ޚަބަރު / ވެމްކޯ

ކަރަންޓް ބިލް 34 ޔުނިޓަށް ވުރެން ދަށް ނަމަ ކުނީގެ ބިލެއް ނުފޮނުވާނެ: ވެމްކޯ

މާލޭގެ ގެއަކުން ވެމްކޯގެ ދެ މުވައްޒަފަކު ކުނި ނަގަނީ: އަންނަ މަހުން ފެށިގެން ކަރަންޓާއި ކުނީގެ ބިލް ފޮނުވަން ނިންމާފައި ވަނީ އެއްކޮށްލައިގެން ކަމަށް ވެމްކޯ އިން ބުނޭ.

ކަރަންޓާއި ކުނީގެ ބިލް އެއްކޮށްލައިގެން ފޮނުވަން މިންގަނޑެއް ކަނޑައަޅައި، ކަރަންޓް ބިލަށް 34 ޔުނިޓް ނާރާ ގެތަކަށް ވެމްކޯގެ ބިލް ނުފޮނުވަން ނިންމައިފި އެވެ.

އަންނަ މަހުން ފެށިގެން ދެ ބިލް އެއްކޮށްލައިގެން ފޮނުވަން ވަނީ ނިންމައިފަ އެވެ. މިންގަނޑު ކަނޑައެޅިއިރު ކަރަންޓު ބިލަށް 34 ޔުނިޓަށް ވުރެ މަދުން އަރާނަމަ ބަލާފައި ވަނީ އެއީ ކުނި ނުއުފައްދާ ގެއެއްގެ ގޮތުގަ އެވެ.

ވެމްކޯ އާއި އެންވަޔަރަމަންޓް މިނިސްޓްރީން ނޫސްވެރިންނަށް ބޭއްވި މައުލޫމާތު ސެޝަނެއްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވީ ކަރަންޓް ބޭނުންކުރާ ވަރު 34 ޔުނިޓަށް ވުރެން ދަށް ނަމަ އެ ގެއަކަށް ބިލް ނުކުރާނެ ކަމަށެވެ. ދެ ބިލް އެއްކޮށް ފޮނުވައިދޭން އެދި އެއްވެސް ގެއަކުން ރަޖިސްޓްރީ ވެސް ކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްޓެލްކޯއިން ކަނޑައަޅާފައި އިންނަ އަދަދަކީ 34 ޔުނިޓް. އެއީ މިން ކުރުމަށްޓަކައި ބަލާ މިންގަނޑެއް. 34 ޔުނިޓް ނާރާ ކަމަށް ވެއްޖާ އެ ގެއަކަށް ޗާޖެއް ނުކުރާނެ އެ މަހަކު. 34 ޔުނިޓުން މައްޗަށް އަރައިފިއްޔާ ވެމްކޯގެ ބިލު އަންނާނެ." ސިރާޖް ވިދާޅުވި އެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް: މިންގަނޑު ކަނޑައެޅިއިރު ކަރަންޓު ބިލަށް 34 ޔުނިޓަށް ވުރެ މަދުން އަރާނަމަ ބަލާފައި ވަނީ އެއީ ކުނި ނުއުފައްދާ ގެއެއްގެ ގޮތުގައި ކަމަށް ވިދާޅުވި.

"ހައުސް ހޯލްޑްގައި ސްޓެލްކޯ ބިލާ އެއްކޮށް ޓައި ވާ ގޮތަށް ހުރި ނަމަވެސް ކޮމާޝަލް ތަންތަނުގައި އަދި ނީންނާނެ އެގޮތަކަށް. ރަޖިސްޓްރީ ވީމަ ދެ ބިލު އެއްކޮށްލެވޭ ގޮތަށް އިންނާނީ."

