ކުރީގެ ފިރިމީހާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޭގެ ދެބައިކުޅަ އެއްބައި އަންހެން މީހާއަށް ލިބޭނެ ކަމަށް ވަނީ ހުކުމްކޮށްފައި
ސުޕްރީމް ކޯޓް: ކައިވެނިކޮށްގެން އުޅޭއިރު ދިރިއުޅުމަށް އަނބިމީހާ ކުރާ ހޭދަ ކައިވެނި ރޫޅުނަސް އަނބުރާ ހޯދޭނެ ކަމަށް ވަނީ ހުކުމްކޮށްފައި. -- ފޮޓޯ: މިހާރު
31 މެއި 2023 - 12:50
ކައިވެނި މަތީގައި ދެމަފިރިންގެ ދިރިއުމަށްޓަކައި އަނބިމީހާ ކޮށްފައިވާ ޚަރަދެއް އޮތް ނަމަ ކައިވެނި ނިމުމަކަށް އައުމަށް ފަހުގައި ވެސް ކުރީގެ ފިރިމީހާގެ ކިބައިން ހޯދިދާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކުރީ ދ. ކުޑަހުވަދޫ ފިރިހެނަކަށް އެ ރަށުން ލިބުނު ގޯއްޗެއްގައި އޭނާގެ އަނބިމީހާ ވެސް ހޭދަކޮށްގެން އިމާރާތްކޮށް އެތަން ދެމަފިރިންގެ ނަމަށް ރަޖިސްޓްރީކުރަން ނިންމާފައި ވަނިކޮށް އޭގެ ކުރިން ކައިވެނި ރޫޅުމުން ދިމާވި މައްސަލައެއްގައި އަންހެން މީހާ ކުރި ދައުވާއެއްގަ އެވެ.
ގެޔަށް ކުރި ހޭދައިގެ ގޮތުގައި އަންދާޒާކުރެވޭ 1.2 މިލިއަން ރުފިޔާ ހޯދަން އަންހެން މީހާ ދައުވާކުރީ ކައިވެންޏަށް ލިބިފައިވާ ދެ ދަރިންނަށް ގެއިން ބައެއް ދޭން އެދުމުން ފިރިހެން މީހާ އެކަމަށް އިޖާބަ ނުދިނުމުން ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުންނާއި ހައި ކޯޓުން ވެސް އަންހެން މީހާ އަށް ނާކާމިޔާބު ވުމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ބެލި މައްސަލައިގެ ހުކުމް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ފެއްޓެވީ ކައިވެނީގެ އަގުދުގެ ހާއްސަކަމާ މެދު ރޫމު ސޫރަތުގެ 21 ވަނަ އާޔަތުގައިވާ ވާހަކައިންނެވެ.
"ކައިވެންޏަކީ އަގުދެކެވެ. އެއްބަސްވުމެކެވެ. ނަމަވެސް މިއީ އާދައިގެ އެއްބަސްވުމެއް ނޫނެވެ. މިއީ މަތިވެރި އެއްބަސްވުމެކެވެ. މި އެއްބަސްވުން ދެމި އޮތުމުގެ މައިގަނޑު އަސާސަކީ ދެމަފިރިންގެ ދެމެދުގައި އޮންނަ މަވައްދަތާއި ރަޙުމަތެވެ. ނުވަތަ ލޯތްބާއި އޯގާތެރިކަމެވެ."
