ބީއެމްއެލް އިން "ކިލް ސްވިޗް" ފީޗާ އެއް ތައާރަފް ކޮށްފި. މިއީ ބީއެމްއެލްގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ހެދި ފީޗާއެއް-- ފޮޓޯ: ބީއެމްއެލް
07 ޖޫން 2023 - 13:01
ބީީއެމްއެލްގެ އިންޓަނެޓް ބޭންކިން އާއި ކާޑުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް "ކިލް ސްވިޗް" ފީޗާއެއް ތައާރަފްކޮށްފި އެވެ.
އެ ބޭންކުން މިއަދު ބުނީ އެއީ ކަސްޓަމަރުން ސްކޭމް އިން ރައްކާތެރިކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. ކުއްލި ހާލަތުތަކުގައި އިންޓަނެޓް ބޭންކިން އަދި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރު އަމިއްލަ އަށް އޭރުން ވަގުތުން މެދުކަނޑާލެވޭނެ އެވެ
"ކިލް ސްވިޗް" ބޭނުންކޮށްގެން އެކްޓިވްކޮށް ހުންނަ އިންޓަނެޓް އަދި މޯބައިލް ބޭންކިން ސެޝަންތަކުން ލޮގްއައުޓްވެ، ކާޑު ފްރީޒު ކުރެވޭނެ އެވެ.
As part of our efforts to enhance security and protect you from scams, we're introducing a self-service ‘Kill Switch’ for emergencies. 🔐
— Bank of Maldives (@bankofmaldives) June 7, 2023
Once it is enabled, you will only be able reactivate access after a verification through our Contact Centre or by visiting a branch. pic.twitter.com/AoQfzr0i3G
ބީއެމްއެލް ޓްވީޓް
އެ ފީޗާ ބޭނުން ކުރުމަށް ފަހު، ކަސްޓަމަރުން އިންޓަނެޓް ބޭންކިން އާއި ކާޑުތައް އަލުން ބޭނުން ކުރަން ފެށުމަށް ޖެހޭނީ ކައިރި ބްރާންޗަކަށް ދާށެވެ. އަލުން އެކްޓިވޭޓް ކުރާނީ ވެރިފިކޭޝަން ޕްރޮސެސްއަކަށް ފަހު އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ، ސްކޭމެއް ހިނގައިފި ކަމަށް ކަސްޓަމަރަށް ފާހަގަވުމުން ކަސްޓަމަރުންނަށް ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކާޑުތަކާއި އިންޓަނެޓް ބޭންކިން އާ ފީޗާގެ އެހީގައި ފްރީޒް ކުރެވޭނެ ކަމަށެވެ.
މި އަހަރުގެ ކުރީ ކޮޅު ބީއެމްއެލްގެ އެކައުންޓްތަކުން އޮޅުވާލައިގެން ފައިސާ ނަގާ މައްސަލަތައް ފެންމަތިވުމާ ގުޅިގެން ބީއެމްއެލް އިން ވަނީ ސެކިއުރިޓީ ވަރުގަދަ ކުރަން ފިޔަވަޅުތައް އަޅައިފަ އެވެ. މިދިޔަ މޭ ވަނީ ބީއެމްއެލްގެ އެޕްލިކޭޝަނަށް "ޓޫ ފެކްޓާ އޮތެންޓިކޭޝަން" ތައާރަފްކޮށްފަ އެވެ. ކިއުއާރް ޕޭމަންޓް ހަދަން އޯޓީޕީ ޖަހަން ޖެހޭ ގޮތަށް ހަދައި، ކިއުއާރް ޕޭމަންޓްގެ ލިމިޓް އުވައިލި އެވެ. އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން ހިދުމަތް މެދުވެރިކޮށް، ކުރާ ހުރިހާ މުއާމަލާތުތަކަށް ބޭނުންވާ ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އީމެއިލަށް ފޮނުވުން ވަނީ ހުއްޓާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1206
08 June 2023
މި ފަދަ އޮޅުވާލުންތައް އާންމު ގޮތެއްގައި ހިނގަނީ ފޯނުން ކަމަށް ވަނީ ވިއްޔާ، އެކައުންޓުގެ ވެރިފަރާތުން މޯބައިލް ބޭންކިންގ އަށް ލޮގް އިންކުރާ އިރު، ވަކި ޚާއްޞަ ރެޖިސްޓަރޑް މޯބައިލް ފޯން އައި.ޕީ އެޑްރެސް ބޭނުން ކުރުމަށް ރިކުއަޔަރ ކުރުން ވެސް މިއީ ކުރެވިދާނެ ކަމެއް. އެ ނޫން އައި.ޕީ އެޑްރެހަކުން އެކްސެސް ކުރާ ނަމަ އަލުން ޓޫ-ފެކްޓަރ އޯތެންޓިކޭޝަން ހަދައިގެން ނޫނީ ލޮގްއިން ނުކުރެވޭ ގޮތަށް ހެދުން ވެސް ރަނގަޅު.
1206
08 June 2023
މިހާރު މަންޒަރު ފެންނަނީ މާބޮޑަށް ވެސް ރިއެކްޓުކުރަނީ ކަމުގައި. އަސްލު ހަގީގަތުން ޕްރޮއެކްޓިވް ވާންވީ. ނޫނީ، ނުސިޔާނު މީހުން އަބަދުވެސް މި ތިބެނީ ދެތިން ހަތަރު ކުޅި ކުރީގައި. އޮޅުވާލައިގެން ފައިސާ ނަގާ ފަރާތް ޓްރެކް ކުރެވޭނެ ގޮތެެއް ނެތްތަ؟
ކޮރަލް
07 June 2023
ފުރަތަމަ ބޭޏްކް ތެރެއިން މައުލޫމާތު ލީކް ކުރާ މުވައްޒަފުން ސަސްޕެންޑް ނޫނީ ވަޒީފާ އިން ވަކި ކުރަން ވީ އެވެ. ޖަލުގަ ހުންނަ ބަޔަކަށް އެހާ ފަސޭހައިން މައުލޫމާތެއް ނުލިބޭނެ އެވެ. ރާއްޖޭގަ ވެސް ވަރުގަދަ ހެކަރުން އެބަ އުޅެ އެވެ. އެމީހުންނަށް ނުލިބޭ މައުލޫމާތު ޖަލުގަ ހުންނަ މީހާ އަށް އެބަ ލިބެ އެވެ.
ކެޓަޕުލް
07 June 2023
ދެން އުޅޭނީ ތިޔަށް އޮޅިގެން ފިތިގެން އެކަން "ހައްލު"ކުރުން ބޭންކުން "ލަސްވެގެން" އެކަމާ އެއްޗެތި ކިޔުމުގައި. ފޯނާ އެއްވަރަށް ނޫނީ އެޔަށްވުރެ ބޮޑަށް އެބަޖެހޭ މީހުން ސްމާޓު ވާން.
ޚަރީ
07 June 2023
އަހަރެންގެ ހިތަށްވެސް ފުރަތަމަ އެރި އެތި “ކެޓަޕުލް” އެއޮތީ މަތީގައި ހިއްސާކޮށްފަ.