ކުނި އުކާލުމުގެ މަސައްކަތުގައި ވެމްކޯގެ މުވައްޒަފުން ހަރަކާތްތެރިވަނީ: ވެމްކޯއިން ބުނެފައި ވަނީ ގޭބިސީތަކުން ބޭނުންނުކުރާ ކަރަންޓު މީޓަރުތަކުގައި ކުނި އުކާލުމުގެ ހިދުމަތުގެ ފީ ނުހިމަނާނެކަމަށް. --- ފައިލް ފޮޓޯ: މިހާރު
30 މާޗް 2023 - 11:15
ވެމްކޯ ބިލާއި ސްޓެލްކޯގެ ބިލު އެއްކޮށްލާއިރު ކުރިން ވެމްކޯއަށް ނުދައްކާ ހުރި ބިލްތައް ސްޓެލްކޯގެ ބިލުގައި ނުހިމަނާނެ ކަމަށް ވެމްކޯއިން ބުނެފި އެވެ.
ވެމްކޯއިން ގެތަކުން ކުނި ނެގުމުގެ ފީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމަނަން އެކުންފުނިން ވަނީ ނިންމައިފަ އެވެ.
ވެމްކޯ އަށް ބިލް ނުދައްކާ މައްސަލަ ބޮޑުވެ އެކަމަށް ހައްލެއް ހޯދަން ކަރަންޓި ބިލާއި ވެމްކޯގެ ބިލް އެއްކޮށްލަން ނިންމިޔަސް ވެމްކޯގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ މިހާތަނަށް ވެމްކޯގައި ރަޖިސްޓްރީކޮށް ބިލް ނުދައްކާހުރި ނަމަ "އަވަސްޕޭ" މެދުވެރިކޮށް އެ ފައިސާ ދެއްކޭނެ ކަމަށެވެ.
"ވެމްކޯ ބިލް ނުދައްކާ ހުރި ނަމަ ކުރީގެ ބިލްތައް ސްޓެލްކޯ ބިލާ އެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.
ވެމްކޯ ބިލާއި ސްޓެލްކޯގެ ބިލު އެއްކޮށްލާތީ އެ ކުންފުނިން ވަނީ ގޭބިސީތަކުގެ މައުލޫމާތު އަޕްޑޭޓްކުރަން އިލްތިމާސްކޮށްފަ އެވެ. އާއްމު ގޭބިސީ ކަރަންޓް މީޓަރުތަކުގެ ތެރޭގައި ލިފްޓް ނުވަތަ މެއިންޓަނަންސް މީޓަރެއް ހުންނަ ނަމަ އެފަރާތްތަކުން "ޔޫޓިލިޓީ މީޓަރު އެކްސްކުލޫޝަން ފޯމް" ފުރިހަމަކޮށް، އެކޯޕަރޭޝަނަށް ހުށަހަޅަން ވަނީ އެދިފަ އެވެ.
Beginning April 1, Household Waste Collection service fee will be tied with STELCO electricity bill.
— Waste Management Corporation Limited (WAMCO) (@WAMCOmv) March 28, 2023
Stay tuned for more information. pic.twitter.com/bE3T9Fh5Ml
މީގެ އިތުރުން، ކޮމާޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް ބަލަހައްޓާ ފަރާތްތަކުން "ޕްރައިމަރީ މީޓަރު އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިން ފޯމް" ފުރިހަމަކޮށް ހުށައެޅުމަށް ވެސް ވެމްކޯއިން އެދިފައިވެ އެވެ.
ވެމްކޯގެ ހިދުމަތް ހޯދާ މުއައްސަސާތަކާއި ވިޔަފާރިތަކުން "އިންފޮމޭޝަން އަޕްޑޭޓް ފޯމް" އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ކުރިން ހުށަޅަން ވަނީ އެދިފަ އެވެ. އެތަނުން ބުނީ އެ މުއްދަތުގައި މައުލޫމާތު ހުށަނާޅައިފި ނަމަ ހިދުމަތް މެދުކެނޑޭނެ ކަމަަށެވެ.
