ފިނޭންސް މިނިސްޓްރީގެ އޮފީސް އިދާރާ. މި މަހު މުސާރަ ޕްރޮސެސް ކުރާ ފަހު ދުވަހަށް 22 ކަނޑައަޅައިފި-- ފޮޓޯ: މިހާރު
06 ޖޫން 2023 - 11:43
މި އަހަރުގެ ހައްޖު ދުވަހާއި އަޟްހާ އީދާ ގުޅިގެން 10 ވަރަކަށް ދުވަހުގެ ބޮޑު ބަންދެއް މި މަހުގެ ފަހު ހަފުތާގައި ލިބޭތީ، 22 ގެ ކުރިން ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުން މި މަހުގެ މުސާރަ ޕްރޮސެސް ކުރާ އެންމެ ފަހު ދުވަހަކީ 22 ވަނަ ދުވަހެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ސާކިއުލާގައި ވަނީ ސަރުކާރުގެ އިދާރާތަކުގެ އެކައުންޓިން ސޮފްޓްވެއާ ބޭނުންކޮށްގެން، އޮފީސްތަކުގެ މުސާރައިގެ ވައުޗަރުތައް މި މަހުގެ 19 ގެ ކުރިން ހުށަހެޅުމަށެވެ.
މި މަހުގެ މުސާރައިގެ އިތުރުން ދުވަހުގެ އަދަދުން ހިސާބު ކުރާ އިނާޔަތްތަކާއި އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ބަލަން ވާނީ މޭ 16 އިން މި މަހުގެ 10 ދުވަހުގެ ނިޔަލަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކުން މުސާރަ އާންމުކޮށް ޖަމާކުރަނީ މަހުގެ 28-30 އާ ދެމެދުގަ އެވެ. ނަމަވެސް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނިންމާފައި ވަނީ އެ ބޭންކާއި އެހެން ބޭންކުތައް މި މަހުގެ 26 ވަނަ ދުވަހު ހުޅުވާ ގޮތަށެވެ. ބޭންކުތައް ހުޅުވާފައި ހުންނާނީ އެމްއެމްއޭ އިން ހަމަޖައްސާފައިވާ ގޮތުން އެ ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 2:00 އަށެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 27 ވަނަ ދުވަހެވެ. އަޟްހާ އީދު ދުވަހަކީ މި މަހުގެ 28 ވަނަ ދުވަސް ކަމަށް ވާއިރު، އީދު ދުވަހުގެ މުނާސަބަތާ ގުޅިގެން ތިން ދުވަސް ބަންދު ކަމަށް ކަލަންޑަރުގައި ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް ހައްޖު ދުވަހުގެ ކުރިން އަންނަ 25،26 ވަނަ ދުވަސް ވެސް ބަންދުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާތީ ހައްޖު ދުވަހާއި އީދު ދުވަހާ ގުޅިގެން ހަފުތާ ބަންދު ދުވަސްތަކާ އެކު ބޮޑު ބަންދެއް ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިމް
06 June 2023
ތި ދިޔާއީ ޒަމާން. ޙުސްވާނެ ދެދުވަހުން
ބޮޑުމީހާ
06 June 2023
23 އަދި 24 ގަ ތި މުސާރަތައް ހުސްވާނެ
ހުސެންދީ
06 June 2023
ސަރުކާރުގެ މުވައްޒަފުން ވިސްނަނަވާނެ ޖުލައި މަހު މުސާރަލީބޭނީ 30 ނުވަތަ 31 ގައިކަން.
ޒައިކީ23
06 June 2023
އޭގެ ކުރިން ދޭކަށް ނުވެސް ޖެހެއޭ..ކޮންމެ މަހެއްގެ އެންމެ ފަހު ދުވަހު ދިނީމަ އެ ނިމުނީ..
ޖަމަލު
06 June 2023
ރައްޔިތުންގެ މުސާރަ ދޭންވާއިރަށް ކުދިވިޔަފާރި ތަކުން މުދާ ނަގާފައިވާ ބިލްތަކަށް އޮފީސްތަކާއި ކުންފުނިތަކުން ދޭންވީނުންތޯއެވެ. އެއީ ވެސް ދިވެހިރައްޔިތުންނެތް ނޫންތޯއެވެ. ފެނަކާ، ޖުޑިޝަރީ ފަދަ ތަންތަނުން ބިލްތަކަށް ފައިސާ ނުދީ ހިފެހެއްޓުމަކީ ދިވެހި ދައުލަތް ލަދުގަންނަށް ޖެހޭވަރު ކަންކަމެވެ. ލަދުހަޔާތް ގަންނާނީ ވެސް ލަދުހަޔާތް އޮންނަ ބައެއްނަމަތާއެވެ.
ސާކިރާ މެން
06 June 2023
ކޮންމެ ކަމެއް ވިޔަސް އައި ޖީ އެމް ހޮސްޕިޓަލުން މުސާރަޖަމާ ކުރުވަނީ މަހުގެ ފަހުދުވަހު
ިލީކްގއ23
06 June 2023
އެއީ ޤާނޫނުގަ އޮންނަ ގޮތް.. ހޭބަލި ނުވަގަ
ޙިނި
06 June 2023
މީ ކޮން ގަވައިދެއް ނޫނީ ގާނޫނެއްގެ ދަށުން ކުރާކަމެއްބާ؟ތި ކުރަނީ ގާނުނާ ހިލަފުކަމެއް.
ޤާނޫނު23
06 June 2023
ކޮން ޤާނޫނަކާ ޚިލާފީ؟؟ ޤާނޫނުގަ އޮންނަނީ އެންމެ ފަހު ދުވަހަށް ވުރެއް ލަސް ނުކުރަން.. މަސް ފެށޭތަނުން އެ މަަހުގެ މުސާރަ ދިނަސް ރަނގަޅުވާނެ..
ކަހެރުވައް
06 June 2023
މިހާރު ދިނަސް އޯކޭ. ހަމަ ވަގުތުން ހުސްކޮށްލާނަން.
ޛަބީހު
06 June 2023
މަވެސް ހަމަ ތިގޮތުގަ