ހިޔާގެ ދެ އެޕާޓްމަންޓް އެއްކޮށްލާފައި: މި މައްސަލާގައި ކުރި ޖޫރިމަނާ މުއްދަތު ހަމަވިއިރު ވެސް ނުދައްކާތީ މިހާރު ވަނީ ތަން ހުސްކުރުމަށް 14 ދުވަސް ދީފައި.--
29 މެއި 2023 - 14:56
ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓް އެއްކޮށްލި މައްސަލާގައި އެ ދެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، ތަން ހުސްކުރަން އެންގި އެންގުން ހުއްޓުވައި ދިނުމަށް އެދި އެޕާޓްމެންޓްގެ ވެރިފަރާތުން ކޯޓަށް ހުށަހެޅި ނަމަވެސް އާބަންކޯގެ ނިންމުން ބަދަލު ނުވާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ފްލެޓްގެ ފާރެއް ތަޅާލައި ދެ އެޕާޓްމަންޓް އެއްކޮށްލުމުން ކޮންމެ ފްލެޓެއްގެ ވެރިފަރާތް 100،000ރ. އިން ޖޫރިމަނާ ކުރީ މި މަހުގެ ފަސްވަނަ ދުވަހު އެވެ. އެ ފައިސާ ދައްކަން ފަސް ދުވަސް ދިނަސް އެ އަށް ވެސް ދެ އެޕާޓްމަންޓުގެ ވެރިފަރާތުން އަމަލެއް ނުކުރި އެވެ. ފާރު ރާނަން ދިން 10 ދުވަހުގެ ތެރޭގައި އެ ކަމެއް ވެސް ނުކުރި އެވެ.
އެހެންވެ، އެ ދެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، ދެ ތަން ހުސްކުރަން 14 ދުވަހުގެ ނޯޓިސްއެއް އާބަންކޯ އިން ފްލެޓްގެ ވެރިފަރާތަށް ވަނީ މި މަހުގެ 18 ވަނަ ދުވަހު ދީފަ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ އެކަކަށެވެ.
އާބަންކޯ އިން ފޮނުވި ނޯޓިސްގައި ވަނީ ދެ އެޕާޓްމަންޓް ދެ ހަފުތާގެ ތެރޭގައި ހުސްކުރުމުގެ އިތުރުން މިހާތަނަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް 30 ދުވަހުގެ ތެރޭ ދެއްކުމަށެވެ.
އެއްކޮށްލި ދެ އެޕާޓްމަންޓަށް ބަދަލު ގެނެސްފައި: މި އެޕާޓްމަންޓް މި ފެންވަރަށް ހަދަން ހަ ލައްކައެއްހާ ރުފިޔާ ހަރަދުކުރި ކަމަށް ބެލެވޭ.
އެކަމަކު، އާބަންކޯގެ އެންގުންތަކަށް ތަބާވުމުގެ ބަދަލުގައި ދެ ފްލެޓްގެ ވެރިފަރާތުން ދިޔައީ ސިވިލް ކޯޓަށެވެ. ދެ އެޕާޓްމެންޓް އާބަންކޯ އަށް ނެގުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި ފްލެޓްގެ ވެރިފަރާތުން އެދުމުން މިހާރު ވަނީ އެ އެ މައްސަލަ އެ ކޯޓުގައި ރަޖިސްޓަރީ ވެސް ކޮށްފަ އެވެ.
އެކަމާ ގުޅިގެން ސުވާލު ކުރުމުން އާބަންކޯގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ކުންފުނީގެ އެންގުން ހުއްޓުވައި ދިނުމަށް އެދި ކޯޓަށް ދިޔަ ނަމަވެސް އާބަންކޯގެ ނިންމުން ބަދަލު ނުވާނެ ކަމަށެވެ.