އޭނާ ވިދާޅުވި ގޮތުގައި އެއް މީޓަރަށް ވުރެ ގިނަ މީޓަރު ހުންނަ ގޭގޭއިން ވެމްކޯގައި އެކަމަށް ހާއްސަ ކޮށްފައިވާ ފޯމު ފުރުމުން ޓީމަކުން ސާވޭ ކުރަން ދާނެ ކަމަށެވެ. އެ ސާވޭއަށް ފަހު އެއީ އެއް އާއިލާއެއް ދިރިއުޅޭ ތަނެއް ކަމަށް ފެންނަ ނަމަ އެތަނަކަށް ޗާޖު ކުރާނީ އެއް ގޭބިސީއަށްވާ ފައިސާ ކަމަށް ސިރާޖު ވިދާޅުވި އެވެ.

މާލެ މަގުމަތީގައި ބަހައްޓާފައި ހުރި ކުނިތަކެއް: އަންނަ މަހުން ފެށިގެން ކަރަންޓާއި ކުނީގެ ބިލް އެއްކޮށް ފޮނުވަން ފަށާނެ ކަމަށް ވެމްކޯ އިން ބުނޭ.

ސިރާޖް ވިދާޅުވި ގޮތުގައި ކުނި އުކާލަން ވެމްކޯ އިން ނަގާ ފީއަށް އެއްވެސް ބަދަލެއް ނުގެނެ އެވެ.

"[ކުނީގެ ހިދުމަތަށް] ނަގަމުން އަންނަ ފީއަކީ މިވަގުތުގެ އޮޕަރޭޝަންތަކަށް އެންމެ އެކަށީގެންވާ ފީއެއް ނޫން. މިވަގުތަށް ނަގަންޏާ ކޮންމެ ގޭބިސީއަކުން އަޅުގަނޑުމެންނަށް އެބަ ޖެހޭ 350ރ. ނަގަން. އެކަމަކު ސަރުކާރުން ނިންމާފައި ވަނީ އެ އަގު ބަދަލު ނުކުރަން. އަގުބޮޑު ނުކުރަން. ނަގާނީ 150ރ." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2016 ވަނަ އަހަރު ވެމްކޯގެ އޮޕަރޭޝަންތައް ފެށިގެން އައިއިރު ނަގަން ނިންމި ފީ މިހާރަށް ނުފެތޭ ސަބަބަކީ އޭރު ކުނި ނެގުމަށްފަހު ތަނަކަށް އަޅާލި ނަމަވެސް މިހާރު ކުނި ޕްރޮސެސްކޮށް މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ ކަމަށެވެ.

"އޭޕްރީލް މަހުގެ ބިލު ޖޫން މަހު އަންނާނެ"

ވެމްކޯގެ އެމްޑީ ސިރާޖު ވިދާޅުވީ މި މަހުގެ ކަރަންޓު ބިލު ގެތަކަށް އަންނަ މަހު ސްޓެލްކޯއިން ދޫކުރާއިރު އޭޕްރީލް މަހުގެ ވެމްކޯގެ ބިލު ވެސް އޭގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

ވެމްކޯގެ މުވައްޒަފުން ގެތަކުން ކުނި ނެގުމުގައި: މާލޭގެ ގިނަ ގޭބީސީތަކުން ކުނީގެ ބިލް ނުދައްކާ ކަމަށް ވެމްކޯ އިން ބުނޭ.

"އާންމުކޮށް ސްޓެލްކޯގެ ބިލުތައް ތައްޔާރު ކޮށްފައި މި ހުންނަނީ އެއް މަހުގެ 20 އަނެއް މަހުގެ 20 އަށް. ދެން އަޅުގަނޑުމެންނަށް ބިލް އަންނަ އިރު އަންނަނީ މިދިޔަ މަސް (އޭޕްރީލް) މަހުން ފެށިގެން މި މަހުގެ ނިޔަލަށް،" ސިރާޖު ވިދާޅުވި އެވެ.

މިސާލަކަށް ސްޓެލްކޯ ބިލަކީ 28 ދުވަހަށް ހިނގާ ބިލަކަށް ވަންޏާ ވެމްކޯގެ ބިލު ވެސް އިންނާނީ 28 ދުވަހަށް. 31 ދުވަހަށް ހިންގަންޏާ ވެމްކޯގެ ބިލު ވެސް އަންނާނީ އެހާވަރަށް."

