އިކޮނޮމިކް މިނިސްޓަރު ފައްޔާޒު: ރާއްޖެ އާއި އިނގިރޭސި ވިލާތުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި 3-4 މަސް ތެރޭގައި ސޮއިކުރެވޭނެ ވަރަށް އޭނާ ލަފާކުރައްވާ.---ފޮޓޯ: މިހާރު
08 ޖޫން 2023 - 15:24
ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރެވޭ ހިސާބަށް ދިއުމަކީ މަސްވެރިކަމުގެ ރަނގަޅު މާކެޓެއް ހޯދުމުގެ ފެށުން ކަމަށާއި އެއީ ފަހުގެ ތާރީހުގައި ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަޝްވަރާތަކަށް ޖާގަ ހުޅުވުމާ ގުޅިގެން "މިހާރު" އާ ވާހަކަ ދައްކަވަމުންނެވެ.
"މިއީ ޔޫކޭ ކަހަލަ ގައުމަކާ އެކު ފަސޭހަ ކަމެއް ނޫން. އެހާ އެކްސްޕޯޓެއް ވެސް އަޅުގަނޑުމެން ނުކުރަން ޔޫކޭއަކަށް. އަނެއްކާ އެ ގައުމުން ރާއްޖެ އަށް ގެންނަ ތަކެތީގެ އަދަދު ވެސް މަދުވާނެ. އެހެންވީމާ މިއީ މަސްވެރިކަމުގައި ރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް،" މިނިސްޓަރު ވިދާލުވި އެވެ.
"ވަރަށް ދުވަސް ވެއްޖެ މިކަން ވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާތާ. އެކަން މި ހާސިލްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ހާރިޖީ ސިޔާސަތުގެ ތެރެއިން. މި ހިސާބަށް މި އާދެވުނީ ފޮރިން މިނިސްޓަރު ޝާހިދު ޔޫކޭގެ އެކި ފަރާތްތަކާ ގުޅުއްވައިގެން ކުރެއްވި މަސައްކަތުގެ ސަބަބުން."
ފައްޔާޒު ވިދާޅުވިގޮތުގައި، ރާއްޖެ އާއި އިނގިރޭސި ވިލާތާ އެކު ފްރީ ޓްރޭޑް އެގްރީމަންޓެއްގައި ސޮއިކުރެވޭ ވަރުވާނީ ބެލެވޭ ގޮތުގައި 3-4 މަސް ފަހުންނެވެ. އެއީ އެކަމަށް ބޭނުންވާ ޕަބްލިކް ކޮންސަލްޓޭޝަން ނިމުމުންނެވެ
ރާއްޖޭގައި ހުންނަ ޔޫކޭ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އެއްބަސްވުން އެކުލަވާލުމަށްޓަކައި ހިޔާލު ހުށަހެޅުމުގެ ފުރުސަތު ކުރިއަށް އޮތް 8 ހަފުތާގެ މުއްދަތަށް ހުޅުވާލާފައިވާ ކަމަށެވެ.
"ކޮމަންވެލްތު ގައުމުތަކުގެ ތެރެއިން ޔޫކޭގެ މާކެޓަށް ހާއްސަ އިސްކަމެއް ދެވިފައި ނުވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ،" އެ ބަޔާނުގައި ވެ އެވެ.
ފައްޔާޒު ވިދާޅުވީ، އިނގިރޭސި ވިލާތަކީ ރާއްޖެއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރުވި ޔޫރަޕްގެ ފުރަތަމަ ގައުމު ކަމަށާއި އެހެންވެ އެއީ ތާރީހީ އަދި ވަރަށް ރަނގަޅު ކުރިއެރުމެއް ކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑުމެންނަށް މަސްވެރިކަމުގައި ރަނގަޅު މާކެޓަކުން ޖާގަ ލިބުނީ. މިހާރު ކޮމްޕީޓް ކުރަން ޖެހެނީ ސްރީ ލަންކާއާ. އެ ތަނުގައި އޮންނަނީ ޒީރޯ ޑިއުޓީ. އެކަމަކު، ޔޫކޭ އަށް މަސް ގެންދާތީ މިހާތަނަށް ވަރަށް އަގު ބޮޑު. ނަމަވެސް މި އެއްބަސްވުމުގައި ސޮއިކުރެވުމުން ކޭން ޓިއުނާ އަށް ވަރަށް ރަނގަޅު މާކެޓެއް ލިބޭނެ ރާއްޖެ އަށް،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ޔޫރަޕްގެ އެހެން ދިމާލަކުން ވެސް މަސްވެރިކަމުގައި ރާއްޖެ އަށް ރަނގަޅު މާކެޓެއް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެކަމަކު އަދި ތަފުސީލެއް ނުދެއްވަ އެވެ. ނަމަވެސް އުންމީދަކީ މި އަހަރު އަމަލީ ސިފަ ގެނައުން ކަމަށް ވިދާޅުވި އެވެ.