ގޭބިސީތަކުން ބޭނުންނުކުރާ ކަރަންޓު މީޓަރުތަކުގައި ކުނި އުކާލުމުގެ ހިދުމަތުގެ ފީ ނުހިމަނާނެކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، އެޕާޓްމަންޓްތަކަށް އަރައި ކުނި ނަގައި އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދުވާލަކަށް 4.93ރ. އެވެ. އެހެންވެ ކަރަންޓު ބިލް އަންނައިރު، ބިލްގެ މުއްދަތަށްވާ ފައިސާ ހިމަނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
30 March 2023
ވެމްކޯބިލް ދައްކާ ނުލެވޭ ވަރުގެ މީހުންވެސް މަދުން ނަމަވެސް އުޅޭނެ އެވެ. ވީމާ އެފަދަ ފަރާތް ތަކަށް ދުވާލަކު ކުނި ކޮތަޅެއް ނަމަވެސް އެއްލާ ލުމުގެ އިންތިޒާމް އޮތުމަކީ ރަނގަޅު ކަމެކެވެ. ނޫނީ ވެމްކޯ ބިލް ނުދެއްކި އެފަދަ މީހުންގެ ކަރަންޓް ކަނޑާލާ ނީ އެވެ.
ތައް
30 March 2023
ވެމްކޯގެ ކުރީގެ ބިލްތަކަކީ ހަމައެކަނި ސިސްތަމްގަ ހުރި ބިލްތަކެއް އެބިލްތަކަކީ ފޮނުވާފަ ހުރި ބިލްތަކެއް ނޫން އެބިލްތައް ކުރެވިފައިވަނީ އޮޅުންބޮޅުން ބޮޑު ހަމަނުޖެހޭ ގޮތްގޮތަށް އެތަންތަނުގެ ވެރިންގެ ނމުގަ ބިލް ކުރުމުގެ ބަދަލްގައި ބިލް ކޮށްފަވަނީ އެތަންތަން ހިފައިގެން މާ ކުރީ ޒަމާނުގަ އުޅުނު ނަންނަމުގަ މިހެންވެ ބިލް ކުރެވޭކަން އެނގެނީ ހަމައެކަނި ވެމްކޯގަ އެއިރެއްގަ ތިބި ބަޔަކަށް އެކަނި ދެން ބިލްކޮށްގެން ލަރި ބައެއްގެ ތައްޕާހުން ފައިސާ ހޯދަން އުޅުން
ޢަލީ
30 March 2023
ބައެއް އެޕާޓްމަންޓްތަކަކީ ކައްކާ ކައިބޮއި ހަދާ ތަންތަނެއްނޫން. އެތަންތަނުން ކުނިއުކާލާކަށް ނުޖެހޭ. އެހެންކަމުން ކަރަންޓް ބޭނުންކުރިޔަސް ކުނި އުކާނުލާކަމަށްވަންޏާ އެފަދަ ތަންތަނުގެ ކަރަންޓް ބިލަށް ކުނި އުކާލުމުގެ ފީ ހިމަނަިގެން ނުވާނެ. ނުދޭ ޚިދުމަތަކަށް ފައިސާއެއް ނުނެގޭނެ. ތިޔަގޮތަށް ނިކަމެތި ރައްޔިތު މީހާ ލޫޓުވާލާން ފުރުޞަތު ދީގެނެއް ނުތި ޭނަށް. ކޯޓަށްވެސް ދާނަށް .
ސިންބާ ދަ ގްރޭ ކެޓް
30 March 2023
އެހެންވީމާ ސިންކު ނަގާފަ ސްޓެލްކޯ އަށް ގުޅާލާ!
ގުރުއަތު
30 March 2023
ކައްކާ ކައިބޮއެ ނޫޅުނަސް މީހުން ދިރިއުޅެންޏާ ކުނި އުފެދޭނެ ދެއްތޯ؟
ދޮން
30 March 2023
އުކާލުމުގެ ފީ އާއި އެޕާރޓްމެންޓް ތަކަށް އަރާ ފީ ގެ ތެރެއިން މީޓަރުގައި ހިމަނަނީ ކޮންފީއެއްބާ
ސަސި
30 March 2023
އެހެންވީމަ ކުރީގެ ނުދައްކާހުރި ބިލްތަށް މާފް