މާލެ އަތޮޅުގައި އޮންނަ ރިޓްޒް ކާލްޓަން ރިސޯޓް.
23 ޖޫން 2023 - 15:33
ރާއްޖޭގެ ރިސޯޓެއްގައި ޗައިނާގެ ޓޫރިސްޓަކު ރޭޕްކުރި ކަމަށް ބުނެ ހުށަހެޅި މައްސަލާގައި ތުހުމަތުވާ ދިވެހި މީހާގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
ފުލުހުން ބުނީ ރިސޯޓެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ފުރުން މަނާކުރުމުގެ އަމުރަކަށް އިއްޔެ ކޯޓުގައި އެދުމުން އެ އަމަރު ކޯޓުން ދީފައިވާ ކަމަށެވެ.
އެ މައްސަލާގައި ތުހުމަތުކުރެވެނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ނަމަވެސް އޭނާގެ ނަމާއި އިތުރު ތަފުސީލެއް ވެސް ފުލުހުން އަދި ނުދެ އެވެ.
އެކަމަކު ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލަންޑް ރިސޯޓުގައި ޗައިނާގެ ޓޫރިސްޓަކު ރޭޕްކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފެށި ކަމަށް ބުނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އެ ތުހުމަތުކުރި އުމުރުން 26 އަހަރުގެ ޗައިނާ އަންހެން މީހާ ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި އޭނާ ރާއްޖެ އައީ މި މަހުގެ ހަ ވަނަ ދުވަހު ޑައިވް ގުރޫޕަކާ އެކުގަ އެވެ. އަދި އަނބުރާ ގައުމަށް ދިއުމުގެ ކުރިން އޭނާ ދިޔައީ މާލެ އަތޮޅުގައި އޮންނަ ރިޓްޒް ކާލްޓަން މޯލްޑިވްސް ރިސޯޓުގައި މަޑުކޮށްލާށެވެ.
ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ އިތުރުން ޓްވިޓާގައި އޭނާ ލިޔެފައިވާ ދިގު ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އޭނާ ރޭޕްކުރީ ރިސޯޓުގައި އޭނާ ހުރި ރޫމަށް ކަނޑައަޅާފައިވާ ބަޓްލަރެވެ. އެހެންވެ، އެ މައްސަލަ ފުލުހުންގެ އިތުރުން މާލޭގައި ހުންނަ ޗައިނާ އެމްބަސީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށް ބުންޏެވެ.
އެ މައްސަލައިގެ ބައެއް ލިޔުންތައް ވެސް އޭނާ ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ. ލިޔުންތަކުން އެނގޭ ގޮތުގައި މައްސަލަ ހުށަހެޅީ ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަނަށް މިދިޔަ ހަފުތާގަ އެވެ. އަދި ކ. އަތޮޅު ސިއްހީ މަރުކަޒުން އެ އަންހެން މީހާގެ މެޑިކަލް ވެސް ވަނީ ހައްދައިފަ އެވެ.
ރިޓްޒް ކާލްޓަން ރިސޯޓުން ކުރިން ބުނި ގޮތުގައި، އެ މައްސަލައާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގަށް ރިސޯޓުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ. ރާމީ ޙަސަން މަނިކު ޕީ.ޕީ.އެމް
25 June 2023
ރެސްޓޯރަންޓް ތަކުގައި ވެސް (މަދުން ނަމަވެސް) ވޭޓަރުން ގެ ބޮލުގައި ކަންކަން އަޅުވާފައި، ނޫންނަމަ ކާއެއްޗެހީ ގައި ހޯނެއް އޮތިއްޔޭ ބުނުން ފަދަ ކަންކަން ކޮށްފައި، ބިލް ރެސްޓޯރަންޓުން ދައްކުވާފަ އެބަހުރި.
ޙަބީބު.
24 June 2023
ތިޔައީ ވަރައްދެކޮޅުނުޖެހޭ ކަމެއް ބައެއް ފަތުރުވެރިންނަކީ ވަރައް ބޮޑައް ޖެއްސުންްކުރުމާ ނުހައްގު ފައިދާހޯދުމައް މަސަތްކަތްކުރާބައެއް
އުތުރު44
24 June 2023
ހެދި ޓެސްޓްތަކުގެ ނަތީޖާ ކިހިނެއްބާ؟
ބޑބ
23 June 2023
ތުހުމަތެއްކުރެވުނުމީހާގެ ޕާސްޕޯޓު ހިފެހެއްޓުނުއިރު ވަގުޓީޓީހަދައިގެން ރާއްޖެއިންބޭރުން ތަކެތިގެނެސް، މިރާއްޖޭގެ އެތަށްބައެއްގެއަތުން ނަޙައްޤުން ފައިސާނަގައި، ސްކޭމްހިންގިކަން އެނގޭމީހާ ބަންދުންދޫކޮށްލިދުވަސްނޫން އަނެއްދުވަހު ފުރައިގެންވިއްޖެ. އެފަދަމީހެއްގެ ޕާސްޕޯޓު ހިފަހައްޓަން ޕީޖީގެ ވިސްނުން މަސައްކަތެއްނުކުރި. ނޫނޭ! ނޫނޭ! ސާބަސް! ކަލޭމެނަށްހަމަ ސާބަސް!
ދޮން ހަސީނާ
23 June 2023
އޭނަ އަދިވެސް ބަންދުނުކޮށް ޕާސްޕޯރޓްތަ ހިފަހައްޓަނީ؟ ކިތައް ކުއްވެރިން އެބައުޅެތޯ އަދަބަކަށް ޕާސްޕޯޓް ހިފަހައްޓާފަ. މިއޮތީ ވާ ގައުމެއް.
1235
23 June 2023
ސުލޯ ސަރުކާރު ފައިނަލީ ރިއެކްޓްސް ?
ޙަބީބު.
24 June 2023
އެއީސަރުކާރުން ކުރާކަމެއްނޫން ކޮއްކޯ ތިބާގެދަރި ތިބާނިދީމަ ގެއިންބޭރައް ދަނީ ތިބާ ނަސޭހަތް މުދޭތީތޯ
ކޮރަލް
23 June 2023
ޕާސްޕޯޓް ހިފަހައްޓާ އިރަށް ބައެއް މީހުން ވ ފަސޭހައިން ފުރައިގެން ދެއެވެ.
ޕައުންޑޭޕައުންޑޭ
23 June 2023
ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