ވެމްކޯއިން ކުނި ނަގަނީ: އަންނަ މަހުން ފެށިގެން ކުނި ނެގުމުގެ ފީ ހިމަނާނީ ގެތަކުގައި ކަރަންޓް ބިލުގައި --- ފޮޓޯ/މިހާރު
09 މާޗް 2023 - 16:49
މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެގުމުގެ ފީ ގަވާއިދުން ދައްކަމުން ނުދާތީ އެ ފީ އަންނަ މަހުން ފެށިގެން ކަރަންޓް ބިލުގައި ހިމަނަން އެންވަޔަރްމަންޓް މިނިސްޓްރީން ނިންމައިފި އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވަނީ ކުނި މެނޭޖް ކުރުމުގެ ފީ އާންމު ހިދުމަތްތަކުން ނެގިދާނެ ކަމަށް ކުނި މެނޭޖް ކުރުމުގެ ގާނޫނުގައި ބުނެފައިވާތީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެގުމުގެ ފީ ކަރަންޓް ބިލުގައި ހިމަނާނެ ކަމަށެވެ.
އެގޮތަށް ހަމަޖެއްސިޔަސް، ކުނި ނެގުމުގެ ފީއަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ކުނި ނެގުމަށް ވެމްކޯގައި ގޭބީސީތަކުން އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެން ނަމަވެސް ގެތަކުން އުކާލާ ބޮޑެތި ކުނިތައް ނެގުން މީގެ ތެރެއަކު ނުހިމެނޭނެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެގޮތަށް ހަމަޖެއްސީ ގިނަ ގޭބީސީތަކުން ވެމްކޯއަށް ފީ ދައްކަމުންދާ ނުދާތީ އެވެ. އެގޮތުން މާލެ ސަރަހައްދުގައި 53،000 އަށް ވުރެ ގިނަ ގޭބީސީން ކުނި ނަގަން ޖެހޭއިރު، ގަވާއިދުން ފީ ދައްކަނީ އެންމެ 20،000 ގޭބީސީއަކުން ކަމަށް އެ ބަޔާނުގައިވެ އެވެ.
އޭގެ ސަބަބުން ވެމްކޯއަށް ފައިސާގެ ދަތިކަން ކުރިމަތިވެ، ކޮންމެހެން ބޭނުންވާ ސާމާނު ނުހޯދި އަދި އެ ތަކެތި މަރާމާތު ކުރަން ވެސް އެކަށީގެންވާ ފައިސާ ނުލިބޭ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ކުނި ނެގުމުގެ ހިދުމަތް ރަނގަޅަށް ދެވޭނީ ގަވާއިދުން ފީ ނަގައިގެން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑަމް
13 March 2023
ތިޔައީ ވަރައް ހަޔާތްކުޑަނިންމުމެއްތިޔައީ ފޭރުމާއެއްފަދަޢަމަލެއް މިހެނީމާލޭގަ ގެދޮރުބައިކޮއްގެން އުޅޭހުރިހާޢާއިލާތަކަކީ ރޫޅިގެންވަކިވަކިވެގެންއުޅޭބައެއްނޫނެވެ.އަދިމީޓަރެއްހުންނަކޮންމެގެއަކީކައްކާކާގެެއެއްނޫނެވެ ގެބައިކޮއްފަވަކިންނިދާއުޅުނަސް އެއްކޮންކައްކާކައިބޮއިއުޅޭކިތަންމެގެއެކެވެ.އަދިއެންމެމީހަކުއުޅުނަސްގޭގަމީޓަރުހުންނާނެއެކަމުއެމީހާހޮޓަލުންކާލައިގެންއުޅޭމީހަކައްވެދާނެ ދެންއެގޭގަހުންނާނީކޮންކުންޏެއްތޯ?
ހީޫދސދއފެފއފށ
13 March 2023
ހިދުމަތް ނުދެވި ލާރި ނަގަން ޖެހޭތަ !!
އެލްް
11 March 2023
މިހާރު ނަގާ ފީ ކުޑަކޮށްފަ ކޮންމެ ބްލޮކެއްގަ އެކި ޕޮއިންޓްތަކުގަ ޑަސްބިން ބެހެއްޓުން އެދެން. އޭރުން ބޭނުން އިރަކު ގޮސް އެއަށް ކުނި ލެވޭނެ. ޑަސްބިންތައް ފުރިގެން ބަންޑުންނުވަނީސް ވެމްކޯއިން ކުނި ހުސްކުރާނަމަ ނުބައިވަސްތަކެއް ނުދުވާނެ. އެންމެންވެސް ތިރިއަށް ފައިބާފަ ކުނި އުކަން އާދަކޮށްލުމަކީ އިތުރު ކަސްރަތު ލިބި އަދި ކުނިބަލާ އަންނަ މީހާއަށް އިންތިޒާރުކުރަން ނުޖެހޭނެ ގޮތެއް. ގޭ ދޮރު ބޭރަށް ކޮތަޅުގަ ކުނި ނެރެފަ ބެހެއްޓުމަކީވެސް ވަރަށް ހުތުރު ގޮތެއް.
ސަލާމް
11 March 2023
(އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވަނީ ކުނި މެނޭޖް ކުރުމުގެ ފީ އާންމު ހިދުމަތްތަކުން ނެގިދާނެ ކަމަށް ކުނި މެނޭޖް ކުރުމުގެ ގާނޫނުގައި ބުނެފައިވާތީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެގުމުގެ ފީ ކަރަންޓް ބިލުގައި ހިމަނާނެ ކަމަށެވެ.) ޤާނޫނުގަ އެބައިންތަ އެއްމުއައްސަސާ އަކުން ދޭ ޚިދުމަތުގެ އަގު އަނެއް މުއައްސަސާއެއްގެ ބިލުގައި ހިމަނާއިގެން ނެގިދާނެކަމަށް. ފީ ޢާންމު ޚިދުމަތުން ނަގަންއިނީ
މުޑަހަންޖާ
10 March 2023
ރިސޯޓުތަކާއި ފަޅުރަށްރަށުގެ ކުއްޔާއި ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ކަރަންޓުބިލުގަ ހިމަނަނީ ކޮންއިރަކުތޯ.
ބަތޭލި
10 March 2023
ކުނި ރަޖިސްޓަރީ ކުރަން ވެމްކޯއަށް 500 ރުފިޔާގެ ޑިޕޮސިޓެއް ދައްކާފައިވީ. ޢެޑިޕޮސިޓް އަނބުރައި ލިބެންޖެހޭނެ ތިވީގޮތުން.
ފަހުދު.
10 March 2023
ބަންގްލަދޭޝް ބޭފުޅުން ތިކަން ކުރެއްވި އިރު ބާރާބަރައް ވީކަމެއް. މިއަދު މުޅި ގައުމު އެލާޓައްް އައިސްގެންވެސް މިއުޅެނީ ނުވެގެން.
ނާޑުވާ
10 March 2023
ކަރަންޓު ބިލާ ފެންބިލާ ފޯނު ބިލުގަވެސ ހިމަނަންވީ. ޢެކަމަކު ޤަވައިދުން ކުނި ނުނަގާނަމަ ވެމްކޯ އިން ކަރަންޓް ބިލާ ހަވާލުވާންވާނެ.
މަސޮރު
10 March 2023
ވ ރަނގަޅު ނިންމުމެއް... އަސްލު ފުރަތަމަ ވެމްކޯ ފެށުނީއްސުރެ ތިގޮތަށް ކުރަންވީ ކަމެއްތީ...
ފަތުނާ
10 March 2023
ތިކަން ތިގޮތަށް ތިވަނީ ވެމްކޯއިން ގަވާއިދުން ކުނި ނަގަން ނާންނާތީ އަޅުގަނޑު ވެސް ހުންނާނެ ކިތަންމެ ފަހަރަކު ވެމްކޯ އާ ގުޅާފަ ގުޅީމަ ބުނަނީ ހަމަ ގަވާއިދުން ދާކަމަށޭ ރެކޯޑު ކޮށްފަހުރީ އެއްފަހަރު ދިމާވި ގޭގެ ބެލް ޖެހީީމަ ހަމަ ދެތިން ސިކުންތުތެރޭ ދޮރު ހުޅުވިއިރު އެމީހާ މިއޮއް މެސެޖް ކުރަނީ ދޮރުނުހުޅުވައޭ ކިޔާފަ އޭނަބުނީ މި މެސެޖުކުރަނީއޭ ދޮރު ނުހުޅުވާކަމަށް. ހަމަ ބެލްޖަހާއިރަށް ދޮރުބުޑަކު ނުހުރެވޭނެދޯ އަންނަ ހުރިހާ އިރެއްވަންދެންނެއް.މީވާގޮތަކީ