ވިޔަފާރި / އެޑްވަޓޯރިއަލް

ވިލާ ގޭހަށް އެޕުން އޯޑަރު ދޭން މާ ފަސޭހަ

ވިލާ ގޭހަށް އޯޑަރުކުރުމުގައި ފަސޭހަ ގޮތްތަކެއް ކަސްޓަމަރުންނަށް ހޯދާ ދިނުމުގެ ގޮތުން އެޕާއި ވެބްސައިޓު މެދުވެރިކޮށް އޯޑަރުދެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

06 ޖޫން 2023 - 11:51

ގޭސް ފުޅި ހުސްވުމުން އޯޑަރުކުރަން ފޯނުން ގުޅައިގެން އެތައް އިރެއް ވަންދެން ހުރުމަކީ މިހާރު އުފުލަންޖެހޭ ބުރައެއް ނޫނެވެ. އެއީ މާ ކުރިން އެކަން ކޮށް އުޅުނު ގޮތެވެ. އެތައް ބަޔަކު އެއްފަހަރާ ގުޅަމުން ދިއުމުގެ ސަބަބުން ފޯނުން އޯޑަރު ދިނުމުގެ ދަތިކަން ހައްލުކުރުމަށް ވިލާ ގޭހުން ވަނީ މޮބައިލް އެޕެއް ތައާރަފްކޮށްފަ އެވެ.

މި އެޕަކީ ބޭނުންކުރަން ފަސޭހަ "ޔޫސާ ފްރެންޑްލީ" އެޕެކެވެ. ވިލާ ގޭހުގެ އެޕަކީ ކަސްޓަމަރުންނަށް އެކައުންޓްގެ މައުލޫމާތާއި ޕޭމަންޓް ހިސްޓްރީ ވެސް ފެންނާނެހެން ފަރުމާކޮށްފައިވާ އެޕެކެވެ. އަދި އެ ކުންފުނިން ކުރިއަށް ގެންދާ އެކި ޕްރޮމޯޝަންތަކުގެ މައުލޫމާތާއި ތަފްސީލް ވެސް އެޕް މެދުވެރިކޮށް ބަލައިލެވޭނެ އެވެ.

ވިލާ ގޭހުގެ އެޕް ބޭނުން ކުރެވޭނީ ރަޖިސްޓާކޮށްގެންނެވެ. އެޕަށް ރަޖިސްޓާކުރުމަށް އެޑްރެހާއި އެޕާޓްމަންޓު ނަމްބަރާއި ނަމާއި މޮބައިލް ނަމްބަރު ބޭނުންވާނެ އެވެ. އެޕަށް ރަޖިސްޓްރީކުރުމަށް ފަހު ދިރިއުޅޭ އެޑްރެސް ބަދަލުވެއްޖެ ނަމަ އެޕުން ފަސޭހައިން އެޑްރެސް އާއި އިތުރު މައުލޫމާތު އަޕްޑޭޓްކުރެވޭނެ އެވެ.

އެޕުން ގޭހަށް އޯޑަރު ދިނުމަށް ރަޖިސްޓްރޭޝަނަށް ފަހު "އޯޑަ ނައު" ހިޔާރުކޮށް ބޭނުންވާ ސައިޒެއްގެ ގޭސްފުޅި ހިޔާރުކުރަންވީ އެވެ. ގޭސް ފުޅީގެ ވައްތަރާއި ސައިޒު އަދި އަގުގެ މައުލޫމާތާ އެކު އެވެ. ވިލާ ގޭހުން 4 ކިލޯ، 10 ކިލޯ، 20 ކިލޯ އަދި 45 ކިލޯގެ ގޭސް ފުޅި ލިބޭނެ އެވެ.

ވިލާ ހަކަތައިގެ މުވައްޒަފުން މަސައްކަތުގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބޭނުންވާ ވައްތަރެއްގެ ގޭސްފުޅިއެއް ހިޔާރުކޮށް ޗެކް އައުޓްއަށް ދިއުމުން ފައިސާ ދައްކަން ބޭނުންވާ ޕޭމަންޓް އޮޕްޝަނެއް ހިޔާރުކޮށް ފައިސާ ދެއްކުމުން އޯޑަރު ދެވުނީ އެވެ.

