ސީޕީއައިގެ މިދިޔަ އަހަރުގެ އަދަދުގެ ހުލާސާ.
26 ޖެނުއަރީ 2017 - 17:17
ބާލިން (ޖެނުއަރީ 26) - ދުނިޔޭގައި އެންމެ ކޮރަޕްޝަން ކުޑަ ދެ ގައުމަކީ ނިއު ޒީލެންޑާއި ޑެންމާކް ކަމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގެ މިދިޔަ އަހަރުގެ އަދަދުން ދައްކައިފި އެވެ.
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އިން ކޮރަޕްޝަން އިންޑެކްސްގައި ގައުމުތައް ދަރަޖަކުރި އިރު ނިއު ޒީލެންޑާއި ޑެންމާކުގެ ސްކޯ އަކީ 90 އެވެ. ރާއްޖެ ދަރަޖަކޮށްފައި ވަނީ މި އިންޑެކްސްގައި ހިމަނާފައިވާ 176 ގައުމުގެ ތެރެއިން 95 ވަނައިގަ އެވެ. ރާއްޖޭގެ ސްކޯއަކީ 36 އެވެ.
ސީޕީއައި އެކުލަވާލަނީ ވޯލްޑް ބޭންކާއި ފްރީޑަމް ހައުސް އާއި އެ ނޫން ވެސް އެ ފަދަ ބައިނަލްއަގުވާމީ 12 އިދާރާއަކުން ހަދާ 13 ދިރާސާ އަކަށް ބިނާކޮށެވެ. މި އިންޑެކްސްގައި ގައުމެއް ހިމަނަނީ، އޭގެ ތެރޭން މަދުވެގެން ތިން ދިރާސާ އަކުން އެ ގައުމަކާ ބެހޭ މައުލޫމާތު ލިބޭ ނަމަ އެވެ.
1. ނިއު ޒީލެންޑް، ޑެންމާކް (90 ޕޮއިންޓް)
3. ފިންލެންޑް (89 ޕޮއިންޓް)
4. ސްވިޑްން (88 ޕޮއިންޓް)
5. ސްވިޒަލެންޑް (86 ޕޮއިންޓް)
6. ނޯވޭ (85 ޕޮއިންޓް)
7. ސިންގަޕޫރު (84 ޕޮއިންޓް)
8. ނެދަލޭންޑްސް (83 ޕޮއިންޓް)
9. ކެނެޑާ (82 ޕޮއިންޓް)
10. ޖާމަނީ، ލަގްޒަމްބޯގް، އިނގިރޭސި ވިލާތް (81 ޕޮއިންޓް)
18. އެމެރިކާ (74 ޕޮއިންޓް)
20. ޖަޕާން (72 ޕޮއިންޓް)
23. ފްރާންސް (69 ޕޮއިންޓް)
57. ހަންގޭރީ، ރުމޭނިޔާ (48 ޕޮއިންޓް)
75. ތުރުކީ (41 ޕޮއިންޓް)
79. ބްރެޒިލް، ޗައިނާ، އިންޑިއާ (40 ޕޮއިންޓް)
131. ރަޝިޔާ (39 ޕޮއިންޓް)
166. ވެނެޒުއެލާ، އިރާގު (17 ޕޮއިންޓް)
169. އަފްޣާނިސްތާން (15 ޕޮއިންޓް)
170. ލީބިޔާ، ޔަމަން، ސޫދާން (14 ޕޮއިންޓް)
173. ސީރިއާ (13 ޕޮއިންޓް)
174. ނޯތު ކޮރެއާ (12 ޕޮއިންޓް)
175. ސައުތު ސޫދާން (11 ޕޮއިންޓް)
176. ސޮމާލިއާ (10 ޕޮއިންޓް)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލްމާ
27 January 2017
ހުރިހާ ގައުމެއްގަވެސް އޮވޭދޯ މިކަން... އެންމެ ކުޑައޭ ތިބުނަނީ ފަޅަައަރާ ރޭޓުގެ ވާހަކަދެއްތޯ..
މަންސޫރު
27 January 2017
އަސްލު ދިވެހި ރާއްޖޭގައި އެންމެ މަދުވާނީ. ހެޕީ ކުރާ ބުރަ މަސައްކަރުން މިހާރު ކޮރަޕްޝަން ހަނދާނެއްވެސް ނެތް.
ޒަރީރު
26 January 2017
ތޮބީއީ ކަމެއް މަަތީގައި އުޅުމާއި ދަށުގައި އުޅުމާ ކޮބާ މައްސަލައަކީ! ތޮބީއީ ކަންތައް ބަލާ ކޮމިޝަނުން މިކަމާ އެއްޗެއް ނުބުނޭތަ؟
ޗިކުސް
26 January 2017
ދުނިޔޭގެ އެންމެ ކޮރަޕްޝަން ކުޑަ ދެ ގައުމަކަށް ނިއު ޒީލެންޑާއި ޑެންމާކް- ހެޑްލައިން . ކޮރަޕްޝަން އިންޑެކްސްގެ އެންމެ މަތީގައި އުޅޭ ގައުމުތަކުގެ އެއްވަނާގައި ވެސް . ނިއު ޒީލެންޑް، ޑެންމާކް މީ ކިހިނެއް ވާ ކަމެއް ބާ؟
ޗިކުސް
26 January 2017
ތި އީ ސައްހަ ލިސްޓެއް ކަމާއި މެދު ޝައްކު. ތި އިން ކޮންމެވެސް އެއްލިސްޓެއްގެ ކުރީގަ ރާއްޖެ ހިމަނެންވާނެ.