އަންހެން ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީފައި.
22 ޖޫން 2023 - 18:11
އެނބޫދޫ ކައިރީގައި ފީނަން އުޅުނު ޓޫރިސްޓެއްގެ އަތުގައި މިޔަރެއް ދަތްއަޅައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
މިޔަރުގެ ހަމަލާގައި ޒަހަމްވި އަންހެން މީހާ ފޮރިން މިނިސްޓްރީ ކައިރިން ޕިކަޕަކަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދަން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އޭނާގެ ކަނާއަތުގެ އުޅަބޮއްޓާ ދިމާލުން ބޮޑު ބައެއް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. އެތަނުން ލޭ މަނާ ނުވެ ލޭތައް ފައިބަމުން ދާތީ ފެނެ އެވެ. ޒަހަމްވި މީހާއާ އެކު އެހެން ޓޫރިސްޓުންތަކެއް ހާސްކަންމަތީ އުޅޭތީ ވީޑިއޯގައި ފެނެ އެވެ.
ޕިކަޕުގައި އެ މީހާ ގެންދަން އުޅެނިކޮށް އެމްބިއުލާންސް އައުން އޭނާ ގެންދިޔައީ އޭގަ އެވެ.
މި ހާދިސާ ހިނގީ އަންހެން މީހާ އިތުރު ބަޔަކާ އެކު ފީނަން ގޮސް އުޅެނިކޮށެވެ. އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި ނޭނގެ އެވެ.
އެނގިފައިވާ ގޮތުގައި މިއީ ކ. މާފުށީ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރަން އައިސް އުޅުނު ބައެކެވެ.
މި ހާދިސާއާ ބެހޭ ގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އަދި މައުލޫމާތެއް ނުލިބެ އެވެ.
ރާއްޖޭގެ ކަނޑުތަކުގައި މިޔަރު މާގިނަވެ، މަސްވެރިންނާއި ޓޫރިސްޓުންނަށް ވެސް ނުރައްކާވެފައިވާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. މީގެ މަސް ދުވަސް ކުރިން ވެސް ކަނޑަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާދީ ޒަހަމްކޮށްލާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިޔަރެއް
23 June 2023
އަޖައިބެއްނު، މިޔަރު މިގޯސްވީ އެންމެ ފަހުން
އެސްހަކުރުﷲ ގަޒްބާތުﷲ.
23 June 2023
މިޔަރައްވެސް މިހާރު ކަމުދަނީ ދޮން ޓޫރިސްޓުން! ޕިލަޕަކައް ލައިގެން ގެންދަން އުޅުމުން ޖޯކު! ދިވެހިރާއްޖެ ނަންވަނީ އެންމެ މަތީފަންތީގެ ޓޫރިސްޓުންނައް ހިދުމަތް ދިނުމުގަ. އެކަމު ޕިކަޕުގަޑެއްވެސް ނުލިބިގެން މިއުޅެނީ އެމްބިއުލާންސް ގެ ބަދަލަުގަވެސް!
ފަހުދު.
23 June 2023
މިޔަރު ހިފުން މަދުނުކުރިޔަސް މިޔަރައް ކާންދިނުން މަނާ ކުރަން ފެނޭ. މިހާރު މާކަންޑުގައި އުޅޭ ބޮޑެތި އަދި އެހާމެ ނުރައްކާތެރި މިޔަރުގެ ބާވަތްތައް އެތެރެވަރިޔައް ވަދެއުޅޭ. މިއީ މީގެކުރިން ދުވަހަކުވެސް އެއްގަމާ މިހާ ކައިރިން ފެނުނު ބާވަތްތަކެއް ނޫޏް. މިކަން ކުރިޔައް ގެންގޮސްފިނަމަ ނުރައްކާތެރި ހާދިސާތައް ގިނަވުމަކީ ވަރައް ގާތުގައި އޮތް ކަމެއް.
ރަސްދޫ ސައީދު
23 June 2023
މިޔަރަށް ކާންދިނުމާ، ރިސޯޓްތަކުން ކަނޑަށް ޑަސްބިން އެޅުންވެސް މަނާކުރަންޖެހޭ. ފެމުނުފަދަ ބޮޑެތި މިޔަރަކީ ޖެހުނުހާ އެއްޗެއް ކާއެއްޗެއް ޑަސްބިންއަޅާއިރު އޭގެތެރޭގަ ހުންނަ މަސްކަނޑާފަ ހުންނަ ކަށިތަކާ، ބޯތަކާ، ކުކުޅުގެ ބާވަތްތައްކާން ފެމުނު އަރާނެ. އެގޮތައް އަރާއުޅޭ ފެމުނު މީހުން ގައިގަވެސް ހިފާފާނެ. މީ މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަންކަން. ނޫންނަމަ މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ގިނަވެދާނެ.
