

The name is already taken The name is available. Register?

ޢަރުތަ

22 May 2023

ކުރުކޮށް، ޔާމީނު ބަލިނުކޮށް ވެރިކަމުގަ ބެހެއްޓީމަ އަރުވާލިވަރުވެސް ފެނުނެއްނު، ސަހަލު އެކަކުވެސް ނެތޭ، އެއްގަލުން ފެހި ކައިގެން އުޅޭބަގަ ތިއުޅެނީ.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

22 May 2023

ސުޕަމެޖޯރިޓީ އޮވެގެން ވީ އެއްވެސްފައިދާއެއް ނެތް. 4 އަހަރު ފާއިތުވެގެންގޮސް އަނެއްކާ މިއޮތީ އިންތިޚާބު ބޯމަތިވެފާ. މިފަހަރު ޖަވާބުދޭނީ ވޯޓުން.

The name is already taken The name is available. Register?

ޢަރުތަ

22 May 2023

އެހެންޏާ..........!؟

The name is already taken The name is available. Register?

އަންދަލޫސިޔާ

22 May 2023

12 ވަކިވެގެން ވެސް ތިކަމެއް ނުވާނެ. އަދި އިތުރު 22 ވަކިވެގެން ކިރިޔާ މަޖުލިސް ކޮޅަކަށް ގުޑާނީ. ކިހިނެތް 34 ފިކުރެއްގެ ދިރުމަށް ގެންދާނީ؟ ލާރިއަށް ވެސް ގުޑާނީ ވަކިވަރަކަށް!

The name is already taken The name is available. Register?

ވަޒީރު

22 May 2023

އަލްހަމްދުލިﷲ

The name is already taken The name is available. Register?

އިޙްސާސް.

22 May 2023

އިބުރާހިމަކަސް، ޤާސިމަކަސް، ނަޝީދަކަސް، ޔާމީނަކަސް، އުމަރަކަސް ތިއީ ހަމަ އެއްޅެމެއް ކިޔާ ބަޔެއް. އުޅެނީވެސް އެއްވައްތަރަށް. ވޯޓު ދޭނެ މީހަކު ނޭންގުނު.

The name is already taken The name is available. Register?

އައުޓް

22 May 2023

ޔާންޓެ ތަފާތު

The name is already taken The name is available. Register?

އައުޓްގެ ބޭބެ

22 May 2023

އައުޓް އެ ބުނީ ރަނގަޅަށް. ޔާންޓެ ތަފާތު. މިއޮތް ޒަމާނުގައިވެސް ދަހިކަމުން މެޝިނެއްނުގަނެ ފަރުޖައްސާލީ ނަރީޝްލައްވާ ޑޮލަރު ގުނުވައިގެން. އަޅެ، ތަފާތެއް ނޫންތަ؟

The name is already taken The name is available. Register?

ކުޑަ-ކަތީބު

22 May 2023

ސުޕަމެޖޯރިޓީ ނެތަސް، އަދިވެސް މެޖޯރިޓީ އެބަ އޮތެއްނު، ބޭނުންވާ ގާނޫނު ތައް ފާސްކުރެވޭނެ.. ބޭނުންވާ ހުރިހާ ކަމެއް ކުރެވޭނެ. ކީއްވެ އެއްވެސް އެދެވޭ ގާނޫނެއް ފާސްނުކުރަނީ. ދެން އަނެއްކޮޅުން ރައީސް އެ ހުރީ ފުރިހަމަ ބާރުގައި ވެރިކަމުގައ، ކީއްވެ ގާނޫނުތައް ތަންފީޒު ނުކުރަނީ، ކީއްވެ ވައުދުނުފުއްދަނީ ޑްރާމާ ކުޅޭނެކަމެއް ނެތް. ވެރިކަމުގެ ވެސް ބޭކާރު ދައުރެއް، މަޖްލިހުގެ ވެސް ބޭކާރު ދައުރެއް. ރައްޔިތުން އެހެން ގޮތެއް ހޯދާނެ.

The name is already taken The name is available. Register?

އަންޑޭ

22 May 2023

އެންމެ ގިނަ ތަރައްޤީގެ ޕްރޮޖެކްޓް ހިންގި ވެރިކަން. ނިމިދިޔައީ އެންމެ ގިނަ ފައިސާ ވެރިމީހާގެ އެކައުންޓަށް އަޅައި، ގެ ނަގާ "އުޑުގަ ޖެއްސި" ބޭފުޅާގެވެރިކަން. މި ބުނީ ގައިދީގެ ވެރިކަމޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454