އިފިކޮޅު ޕްރެސް
25 ޖޫން 2023 - 19:24
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އަމަލުތަކާ މެދު ކަންބޮޑުވާ ކަމަށާއި އެ ކޮމިޝަނަށް އިތުބާރު ގެއްލިފައިވާ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.
އީސީ އާ މެދު ކަންބޮޑުވުން ފާޅު ކުރުމަށް މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމް އާއި ޑިމޮކްރެޓްސް އާއި އެމްއާރްއެމްގެ އިތުރުން އެމްއެންޕީ އަދި ޖޭޕީން ބައިވެރިވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑިމޮކްރެޓްސްގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ އިންތިހާބާ ގުޅޭ ގޮތުން އީސީ އާއި ދައުލަތުގެ އެކި އިދާރާތަކުން ކުރަމުން އަންނަ ކަންކަމާ މެދު އިދިކޮޅު ހުރިހާ ޕާޓީއަކުން ކަންބޮޑުވާ ކަމަށެވެ.
ޑިމޮކްރެޓްސް އުފައްދަން ޖޫން 1 ގައި ހުށަހެޅި އިރު މި މަހު 15 ގައި އޭގެ ސައްހަކަން ދެނެގަތުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އީސީން އަންގާފައިވާ ކަމަށެވެ. މިއަދު އަނެއްކާވެސް ވިދާާޅުވެފައި ވަނީ އަންނަ އާދީއްތަ ދުވަހު ހުއްދަ ދޭން ނިންމާފައިވާ ކަމަށާއި އެހެން ނަމަވެސް މިއަދު ވެސް އެ ހުއްދަ ލިބެން ޖެހޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.
އިފިކޮޅުން ބޭއްވި ޕްރެސްގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ. -ފޮޓޯ: މިހާރު
"އަޅުގަނޑުމެން އަދިވެސް ގަބޫލެއް ނުކުރަން ހުއްދަ ދެއްވަން އުޅޭ ކަމަކަށް. މިއަދުގެ މިހާތަނަށް ހުއްދައެއް ނުލިބޭ. އިތުބާރެއް ނެތް އިލެކްޝަންސް ކޮމިޝަން ހިނގަމުން ދާ ގޮތާމެދު،" ހަސަން ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެމްޑީޕީން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުން ދާއިރު އެކަމާ ބެހޭ ގޮތުން އެއްވެސް ފިޔަވަޅެއް އެއްވެސް މުއައްސަސާއަކުން ނާޅާ ކަމަށެވެ.
އަޅުގަނޑުމެން އަދިވެސް ގަބޫލެއް ނުކުރަން ހުއްދަ ދެއްވަން އުޅޭ ކަމަކަށް. މިއަދުގެ މިހާތަނަށް ހުއްދައެއް ނުލިބޭ. އިތުބާރެއް ނެތް އިލެކްޝަންސް ކޮމިޝަން ހިނގަމުން ދާ ގޮތާމެދު -- ހަސަން ލަތީފް
ހުރިހާ ސިޔާސީ ޕާޓީތަކާއި މުއައްސަސާތައް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުންތައް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެ ކޮމިޓީ ވެސް ނޯޓިސް ބޯޑަކަށް ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިފިކޮޅު ޕްރެސް
އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކަންކަން މިނިވަންކަމާއި އިންސާފުވެރިކަމާއެކީ ހިނގަން ޖެހޭނީ ހަމައެކަނި ވޯޓުލާ ދުވަހު އެކަންޏެއް ނޫން ކަމަށެވެ.
ވަށައިގެން ހިނގާ ހުރިހާ ދުވަހެއްގައި ވެސް އެ ކޮމިޝަންގެ ދައުރު މުހިންމު ކަމަށާއި، ނަމަވެސް މިނިވަން އިންސާފުވެރި އިންތިހާބެއް ކަށަވަރު ކުރުމަށް އެ ކޮމިޝަނުން މަސައްކަތް ކުރާ ތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ވެސް އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރާތީ ކަމަށް ކަންކަން މި ގޮތަށް މި ދަނީ،" އޭނާ ވިދާޅުވި އެވެ.
އެމްއާރްއެމްގެ ފަރާތުން ފާޅުކުރި ކަންބޮޑުވުމަކީ އެ ޕާޓީ އަށް ހުއްދަ ނުދޭން ނިންމި މައްސަލަ އެވެ. އިދިކޮޅު ޕާޓީތަކާއެކު ގުޅެން ނިންމާފައި ނުވާ ކަމަށާއި ނަމަވެސް އީސީ ހިނގާ ގޮތާ މެދު އެމްއާރްއެމްގެ ވެސް ކަންބޮޑުވުން އޮތް ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒީ..
26 June 2023
ފޯޑްބެއަކީ އަންނިގެ ކަލްޓް މެންބަރެއް
ހާއިބްރީ
26 June 2023
ހަސަން ލަތީފުމެން ހިތާނުވީމާ އީސީ ގޯސް. އިއްޔެވެސް އެވަރުގެ ނަޒާހަތްތެރި ބަޔަކު ނޯންނާނޭ ކިޔައިގެން ޔާމީނަށް މަލާމާތާ ފުރައްސާރަކުރީ. ލަދުގެ ކަންފުޅެއްވެސް ނެތީ ހަމަ.
