ޚަބަރު

ޕައިލެޓްކަން ކިޔަވަން 500 އެއްހާ ދަރިވަރުންނަށް ލޯނު ދީފި

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސްގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ދޫކުރާ ލޯނުގެ ހަރަދުގައި ކިޔަވަން 500 އެއްހާ ދަރިވަރުންނަށް މި އަހަރު ޖާގަ ދީފި އެވެ. މިއީ، އެއް ދާއިރާއަކުން އެންމެ ގިނަ ދަރިވަރުންނަށް ޖާގަ ދިން ފަހަރެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމް ހާސިލްކުރުމަށް މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި ލޯނުގެ 720 ފުރުސަތަށް 1،507 މީހުން ކުރިމަތިލި އެވެ. އެކަމަކު، ވީހާ ވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަތީ ތައުލީމަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ނިންމައިފަ އެވެ. އެއީ، 1،225 ދަރިވަރުންނެވެ.

އެކަމުގެ ތަފުސީލް ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ޑިމާންޑު ބޮޑު ދާއިރާތަކަށް މި އަހަރު ހުޅުވައިލީ ލޯނުގެ އަދަދުތައް އިތުރުކުރުމަށް ފަހު ކަމަށެވެ.

ޕައިލެޓްކަން ކިޔަވަން ހުޅުވައިލި ޖާގަ އަށް ވެސް އެތައް ސަތޭކަ ދަރިވަރުން ކުރިމަތިލިއިރު، އޭގެ ތެރެއިން ޝަރުތުހަމަވި 479 ދަރިވަރުންނަށް ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، ރިކޯޑް އަދަދެއްގެ ދަރިވަރުންނަށް ޕައިލެޓްކަން ކިޔަވަން ދިނުމަކީ އޭވިއޭޝަން އިންޑަސްޓްރީ އަށް އާދަޔާ ހިލާފު ހެޔޮ ބަދަލެއް އަންނާނެ ކަމެކެވެ. ކުރިއަށް އޮތް މުސްތަގުބަލުގައި އޭގެ ފައިދާތައް ކުރާނެ ކަމަށް ވެސް، އިބްރާހިމް ހަސަން ވިދާޅުވި އެވެ.

"މި ސިޔާސަތުގެ ފައިދާތައް މުސްތަގްބަލުގައި ލިބޭނެ. މީހުން ބިނާކުރުމަށް އެ ކުރާ މަސައްކަތުގެ ނަތީޖާ އެ ދުވަހުން ދުވަހަކަށް ނުފެންނާނެ. މި ސަރުކާރުން މީހުން ބިނާކުރުމަށް އެ ކުރާ މަސައްކަތުގެ ބޭނުމަކީ މާދަމާގެ މުސްތަގުބަލް އުޖާލާކުރުން،" އޭނާ ވިދާޅުވި އެވެ.

ޕައިލެޓްކަމުގެ އިތުރުން މަތީ ތައުލީމުގެ ލޯނުގެ ތެރެއިން ދެން އެންމެ ޑިމާންޑު ބޮޑީ ޑޮކްޓަރުކަން ކިޔަވާށެވެ. އެމްބީބީއެސް އަށް އެންމެ ފުރަތަމަ ކަނޑައެޅީ 55 ޖާގަ އެވެ. އެކަމަކު، ޝަރުތު ހަމަވި 133 ދަރިވަރަކަށް ކިޔަވަން ލޯނު ދީފައި ވެ އެވެ.

ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓާ އެކު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ލިސްޓަށް މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފަ އެވެ. އެ ކަންކަން ބެލުމަށް ފަހު މި މަހުގެ 22 ވަނަ ދުވަހު ދާއިމީ ލިސްޓު އާއްމުކުރާނެ އެވެ.

23 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަކުރު ދެންޏާ ބޮޑުބޭބެ.

02 June 2023

ވޯޓަށް ވާއިރަށް ލާރިކޮޅު ބަހާލަނީ ދޯ، ޔަގީން ތީން އެކަކުވެސް ވޯޓުނުލާނެކަން.

The name is already taken The name is available. Register?

