ޚަބަރު / ނ. މަނަދޫ

ތުހުމަތުވާ ދެ މީހުން ނައީމާގެ މަރަށް ފަހު ވެސް އުޅުނީ ހަމަޖެހިގެން ރަށުގައި!

ނައީމާގެ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަދި އެކަމުގައި ބައިވެރިވި ކަމަށް ޝަރީއަތުގެ މަޖިލީހުގައި އެއްބަސްވެފައިވާ އަހްޒަމް.

ނ. މަނަދޫގައި ވަޅިހަރައި އަނިޔާވެރިކޮށް މަރާލި ނައިމާގެ މޫސާގެ ގާތިލް ނުފެނި، މުޅި ރަށް ހާސްކަމުގެ ތެރެއަށް ވެއްޓުނުއިރު ވެސް އެކަމުގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށްފައިވާ ދެ ޒުވާނުންނަށް އެ ރަށުގައި ކަމެއް ވެގެން އުޅޭ ކަމަކަށް ނުދައްކަ އެވެ. ހައްޔަރުކުރުމާ ހަމައަށް ރަށު ތެރޭގައި އުޅުނީ "ވަރަށް ހަމަޖެހިގެން، އެ މީހުންގެ ދުނިޔޭގަ" އެވެ.

ފުލުހުން ހިންގަމުން އަންނަ އުނދަގޫ ތަހުގީގުގައި، ނައީމާގެ މަރުގެ ތުހުމަތަށް ހައްޔަރުކުރީ އަހްޒަމް އަބްދުއްޝަކޫރު ،23، އާއި ރިފާޝް 20، އެވެ. މި ދެ މީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރުމާއި ވިއްކުމުގެ ތުހުމަތު އޮތް ދެ މީހުންނެވެ.

ފުލުހުންގެ ޚާއްސަ ޓީމެއް މަނަދުއަށް ގޮސް މި ތަހުގީގު ހިންގާތާ ދެ މަސް ވަނީ އެވެ.

"ފުލުހުން ރަށު ތެރޭގައި އުޅުނު އިރު ވެސް ދެ މީހުން ވެސް އެކި ތަންތަނުގައި އެ މީހުންގެ ނޯމަލް ލައިފްގައި އުޅުނު. ޝައްކުވާ ފަދަ އެއްވެސް ކަމެއް ހިނގާފައެއް ނެތް،"

އެ މީހުންގެ ދުނިޔެ ކަމަށް ރަށުގެ ބައެއް މީހުން ސިފަކުރީ، ކުރިން އުޅުނު އެއްވެސް ގޮތަކަށް ބަދަލު ނުގެނެސް ހަމަޖެހިގެން ރަށުތެރޭގައި އުޅުމަށެވެ. އާމްދަނީ ހޯދަން އެއްވެސް މަސައްކަތެއް ދެ މީހުން ވެސް ނުކުރެ އެވެ. ރަށުގެ މީހުންނާ މާބޮޑު ގުޅުމެއް ނޯންނައިރު، ދެ މީހުން ވާހަކަ ދައްކައިއުޅޭ ގްރޫޕެއް ރަށު ތެރޭގައި އޮވެ އެވެ. ދެ މީހުންނަކީ ވެސް މަސްތުވާތަކެއްޗަށް "ގެއްލި ހުސްވެފައި" ތިބި މީހުންނަށް ތުހުމަތު އޮވެ އެވެ.

ނައީމާ: އޭނާ މަރާލާފައި އޮއްވައި ފެނުނީ އެޕްރީލް މަހުގެ ކުރީކޮޅު: މަރުގެ ތުހުމަތަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފައި.

އެކަމަކު ހައްޔަރުކުރުމާ ހަމައަށް ވެސް ދެ މީހުން އެކީގައި ރަށު ތެރޭގައި އުޅެނިކޮށް ނުފެންނަ ކަމަށް ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަހްޒަމް އަބަދުވެސް ބޮޑަށް ފެންނަނީ އެކަނި އުޅޭ މީހެއްގެ ގޮތުގަ އެވެ.

މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތު އޮތަސް އާއްމުންނަށް އުނދަގޫކުރުން ފަދަ ކަމެއް ނުފެންނާތީ ކައުންސިލަށް މިހާތަނަށް ދެ މީހުންގެ ވެސް މައްސަލައެއް ހުށަހަޅާފައެއް ނެތެވެ.

