އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް -- ފޮޓޯ: މަޖިލިސް
11 ޖޫން 2023 - 06:57
ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބަދަލާ އެކު، ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުން މަޑުޖައްސާލަން އެމްޑީޕީން އެދުނީ ކޮމިޓީތަކުގައި އޮތް އެ ޕާޓީގެ އަޣުލަބިއްޔަތު ގެއްލޭ ގޮތަށް އެކަން ކުރަން ރިޔާސަތުން މަސައްކަތް ކުރުމުން ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ ކޮމިޓީތައް އަލުން އެކުލަވާލަން ޖެހޭ ކަމަށް ވިދާޅުވެ، މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ފޮނުއްވި ސިޓީއަކަށް ރޭ ދެއްވި ޖަވާބުގަ އެވެ.
ނިއުޝާ ވިދާޅުވި ގޮތުގައި މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވި ޖަލްސާގެ ވޯޓު ގަޑީގައި ކޮމިޓީތައް އަލުން އެކުލަވާލައި އެކަމަށް ވޯޓަށް އަހަން އުޅުމުން އެކަން މަޑުޖައްސާލަން އެންގެވީ އަސްލަމެވެ.
އެކަމަށް ރައްދު ދެއްވައި އަސްލަމް މަޖިލިހުގެ އިދާރާ އަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރުމުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހޯދަން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައި ވާއިރު އެގޮތަށް އަމަލު ނުކުރައްވައި އަދި މެޖޯރިޓީ ލީޑަރު ވަކި އެއްޗެއް ވިދާޅުވާން ފުރުސަތު ނުދެއްވައި ކޮމިޓީޓައް އަލުން އެކުލަވާލަން މަސައްކަތް ކުރަނީ ކަމަށެވެ.
"އެމްޑީޕީގެ 64 ޕަސެންޓް މެޖޯރިޓީ އޮވެމެ، މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީ އެމްޑީޕީ އަށް ގެއްލޭ ގޮތަށް ކޮމިޓީތައް ތަރުތީބު ކުރުމުގެ މަސައްކަތް ކުރިޔަށް ނުގެންދިޔުމަށް މަޖިލީހުގެ އިދާރާގައި 23 މެއި 2023 ވަނަ ދުވަހު އަޅުގަނޑު ދަންނަވާފައި ވާނެ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ނިންމުމަށް އަދިވެސް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
ނަމަވެސް އެއީ މަޖިލީހުގެ ކޮމިޓީތައް ހުއްޓުވާލަން ބޭނުން ކުރައްވާ އުޒުރު ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފައި ވާތީ ހިތާމަ ކުރައްވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގެ އާންމު ކޮމިޓީގައި މިވަގުތު ތިއްބެވި މެންބަރުންނާއެކީ އެ ކޮމިޓީ އެކުލަވާލައި ކުރިޔަށް ގެންދަން ޖެހޭ -- އަސްލަމް
އެހެންކަމުން މަޖިލީހުގެ އާންމު ކޮމިޓީގައި މިވަގުތު ތިއްބެވި މެންބަރުންނާ އެކީ އެ ކޮމިޓީ އެކުލަވާލައި ކުރިޔަށް ގެންދަން ޖެހޭ ކަމަށާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް މައްސަލާގައި ބަހުސް ކުރުމުގެ ވަގުތު ކަނޑައަޅައި ދެއްވުމަށް އެދޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އެ ސިޓީގައި އަސްލަމް ވަނީ އީވާގެ މައްސަލައިގެ ގަރާރު މަޖިލީހަށް ހުށަނާޅާހާ ހިނދަކު އެހެން މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ ކަމަށް އަމީން އާންމު ވިދާޅުވި ވާހަކަ އަށް ވެސް ރައްދު ދެއްވައިފަ އެވެ.
އިތުބާރު ނެތް މައްސަލާގައި 14 ދުވަހުގެ ނޯޓިސް މުއްދަތު ދިނުމަށް ފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ދުވަސް ނޫން ދުވަހަކު ބާއްވާ ޖަލްސާ އަށް އެ ގަރާރު ހުށަހަޅަން ވާނެ ކަމަށް ގަވައިދުގައި ބަޔާން ކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އެހެންވެ އީވާ ވަކި ކުރުމުގެ މައްސަލަ މާދަމާ އަށް އެޖެންޑާ ކުރަން ލާޒިމް ވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އެ މައްސަލަ އެޖެންޑާ ކުރުން އިސްތިސްނާ ކުރެވޭ އެއްވެސް ހާލަތެއް ބަޔާން ކޮށްފައި ނުވާތީ ގަވައިދުގައި ބަޔާން ކޮށްފައިވާ މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްދެއްވުމަށް ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.