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، އެޕާޓްމަންޓްތަކަށް އަރައި ކުނި ނަގާ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދުވާލަކަށް 4.93ރ. އެވެ. އެހެންވެ ކަރަންޓު ބިލުގައި އެ ފައިސާ ހިމަނާނެ އެވެ.

ވެމްކޯއިން ބުނެފައި ވަނީ މާލޭގައި 53,690 ގޭބީސީ ހުންނައިރު ފީ ދައްކަނީ އެންމެ 21،000 ގޭބީސީންނެވެ. އެހެންކަމުން ކުނި އުކުމުގެ ފީ 62 ޕަސެންޓް ގޭބީސީން ނުދައްކަ އެވެ.

37 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޅި

24 May 2023

އެއްމެ ބޮތްކެއް ދިއްލައިގެން މީހަކު ނޫޅޭ ގެއަކުން ވެސް ކަރަންޓަށް އަރާ މަދުވެގެން 60..

The name is already taken The name is available. Register?

ޝަރޭ

24 May 2023

60 ރުފިޔަައެއް ނޫނޭ. 34 ޔުނިޓް

The name is already taken The name is available. Register?

ޣަނީއަ

23 May 2023

ވެމްކޯގެ އެމްޑީ ސިރާޖު ވިދާޅުވީ މި މަހުގެ ކަރަންޓު ބިލު ގެތަކަށް އަންނަ މަހު ސްޓެލްކޯއިން ދޫކުރާއިރު އޭޕްރީލް މަހުގެ ވެމްކޯގެ ބިލު ވެސް އޭގެ ތެރޭގައި ހިމެނޭނެ ކަމަށެވެ. އޭޕްރީލް މަހުގެ ވެމްކޯބިލް ދައްކާފަ އިންނާނި.

The name is already taken The name is available. Register?

ފޫހި

23 May 2023

މިގޮތަށް މިކަންކުރުމީ ފޭރުން. އަހަރެން ދިރިއުޅެނީ ކުޑަކުޑަ ތިން ކޮޓަރީގަ. ތިންކޮޓަރި ހުންނަނީ ތިން ފްލޯގަ. އެ ތިންކޮޓަރިއަށް ވަކި މީޓަރެއް ހުރޭ. ދިރިއުޅެނީ އެއްބަދިގޭގަ ކުޑަ އާއިލާއެއް. އެކަމަކު މީޓަރަށް 30 ޔުނިޓް އަރާނެ. އެއީ ތަންކޮޅު ކުޑަވެފަ ވެންޓިލޭޝަން ނެތީމަ އޭސީއެއް ލާފަ ހުންނާނީ. މިހާރު މިޖެހުނީ 3 މީޓަރަށް ކުނި ބިލްދައްކަން. އެކަމަކު ގޭގައި ކުނި ހުންނާނީ ކުޑަ ކޮތަޅެއް. އެވެސް ދެ ދުވަހުން. މިއީ ފޭރުން.

The name is already taken The name is available. Register?

މަނަވަރު

23 May 2023

ހަބަރު ރަގަޅަށް އަދި އެއްފަހަރު ކިޔާލަބަލަ. އެއޮތީނު ރިކުއެސްޓް ކުރުމުން ސާވޭކުރަން ދާ ވާހަކަ. އަދި އެއް ގޭބީސީއެއް ނަމަ އެއް މީޓަރަށް ޗާޖުކުރާ ވާހަކަވެސް. ދޯ.

The name is already taken The name is available. Register?

ޝެއިޚް ވަހީދު ރަހިމަހުﷲ

23 May 2023

މިސްރުގައި ކުނީގެ ބިލް އަންނަނީ ކަރަންޓު ބިލާއެކު. ކުންޏަށް ނަގަނީ ގާތްގަނޑަކަށް 1.5 ޑޮލަރަށް ޖެހޭ ވަރު. އެވެސް މުއްސަނދި ގައުމެއްނޫން.

The name is already taken The name is available. Register?

