ދިވެހި ހައްޖުވެރިންތަކެއް: ދިވެހި ދެ ހައްޖުވެރިއެއްގެ ހާލު ދެރަވެގެން އައިސީޔޫގައި ދަނީ ފަރުވާ ދެމުން --- ފޮޓޯ/ހައްޖު ކޯޕަރޭޝަން
27 ޖޫން 2023 - 21:48
ރާއްޖެ އިން މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާ އަށް ދިޔަ ދެ ދިވެއްސެއްގެ ހާލު ދެރަވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ހައްޖަށް ދިޔަ ދިވެހިންގެ ތެރެއިން މިވަގުތު އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ އުމުރުން 85 އަހަރުގެ ފިރިހެނަކަށާއި 58 އަހަރުގެ އަންހެނަކަށް ކަމަށެވެ.
އެހެން ނަމަވެސް މިކަމާބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
މިއަހަރު ހައްޖަށް ފުރާ އެންމެފަހު ގްރޫޕު ފުރާފައި ވަނީ މިމަހުގެ 19 ގަ އެވެ. ހައްޖުވެރިން މިއަދު އަރަފާތު ބިމުގައި ތިބުމަށްފަހު މިރޭ މުޒްދަލިފާއަށް ދާން ދަތުރު ފަށާނެ އެވެ.
ހައްޖަށް މީހުން ގެންދިއުމަށް ސައުދީ އަރަބިއްޔާ އިން މިއަހަރު ރާއްޖެއަށް ދިނީ 1000 ކޯޓާ އެވެ. އޭގެ ތެރެއިން ހައްޖަށް މީހުން ގެންދަން ހުއްދަދީފައިވާ ތިން ކުންފުންޏަށް ވެސް ވަނީ 90 ކޯޓާދީފަ އެވެ. ބާކީ ކޯޓާތައް ދީފައި ވަނީ ހައްޖު ކޯޕަރޭޝަނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިކަލެން
28 June 2023
އައި.ސީ.ޔޫ އަށް ގެންދިއުމުން ބިރުގަންނަންޖެހެނީ ރާއްޖޭގައި. ބޭރުގެ ތަނެއްގެ އައި.ސީ.ޔޫ އަށް ލުމަކީ ހިތްހަމަޖެހޭ ކަމެއް. ފުރިހަމަ ފަރުވާ ލިބޭނޭކަމުގެ ޔަގީންކަން އޮވޭ.
މުގާބޭ ބެ
28 June 2023
ތިވާނީ ޖިންނި ކުރި ކަމަކަށް.