އީވާ ވަކި ކުރުމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިހުގެ މުއްދަތު ހަމަވާނީ މިއަދަށެވެ. އެހެންވެ މިއަދު އެ ޖަލްސާ ބާއްވަން މަޖިލީހުން ކުރިން އޮތީ އެޖެންޑާ ކޮށްފަ އެވެ. ނަމަވެސް އިތުބާރު ނެތް މައްސަލަ ވެސް ކުރިޔަށް ގެންދެވޭނީ މަޖިލީހުގެ އާންމު ކޮމިޓީން އެކަމަށްޓަކައި ވަގުތު ކަނޑައެޅުމުންނެވެ. ކޮމިޓީތައް އެކުލަވައި ނުލެވޭތީ ވަގުތު ކަނޑައެޅުމުގެ މަސައްކަތް ވެސް ކުރިޔަށް ނުގޮސް އޮތުމުން އަމީން އާންމު ވަނީ އެ ޖަލްސާ ވެސް ފަސް ކުރައްވާފައިވާ ކަން އެމްޑީޕީ އަށް އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންހުޅި ޑްރިންކްސް
12 June 2023
ރިޔާސަތުން އުޅޭނީ އެހެންނޫންތޯއެވެ؟ އަސްލަމް ހިލަންވީ އެކަން ކޮށް ނިންމިފަހުން ކަންހުޅި ބްރޯ ބުނީމަ ވިއްޔާ! އަދިވެސް މަޖިލީހަށް ނޮގޮސް މުސާރަ ނަންގަވައިގެން ނިދި ކުރެއްވޭތޯ ބައްލަވާ!
ކަންހުޅި ފައްޖޫ
11 June 2023
އަސްލަމް މިހާރު ނަޝީދު އެމްޑީޕީއާއި ދެކޮޅަށް އުޅޭތީ މިއުޅެނީޔޯ؟؟ އެއްފަހަރަކު ރަށަށް އައިސް ގާސިމްގެ ޖީބުން ނުކުމެގެން އުޅެނިކޮށްވެސް ފެނުނެވެ. ފަހުން ސިއްރުސިއްރުން ގޮސް އެމްޑީޕީގެ ފާރުމަތިން އެތެރެއަށް ފުއްމާލީއެވެ.
ސައްޔާ
11 June 2023
އަސްލަމް ސިޔާސީ ކެރިއާ ހަލާކުގެ ތެެރެއަށް އަމިއްލައަށް ވައްޓާލީއެވެ. ދުވަހަކުވެސް އަސްލަމްއާއި ދެކޮޅަށް އެއްޗެއް ނުބުނާނެ ކަމަށް ޤަބޫލުކުރި މީހުން މިއަދު އަސްލަމްއަށް ކޮފީ މޭޒް ތަކުގައި ބަވާ ނަގުމަކީ އަސްލަމްގެ ސިޔާސީ ކެރިއަރުގެ ނިމުމެވެ. ނިހާދު މެން އަދުރޭމެންނަށް ވުރެން އަސްލަމްގެ ހާލު ދެރެވާތަން ދުނިޔޭގައި ތިބި ބަޔަކަށް ފެންނާނެއެވެ.
ބޮޑުމީހާ
11 June 2023
ދައުލަތުން ގާތް މީހުންނަށް މިވެރިކަމުގަ 1.7 ބިލިއަން ރުފިޔާގެ ބަދަލު ދިން އުސޫލުން މަޖްލީހުގައި ކަންކަންނިމިދާނެކަމަށް ބަލައިގެން ނުވާނެ. އިބޫ ކައިރީ ރޮޒޭމެން ޖަހާނެސަކަރާތެއްޖެހިޔަސް އަންނިއާއި ޖެހުނީމާ ތިހާ ފަސޭހައިން ކަންކަމެއް ނުވާނެ.
ޜިވާއު
12 June 2023
އަންނި އަކީ ޑިކްޓޭޓަރެއް
މަދީހު.
11 June 2023
އަސްލަމް އަކީ ނަޝީދުގެ އެޖެންޓެއް. އޭނާ އެއުޅެނީ ގޯހެއް ހަދަން. ލަނޑު ލިބޭނީ އެމްޑީޕީއަށް. ރައިސް ސޯލިޙް މިކަމަށް ސަމާލުވާންޖެހޭ.
