ފ. ބިލެއްދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިބަން ކަނޑުއްވާއިރު، އަރިހުގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ.-- ފޮޓޯ: ރައީސް އޮފީސް
28 މެއި 2023 - 18:04
ހުރިހާ ސްކޫލެއްގެ ކިޔެވުން އެއްދަންފަޅި އަށް ބަދަލުކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 1.3 ބިލިއަން ރުފިޔާ ހަރަދުވެއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ފ. ބިލެއްދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ހުރިހާ ސްކޫލެއް އެއް ދަންފަޅި އަށް ބަދަލުކުރުމުގެ ގޮތުން ހެދި ދިރާސާ އިން ފާހަގަކުރެވުނު ކަންކަން ތަންފީޒުކުރުމަށް މިހާތަނަށް ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއްކޮށް، އާ އިމާރާތްތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އެ ދިރާސާއިން ފާހަގަކުރެއްވުނު ކަންކަން ތަންފީޒު ކުރެއްވުމަށް މިހާތަނަށް 1.3 ބިލިއަން ރުފިޔާ ބަޖެޓްކުރައްވައި އިމާރާތްތައް އެޅުއްވުމުގެ މަސައްކަތް ފެށިއްޖެ،" އައިޝަތު އަލީ ވިދާޅުވި އެވެ.
"މިހާތަނަށް ތައުލީމީ ދާއިރާއަށް، މަދަރުސާތަކަށް އުމްރާނީ ތަރައްގީ ގެނައުމަށްޓަކައި މުޅިއަކު 247 މަޝްރޫއެއް އެބަ ހިންގަން. އޭގެ ތެރޭގައި ޖުމްލަ 1،716 ކްލާސްރޫމާއި 92 މަލްޓިޕާޕޮސް ހޯލާއި 563 އެހެނިހެން އިމާރާތްތަކުގެ މަސައްކަތްތައް އެބަ ކުރިއަށް ދޭ،"
ފ. ބިލެއްދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލު ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ސްކޫލަށް ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ލެބޯޓްރީ އާއި ލައިބްރަރީތަކާއި ސްޓާފް ރޫމްތަކާއި އޮފީސް އިމާރާތް ފަދަ ތަންތަން ވެސް ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިލެއްދޫ ސްކޫލުގައި މިއަދު ހުޅުވި މަލްޓިޕާޕަސް ހޯލަކީ ދައުލަތުގެ ބަޖެޓުން 8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި މަޝްރޫއެކެވެ. މިއީ މި ސަރުކާރުން ހުޅުވި މިކަހަލަ 15 ވަނަ މަލްޓިޕާޕަސް ހޯލެވެ.
ފ. ބިލެއްދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަރިވަރަކާ ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެ މަލްޓިޕާޕަސް ހޯލްގެ ސަބަބުން ސްކޫލާއި މުޖުތަމައުގެ ގުޅުން ބަދަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސްކޫލް ދަރިވަރުންނަށް ތަފާތު ކުޅިވަރުތައް ކުޅޭނެ މާހުއުލެއް ލިބޭނެ ކަމަށާއި ރަށުގެ އެކި ހަރަކާތްތަކާއި ޖަލްސާތައް ބޭއްވުމަށް މަގުފަހިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިކަން ބަދަލުކުރޭ
29 May 2023
ކުދިން އަބަދު ސްކޫލްގަ.
ނަންނުގަތި
29 May 2023
ތިދައްކަނީ އަރަބިއްޔާ ރަނގަޅު ނުކުރެވުނޭދޯ ? އެކަމެެއްނުވާނެ އެތަން އުވާނުލައެއް. އެތަން އުވާލާފަ ޑުބާއީގަ ހުންނަ ކަހަލަ އަރަބި ސުކޫލެއް ހުޅުވަންވީ އެހެން ނަމެއްގަ. އަރަބިއްޔާގަ މިއުޅޭ ސޭކު ބެލެނިވެރިންނަށް އަފުއާނިސްތާނުން ފުރުޞަތެއް ހޯދޭތޯ ބަލަންވީ.