މި އާޔަތާ އެކު ފަނޑިޔާރު ވިދާޅުވީ ކައިވެންޏަކީ އާދައިގެ އެއްބަސްވުމެއް ނޫން ކަމަށާއި އެހެން އެއްބަސްވުންތަކާ ހިލާފަށް މި އެއްބަސްވުމުގެ ބައިވެރިންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކީރިތި ގުރުއާނުގައި ބަޔާންކުރައްވާފައިވާ ކަމަށެވެ. ކައިވެނީގައި އަނބިމީހާ އަށް ހަރަދުކޮށް ބެލެހެއްޓުން ކީރިތި ގުރުއާނުގައި ފިރިމީހާ އަށް މަތިކޮށްފައި އޮންނަ ކަމަށާއި އެކަމަކު ދެމަފިރިން އެކަކު އަނެކަކަށް ހަރަދު ކުރުމަކީ އިސްލާމީ ޝަރީއަތް މަނާކުރާ ކަމެއް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
އެކަމަކު ހުކުމުގައިވަނީ އެއްބަސްވުމަކާ ހަމައަށް ވާސިލުވުމުގެ ކުރިން އެއްބަސްވުމުގެ ބައިވެރިޔަކު ކުރިކަން ސާބިތުވާ ޚަރަދު، ނުވަތަ އެއްބަސްވުމުގެ ބައިވެރިޔަކަށް ލިބުން ހައްގު މިންވަރު ނަގައި ދިނުމުގައި ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް އޮތުން ލާޒިމު ނޫން ކަމަށް
މި މައްސަލާގައި ކަން ހިންގާފައިވާ ގޮތަށް ބަލައި ހުކުމުގައި ބުނެފައި ވަނީ ފިރިހެން މީހާ އަށް ލިބުނު ގޯތީގައި ވެސް އަންހެން މީހާގެ މަސްލަހަތު ހިމެނޭ ކަމަށެވެ. އެއީ ދެމަފިރިންނަށް ގޯތި ލިބޭ ނަމަ އެތަނުން އެކަކަށް ގޯތި ދޭން އުސޫލު ހަދާފައި އޮތުމާއި ކައިވެނިކޮށްގެން އުޅޭތީ ފިރިހެން މީހާއަށް ޕޮއިންޓް ލިބިފައި ވެސް ވާތީ އެވެ.
ފިރިހެން މީހާ މި މައްސަލާގައި ބުނެފައިވަނީ ގެ އަޅަން ބޭންކުން ނެގި ލޯނަށް އަންހެން މީހާ ފައިސާ ދެއްކި ކަމަށާއި އެކަމަކު ދެއްކީ ކިހާ ފައިސާއެއްކަން ބުނަން ނޭނގޭ ކަމަށެވެ. އެކަމަކު އަންހެން މީހާ ވަނީ އޭނާ ކުރި ހޭދަތައް ސާބިތުކޮށްދޭން ލިޔެކިޔުން ހުށަހަޅައިފަ އެވެ. ފިރިހެން މީހާ ބުނެފައިވާ ގޮތުގައި އަންހެން މީހާ ކުރި ހޭދަ އަކީ ލިޔެކިޔުމުން، އަނބުރާ ދައްކާގޮތަށް ކުރި ހަރަދެއް ނޫން ކަމަށެވެ.
އެކަމަކު ހުކުމުގައި ވަނީ އެއްބަސްވުމަކާ ހަމައަށް ވާސިލުވުމުގެ ކުރިން އެއްބަސްވުމުގެ ބައިވެރިޔަކު ކުރިކަން ސާބިތުވާ ހަރަދު، ނުވަތަ އެއްބަސްވުމުގެ ބައިވެރިޔަކަށް ލިބުން ހައްގު މިންވަރު ނަގައި ދިނުމުގައި ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް އޮތުން ލާޒިމު ނޫން ކަމަށެވެ.
"މި ހާލަތުގައި ލާޒިމު ވަނީ އެ ޚަރަދު ކުރިކަން ޝަރީއަތަށް ސާބިތުވުމެވެ. އެ ޚަރަދުގެ ސަބަބުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް މަންފާއެއް ލިބިފައިވުމެވެ. އަދި މި ޚަރަދު އަނބުރާ ނުލިބިއްޖެ ނަމަ، އެ ޚަރަދުގެ ސަބަބުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ނުހައްގު މަންފާއެއް ލިބިގެން ދިއުމެވެ." ހުކުމުގައިވެ އެވެ.
Judgement Details:
— Supreme Court of the Maldives (@SCMaldives) May 31, 2023
Case Numbers: 2021/SC-A/26
For more info: https://t.co/8RqHXTRDr4 pic.twitter.com/7cl8uDy5kq
ފިރިހެން މީހާ އެންމެ ބޮޑު ދިފާއެއްގެ ގޮތުގައި ބުނެފައިވަނީ އަނބިމީހާ ކޮށްފައިވާ ހަރަދުތައް ވަރިވާ ފަހުން އަނބުރާ ދައްކަން ޖެހިއްޖެ ނަމަ، ބޮޑެތި އަދަދުތައް ހޯދުމަށް ދައުވާކުރާނެ ކަމަށެވެ. އަދި އެކަމަކީ ވަރަށް ބޮޑު ބޭއިންސާފަކަށް ވެގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަނެއްކޮޅުން ބުނަމުން އައީ އަނބިމީހާ އަށް ހަރަދު ކުރުމަކީ ފިރިމީހާގެ މައްޗަށް އިސްލާމީ ޝަރީއަތުން ލާޒިމްކުރާ ކަމަކަށް ވާއިރު އަނބިމިހާ ފިރިމީހާއަށް ކުރި ހޭދަ އެއީ ތަބައްރުއު [ހަދިޔާ/ސަދަގާތް] ފަދަ އުސޫލުން އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ދިން އެއްޗެއްކަން ފިރިހެން މީހާއަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އެކަމަކު ފިރިހެން މީހާ ބުނަމުން އައީ އެއީ ހަދިޔާގެ އުސޫލުން ކޮށްދީފައިވާ ހުރި ކަންތައްތައް ކަމަށެވެ.