އަންދަލޫސިޔާ

23 May 2023

މިސުރުގައި ލިބޭ 5 ރުފިޔާއަށް 1 ކިލޯ ސްޓްރޯބެރީ. އެކަމަކު ރާއްޖެއިން 250 ގްރާމް ވެސް ގިނަ ފަހަރަށް މިޖެހެނީ 150 ރުފިޔާ އަށް ގަންނަން. އަގު އެންމެ ހެޔޮވީމާ 35 ރުފިޔާ އަށް. 35 ރުފިޔާ އަށް މިސުރުން 7 ކިލޯ ސްޓްރޯބަރީ ލިބޭނެ. ކޮސްޓް އޮފް ލިވިންގ ހައި ވީމައި އަދި އެސްއޯއީތަކަށް އިންތިހާއަށް ވަޒީފާ އިތުރުކުރާތީ މި ކަންތައް ދެކޮޅެއް ނުޖެއްސޭނެ. ވަޒީފާ ނުދެންޏާ ވެސް މަގުމަތިވެ ތިބޭނީ. ޖަލަށް ލީމާ ގައިދީއަކަށް މަހަކު 20،000 ރުފިޔާ ޚަރަދުވޭ!

The name is already taken The name is available. Register?

ގަމާރުޒް

23 May 2023

ދަންނަަަންތަ އިކޮނޮމީ އޮފް ސްކޭލް ކިޔާ އެއްޗެއް؟

The name is already taken The name is available. Register?

ލައިޓް

23 May 2023

ވެމްކޯ އަށް މިޒަމާނުގެ ތައުލީމީ މީހުން ނުލައި މި ކަމެއް ނުވާނެ. އެ ތާ ހުސް އެއޮތީ މިސްކިތުވަކަރާއި ހަލާކުނުވާޒާތުގެ ކުނިބުނި.

The name is already taken The name is available. Register?

ގެދާނޯމޮސް

23 May 2023

ޕީޕީއެމްގެ ވޯޓް ބިލްތަކަށް ވީހެން މިފަހަރު ވެމްކޯގެ ބިލްތަކުގެ މައްސަލަ ރައްޔިތުން ކޯޓްތަކަށް ދަމާނެއެވެ.

The name is already taken The name is available. Register?

ކަލޯބެއް

23 May 2023

ތަޢުލީމީ މީހުން ލައިގެން ވެސް އެއްވެސް އިދާރާއަކަށް ތަފާތެއް ނެތް ދެއްކިފައެއް. އޭގަ އޮންނާނީ ހަމަ ޤާބިލް ވެރިން ލުން. މިޒަމާނު ކަހަނބު އަތުގަވެސް އެއްޗެއް ނޭގުނަސް ޑިގްރީ އޮވޭ

The name is already taken The name is available. Register?

މެސީ1

23 May 2023

މަށައް ފެންނަނީ މުސާރަ ޖަމާ ކުރާއިރު ވެމްކޯއަށް ދައްކަން ޖެހޭބައި ކަނޑާފަ ޖަމާ ކުރަން، ވަރަށް ސަލާމް

The name is already taken The name is available. Register?

ގެދާނޯމޮސް

23 May 2023

މިރާއްޖޭގެ ހާލަތު މިފެންނަނީ ރައްޔިތުންގެ ފައިބުޑަށް ސަރުކާރު ބަލިކަށިވެ ފަވާތަނެވެ. މިހެން ދިމާވަން ޖެހުނީ އަނގަ ފުޅާކޮށްފަ " އަހަރުމެންގެ ސަރުކާރަކުން ހިފާހައްޔަރު ނުކުރާނެ ފޮނި ކެނޑީމައެވެ" ރައްޔިތުން ރުއްސައިގެން ސަރުކާރު ހިންގަން ދިނީ ދީނުގެއުސޫލު ތަކަށް ގޮންޖައްސަވާފައެވެ. ސަރުކާރުން 150ރ ގެ ރޭޓަށް ހެދިއިރު މާކުރިން ކަރަންޓް ބިލުން 500ރ ބޮޑުވާނެ ކަމުގެ ފޮނިކެނޑީ ކޮންހައިސިއްޔަތަކުން ތޯއެވެ. ގޮތްހުސްވެގެން ތެޅިބާލަނީ އެވެ.

