މާލޭގައި ވާރޭވެހިގެން ފެންބޮޑުވެފައި އޮތް މަގަކުން، އަންހެނަކު ހިނގާފައި ދަނީ.
01 ޖޫން 2023 - 10:34
މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން ހަ ސަރަހައްދެއްގައި އިތުރު ހޮޅިތަކެއް އަޅަން މަޝްރޫއުއެއް ހިންގަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
މިނިސްޓްރީން ބުނީ މާލޭގެ މަގުތަކުގައި ބޮޑުވާ ފެން ހިންދުމުގެ ނިޒާމަށް ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތްކުރާތީ އެކަމުގައި އާންމުންގެ ހިޔާލައި މަޝްވަރާ ވެސް މިހާރު ހޯދަމުން އަންނަ ކަމަށެވެ.
މިއީ ވިއްސާރަވުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް، މާލޭގައި މިހާރު އަޅާފައިވާ ފެން ހިންދުމުގެ ނިޒާމަށް ބައެއް އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ފެން ހިންދުމަށް މާލޭގައި އިތުރު ހޮޅިތައް އަޅަން ނިންމާފައިވާ ސަރަހައްދުތައް.
• މި މަޝްރޫއު ކުރިއަށް ގެންދާނީ މާލޭގެ މަގުތަކުގައި ހެދޭ ފެން މޫދަށް ބޭރުކުރުމަށް އިތުރު ހޮޅިތަކެއް އަޅައިގެން.
• މި ހޮޅިތަކަކީ މާލޭގެ މަގު ހެދުމުގެ ޕްރޮޖެކްޓުތަކުގައި މިހާރު ބޭނުންކުރާ ހޮޅިއަށް ވުރެ ފަލަ ހޮޅިތަކެއް.
• މި ހޮޅިތައް ވަޅުލުމަށް 3-4 މަސްދުވަހުގެ މުއްދަތަކަށް މަގު ކޮނެގެން މަސައްކަތް ކުރިއަށް ގެންދާނެ.
• މާލޭގެ ހަ ސަރަހައްދެއްގައި މި ހޮޅިތައް ވަޅުލާނެ.
މި މަޝްރޫއާ ގުޅިގެން އާންމުންގެ ހިޔާލު ހޯދަން ހިންގާ ސާވޭއަކީ މިކަމުގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމައަށް އަސަރު ފޯރާނެ މިންވަރު ބެލުމުގެ ގޮތުން، ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލްރިސޯސް ގްރޫޕް (ލަމަޔާ) އިން ތައްޔާރުކުރާ ރިޕޯޓުގެ ބައެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ހިންދުމުގެ ނިޒާމެއް ހެދުމަށް ކުރިއަށްގެންދާ ސަރވޭގައި އާއްމުންގެ ހިޔާލު ދެއްވާ! މިއީ ޖޫން މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ ސަރވޭއެއް.
— Min.of National Planning, Housing & Infrastructure (@MoNPHImv) May 31, 2023
ފޯމު؛ https://t.co/qHPVBawrGq pic.twitter.com/DKeJFWxiiI
މިނިސްޓްރީން އާންމުކުރި ކުރެހުންތަކުގައިވާ ގޮތުން މި ހޮޅިތައް ވަޅުލަނީ ކާނިވާ ސަރަހައްދާއި ރާޅުގަނޑު ސަރަހައްދާއި ދަރުމަވަންތަ ހޮސްޕިޓަލު ކުރިމަތިން ބޭރު މަގުގަ އާއި ރަސްފަންނު އަދި މަޖީދީމަގުގައި ސޯޝަލް ސެންޓަރު ކައިރިން ފެށިގެން ބޭރު މަގުން ވެސްޓް ޕާކާ ދެމެދުގައި އޮންނަ ސަރަހައްދުގަ އެވެ.
ވާރޭވެހޭ ދުވަސްތަކުގައި މާލޭގެ މަގުތަކާ ފެންބޮޑުވެ، ފެން ނުހިނދި ގިނައިރުވެ، ހިނގާވެބިނގާވެ އުޅުމަށާއި ދުއްވާ އެއްޗެއްސަށް ދަތިވާ މައްސަލަ ބޮޑެވެ. އެކަމުގައި އާންމުންގެ ޝަކުވާ ވެސް ބޮޑެވެ. އެ މައްސަލަ ހައްލުކުރަން އެކި ފަހަރު މަތިން މީގެ ކުރިން ވެސް ސަރުކާރުން މަޝްރޫއުތައް ހިންގިޔަސް، އެދެވޭ ނަތީޖާއެއް އަދި ނުފެނެ އެވެ.