ކޮމެންޓު
23 June 2023
އަދިވެސް މަސްރޭސް ބާއްވާ މަސް ބޭކާރު ގޮތުގައި ބާނާ. ދީނުގައިވެސް އޮންނަނީ ކާންބޭނުންވެގެން އެހޯދަން. މަޖަލަށް ކުޅިވަރަކަށް ނޫން. އަދި ޓޫރިސްޓުން ގެނެސް މިޔަރާއި މާކައިރީގައި އުޅުން މަނާކުރަންވެއްޖެނު. މަނަމަވެސް މާކައިރީގައި އުޅެންނާ ރުޅިއަންނާނެ
އާސަނު
22 June 2023
މިޔަރު ގިނަވީކީނޫން، މިޔަރު މީގެ 50’އަހަރުކުރިން މާގިނަވާނެ، ވެގެންއުޅޭގޮތަކީ މާގިނައީ މިހާރު މަސްވެރިކަންކުރާލެއް، މަސްމަދުވީމަ އެސޮރުމެންނަށް ކާއެއްޗެހިހޯދަން ކުރިޔަށްވުރެން އުދަގުވަނީ. ދެން މާބޮޑަށްބަނޑުހައިވީމަ އަތުޖެހުނުއެއްޗެއްގަ ހިފާނެދޯ!
މޮޔަވެއްޖެ
23 June 2023
ތީ ހަގީގަތަކީ، އެކަމަކު ތިކަން ގަބޫލްކުރާމީހަކު ވަރަށްމަދު. ކަނޑުގެ ތިރުންތަކުގެ ބެލެންސް ގެއްލުނީމާ ވާގޮތްް. އެއްވެސް މީހަކު ވިސްނާނުލާ މިވަރަށް މަސްބާނާއިރު މަސް މަދުވާކަމެއް. އެކަމަކު ކުޑަކުއްޖަކަށްވެސް ވިސްނޭނެ، މިއަދު 500 މަސް ބާނާއިރަށް އަނެއްދުވަަހު އެވަރުގެ 500 މަސް އެސައިޒަށް ބޮޑުނުވާނެކަން. މިޔަރުގެ ކާނާ މަދުވީމަ އެސޮރުމެންނަށް މަސް އަތުޖެހޭލެއް މަދުވީމަ ދެން ހިފާނީ ގަނެފަ ހުންނަ މަހުގަ. ނޫނީ ބާނާ މަހުގަ. މީހުންގެ ގައިގަ.
ބެއްބ
22 June 2023
ތިސޮރު ތިކަންތިކުރީ ފަރުމަސްކާކައި ފޫހިވެގެން. މިސޮރުމެނާއިހެދި އަހަރުމެނަށް މިހާރު ފަރުމަހެއްވެސް ކާލަންލިބުމަކީ ނާދިރުކަމެއް.
އައްބެ
22 June 2023
ކުޅުދުއްފުށީގެ އެންމެ ގިނަބަޔަކު ކުރަމުން އައި މިޔަރުގެ މަސްވެރިކަން ހުއްޓުވާލީ އަންނިގެ ވެރިކަމުގައި. އެކަމުގެ ސަބަބުން އެންމެ ބޮޑު ނިކަމެތިކަމެއް ލިބުނު އެއްރަށަކަށް ކުޅުދުއްފުށިވާނެ. އެކަމަކު ކައުންސިލަރުންނާއި މޭޔަރަށް އަދި މަޖިލިސް ދެ މެންބަރުންނަށް އެންމެ ކަމުދަނީ އަންނިކަމަށްވަނީ. ލަފާކުރެވޭގޮތުގައި މިފަދަ ހާދިސާތައް ގިނަވާންފެށީމައި ރިސޯޓް އޯނަރުން ބިރުން ރޮއިގަތީމައި މިޔަރު ބޭނުން ހުއްދަކުރާނެ.
ދަހިމިޔަރު
22 June 2023
މިޔަރު ތައް ތަންކޮޅެއް ކައިރިން ބަލަން މަހުބޮލާ ގޮހޮރާ އަޅާފަ މި ފައިބަނީ މޫދަށް. ދެން އެސޮރުމެން ނުހުރޭ ހައްޓަކު ހެޔެއް. ދެން ހިފީމަ މިބުނަނީ ހިފައިފިޔޭ.
ބޫގަ
22 June 2023
އިކޯ ސިސްޓަމް އަކީ ބެލަންސް ވާން ޖެހޭ އެއްޗެކެވެ.....މިޔަރު ހިފުން މަނާކުރީމަ މިޔަރު ގިނަވާނެއެވެ.ދެން ވާނެ ގޮތް ތިޔަ ފެންނަނީ އެވެ.
ދިވެހިންނަކީމޮޔަ
22 June 2023
މިޔަރުހިފުން ހުއްދަކުރަން އެބަޖެހޭ. މަޖްލިސް މެމްބަރުންނަކަށް ނޭގޭނެ މިޔަރާހެދި މިވާ އުދަގުލެއް. އެމީހުންނަށް މުހިންމުވާނީ މިޔަރުގެ މަސްލަހަތު.