ޑިސްކޮލިފައިޑް ރައީސް

02 June 2023

އެކުއްޖަކު ކިޔަވަން ބޭނުން ވަރަކަށް ކިޔަވަން މި ސަރުކާރުން ޑިސްކޮލިފައި ކޮށްދޭނަން. ހެޕީ! މަގޭ ވަޒީރަށް އަންގާނަން ބޭނުން ވަރަކަށް ކިޔަވަން އުޅޭ ކުދީން ޑިސްކޮލިފައި ކޮށްފަ އިތުރު މަގެއް ކޮށާ ނުދޭން. ހުރިހާ ދޮރެއް ބަންދުކޮށްލަން. އޭރުން އެ ހޮރއޕާން ވެސް ނިމުނީނު!

The name is already taken The name is available. Register?

މާތް ކަލާކޯ

02 June 2023

ތިހުރިހާ އެންމެނަށް މިލިއަނުން ލޯނު ދެނީ ކޮންތާކު ހުރި ލާރިއަކުންތޯ؟ އިންޓްރަސްޓް ރޭޓް މި ނަގަނީ އެންމެ 1 ޕަސެންޓް ، ކޯހަށް މަދުވެގެން މިލިއަނެއްހާ ރުފިޔާ ހަރަދުވޭ. ގެދޮރުނެތިފަ ހާލުގަ ޖެހިފަ ތިބި މީހުންނަށް ހިލޭ ގެދޮރުދީބަލަ. ލިސްޓް ބަލާލި އިރު ޕޮއިންޓް އެއްވެސް ވަރަކަށް ނުލިބޭ މީހުންވެސް ހަމަ ލޯނު ހަމަޖެހިފަ، ގައިމު ޝަރުތު ހަމަވަންޏާ ކޮންމެސް ޕޮއިންޓެއް ލިބެންވާނެތާދޯ! އަނެއްކަމަކީ ލޯނު ދޭ އިރު ގައުމަށް މީހުން މަދު ދާއިރާތަކުންދޯ ދޭންވާނީ

The name is already taken The name is available. Register?

ސަޅިބެގެ ހަސަނު

02 June 2023

މީ އަސްލު އެންމެ 100 ޕައިލެޓުން. 5 ކުދީން އެއްކޮށްލީމަ 1 ޕައިލެޓު ނިކުންނާނީ. ސަރުކާރުގެ ޕްލޭން ހަމަ ސަޅި. މިއޮތީ އަދުރޭމެޓްކިސް ހިސާބު ޖަހާފަ. ފާސް ނުވާނެ ކުދީންގެ އަދަދުން ވަރަށް ބަލާފަ ހިސާބު ހަދާފަ. އެހެންވެ 500 ޕައިލެޓުން ކަމަށް އެދައްކަނީ. މި މިހާރުގެ މިންގަނޑު. ކުރީގެ ސަރުކާރުން 100 ޕައިލެޓުގެ ތެރޭން ނިކުތީ 100 އެކަނި. އެހެންވެ ވަރަށް ވިސްނާފަ މިކަން މިހާރު މިކުރަނީ އަސްލު އަދަދު އެނގިގެނެއްނު މަތިންދާ ބޯޓު ގަންނަން އިނގޭނީވެސް ދޯ؟

The name is already taken The name is available. Register?

ޑިސްކޮލިފައި ބަންޑާރީ

01 June 2023

ތިވަގުތީ ލިސްޓްކީ ދާއިމީ ލިސްޓު. ޑިސްކޮލިފައިވި މީހުން މަހަށް ދޭ. ޑިސްކޮލިފައިވި މީހުންގެ ވޯޓު ސަރުކާރަކަށް ބޭނުމެއް ނުވާނެ. ވަރަށް ސާފުކޮށް މިބުނަނީ. ސަރުކާރު ހޮވޭނެ ޑިސްކޮލިފައިވި މީހުން ވޯޓު ނުދިނަސް. ރައީސް ވަހީދާ، ރައީސް ޔާމިނު މުޅި ލިސްޓުގަ އޮތް އެންމެނަށް ދިނަސް މިސަރުކާރުން ދޭކަށް ނުޖެހޭނެ. މިސަރުކާރަކީ ކޮންމެ ހާލަތެއްގަވެސް ކަށަވަރު ކަމާއެކީ ހޮވި ނިމިފަ އޮތް ސަރުކާރެއް. ޔާމިނު ޖަލަކުން ނުނެރޭނަން. ނުވެސް ނެރެވޭނެ.