"އެ ގްރޫޕް މީހުން އެއްކޮށް އުޅޭނެ. އެ ދުއްވި ކާރަކީ ވެސް އެ މީހުން ރަށުތެރޭގައި ގެންގުޅޭ އެއްޗެއް،" މަނަދޫގެ އިތުބާރު ހިފޭ ބޭފުޅަކު ވިދާޅުވި އެވެ.

އެކަނި ދިރިއުޅެމުން އައި ނައީމާ މަރާލި ރޭ އެ ކާރުގައި ރަށު ތެރޭގައި ދުއްވި ކަމަށް ވެ އެވެ. ފުލުހުން ވަނީ ހައްޔަރުކުރި ދެ މީހުން ކާރަށް އަރުވައި ތަހުގީގަށް ބޭނުންވާ ކަންކަމާއި ހެކި ހޯދަން އެ ރޭގެ މަންޒަރު ކުޅުވާފައި ކަަމަށް ވެ އެވެ. ރަތް ކުލައިގެ ކާރު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ކުރިއަށް ގެންގޮސްފަ އެވެ.

ނައީމާ މަރާލި ކަމަށް ބެލެވެނީ އޭނާ ނިދާފައި އޮއްވައި ގޭތެރެއަށް ވަދެ އެވެ. ކަރަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލާފައި އޮއްވައި އޭނާ ފެނުނީ ޚަބަރެއް ނުވާތާ ދެ ދުވަސް ފަހުން ބަޔަކު ފުލުހުންނާ އެކު ގޮސް ކޮޓަރި ދޮރު ހަލާކުކޮށްލައިގެން ވަދެ ބެލި އިރު އޭޕްރީލް ހަތް ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ފުލުހުންގެ ތަހުގީގުގައި ވަނީ 600 އަށް ވުރެ ގިނަ މީހުންގެ ފޮރެންސިކް ސާމްޕްލަ ނަގައިފަ އެވެ. އެއީ ކުށުގެ ވެށިން ލިބިފައިވާ ފޮރެންސިކް ހެއްކާ ގުޅުވާލެވޭ ހެކި ހޯދުމަށެވެ.

މަނަދޫގައި މަރާލި މީހާގެ ގެ ކައިރީގައި ފުލުހުން ޓޭޕް ދަމައިފައި.

ބައެއް މީހުންނަށް ހައިރާންކަން ލިބުނީ، މަނަދޫގެ ތާރީޚުގައި ނުހިނގާވަރުގެ އަނިޔާވެރި އަމަލަކަށް ފަހު ފުލުހުން ބޮޑު ތަހުގީގެއް ފަށައި ގިނަ އަދަދެއްގެ ބައެއްގެ ފިންގަ ޕްރިންޓާއި ޑީއެންއޭ ސާމްޕަލް ނަގައި ތަންތަން ބަލައި ފާސްކުރަމުން ދިޔައިރު ވެސް ކިރިޔާވެސް ޝައްކެއް ނުކުރެވޭ ވަރަށް މި މީހުންގެ އަމަލުތައް ބެލެހެއްޓުމެވެ. ރަށު ތެރޭގައި ދެ މީހަކު އެއްވިޔަސް މޭޒުތަކާއި ބަނދަރާއި އެކި ތަންތަނުގައި އެ ވާހަކަ ދައްކައި ހެދިއިރު ވެސް މި ދެ މީހުން އުޅުނުއިރު "ކަމެއް ވެގެން އުޅޭ ކަމަކަށް" ވެސް ނުހަދަ އެވެ.

"ފުލުހުން ރަށު ތެރޭގައި އުޅުނު އިރު ވެސް ދެ މީހުން ވެސް އެކި ތަންތަނުގައި އެ މީހުންގެ ނޯމަލް ލައިފްގައި އުޅުނު. ޝައްކުވާ ފަދަ އެއްވެސް ކަމެއް ހިނގައިފައެއް ނެތް، ވާހަކައެއް އެ މީހުންގެ ފަރާތުން ދައްކާފައެއް ނުވޭ، އަދި އަޑެއް ވެސް ނާހަން ރަށުތެރެއިން،" އެކަކު ބުންޏެވެ.

ތަހުގީގަށް ލިބުނު ކުރިއެރުން

- ނައީމާއަށް ހަމަލަދޭން ބޭނުންކުރި ދެ ވަޅި ވަނީ ހޯދާފައި.