ވިލާ ގޭސް އެޕް މެދުވެރިކޮށް އޯޑަރު ދިނުމުން ކުޑަ އިރުކޮޅެއްގެ ތެރޭގައި ގޭސްފުޅި ޑެލިވާކުރާނެ އެވެ. މި އެޕް މެދުވެރިކޮށް ގޭސްފުޅީގެ އިތުރުން ގޭސް ފުޅި ގުޅަން ބޭނުން ކުރާ ހޮޅި ފަދަ އެކި އެސަސަރީސް ވެސް ގަންނަން ލިބޭނެ އެވެ.

ވިލާ ގޭހުން ވަނީ މޮބައިލް އެޕްލިކޭޝަންގެ އިތުރުން އޮންލައިންކޮށް އޯޑަރުތައް ނެގުމަށް ވެބްސައިޓެއް ވެސް ތައާރަފްކޮށްފަ އެވެ. އެ ވެބްސައިޓަކީ ވެސް މޮބައިލް އެޕާ އެއްފަދައިން ބޭނުންކުރަން ފަސޭހަ، "ޔޫސާ ފްރެންޑްލީ" ވެބްސައިޓެކެވެ. ވެބްސައިޓު މެދުވެރިކޮށް ވެސް އޯޑަރު ދެވޭނީ ރަޖިސްޓްރީކޮށްގެންނެވެ. މި ވެބްސައިޓު މެދުވެރިކޮށް ވެސް ބޭނުން ސައިޒެއްގެ ބޭނުން ވައްތަރެއްގެ ގޭސްފުޅިއަކަށް އޯޑަރު ދެވޭނެ އެވެ.

Villa Gas

Villa Gas

Order your bottles quickly and easily with Villa Gas

Villa Gas

މި ވެބްސައިޓު މެދުވެރިކޮށް ވެސް ގޭހަށް އޯޑަރު ދެވޭނެ.

ވިލާއިން ގޭހަށް އޯޑަރު ދިނުމުގެ ހިދުމަތް އޮންލައިން ކުރީ ކަސްޓަމަރުންނަށް އިތުރަށް ލުއި ފަސޭހަކޮށްދިނުމަށެވެ. އޮންލައިންކޮށް ގޭހަށް އޯޑަރު ދިނުމުން ޑެލިވަރީ ވަގުތު އިތުރަށް އަވަސް ވެސް ވާނެ އެވެ.

ވިލާ ގޭހަކީ ރާއްޖޭގައި އެންމެ ފުރަތަމަ އެލްޕީޖީގެ ހިދުމަތް ދޭން ފެށި، ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑްގެ ރީޓެއިލް ބްރޭންޑެކެވެ. އެ ބްރޭންޑްގެ އެންމެ ބޮޑު މަގުސަދަކީ ސާފު، ކައްކާ ގޭސް މާކެޓަށް ފޯރުކޮށްދިނުމެވެ.

ވިލާ ގޭސް އެޕް މެދުވެރިކޮށް ބޭނުން ސައިޒެއްގެ ބޭނުން ވައްތަރެއްގެ ގޭސް ފުޅިއަކަށް އޯޑަރު ދެވޭނެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރާއްޖޭގެ އެންމެ ބޮޑު އެލްޕީޖީ ސްޓޯރޭޖް ފެސިލިޓީ އާއި ގާބިލު ޓީމެއް ހިމެނޭ ވަރުގަދަ އިންފްރާސްޓްރަކްޗަރާ އެކު، ވިލާ ގޭސް ވެގެން ގޮސްފައި ވަނީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އަދި އިތުބާރުކުރެވޭ ބްރޭންޑަށެވެ.

ވިލާ ހަކަތައަކީ ރާއްޖޭގައި 2000 ވަނަ އަހަރުން ފެށިގެން ހަކަތަ (އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން ގެއޮއިލް)، ސިމެންތި އަދި ކޮންސްޓްރަކްޝަން ސާމާނުގެ ވިޔަފާރި ކުރަމުން އަންނަ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.

ނޯޓު: މިއީ ވިލާ ހަކަތައިގެ އެޑްވަޓޯރިއަލްއެކެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454