The name is already taken The name is available. Register?

ފައިސާތައް އުކާލީ ބޭކާރުގޮތުގަ

01 June 2023

މާސްޓަރސް ޓޮޕްއަޕަށް އެދިފަ އޭނީ އެންމެ 2 ކުދީން. އޭގެ ތެރޭން އެކަކު ޕީ.އެޗް.ޑީ ޓޮޕަޕެއް ނެތުމުން އޭގެ ތެރޭން ފުރަސަތަކަށް އެދުނު ކުއްޖެއްކަން ހާމަވޭ. ނަމަވެސް އޭގަ ލިއެފަ އެއޮތީ ޕީ.އެޗް.ޑީ ޓޮޕަޕެއް ނެތޭ ޑިސްކޮލިފައިއޭ! ކުޑަކޮށްވެސް ވިސްނާލިންތަ 500 ޕައިލެޓުންނަށް ފުރުސަތު ދިން އިރު ޕީ.އެޗް.ޑީ ފުރިހަމަ ކުރުމުގެ މުހިންމު ކަމަށް؟ ތި 500 ޕައިލެޓް ފުރުސަތަކީ ސަރުކާރު ހިއްސާވާ ފްލައިން ސްކޫލްގެ އެފިލިއޭޓް އުފާކޮށްލަން ދިން ފައިސާ ގަނޑެއްދޯ؟

The name is already taken The name is available. Register?

ލޯމާފާން

01 June 2023

ގައުމަށް މާ ފައިދާ ބޮޑުވާނެ 100 ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީން ކުރަން ފޮނުވި ނަމަ.

The name is already taken The name is available. Register?

ބޮޑުމީހާ

01 June 2023

ތި އަދަދު ރަގަޅު ޑޮކްޓަރުން ނަރުހުން ތަމްރީނުކުރަން ދޭން

The name is already taken The name is available. Register?

އެކްސިް

01 June 2023

ތިވަރަށް ޕައިލެޓުން ބޭނުންވޭ ބާ ރާއްޖެއަށް؟ ތަންކޮޅެއް ކުރިން މިނޫހުން ކިޔިން ޕައިލެޓުކަން ކިޔަވައިގެން ގޭގަ މަސައްކަތެއް ނުލިބި އުޅޭ ކުދިންގެ ވާހަކަ

The name is already taken The name is available. Register?

ެސޯލިހު ޕައިލެޓް

02 June 2023

ކޮއިފުޅާ ދެލޯފުޅާ ރާއްޖެއަށް ބޭނުްވަނީ ޕައިލެޓުންނެއްނު! ކާޑުބައްޔަށް ޖެހިފަ ތިބޭހެން މިހާރު ރާއްޖެ އޮތީ ޕައިލެޓުންނަށް ޖެހިފަ. މިސަރުކާރުގެ ސިޔާސަތަކީ ކޮންމެގެޔަކަށް ގިފިއްޔަކަށް ބަދިގެޔަކަށް ޕައިލެޓެއް، އެހެންވީމަ ގޭގަތިބޭ ވާހަކަ ތިކިޔުނީ.

The name is already taken The name is available. Register?

ބޮއްޅަ ހުއްތު

01 June 2023

ޕީ.ެޗް.ޑީ ލޯންތައް ޑިސްކޮލިފައިކޮށްލީ ސާރވިސް ބޮންޑްގައި ސޮއިނުކުރެޔޭ ކިޔާފަ. ގައިމު ވަޒީރު ބުނި އެއްވެސް މައްސަލައެއް އުޅޭނަމަ ނޯޓިފައިކޮށް ރަނގަޅުކުރަން ފުރުސަތު ދޭނެކަމަށް.. ކިޔަވަން ބޭނުންވެފަ ތިބި މީހުންގެ އިހްސާސްތަކާ ތިޔަ ފާޑަށް ކުޅޭނަމަ، ވޯޓުން ކުޅެލާނަން..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454