ބޯވަބެ
11 June 2023
ދެކޮޅުން ކާ ވެނެއް؟
މަވޯޓާ
11 June 2023
އަސްލަމް ކުޅޭނެ ދެކޮޅަށްވެސް
ޖޯރޭ
11 June 2023
މިހާލަތުގަ މުޅި މަޖިލިސް ކޮމިޓީގޮތުގަ ކުރިއަށް ގެންދެވޭނެ ގޮތެއް ނޯވޭތަ؟
ދުމަށި
11 June 2023
މިއީ ކުރިއްސުރެ ރޭވިގެން ހިންގާފައިވާ ޖަރީމާއެއް. އެމްޑީޕީގެ ސްލޮޓްގައި ކޮމެޓީތަކުގައި ތިބި 'ފިކުރު' މެމްބަރުން ކޮމެޓީތައް ބަދަލުކުރަން އެންގުމާއެކު ނަޝީދުވަނީ މި ކުޅިގަޑު ފައްޓާފަ. ފިކުރު މީހުން އެމްޑީޕީން އިސްތިއުފާދީ މިނިވަން މެމްބަރުންގެ ގޮތުގައި ކޮމެޓީގައިތިބެ އެމްޑީޕީގެ މެޖޯރިޓީ ކޮމެޓީތަކުން ގެއްލުވާލުމަށް ނަޝީދު ޖެހި ކުޅިއަށް އަސްލަމު ވަނީ ރަގަޅު ރައްދެއްދީފައެވެ. އީވާ ވަކިކުރުމުގެ ޖަލްސާ މިއަދު ބާއްވަންޖެހެއެވެ.
ކަނޑަހުދޫ ސަންފާދިޔެ
12 June 2023
އަސްލަމަށް ދެވޭނީ ރައްދެއް ނޫނެވެ. މަޖިލިސް ހާޒިރީގެ ފުލުގައި އަބަދު ނިދަން އޮންނަ މީހަކަށް ދެވޭނެ ރައްދެއް ކިޔާބަލާށެވެ. ނަޝީދު ޖެހި ސަކަރާތެއްވެސް އަސްލަމް އެނގުންވެސް ވާނީ ހަތަރު ފަސްދުވަހެއް ފަހުން ނިދިން ހޭލި ގަޑިއެއްގައި ބާރަށް މީހަކު ހަޅޭއްލަވައި ގަތީމައެވެ. އަސްލަމް ހޮވަނީ އަހަރުމެންނެވެ. އަސްލަމްގެ ފާޑު އެއްމެ ރަނގަޅަށް އެނގޭނީ އަހަރުމެންނަށެވެ.
މަ ގޯތި އަސްލަމޫ ޫ ޫ!
11 June 2023
މަ ގޯތި އަސްލު އަސްލަމޫ ! ދަރިޔާ ކުރީގެ ކޮމެޓީ އަށް ހުށަ އަޅައިގެން ވަގުތު ކަނޑަ އަޅައްޏާ ކުރީގެ ޕ ޕ އެމް މެމްބަރ ދިއްދޫ ދާއިރާގެ މެމްބަރ ލަތީފު ވެސް ހިމަނަށްވާނެ އޭރުން ތިޒާތުގެ ދި އުޅިއެއްނު ވާ މޮޅުބަސްތައް އިތުރުވާނީ!!!
ދަނޑި ކުރޮސް ޕާޓީ
11 June 2023
ކޮމެޓީ އިން ބަޔަކު ކެނޑުނަސް އަދިވެސް ކޮމެޓީގައި އެހެން މެންބަރުން އެބަތިބި. އަދި އެމެންބަރުން ތިބެގެން ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަޔަށް ވެސް ވަގުތު ކަނޑައެޅީ. ހަމަ އެމެންބަރުން ތިބެގެން މަޖިލިސްގެ ނައިބުރައީސްގެ އިތުބާރު ނެތް މައްސަލަ އަށް ވަގުތު ކަނޑަނޭޅެންވީ ކީއްވެ. ފޯނުން މަޖިލިސް ސައިޓަށް ވަދެ ގަވާއިދު ޑައުންލޯޑް ކޮށްގެން ކިޔާލަބަލަ. އޭރުން މީހުން ދަމާ ގުއިރޯނުގަ ނުޖެހޭނެ.