ޔޫރަޕްގެ މާކެޓް ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، އެއީ ރާއްޖެ އިން އިނގިރޭސި ވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ 20 ޕަސަންޓު ޑިއުޓީ ކަނޑާލުމަށްޓަކައި، މި ސަރުކާރުން ފާއިތުވި ހަތަރު އަހަރު ދުވަހު ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"މި ކަމުގެ ސަބަބުން ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު އޮތް އިގްތިސޯދީ ގުޅުންތައް އިތުރަށް ބަދަހިވެ، ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ،" ޝާހިދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެވީ
11 June 2023
ބަލަ އިނގިރޭސިވިލާތުގެ ތަރުކާރީ އަގުބޮޑުވެގެން އެމީހުން އެހެން އަގުހެޔޮ މުޑާބޭނުންވާތީ އެމީހުން އަމިއްލަޔަށް ކުރިކަމަކަށް މި މެޑެލް ޖަހަނީ. މީ ޤަމާރުން އުޅޭތަނެއް ނޫން. ފޮނިނުކަނޑާ
ރަންނަ
09 June 2023
ތީ ވޯޓަށް ކަޑަޖެހުމުގެ އާމަގެއް ހޯދުން. ކުރަންޏާ ކުރަން 5 އަހަރު މިފައިބައިގެން މިދިޔައީ. ދެން ފޮށިތަންމަތި ބަނދެ ތައްޔާރުވާންވީ
ޕަރީނާ
09 June 2023
ބްރޯ ހާދަ ލަހުން ތިޔައި ފެށީ؟ 5 އަހަރުގެ ދައުރެއް ނިމެނީ، މަސްވެރިންނަށް ކޮށްދެވުނު ކަމެއް ނެތް ވޯޓު ނުދޭނަން މިފަހަރު
ދޯޕައްޓާ
09 June 2023
ޑިއުޓީއާނުލާ އިނގިރޭސިންގެ މުދާ ރާއްޖެ އެތެރެކޮށް ވިއްކޭނެގޮތް ހަދާދެނީ، އެވާހަކަ މިގެނެސްދެނީ މަސްކޮޅެއް އެކްސްޕޯޓުކުރާ ވާހަކައިގެ ގޮތުގަ.
މާޒިންޒައިން
09 June 2023
އަދި ތަންކޮޅެއް އަވަސް ތިކަމާ އުޅެން. އަދި މަޑުކޮށްލާ އިންތިހާބު ކައިތިވާން 2 ދުވަހަށް ވީމަ ތިވާހަކަ ދައްކަން. ސިޔާސީ މީހުން އަބަދުވެސް ހީކުރަނީ ރައްޔިތުން ގުނބޯ ހައްދާފަ ބޭނުންހާ ގޮތެއް ހެދޭނެއޭ.މިހާރު އަނެއްކާވެސް ރައްޔިތުން ފެންނާނެ. މިއޮތީ ވެރިކަމާ ތަޅާ ފޮޅާ މޫސުމާ ލާ ގަންފަވިޔަ.
މުޖުތާޒު
09 June 2023
ސަޅިކެޑުމާ ފޮނިވާހސކަ ދެއްކުމުގެ ލާމަސީލުމީހެއްތި ފައްޔާޒަކީ ރާއްޖޭގެ މަސްކަޑު ވިއްކާލާފަސް ހެދިދޮގު އަޑއްލާނެ ތިހުރިހާ ރައްޔިތުން އަދި ކިހާބައިސާއެއްކެޑި އެހެންވާނެ އެމީހުންގެ ޖީބަށް 500 މިލިޔަން ދޮލަރުވަނީ
އޮނަރަބްލް އަފީފު ދީދީ
09 June 2023
ސަރުކާރަކީ ރައްޔިތުންގެ އަނގައިގަ ލައްވައި ކާންދޭފަރާތަކަށް ވެގެން ނުވާނެ. އޭގެބަދަލުގައި ސަރުކާރުވާންވީ ރައްޔިތުމީހާއަށް މަގުފަހިކޮށްދީ އެހީތެރިވާ ފަރާތަކަށް. # ރާއްޖެއިން އެންމެގިނައިން މަސްބާނާ ދެކުނުގެ މަސްވެރިންނަށް ގޭންއެއަރޕޯޓުން ބޭރަށް މަސް އެކްސްޕޯޓްކުރަން ހުރަސް އަޅައިގެން ތިތިބީ ކީއްވެގެންތޯ؟ ރަޝިޔާ، ޗައިނާ، ގަލްފުގެ ޤައުމުތަކަކީ ބޭޅާމެންގެ ސަރުކާރުން މަސް އެކްސްޕޯޓް ކުރަން ހަދާފައިވާ ޤަވާއިދަށް އެކަން ކުރަން ލާޒިމް ޤައުމުތަކެއްނޫން.
އިބުރޭސް
09 June 2023
ބަލަ ޗާގޯސް ގަ ޑީލް ގަ އެއްބައިކަން ތިއީ ނޭގީގެން އުޅެނީ ނޫސްވެރިންނަށް! ކޮމެންޓް ނުޖަހާނެ ކަމެއް ނެތް! މިއީ ހަގީގަތް! ރައްޖޭގެ މަސް ގަންނާނީ ކޮންސެޝަން ރޭޓް ގަ އިނގިރޭސިވިލާތަށް! ބަދަލުގައި ޗާގޮސް ކަނޑު އެމީހުނަށް! ކިހާ ސަޅި ޑީލެއް! މަ ވާ ސަލާމް
1206
08 June 2023
https://www.pwc.co.uk/services/economics/insights/uk-economic-outlook.html ޕީޑަބްލިޔުސީގެ މި ރިޕޯޓަށް ބަލާއިރު އިނގިރޭސި އިގްތިސާދީ ކުރިމަގު ފެންނަނީ ބަނަކޮށް. ދެން ތިޔަ ބުނާ ފުރުސަތު ހުރި ނެތް ގޮތެއް ނޭނގެ.
ޙައްގުބަސް
08 June 2023
މި ސަރުކާރު ކަޑަ