މި މަޝްރޫއު ފަށާ ދުވަހެއް މިނިސްޓްރީން އަދި އިއުލާން ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
01 June 2023
މުއިއްޒު ގެ މިނިސްޓަރު ކަމުގަ ތިޔަބުނާ ސިސްޓަމް ގާއިމް ކޮށްފަ އޮންނާނީ، ދެން އެވަރެއް ނުކުރެވޭނެ.
މޫކައިފި
01 June 2023
މާލޭގެ ބޮޑުފާލަން ފަރާތަށް ބަރު އެއްޗިސް އަރުވަގެން އެފަރާތައް ކުޑަކޮށް އަރިއަޅަލާ ގޮތް ހަދަންވީނު؟ އޭރުން މާލެ ލެވެލް ވެފަ ފެންބޮޑު ނުވާނެނު؟
ތިދިމާ
01 June 2023
ފެން ނުހިނދޭ މައްސަލަ ހައްލު ކުރަން މާ ޚަރަދު ބޮޑުވޭ އެބަ ކޮންމެ ސަރުކާރެއްގަ. މިހާރު މާލޭގަ ނެތީ ލޭކެއް. އެހެންވީމަ ތިޔަ ދިމާލުގަ ލޭކެއް ހަދަން ފެންނަނީ. ނޫނީ ވިއްސާރަވެ ފެންބޮޑުވާ ދުވަސްތަކުގަ އެސަރަހައްދުތަކުގަ ޑިންގީގަ ދަތުރުކުރަން ފެންނަނީ.
ބޮން ޑަންޑާރަ
01 June 2023
ހޮޅިން މިގައުމުން ފަހާ ނުލިނަމަ އަލުން ހޮޅި އަޅާކަށް ނުޖެހުނީސް.
ބޮޑުމީހޤ
01 June 2023
އިއްޔެ މެންދުރު ރައީސްކަމުގެ ހުވާކޮށްގެން އުޅޭ ގޮތަށް މަޝްރޫއުތައް މި އިއުލާންކުރަނީ
އަހްމަދުު
01 June 2023
އަމަޔެއް ލަމަޔެއް ނުބަލަ ކަންކުރާތީ ވާގޮތް.
ހުރަފި
01 June 2023
މޫކޭއާ ހަވާލުކޮށްލާ. އެނިމުނީ. އަމީނީމަގުގެ މިތައް ސެގުމެންޓުގަ ތާރު އަޅަފީމޭ ކިޔާފަ އަލުން ކޮނެ ނަގަނީ. އެތަނަށް ގޮސް ބަލާބަލަ މިހާރު
ސަސި.
01 June 2023
މާ ބޮޑަށް ވާހަކަ ގިނަނުކޮށް ކުރަން އޮތްކަމެއް ކުރަން އުަޅެބަލަ
ޢަލީ ކުރުސީ
01 June 2023
ބަލަ މިހާރު ޑިޒައިން ބަދަލުކުރެވި މައްސަލަ ނުޖެހޭނެ ފެންވަރަށް ހަދާފައިވާ ކަމަށް އެމް.ޑަބްލިޔޫ. އެސް.ސީ އިން ވިދާޅުވި ޚަބަރު މިނޫހުން ދުށިން. މިހާރު އަނެއްކާ އަނެއް ހޮޅި ވާހަކަ ފެށީ! އެވިދާޅުވި މޮޅު ޑިޒައިނަށްފަހު އަނެއްކާ މަގުތައް މާ ބޮޑެތިވީތޯ؟ ނޫނީ ވާރޭވެހޭ ވަރު ދެގުނަ ވީތޯ؟ ނޫނީ ކޮންމެވެސް ބަޔަކަށް އަނެއްކާ ފައިސާކޮޅެއް ދޭން މޮޅު މަޝްރޫޢު އެއް އެކުލަވާލީތޯ؟
މަޑުނޫ ލަތީފު
01 June 2023
ބޭނުމީ މާލެއަށް ވެހޭ ފެން ބިމަށް ހިންދޭ ނިޒާމެއް، އޭރުން ފެންފަށަލަ ރަނގަޅު ވާނީ . ގަސްގަހާގެސްސާ އެހެނިން ހެން ދިރުންތަކަށް ފައިދާ ކުރާނީ އޭރުން! ކޮންމެ ކަމަކުން ވެސް އުޅެނީ ކަޓު ނަގޭނެ ކަމެއް އުފަން ކުރުވަން . ހަމަ ސާބަސް!!