The name is already taken The name is available. Register?

އަންޑޭ

23 May 2023

ސަރުކާރުން ހިންގަނީ ރަނގަޅަށް. އެންމެ ކޮރަޕްޓް ރައީސް އެ އޮންނެވީ ޖަލުގައި ތޭރި ގުނަން. ޑޮލަރު ގުނުން ނިމުނީ. މުދާ ދައުލަތަށް ނަގަންވީ. ރޯމާ ދުވާލު 50 ރަށް ރިޒޯޓް ހަދަން ދޫކޮށްފައި ކޮންމެ ރަށަކުން ކަޓަށް 1 މިލިޔަން ޑޮލަރު ނަގާފައި. އެއީ 865 މިލިޔަން ރުފިޔާ. 100 ވަރަކަށް ރަށުގެ މުވައްޒަފުންނަށް 5 އަހަރަށް މުސާރެދޭނެ ފައިސާ!

The name is already taken The name is available. Register?

ގިރިޓީ

23 May 2023

އެއްކަލަ ގޮދާމަސް ދޯ. މުޅިން ފޭކް ވާހަކަ ދައްކާނީ.

The name is already taken The name is available. Register?

އެޑަމް

23 May 2023

ތިތެޅެނީ ކުރާނެ ނުކުރާނެ ކަމެއް ހަދާނެނަހަދާނެގޮތެއް ނޭގިގެންތަ ތަނެއްގެ ވެރިކަންލިބުމަކީ ރަންބުއްދިވާކަމެއްކަން އަދިމިއެގެނީ!!

The name is already taken The name is available. Register?

ކުނި

23 May 2023

އަހަރެން މިއީ އެކަނި އުޅޭމީހެއް. ކުނި އުކާލަން ޖެހޭވަރަށް ކުޑަ ކޮތަޅެއް ފުރެނީ 4 ނުވަތަ 5 ދުވަހުން. މަހަކު ކުުނި ނެރެވިފައި ހުންނާނީ 4 ނުވަތަ 5 ފަހަރު. އަހަރެންވެސް މަހަކު 150ރ. ކުންޏަށް ދައްކަން ޖެހުން މިއީ ޖޯކެއް.

The name is already taken The name is available. Register?

ސުންދުސް

23 May 2023

އަމިއްލައަށް ކުނިއުކާލަން ކުންފުންޏެއް ހަދަންވީނުން.

The name is already taken The name is available. Register?

އަލިފުތާ

23 May 2023

150ރ. އަށް ވާ ވަރަށް ކުނި އުފައްދާލާ :)

The name is already taken The name is available. Register?

ސިބްސިޑައިޒް ކުރައްވާ

23 May 2023

ސަރުކާރުގެ ސަބްސިޑީ ތެރެއަށް ތިޕެކޭޖްލުން މާރަނގަޅު. ތިމާވެށި ހިމާޔަތް ކުރާން ލިބޭ ފައިސާ ކުނި އުކުމުގެ ފީގެ ގޮތުގައި ސަރުކަަރުން ވެމްކައަށް ދިނީމަ އާންމު ރައްޔިތުންނަށް ތިކަމުގެ ލުއި ލިބިގެންދާނެ. މާލެއަކީ ކޮންމެ ގެއެއްގައި ވިޔާފަަރި ކުރާތަނެއް ހުންނަ ގެއެއް. ވިޔަފާރިތަކުން މިހާރުވެސް ޗާރޖު ކުރާ އުސޫލުން ޗާޖު ކުރީމަ ވެމްކޯ އަށް ދެމިލެވޭނެ. އާންމު ރައްޔިތުން އުފުލަންޖެހޭ ތަކުލީފު ކުޑަކުރީމަ ނިމުނީ. މާލޭގައި ގޭބިސީ ހުރި އަދަދު ސަރުކާރަށް އިނގޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454