ހިޔާގެ އެޕާޓްމަންޓުން މިފަހަރު ހައްޔަރުކުރި ހަތަރު މީހުން.
24 ޑިސެމްބަރ 2024 - 11:16
މީހަކު ރަހީނުކޮށް، އަނިޔާކުރި ހިޔާ ފްލެޓުގެ އެޕާޓްމަންޓުން އަނެއްކާވެސް މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާ އެކު ހަތަރު މީހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ކްރިމިނަލް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރީ ހިޔާ ފްލެޓުގެ H9-20-11 އެޕާޓްމަންޓު ކަމަށެވެ.
އެ އެޕާޓްމަންޓުގައި މީހަކު ރަހީނު ކޮށްގެން ގެންގުޅުނު މައްސަލައެއް މިދިޔަ މަހު ފެންމަތިވި އެވެ. ފުލުހުން އެ މީހާ ސަލާމަތްކުރީ އޭނާގެ ބޯ ބާލައި، އިނގިލި ބުރިކުރަން އުޅެނިކޮށެވެ. ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގައި، އެ މައްސަލާގައި 12 މީހަކު ހައްޔަރު ވެސް ކުރި އެވެ.
ފުލުހުން މިއަދު ބުނީ އެ އިދާރާގެ ޑްރަގް އެންފޯސްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ އެޕާޓްމަންޓު ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އެއީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ކަމެއް ފުލުހުން އަދި ނުބުނެ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގ. ސެމިޓޯން، އިބްރާހީމް ޝަރީފް، 40 އާއި ގއ. ކޮލަމާފުށި، އޯޝަންބްލޫ، އަބްދުﷲ ހަސަން، 41 އާއި ހދ. ނޭކުރެންދޫ، އިރުދޭމާގެ، ހުސައިން ރިޔާޒު، 33 އަދި ގއ. ދާންދޫ، ވަލުތެރޭގެ، އަބްދުﷲ ޖަމީލު، 32 އެވެ.
އެ އެޕާޓްމަންޓް ބަލައިފާސްކުރި އިރު މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ މޯބައިލް ފޯނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެ އެޕާޓްމަންޓުން ކުރިން ހައްޔަރުކުރި މީހުންގެ ބަންދަށް ފަހުން ވީގޮތެއް އަދި ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަމީޒާ
25 December 2024
"އެ އެޕާޓްމަންޓުން ކުރިން ހައްޔަރުކުރި މީހުންގެ ބަންދަށް ފަހުން ވީގޮތެއް އަދި ސާފެއް ނުވެ އެވެ". މީ ދިވެއްސަކަށްވީތީ އަހަރެން ފަޚުރުވެރިވެ ފަޅައިގެންދާ ކަމަކީ.
ބަބުރު
24 December 2024
ޤައުމު ތަރައްޤީ ވާނީ އަދިވެސް 25 ބުރީގެ އިމާރާތްތައް ބިނާކޮށް މުޅި ރާއްޖޭގެ އެންމެން ގެނެސް އެއްތަނަކަށް ޖަމާ ކުރީމަ. ތީ ހަމަ ކުއްވެރިންގެ ހާއްޔެއް. ތިޔަ އިމާރާތްތަކުގައި ދިރިއުޅޭ މީހުން ތަހުޒީބުނުވިއަސް ހެވެންނު. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ގޭންގެއް އުފެދުނީވެސް ތިޔަކަހަލަ ތަނަކުން. ޢެއީ ސިފައިންގެ ކޮށި.
ޑިޔުޕްރޮސެސް
24 December 2024
ގާނޫނާއި ގަވާއިދާ ހިލާފަށް މަސްތުވާތަކެތީގެ އަމަލުތައް ހިންގުމަކީ މުޖުތަމައުތަކަށް ނުރައްކާވެ، އާންމު ބޯހިޔާވަހިކަމުގެ ގަވާއިދާ ހިލާފު ކަމެއް. މިފަދަ ގާނޫނާ ހިލާފުވުންތައް ދެމިއޮތްއިރު، ސަރުކާރުތަކަށް ގާނޫނީ ޕްރޮސެސްތަކުގެ ތެރެއިން މުދާ އަތުލައިގަނެ، ޑިއު ޕްރޮސެސް ކަށަވަރުކޮށް، އެސެޓް ފޯފިޗާ ގާނޫނުތަކަށް އަމަލުކުރެވޭން އެބަޖެހޭ. އެއަށްފަހު ކޮންފިސްކޭޓް ކުރެވިފައިވާ ޔުނިޓްތައް ސޯޝަލް ހައުސިންއަށް އަލުން ބޭނުންކުރެވިދާނެ.