އެ ތަނުން އެއް ފްލެޓް ދޫކޮށްފައި ވަނީ ފްލެޓް ލިބުނު މީހުންގެ ހައްގުގައި މަސައްކަތްކުރުމަށް އުފެއްދި "ހިޔާ ޔޫނިއަން"ގެ ނައިބު ރައީސް އަހުމަދު ޝަމާލަށެވެ. ފްލެޓްގެ ފާރެއް ތަޅާލައި އެއްކޮށްލި އަނެއް ފްލެޓްގައި ދިރިއުޅެނީ އޭނާގެ އާއިލާގެ ބައެކެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން އެންމެ ގަދައަށް އަޑުއުފުލާ މީހުންގެ ތެރޭގައި ހިމެނޭ ޝަމާލް އޭނާގެ ފްލެޓަށް ގަވާއިދުން ކުލި ވެސް ނުދައްކާ ކަން ވަނީ އެނގިފަ އެވެ. މި މައްސާލާގައި ޝަމާލަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުރުމީ2
30 May 2023
ޢާބަންކޯގެ އިހުމާލުން ވާކަންކަން، މިކަމުގަ ޒިންމާ ނަގަންޖެހޭ ވެރިން ވަޒީފާ ތަކުނަ ދުރުކުރަން ޖެހޭ. ތިކަހަލަ ޒިންމާދާރުކަން ކުޑަ ވެރިން ލައިގެން ދެންނޭންގެ ކޮންފަދަ ކަމެއްކަން ލައިގަންނާނީ. ވަޒީފާއިން ވަކިކުރޭ
އާދަންކޮއެގެ ރައްޓެއްސެއް
30 May 2023
އާދަންކޮއެ ކައިރި ބުނެލަން އޮތީ ތިޔަތާ ތިޔަހަދާ ފިހާރަ ތަކުގެ ފާރުވައްޓާލޭފަ އެއްކުރަނީ ވެސް ހަމަ ރަނގަޅައްތޯއެވެ…
ހާލުގެ
30 May 2023
ބަލަގަ ފުުލެޓު އަތުލެވޭނެ އުސޫލުތައް އެގުރިމެންޓުގައި އެބައޮތޭ؟ އެއްކުށަށް ދެ އަދަބު ވެސް ދެވޭ، 11 އަހަރަށް ޖަލަށް ލާފަވެސް 5 މިލިޔަނުން ޖުރުމަނާ ކުރީ ވެސް ކޯޓުން. އެއީ ދެ އަދަބު؟
އާދަންކޯ
29 May 2023
ޢާބަންކޯއަކީ ކޯޓަށްވުރެ މަތީގައި އުޅޭތަނެއް...... ހިޔާފުލެޓްތަކުގެ ގުރައުންޑްފްލޯ ތަނބުތަކަށް ދާންދެން ތަޅައިގެން އެއްކޮށްފައި ހޮޓާ ކެފޭ ފިހާރަތަކަށް މިގަވާދު ނުހިގާތޯ......ކޯޓު ގާޒީ އާބަންކޯއާއި މިސުވާލު ކުރަންޖެހޭ
މީނަ ދޯ
30 May 2023
ދެތަން އެއްކޮއްލި މީހާ އާދަންކޯއަށް ވުރެ މަތީގައި ހުއްޓަސް ރަނގަޅުދޯ؟ ގާނޫނުގެ ދަށުން ވެފައިވާ އެއްބަސްވުމަށް އިހުތިރާމް ނުކޮށް ހިތުހުރި ގޮތެއް ހެދޭތަ؟
ޢަރުތަ
29 May 2023
ތިޔަ ދެފްލެޓް ދީފަވާ ފަރާތަށް އާބންކޯއިން އެންގި އެނގުމަށް ބޯނުލަބާނަމަ، ހިޔާ ފްލެޓްގެ އެއްވެސް އެޕާޓްމެންޓަކުން އެއްގޮތަކަށްވެސް އާބަންކޯއަށް މަހުކުލި ނުދައްކާ ކެއްތެރިކަމާ ތިބެލީމަ ކޮންމެވެސް ހަރުތާކު ޖެހިދާނެ ތޯއްޗެ، ޔޫނިއަން ހަދައިގެން އުޅޭ މީހުން މިތިބެނީ ގާނޫނަށްވުރެ މަތީގަ މީހަކު ވާތާވެދާނު.
ކަރުދޭސް
29 May 2023
ހުސް ތޮޔަކަހަލަ މީހުން އުޅެނީ ފާޑުފާޑު ދުލިދުއްޔަށް އެރިގެން… ދެން ބުނާނެ ރައްޔިތުންގެ ހައްގުގައޭ… ގުނބޯ ހެދިގެން މީހުން މިކަހަލަ މީހުންގެ ފަހަތުގައި އުޅެނީ…
ދޮހޮއްތު
29 May 2023
ކޯޓައްވުރެ މަތީގަތޭ…..
އާޗާ
29 May 2023
ފާރު ކޮބްކްރީޓު ތަޅާ ހިތުހުރި ބަދަލެއް ގެނެސް ކުލި ނުދައްކާ،އުޅުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން.
ވަހީދުބެ
29 May 2023
އެތައް ބަޔަކު ދަރާވިކިގެން ގަނެފަ ހުންނަ އިމާރާތުގެ ތަނބުތަޅައި ބެރި މުގުރައި ފާރުތަޅާމީހުން އެތަންތަނުން ނެރެންޖެހޭނެ. ކޮންމެ ކަމެއްގައި ވެސް ހައްދުން ނެއްޓެން އުޅެނީ.
ސަލާމ
29 May 2023
މިފަހަރު އެނގޭނެ އާބަންކޯގެ ގަދަކަން
އާބަންކޯ
30 May 2023
ބަލަން ތިބެމާ އާބަންކޯގެ ހުރި ވަރެއް.