ފަނޑިޔާރު މަހާޒްގެ ރައުޔަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ ތާއީދާ އެކު ކުރެއްވި ހުކުމުގައި ކުޑަހުވަދޫ ކޯޓާއި ހައި ކޯޓުގެ ހުކުމް ބާތިލް ކަމަށް ވަނީ ނިންމަވައިފަ އެވެ. އަދި މައްސަލާގައި ހިމެނޭ އިމާރާތް އަގުކޮށް، އެ އަގުގެ ދެބައިކުޅަ އެއްބައި އަންހެން މީހާ އަށް ލިބެން ޖެހޭނެ ކަމަށް ކަނޑައެޅުއްވި އެވެ. އެހެންވެ އެ ބައި ލިބިދިނުމަށް، މި މައްސަލަ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލުކުރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯބު
01 June 2023
ބަރާބަރު. މިހެން ވާންޖެހޭނެ.
ކުރިންބުނިއެތިކެންސަލް
31 May 2023
ކަންކަންމިދަނީ ގޯހުންގޯހަށް ތިވަރުން ދަންޏާ ދެންޖެހޭނީ ކޯޓުން ފިރިމީހާ ދިންއެއްޗެހި ވެސް ހޯދަދެން، ކައިވެނި ކުރެވެނީ އުޅޭނެތަނެއް ކުއްޔަށް ހޯދައިގެން، ގިނަފަހަރު ދެކޮޅުޖެހެނީ އަބިމީހާގެ ބައިވެސް ލައިގެން، ވަރިވާއިރު މިދުވަނީ އެހުރިހާއެއްޗެއްހޯދަން، ފިރިމީހާއަށް އެކަނިލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ، މަދެން މިހާރު ކައިވެނި ހިޔާލު ދޫކޮށްލައިފިން ދަރިޔަކު ހޯދަންބޭނުމީ ސަރޮގޮސީހަދައިގެން އެކަމަށް ހުއްދަދޭ ގައުމަކަށްގޮސް،
ގެދާނޯމޮސް
31 May 2023
ވަރަށް އިންސާފުވެރި އާޔަތެކެވެ. މިގޮޮތަށް އާޔަތްތަކަށް މަރުގެ ޙުކުމްވެސް ފަނޑިޔާރުންގެ ލޮލަށް ފެންނަނަމަ އަދުލުވެރި ނިންމުން ތަކެއް ފެނިގެންދާނެއެވެ.
ކުރަފި
31 May 2023
ޢާއިލާ އާ ބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާޙުގައި އޮންނާނެ ކަން ކުރަންވީ ގޮތް. އެކަމަކު އެ އިސްލާޙުގެ ދަށުން ހަދަން ޖެހޭ ގަވައިދު އަދިވެސް ނަހަދާ. އިނދެގެން އެކުގައި އުޅޭ ދުވަސްވަރު ހޯދާ މުދަލާ ފައިސާ ވަކި މީހެއްގެ ނަމުގައި ހުރުމަކީ އެމުދަލާ ފައިސާގެ މިލްކުވެރިކަން އެމީހަކަށް ޙައްގުވާކަމެއް ނޫން. ވަކިގޮަތަކަށް އެއްބަސްވެފައި ނެތްނަމަ އެއީ ހަމަހަމަ ތަކެތި ކަމަށް ބެލެވެނީ.
ޢަލީ މަހުމޫދު
31 May 2023
ސަޅި ހުކުމެއް.