ސަނީސައިޑްބޮންޑް
24 December 2024
ހިޔާ ފްލެޓްދީފަހުންނާނީ މީހުންދިރިއުޅެން. ޑްރަގްގޭންގު އޮފީސް ހިންގާކަށްނޫން. ކުރީފަހަރުހީވި މިތަންް ދައުލަތަށްނަގަން އުޅުނުހެންވެސް. ނުވާނެތާދޯ އެމީހުންގެނުފޫޒުބޮޑުކަމުން.
ސަރު ކާރު
24 December 2024
ތި އެޕާޓްމެންޓް އަތުލާކަށްނުވޭތަ؟ އެކަން ކުރެވޭނެ ކޮންމެވެސް އުސޫލެއްވެސް އޮންނަންވާނެދޯ؟ އަނެއްކާ ކުއްޔަށްދީފަހުރި ތަނެއްތަ؟
ސޮރީ
24 December 2024
ތިތަން އަތުލެވޭކަށް ނެތް. ތިތަން އަތުނުލާ ވާކަށްވެސް ނެތް. މިހިރީ ރައްޔިތުން ފަޅީގަ.
ގޮނު
24 December 2024
އެ އެޕާޓްމަންޓުން ކުރިން ހައްޔަރުކުރި މީހުންގެ ބަންދަށް ފަހުން ވީގޮތެއް އަދި ސާފެއް ނުވެ އެވެ. އެމީހުން ތިބޭނީ އަނެއްކާވެސް އެމީހުންގެ މަސައްކަތުގައެވެ. ހިޔާ ޓަވަރު ތަކަކީ ވަށައިގެން ކެމެރާ ހަރުކޮށް 24 ގަޑިއިރު މޮނިޓަރ ކުރަން ބަޔަކު ތިބޭ ތަނެއް އަނެއްކާ ފުލުހުނަށް ކެމެރާތަކުގެ އެކްސެސް ދީފައިވަނީ. ސުވާލަކީ ވަކި އެޕާރޓްމަންޓަކަށް ވަކިގޮތަކަށް ތިބޭ ބަޔަކު އަބަދު ވަދެ ނުކުމެ ހަދާއިރު ހަމަ ރެޔަކާ ނުލަނީހޭ؟؟
1181
24 December 2024
އެއް ގޭންގު ފަހާލީމަ ގިނަ ދުވަހެއް ނުވެ އެހެން ގޭންގެއް އައިސް ހަމަ އެތާންގަ ޖެއްސީ ދޯ. ތިޔަ ތަން ދައުލަތަށް ނަގަންވީ ދެން.
ވޯލް
24 December 2024
ދައުލަތުން ބޮޑު ލޯނެއް ނަގާގެން ފުލެޓް ހަދާފަ އެތަނުގައި މަސަްތުވާތަކެއްކާ އަދި އެކަމާ ގުޅޭ އެހެނިެހން ކުށްތަކުގެ އަށްޑައަކަށް. މިއީ އަނބުރާ ދައުލަތައް ނަގަންޖަހޭ ފުލެެޓެއް. އެތަނުގައި ދިރިއުޅޭ އެހެން މީހުންނާއި ކުޑަކުދިންގެ މުސްތަޤްބަލައްޓާކާވެސް ވަގުތުން ހުސްކޮށް އަތުަލްންޖަހޭ ތަނެއް.
ފަޅުމަސް
24 December 2024
ބަންދަށް ފަހުން އަބަދުވެސް ވާ ގޮތަކީ، ދޫކޮށްލުން.. އެއީ ވަރަށް ސާފުކަމެއް..
ރަމީޒާ
25 December 2024
މާގިނަ އޮޕްޝަންތަކެއްވެސްނޯވެ، އެންމެ ދެގޮތް މިއޮންނަނީ، އެއީ ބަންދުކުރުމާ ދޫކުރުމާ.