- ހަމަލާދިން އިރު ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނު ނެގީ ވަޅުލާފައި ހުއްޓާ

- ހެކި ފޮރުވަން އަންނައުނު ވަޅުގަނޑެއްގައި ރޯކޮށްފައިވޭ.

- މަރާލި ރޭ ތުހުމަތުވާ މީހުން އުޅުނު ކާރު ވަނީ ދެނެގަނެވިފައި.

"އަދިވެސް ސުވާލު އުފައްދާ"

ނައީމާ މަރުގެ މައްސަލާގައި ތުހުމަތު ކުރެވުނު އަހްޒަމް ފުރަތަމަ ހައްޔަރުކުރީ ޑްރަގުގެ މައްސަލައެއްގެ ތުހުމަތަށެވެ. އޭނާ ކޯޓަށް ހާޒިރުކުރީ ދިރިއުޅޭ ކޮޓަރިން 50 ގްރާމްގެ މަސްތުވާތަކެތި ފެނުމުންނެވެ. ރިފާޝް ހައްޔަރުކުރީ އޭގެ ފަހުންނެވެ.

އަހްޒަމް ވަނީ ނައީމާ މަރާލުމުގައި ބައިވެރިވި ކަމަށް ކޯޓުގައި އެއްބަސްވެފަ އެވެ. އޭނާއަކީ އެ މަރުގައި ހިމެނޭ މީހެއް ކަމަށް ފުލުހުން ކޯޓުގައި ބުނީ އޭނާ އަކީ ބަންދުގައި ބަހައްޓަންޖެހޭ ނުރައްކާ މީހެއްކަން ޝަރީއަތަށް ހާމަކުރުމުގެ ގޮތުން ކަމަށް ވަނީ އެނގިފަ އެވެ.

މަނަދޫން ވާހަކަ ދެއްކި މީހުން ބުނާ ގޮތުގައި ނައީމާގެ މަރުގައި ދެ މީހުން އަމަލީ ގޮތުން ބައިވެރިވުން އޮތް ނަމަ އެކަން ކުރަން ޖެހޭ ސަބަބަކާ މެދު އަދިވެސް ސުވާލު އުފެދެ އެވެ. އެ ދެ މީހުން ނައީމާގެ ގައިގެ އެކި ތަންތަނަށް ވަޅިހަރައި މަރާލަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ބައެއް މީހުން ގަބޫލެއް ވެސް ނުކުރެވެ އެވެ.

ނައީމާ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި އާއި އެ ކަން ކުރި މީހާ ލައިގެން ހުރި އަންނައުނު ވަޅުލާފައިވާ ސަރަހައްދު ފުލުހުން ބަންދުކޮށްފައި.

ނައީމާއާ އާއިލީ ގޮތުން އެއްވެސް ގުޅުމެއް އެ ދެ މީހުންގެ ނެތެވެ. ނައީމާ އަކީ ވެސް ރަށު ތެރޭގައި އެގޮތަށް އުޅޭ ޒުވާނުންނާ ވާހަކަ ދައްކައި އުޅޭ މީހެއް ނޫން ކަމަށް ވެ އެވެ.

"ދެން ލާރީގެ ބޭނުމަށް އެވަރުގެ ކަމެއް ކޮށްފާނެތޯ ބަލާއިރު އެހާ ގިނަ ލާރި ގެންގުޅޭ މީހެއް ނޫން ނައީމާއަކީ. ކުނި ކަހައިގެން ލިބޭނީ 5،000 އެއްހާ ރުފިޔާ ކޮންމެ މަހަކު،" އެކަކު ބުންޏެވެ.

ބަޔަކު ފައިސާދީގެން ކުރުވަފާނެތޯ އެއީ ވެސް އުފައްދާ ސުވާލެކެވެ.

"އެހެން ވެސް ވެދާނެ، ހަމަ ނޭނގެނީ އެވަރު އަނިޔާވެރި ގަތުލެއް ހިންގަން ޖެހޭ ސަބަބެއް."

ފުލުހުންގެ ތަހުގީގު އަދިވެސް ކުރިއަށްގެންދާތީ މަނަދޫ ކައުންސިލުން މިކަމުގައި ވާހަކަ ދައްކާކަށް ބޭނުމެއް ނުވެ އެވެ.

ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސޮބީހް ވިދާޅުވީ ނައީމާގެ މަރުގެ މައްސަލާގައި ތުހުމަތުވާ ބަޔަކު އަތުލައިގަނެ ހެކި ފުލުހުންނަށް ލިބުމަކީ ރަށުގައި އޮތް ނުތަނަވަސްކަމަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު ކަމެކެވެ. އެކަމަކު އަދިވެސް ސުވާލު އުފެދެނީ އޭނާ އެހާ އަނިޔާވެރިކޮށް މަރާލަން ޖެހޭ ސަބަބަކާ މެދުގައި ކަމަށް ވިދާޅުވި އެވެ.

"މިކަން މި ނިމުނީ ނޫންކަން ގިނަ މީހުން ގަބޫލުކުރަނީ. ހަގީގަތުގައި އިތުރަށް ބަލަން ޖެހޭ ކަންކަން އަދި ހުރީ. އެކަމަކު ތަހުގީގަށް މި ލިބުނު ކުރިއެރުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އޭނާ ވިދާޅުވި އެެވެ.

40 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 3%
icon angry icon angry 76%
icon wow icon wow 6%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަދުހަމު

29 May 2023

އެހެންވީމަޢޭ އެބުނަނީ މިދައުރުގަ ބިރުފަހަނަ އަޅާ ގޮސްފިޔޭ

The name is already taken The name is available. Register?

ޢަރުތަ

29 May 2023

"ފުލުހުންގެ ތަހުގީގު އަދިވެސް ކުރިއަށްގެންދާތީ މަނަދޫ ކައުންސިލުން މިކަމުގައި ވާހަކަ ދައްކާކަށް ބޭނުމެއް ނުވެ އެވެ". ރަނގަޅީ މިހާދިސާއާ ގުޅިގެން އެއްވެސް ވާހަކަ އެއް ކައުން ސިލުން ނުދެއްކިއްޔާ، މިހެން ބުނަން މިޖެހުނީ އެންމެ ފުރަތަމަ މިހާދިސާއާ ގުޅިގެން ކައުންސިލުން ދައްކާފަ ހުރި ވާހަކަ ތަކަށް ބުރަވެ.

The name is already taken The name is available. Register?

މަރިޔާ

28 May 2023

ޢަފުރާޝީމު އަވަހާރަކޮށްލަން ޖެހޭ ސަބަބެއް އެބައޮތްތަ؟

The name is already taken The name is available. Register?

މަނަދޫ ބޮޑުމީހާ

28 May 2023

ހީވާ ގޮތުން މަސްތުވާތެކީގެ މައްސަލައިގައި ހައްޔަރު ކުރި ޒުވާނާ އަކީ ބެކަޕުގައި މާބޮޑު ބާރުވެރިކަމެއް ނެތް ، އެކަނި އުޅޭ މީހެއް ވީމައި އެނާ ކޯޓަށް ގެންދިޔުމުގެ ކުރިން ޗިޕް ޖަހައިގެން މަރު މައްސަލައިގައި ބައްދާލީ ކަމަށް. ފުލުހުންނަށް ކުރިމަތި ވަމުންދާ ޕަބްލިކު ޕްރެޝަރާއި ، ފުލުހުންނަށް ތިޔަ މައްސަލައިގައިކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ހޯދަން ކުޅެލި ޑްރާމާއެއް ހެން.

The name is already taken The name is available. Register?

ޢަރުތަ

29 May 2023

ދެން ރެކެން އުޅޭނެ ކަމެއްނެތް، މަނަދޫ ތިއޮތީ ހަމަ ރަނގަޅަށްވެސް ބްލެކްލިސްޓް ކުރެވިފަ.

The name is already taken The name is available. Register?

ނެތްހައިރާން

28 May 2023

މަސްތުވާ ތަކެތި ނަގާ މީހުން ތިބޭނީ ހަމަޖެހިފައެއްނުންތަ ކޮންމެފަދަ ކަމެއްކޮށްފަވެސް. އެމީހުންނަށް އެނގޭނެތަ ހާސްވާން. އެފަދަ ކަމެއް ކުރާ ވަގުތު ހާހެއްނުވާނެ. ކުރެވުނު ފަހުން އެކަން ކުރެވުނުކަމެއް ނޭނގޭނެ. އެއަށްވުރެ ފަހުން އެއްކޮށް ހަނދާނުން ފިލައިގެން ގޮސްދާނެ. ކުރިންތޯ އަހާލީމަ ހުވަފެނުގަ ކުރިއޭ ހީވެދާނެ. އެވަރު ބައެއްގެ ވާހަކަ ތި ދައްކަނީ.

The name is already taken The name is available. Register?