މެސީ1
31 May 2023
ކޮމެންޓް ކިޔާ ކުދިން ކިތަންމެ ރުޅިއަޔަށް ހަޤީގަތަކީ، ފަންސަވީސް ލާރިއަށް އިންނާނެ އަންހެނުން ލިބުން، ނިކަން ރަން ކިޔާބަލަ މިލިޔަނުން އޭރުން މިއުޅޭ ކަންނެތް ފިރިހިނުން މުރާލިވެސްވާނެތާ
އެއްކަލަ މީހާ ދޯ
31 May 2023
މި ހުކުމަކީ ވަރަށް ފުރިހަމަ އަދި ހަމަ ބުއްދިން ވިސްނާއިރު ރަނގަޅު ނިންމުމެއް
މަނޭ
31 May 2023
މިފެންނަނީ އަނބިމީހާ ވަޒީފާ ގޮސްގެން ލާރި ހޯދައިގެން ހަރަދު ކުރީމަ އެތަން. އެހެންދާ ހުރިހާ އަނބިންނަކީ ފިރިމީހާ ބުނެގެން ނުވަތަ ދާން ޖެހިގެން ދާ އަނބިންނެއް ނޫން. އެފަދަ މީހުން ވަޒީފާތަކަށް އެދަނީ ގޭތެރޭގެ މައްސޫލިއްޔަތުތައް ދޫކޮށް ދަރިންކޮޅު އުކާލާފަ "ކެރިއަރ ބިލްޑް"ކުރަން. އެފަދަ އަންހެނުން ހަރަދު ކުރިޔަސް އެއަށް ބަދަލު ދޭން ޖެހޭނެކަމަށް ނުދެކެން.
ޢާޝޯހު
01 June 2023
ކަލެޔަށް މާބޮޑަށް އެނގެނީ
ޕަރސަން
01 June 2023
ލޮލް. ބަލަގަ އެ އަންހެންމީހާ ހޯދީކީ އޭނާކުރި ކުރި ހުރިހާ ހަރަދެއްނޫނޭ. ދެމީހުން ދިރިއުޅެއް ހެދި ގޯއްޗަށް ކުރި ހަރަދު. އެތަނަށް ހަރަދުކޮށް، ދެމީހުން ނަންމަތީގައި ރަޖިސްޓްރީ ކުރާ ވާހަކަ ދައްކާފައި އޮވެމެ އެކަން ނުކޮށްދީ، ނުވިތާކަށް ދަރިންނަށްވެސް އެތަނުން ތަންކޮޅެއް ނުދޭންހިފާ. ކިހާބޮޑު ނުހައްގު މަންފާއެއް އެ ފިރިހެނަކަށް އެ ލިބުނީ. މަނޭ މެން ކަހަލަ މީހުންނަކީ އަންހެނުން ދެކެ ރުޅިއަންނަ ވައްތަރު ގުރޫޕް މީހެއްކަން އެބަ އިނގޭ.
ސޯބު
01 June 2023
ތިއޮތީ މާބޮޑަށް އެނގިފަ!
ޢެހެންދޯ
31 May 2023
މީހަކާ ދެން ނުއިންނާނަން. ނުއިނަސް ބޭނުން ކަމެއްވާނެ ރާއްޖޭގަ.
އާޚިރަތް
01 June 2023
ބޭނުން ކަމެއް ރާއްޖޭގަ ކުރެވިދާނެ އެކަމު ދެން އޮތް ދުނިޔޭގަ ކުރާނީ ކީއްބާ؟ އަލިފާން ކާންވެސް ލިބޭނީ މުޅި ހަޔާތުގައި
ސޯބު
01 June 2023
މިކަހަލަ ގަޅި ފިރިހެނުން މިއުޅެނި!
ބިކަ ކޮށްލާ
31 May 2023
ބަރާބަރު ނިންމުމެއް ..ފިރިހެނެއް އޭނާގެ ގެ ހަދާފަ 2 އަންބަށް މީހާކާ އިނދެފަ، 35 އަހަރު ވަންދެން އިނދެގެން އުޅުނު އަނބިމީހާ (އަންހެން މީހާ އަކީ އަބަދުވެސް އަމިއްލަ މަސައްކަތުން ލާރި ހޯދާ މުރާލި އަންހެނެއް) ވަރިކޮށްލާފަ ބިކަ ކޮށްލީމަ، އެ އަންހެންމީހާ އުޅުނީ އެކަނިމާ އެކަނި މީހެއްގެ ބާ ގެއެއްގަ ކުއްޔަށް، ވަރަށް ދަތި ހާލުގަ. ﷲ ގެ އިރާދަ ފުޅުން މިއަދު އެއަންހެން މީހާ އެހެން ރަށެއްގެ މީހަކާ ކައިވެނި ކޮށްގެން ވަރަށް އުފަލުގަ އެބައުޅޭ