އެއްކޮށްލި ދެ އެޕާޓްމެންޓް: އެތަން އަތުލުން ހުއްޓުވުމުގެ އަމުރެއް ނެރެނުދޭން ކޯޓުން ވަނީ ނިންމާފައި
07 ޖޫން 2023 - 10:33
ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓެއް އެއްކޮށްލި މައްސަލާގައި އެ ތަން ހުސްކުރަން ދިން މުއްދަތު ހަމަވި ނަމަވެސް ތަން ހުސްކޮށްފައި ނުވާ ކަމަށް އާބަންކޯއިން ބުނެފި އެވެ.
ފްލެޓްގެ ފާރެއް ތަޅާލައި ދެ އެޕާޓްމަންޓް އެއްކޮށްލުމުން ކޮންމެ ފްލެޓެއްގެ ވެރިފަރާތް 100،000ރ. އިން ޖޫރިމަނާ ކުރީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ފައިސާ ދައްކަން ފަސް ދުވަސް ދިނަސް އެ އަށް ވެސް ދެ އެޕާޓްމަންޓުގެ ވެރިފަރާތުން އަމަލެއް ނުކުރި އެވެ. ފާރު ރާނަން ދިން 10 ދުވަހުގެ ތެރޭގައި އެ ކަމެއް ވެސް ނުކުރެ އެވެ.
އެހެންވެ، އެ ދެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، ދެ ތަން ހުސްކުރަން 14 ދުވަހުގެ ނޯޓިސްއެއް އާބަންކޯ އިން ފްލެޓްގެ ވެރިފަރާތަށް ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ދީފަ އެވެ. އެ މުއްދަތު މި މަހުގެ އެއްވަނަ ދުވަހަށް އޮތީ ހަމަވެފަ އެވެ.
އާބަންކޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ފްލެޓްގެ ވެރިންނަށް ތަން ހުސްކުރަން ދިން މުއްދަތު ހަމަވި ނަމަވެސް އެތަން ހުސްކޮށްފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފްލެޓްތައް ހުސް ނުކުރި ނަމަވެސް އާބަންކޯގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. އެއީ ތަން ހުސްކުރުމާއި މިހާތަނަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް 30 ދުވަހުގެ ތެރޭ ދެއްކުމެވެ.
ދެ އެޕާޓްމެންޓެއް އެއްކޮށްލި މައްސަލާގައި އެ ތަން އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ފްލެޓްތަކުގެ ވެރިން ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. ނަމަވެސް ކޯޓުން ނިންމީ އަމުރު ނެެރެދެވެން ނެތް ކަމަށެވެ.
އެ ތަނުން އެއް ފްލެޓް ދޫކޮށްފައި ވަނީ ފްލެޓް ލިބުނު މީހުންގެ ހައްގުގައި މަސައްކަތްކުރުމަށް އުފެއްދި "ހިޔާ ޔޫނިއަން"ގެ ނައިބު ރައީސް އަހުމަދު ޝަމާލަށެވެ. ފްލެޓްގެ ފާރެއް ތަޅާލައި އެއްކޮށްލި އަނެއް ފްލެޓްގައި ދިރިއުޅެނީ އޭނާގެ އާއިލާގެ ބައެކެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން އެންމެ ގަދައަށް އަޑުއުފުލާ މީހުންގެ ތެރޭގައި ހިމެނޭ ޝަމާލް އޭނާގެ ފްލެޓަށް ގަވާއިދުން ކުލި ވެސް ނުދައްކާ ކަން ވަނީ އެނގިފަ އެވެ. މި މައްސާލާގައި ޝަމާލަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޔާ ޔޫނިއަން
07 June 2023
ހިޔާ ޔޫނިއަންއަކީ ބޮޑު ގޭންގެއް ގޮތަށް ހިންގާ ބައެއްކަމަށް ފާހަގަކުރެވޭ. ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަނީ ކަމަށް ދައްކައި އަޑީގައި ތިބެގެން މިހިރީ ކުރާ ކަންކަން. ގަނޑުވަރެއް ފަދަ ތަނެއް ބިނާކޮށްފައި މުޅި އިމާރާތް ނުރައްކަލަށް ހުށަހަޅާފައި މި ކިޔަނީ ކުލި ކުޑަކުރަން. އެއްވެސް އިހްލާސްތެރިކަމެއް ނެތް ޔޫނިއަންގެ. ތިއޮއްބޮޑު އާބާދީގެ ބޭނުންކޮށްގެން ކުރަނީ ސިޔާސީ ބޭނުމެއްގައި މަސައްކަތްތަކެއް.ހިޔާ ރައްޔިތުންނަށް ފައިދާއަކަށްނޫން.