އާރީ
26 June 2023
ރަށްއިތުން ލޮލުގަ އަދުން އަޅުވަން ނޫޅޭ ފުއާދަކީ ނަސީދު ބޭނުން ގޮތަކަށް މޮޑޭ ފުންގަޑެެއް. އެކަން މިހާރުވެސް އެގިންޖެ ފުއާދު ބަސްމަގު ހުރިގޮތުން
އެދުރުކަލޭގެފާނު
25 June 2023
ކޮބާ ނަޝާތު؟އީސީމިވީ އެމްޑީޕީ ޖަހައަކަށް ނޫންތޯ؟މިއީ އަހަރުމެން ބުނި ވާހަކަ! ދެން ތިޔަތަނާއި މެދު އާއްމުން ދެކޭގޮތް އިންތިޚާބުގެ ކުރިން މިގޮތަށް ހުރެގެން ތިޔަތަނުން އިންތިޚާބެއް ބޭއްވިޔަސް އެކަން ފީކޮއިކުޅުމާއި އެއްވަރު ކުރާނަމަ ސަރުކާރަށް އިލެކްޝަންގެ މެންބަރުން ބަދަލުކުރުން މަޖުބޫރުވާނެއެވެ. މިހެން ބުނީމައި ހިތަށް އަރާނީ ތިމަންނާ ކޮށްދިން ކަންތަކަށް ބަލާފައި ސަރުކާރުން ތިމަންނާ އެއްލައެއް ނުލާނެއެވެ. ސިޔާސީކަންކަމަކީ އެހެންއޮންނަ ކަމެއް ނޫނެވެ.
އީސީ ޝަރީފޫ
25 June 2023
ހަޤީޤަތުގަވެސް ފުޢާދުބެ މިހާރު އެތެޅޭ ވައްތަރަކުން އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެކަމާމެދު ޝައްކު! އީސީ ޝަރީފުފަދަ ހިންގުންތެރި ބޭފުޅެއްލާންވީ އިލެކްޝަން ހިންގަން!
އިހްސާސް..
25 June 2023
ތިހާ ކެރެންޏާދެން އިތުބާރު ނުކުރާތަނަކުން ބާއްވާ އިންތިހާބެއްގައި ވާދަނުކުރަމާދޯ/
މަރުމޯލެއް
25 June 2023
އީ.ސީ ވެރިއަކަށް މަރުމޯލެއް ލީމަވާނީ މިހެން.
އިއްލަބެ
25 June 2023
ތަންކޮޅެއް އިޚްލާސްތެރި މީހެއްވީމަ ކަމުނުދިޔައީދޯ، ވަގަކު ހުރިނަމަ ރަގަޅުވާނެ.
އިސްމާލުބެ
25 June 2023
އިލެކްޝަނަށް އިތުބާރު ނުކުރާ ޕާޓީތައް އުވާލާ..... ތީ ރާއްޖޭގެ ހަމަޖެހުން ނަގާލަންއުޅޭބައެއް. ކޮންމެ ދެމަފިރިޔަކު ޕާޓީ ހަދައިގެން ކޮން ގަނޑެއް މިގަންނަނީ. ތި ޕާރޓީތައް އެއްވެސްއިރެއްގަ އީސީ އަކަށް އިތުބާރެއް ނުކުރާނެ. އެއީ ނެރޭ ކެންޑީޑޭޓް ނުހޮވޭނެކަން ޔަގީންވާތީ ޖައްސާ ގޭމެއް.
އިސްތިއުފާއޭ
25 June 2023
އީސީ މެމްބަރުން އިސްތިއުފާ އީސީ މެމްބަރުން އިސްތިއުފާ އީސީ މެމްބަރުން އިސްތިއުފާ އީސީ މެމްބަރުން އިސްތިއުފާ އީސީ މެމްބަރުން އިސްތިއުފާ އީސީ މެމްބަރުން އިސްތިއުފާ އީސީ މެމްބަރުން އިސްތިއުފާ އީސީ މެމްބަރުން އިސްތިއުފާ އީސީ މެމްބަރުން އިސްތިއުފާ އީސީ މެމްބަރުން އިސްތިއުފާ އީސީ މެމްބަރުން އިސްތިއުފާ އީސީ މެމްބަރުން އިސްތިއުފާ އީސީ މެމްބަރުން އިސްތިއުފާ އީސީ މެމްބަރުން އިސްތިއުފާ އީސީ މެމްބަރުން އިސްތިއުފާ އީސީ މެމްބަރުން އިސްތިއުފާ
ގެއްލުނު ފުރާވަރު
25 June 2023
އަހަރެމެންނަކަށް ތީން އެކައްޗަކަށްވެސް އިތުބާރެއް ނެތެވެ. ސަރުކާރަކަށް، އިދި ކޮޅަކަށް، އެެއްކޮޅަކަށް، މަޖިލީހަކަށް، ސްޕްރީމް ކޯޓަކަށް، މީޑިޔާއަކަށް މީން އެކައްޗަކަށް އެއްވެސް އިތުބާރެެއް ނެތެވެ. ހައްތާވެސް އަމިއްލަ އަންބޮނޑި ބޮޑު ކުރަން އުޅޭ މީހުންނެވެ. ދެން މި ސިޔާސީ ޕާޓީ ތަކުގައި ނަގާ ކިޔަން މިއުޅޭ ގިނަ މީހުންގެ ވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާއެވެ!