ހިޔާ ފްލެޓް ސަރަހައްދުގައި މީހެއް ގަޔަށް ވަޅި ހަރައި ޒަހަމް ކޮށްލާފައި ---
27 މެއި 2023 - 18:10
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޑަކުއްޖެއްގެ ގަޔަށް ވަޅި ހަރައި ޒަހަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ ދެވަނަ ފިޔަވަހީގައި މިއަދު ހަވީރު މާރާމާރީއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ހާދިސާގައި އަނިޔާވެފައިވަނީ 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ. އަދި އެ ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ހިޔާގެ ޓަވަރު 10 ގަ އެވެ.
އެ ކުއްޖާގެ ބުރަކަށީގައި ފުލުހުން ފޮތިގަނޑެއް އަޅައިގެން ލޭ މަނާކުރާ މަންޒަރާއި އެމްބިއުލެންސްއަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިކުނޑި
29 May 2023
ސަރުކާރުތަކުގެ ދެ އުޅި އެއްނުވާ ސިޔާސަތު ތަކުގެ ނަތީޖާ! އިޖުތިމާއީ ހަމަޖެހުމާއި ސަގާފަތާއި އާދަކާދަޔާއި ޚިލާފަށް ކަންކަން ކުރުމަކީ ހިތާމަހުރި ކަމެއް! ކޮންމެ ކަމެއްގައި ސިޔާސީ އެދުން އިސްކުރުން ރަނގަޅެއް ނުވާނެ!
ަސޭޑް
28 May 2023
ޢެކަމަކު ރައީސް އިބުރާހީމު ބުނި ވަރަށް އަމާނޯ
ފެށޭ
28 May 2023
ރައޔަތުންގެ ތެރޭގައި ތިބި ހެޔޮލަފާ ހަރުމީހުންނާއި ޒުވާނުން ވަޅިޖަހާ މަންޒަރު ބަލަން ތިބެގެން ނުވާނެ ވަގުތުން ހުއްޓުވަންޖެހޭނެ
އެޗް 10
28 May 2023
އެޗް 10 ގައި ޔޫތު އެކްޓިވިޓީ ހުންނާނެ. އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިން އެތަނަށް ވައްދާ މީހުންނާ މީހުންނާމެދު އެޅޭނެ ފިޔަވަޅެއް ތިޔަ ބުނާ ބޮޑެތި މީހުންނަށް އެބައޮތްތަ! ޒުވާނުންނަށް ހުޅުވި ތަނަކަށް އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިން ވައްދައިގެން ހިންގާ އެކްޓިވިޓީ ހުރިހާ ގޮތަކުންވެސް ފެންނާނެ.
އޭރުން
28 May 2023
އޭރުން އަނެއް ދުވަހު އެމީހެއްގެ ދުވަސް ދުއްވާލާނެ
ޢަރުތަ
28 May 2023
ވަރުގަދަ ހިޔާ ފްލެޓަކާ މިއޮތީ ރައްޔިތުންނަށް ދިމާވެފަ، ސަހަލު އެއްކަމެއް އެބައޮތްބާ!
އުދުހޭ
27 May 2023
ބިރު ފިލައި ރަށްރަށް ވަށާލާފައި ވަނީ ހަމަޖެހުން: ރައީސް
ބުރުގާ
27 May 2023
ރާއްޖޭގަ މަސްތުވާތަކެއްޗާ ގޭންގުތަކާ ކޮރަޕްޓް ސިޔާސީ މީހުން އުޅޭވަރާ ބަލާފަ، ރާއްޖޭގަ ނިސްބަތުން ވަޅިޖެހުމާ މީހުން މަރުމާ ފޭރުން މަދު.
އާދަމް ޒާ
28 May 2023
ދިވެހިންގެ ތާރީޚަށްބަލާއިރު މި ނުރައްކާ ދަނީ އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން.
ބޮއް
27 May 2023
ކުޑަކުޑަ ކުދިންވިއްޔަ ގައިމު.ނުވާނެދޯ އެހެން ހަދާކައް.
ޑިސްއޮނަރަބަލް ޑީޑީ
27 May 2023
ވަށާޖެހޭގޮތުގާ ބިރުފިލިވާހަކަ ބޮޑުމީހާ މިއަދު އެބުނީ. އަދި 24 ގަޑިއިރު ނުވޭ. މިއޮތީ ބިރުވެރި ޢަމަލެއް ހިންގާފާ. އަޅެ ބަޔަކު މިއުޅެނީ އެމަނިކުފާނުންގެ ބަސްމަގާދެކޮޅަށް ބަޣާވާތެއްކުރާންތަ؟
ޢަރުތަ
28 May 2023
މީހުން ހާދަ ނުލަފާ ވެއްޖެއޭދޯ، ރަހުމެއް ކުލުނެއް ނެތި އިންސާނުން ގަޔަށް ތޫނު އެއްޗިހިން ހަމަލާ މިދެނީ ކޮން އެއްޗެއް ބޮވިގެންތަ.
ޖުހާޖީ
28 May 2023
ބިރުނުގަނެބަލަ.ބިރުގަތީމާ ބިރުވެރި ކަމަކަށް މިކަންކަން މިވަނީ. ބޮޑުމީހާ މިކަންކަމާ ބިރުނުގަނޭ. އެހެންވީމާ މިކޫލް ކަމެއްނު. ވ އަމާން.
ތަކުންބޭ
27 May 2023
އެއީޗޯރްއެބުނާވާހަކައަކީ ބިރެއްނުގަން ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ ނާނެޔޭ ކޮންމެކަމެއްކުރާކަށްފަހެއްނުޖެހޭނޭ ބިރުފަހަނާޅާފިއޭ
ރާއްޖެ
27 May 2023
މުޅި ތަނުގަ ގޭންގްތައް. ޚާއްސަކޮށް ސްކޫލް ފުރައިގެ ކުދިން. ސެކިއުރިޓީން ތިބެނީ ޖޯލީގަ އަނގަ ތަޅަން. އެއަށް ވުރެ ފަސޭހަ ވަޒީފާއެއް ބަޔަކަށް ނުލިބޭނެ.