ހހހގވޗ
07 June 2023
ޙެހެހެ ތި ހިޔާ ފްލެޓްގަ އުޅޭ މީހު ން އަދި ބަސްވެސް ވަރުގަދައޭ. ފްލެޓަށް އެންމެ ފައިސާ ފޮއްޗެއް ނުދެއްކިޔަސް ފްކެޓް ވެރިން ހެދިފަތިބެނީ އަދި
ބޮޑުމީހާ
07 June 2023
މިގައުމުގައި ގާނޫނު ހިގާނީ އާއްމު ރައްޔިތުމީހާއަށް
ކުޑަމީހާ
07 June 2023
ހިޔާ ފްލެޓް ގަނޑުވަރު ކޮޅު ތަކުގައި ދިރިއުޅުއްވަނީ ރަސްރަސްކަލުންތޯ؟
ޢަފްރާސިޔާބު
07 June 2023
ތިޔައީ މާރަނގަޅު ގޮތެއް. ތަން ހުސްނުކުރިޔަސް އަދި އެތާ ދިރިއުޅެމުން ދިޔަކަމުގައި ވިޔަސް އާބަންކޯ ގެ ނިންމުމެއް ބަދަލެއް ނުކުރެއެވެ. އާބަންކޯ ގެ ނިންމުން ބަދަލު ނުކުރިއްޔާ އެމީހުން ނަށް ކީއްވާނީ؟ ތިޔައީ ގުޅިގެން އަނބުރާ ގޭސް ގަނޑެއްވިއްޔާ!
އަލީ!
07 June 2023
އާބަންކޯވެސް އޮނަންނީ ނަގޫ ގޮށްޖެހިފައި، ހުރިހާ ބޮޑުން ތިބެނީ ކޮންޓުރޯލް އަގުގައިހުންނަ އަގުހެޔޮ އެޕާޓްމަންޓްތަށް ނަގައިގެން، އާދައިގެ ރައްޔިތުމީހަކަށް ނުލެބޭ އޭގެ އެޕާޓްމަންޓެއް ގަންނާކަށް!
ކައްކާ
07 June 2023
ތިއެޕާޓުމަންޓުގެ ފޮޓޯއިން ބުޅަލެއް ފެންނަ މީހެއްވިއްޔާ މިކޮމެންޓަށް ލައިކެއްދީބަލަ.
ނެތް
07 June 2023
ނުފެނުނު
އަރބަން ބަގުރޫޓު އަރުވާލާ!
07 June 2023
އަތެއް ނުލެވޭނެ. އަދި ތި ކުރި ޖެއްސުމައް ބަދަލުގެ ގޮތުގައި 3 މިލިއަން ރުފިޔާ ވެސް ދަމައިގަންނާނެ. އަރބަން ދާންޖެހޭނީ މަހައް! ފްލެޓުގެ “ވެރިން” ގޮސް ޕާޓީ އައް ސޮއި ކޮއްލީމަ ނިމުނީ. ސުޕް ކޯޓުން ތިކަން ނިމުނީމަ އާދޭހާ އެކު މާފައް އެދެން އަވަހައް ސިޓީ އެއް އަރބަން އިން ތައްޔާރު ކުރޭ!
ކުލޮ
07 June 2023
ކުލި ކުޑަމުރަން މުޒާހަރާ ކޮއްކޮއްފަ މީނަގެ ފުލެޓު ބޮޑު އަގުގަ ކުއްޔައް
ޖުހާނާ
07 June 2023
ފްލެޓް ހުސްނުކުރިއްޔާ ކަރަންޓާއި ފެނާ ކަނޑާލަބަލަ.
ވާނުވާހޭ
07 June 2023
ހަމަ ތިގޮތަށް އެޕާރޓްމަންޓް އެއްކޮށް ކުއްޔަށް ދީފަ ހުރި މީހުންގެ މައްސަލަ ނުބަލަނީ ކީއްވެބާ؟ ކުއްޔަށް ދީފަ ތިބި މީހުންގެ އަތުން އަތުލާ ހައްގުވާ މީހުނަށް ދީ