ޓްރަންޕްސް

28 May 2023

ގަބޫލު ކުރިޔަސް ނުކުރިޔަސް ގައުމު ހަލާކުރީ މިގައުމަށް ޑިމަކްރަސީ ގެނެސްގެން. ދިވެހި ޒުވާނުން މަގުތަކަށް ނެރެ ޒުވާނުންގެ ހަޔާތް ކަނޑުވާލީ ސިޔާސީ ބައެއްގެ ޖީބު ފުރަންވެގެން. އަދު ސީޔާސީ ބައެއް މީހުންގެ ޖީބުތަށް ހަކުރު ފައިސާ އިން ވެސް ފުރެމުންދޭ. ގާނޫން ހަދަނީ ވެސް ކުއްވެރިންގެ ގައިގާ ގާނޫނު އަތް ނުލެވޭހާ މޮޅުކޮށް. މައުމޫންގެ ރަންތިރީސް ވެސް މާރަގަޅު.

The name is already taken The name is available. Register?

އަންދަލޫސިޔާ

28 May 2023

ތިޔަ ދެމީހުން ނަޢީމާގެ މަރުގެ ވާހަކަޔާ އެއްވެސް ވަރަކަށް ބައިވެރި ނުވުމަކީ ވެސް ކިހާ ބޮޑު ޝައްކެއް އުފައްދަންޖެހޭ ކަމެއްތޯ! ޑްރަގް ބުޔަސް ޤާތިލުން ނޫންނަމަ މީހަކު މަރައިގެން އެކަމާ ލޭ ހޫނުވާނެ. ނަޢީމާގެ މަރަކީ ދެ ގޭންގެއްގެ މާރާމާރީއެއްގެ ނަތީޖާއެއް ނޫން. އެފަދަ ކަމެއްނަމަ، މީހުން ލޭނުކެކި އެއް ގްރޫޕްގަ ތިބެދާނެ!

The name is already taken The name is available. Register?

ގައުއުމެތްނެތް

28 May 2023

ރައަތުންގެ ތެރެއިން ކެރޭބަޔަކު މަސްތުވާތަކެތި ހުއްޓުވަން ނިކުންނަންވެއްޖެ މި ގައުމު ސަލާމަތް ކުރަން ކެރޭ ދަރިންތަކެތް ނިކުންނަންވެއްޖެ މިހާރު ދެމަފިރިންވެސް މަސްތުވާތަކެތި ވިއްކަނީ ސިޔަަސީ މީހުން ވޯޓު ހޯދަން ޒުވާނުން ހަލާކު ކުރަނީ

The name is already taken The name is available. Register?

ސަދޫމު ސިޓީ

28 May 2023

މީ ގާނޫނު ނުހިނގާ އަދުލު އިންސާފު ނުލިބޭނެ ގައުމެތްކަން އެންމެންނަށްވެސް އެނގޭ ވަކި ބަޔަކަށް މިގައުމުގަ ގާނުނު ނުހިންގާނެ ދުވަހެތް ދުވަހަކަށް ގޭންގުތަކުގެ ބާރު ގަދަވެ ކުޑަކުދިންވެސް ގޭންގުތަކަށްވައްދާ އެމީހުންލައްވާ ޖަރީމާތަކަށްނެރެ ފުޅާކުރަމުން ދާއިރު ސިޔާސީ މީހުންނާ މިގައުމުގެ ވެރިން ދެނީ މިކަަހަލަ ކަންކަމަށް ހިއްވަރު

The name is already taken The name is available. Register?

ހިބިރިންބެއްޔާގެ ކުޑަސޮރު

28 May 2023

ސުލްހަވެރި ޒުވާނުންނަށް މިކަހަލަކަމެއް ކޮށްލުމަކީ އެއްވެސްކަމެއްނޫން. އެކަމަކު ޕޮލިހަށް ގެންގޮއްސިއްޔާ ވިރޭނެ. ހުރިހާވާހަކައެއް އަލިފުން ޔާއަށް ކިޔައިދޭނެ. އެހާބިރުގެންފާ އެމީހުންހުއްޓާ އެމީހުން ބިރުފިލުވާނީ ލޯޔަރުން.

The name is already taken The name is available. Register?

ޛަންގަ

28 May 2023

ވިރެނީ އެއް ނޫން. ހައްޔަރުކޮށްފަ ކުޑައިރުކޮޅެއް ތެރޭ ސިކްވަނީ އެމީހުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454