އުނބުށޭމު
29 May 2023
އެއް ދަންފަޅިއަށް ބަދަލުކުރުމަކީ ކޮންބޭނުމެއްގައި ކުރެވޭ ކަމެއް ބާވައެވެ. ޓީޗަރުންނަށް ގިނަ ވަގުތު އާއިލާއާއެކު އުޅެން ވަގުތު ދިނުންކަމަށްވަންޏާ ދެ ދަންފަޅީގައި ދަންފަޅި ބަހައިގެން ޓީޗަރުން ބޭއްތިއްބޭނެ ނޫންބާވައެވެ. އޭރުން ވަޒީފާ ގިނަވާނެއެވެ. ތިޔަހެން ހެދުމުން ސްކޫލްތައް ބިނާކުރުމުގެ ޚަރަދު ބޮޑުވެގެން ދިއުމުގެ އިތުރަށް ދެންވާނެގޮތަކީ އޯޓީގެ ނަމުގައި ދައުލަތުން ވައްކަންކުރުމުގެ ތެރެއަށް ޓީޗަރުންގެ ތެރެއިންވެސް ގިނަ ބަޔަކު ވަންނަން ފަށާނީއެވެ.
ރަދީފްއޮފިޝަލް
29 May 2023
ކޮބާ މާލޭގަ ކިތައް ސްކޫލްގަ ބާ 1 ދަންފަޅިއަށް ކިޔަވަދެނީ؟؟؟ ފުރަތަމަ މިކަން ސާފްވާން ޖެހޭ.
ސީތާ
29 May 2023
ރަނގަޅު. 100 މީހުންގެ އާބާދީ ހަމަނުވާ ރަށްތަކަށްވެސް ހަމަހަމަކަމާއެކު ފުރުޞަތު ހޯއްދަވައި ދެއްވާ. އޭރުން އެރަށަކުން ހުރިހާ ވޯޓެއް ލިބޭނެ.
ކުޑަ-ކަތީބު
29 May 2023
ތައުލީމީ ނިޒާމު ފޭލިވެއްޖެ. މި ދައުރުގައިވެސް އެއްވެސް ކަމެއް ރަނގަޅެއް ނުކުރެވުނު. ރަނގަޅު ކަމެއް ކުރެވިފައެއް ވެސް ނެތް... - ދިރާސީ އަހަރު ނިމޭއިރުވެސް ފޮތް ދީ ނުނިންމުނު. - މުދައްރިސުން ހަމައެއް ނުކުރެވޭ. - ތަރުބަވީ އެއްވެސް ކަމެއް ރަނގަޅުގޮތަކަށް ނުހިނގާ. - ދިރިއުޅުމަށް ފައްކާ ކުރެވޭ ދަރިންނެއް ނުނެރެވޭ. ޓޮޕްޓެން ފޮނުއެރުވުން ނޫންކަމެއް ނުކުރެވޭ. އަދިވެސް އަދިވެސް
އޯކިޑު
28 May 2023
މާލޭގައި ތި މަންޒަރު ނުފެނޭ؟
ބިލެތްފަހީ
28 May 2023
ބިލެއްފަހީ ސްކޫލުގައި މިއަދު ހުޅުވި މަލްޓިޕާޕަސް ހޯލަކީ ދައުލަތުގެ ބަޖެޓުން 8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި މަޝްރޫއެކެވެ. މިއީ މި ސަރުކާރުން ހުޅުވި މިކަހަލަ 15 ވަނަ މަލްޓިޕާޕަސް ހޯލެވެ. ބިލެތްފަހީ ސަކޫލްގައި މިއަދު ތިޔަކަހަލަ ކަމެއް ނުހިނގާ.
ޝަރީފާކުރުސީ
28 May 2023
އެހެނަސް ތިޔަ ނާގާބިލް ތައުލީމީ ވަޒީރު ގޮވައިގެން ތިޔަ ކަމެއް ނުވާނެ! އަދި އޭނަ ކަހަލަ ނާގާބިލް އަދި ހިންގުންތެރިކަމެއް ނެތް ބަޔަކު ގައުމީ ޔުނިވާސިޓީގަ ތިބީވެސް! ކުރާހާވެސް ކަމަކީ “މީޓިންގ” ދެން މެންހެޓަންގަ ކޮފީބޮއެ އަޗާތެޅުން! ވަރަށް ވާހަކަ
ތައުލީމު
28 May 2023
އެހާ ބޮޑު ހަރަދެއް ކުރި އިރުވެސް އެކަން އޮތީ ނުވެފަ؟ ކޮންމެ ސްކޫލެއްގަ ބޭބީ ނާސަރީއިން ޕީއެޗްޑީއަށް ކިޔަވައިދީފަ އެއް ދަންފަޅިއަށް ހަދަންވީމަ ޚަރަދުވެސް ބޮޑުވާނެ