"ދަ ކްރޫ"ގެ ލީޑުން ފެންނާނެ ތަރިން ކަމަށްވާ ކްރިތީ ޝެނޮން، ކަރީނާ ކަޕޫރު ހާން އަދި ތާބޫ.-- ފޮޓޯ: ވޯގް އިންޑިއާ
04 ޖުލައި 2023 - 06:51
ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކަރީނާ ކަޕޫރު ހާން އާއި ތާބޫ އަދި ކްރިތީ ޝެނޮން އެކުގައި ފެންނަ ފިލްމު "ދަ ކްރޫ" އަންނަ އަހަރު މާޗު 22 ގައި ސިނަމާތަކުގައި އަޅުވަން ނިންމައިފި އެވެ.
އެ ފިލްމުގެ އުފެއްދުންތެރިންނާ ހަވާލާދީ ފިލްމު އަޅުވާ ދުވަސް އިއުލާންކުރީ ބޮލީވުޑްގެ މަޝްހޫރު ޓްރޭޑް އެނަލިސްޓް ތަރަން އަދަރަޝް އެވެ.
އެކްތާ ކަޕޫރު އަދި ރިއާ ކަޕޫރު ޕްރޮޑިއުސްކުރާ "ދަ ކްރޫ"ގެ ޝޫޓިން ވެސް މިހާރު އޮތީ ފަށައިފަ އެވެ. ރާޖޭޝް ކްރިޝްނަން ޑައިރެކްޓުކުރާ އެ ފިލްމުގެ މަންޒަރުތައް ނަގަނީ ބޮންބޭ އާއި އަބޫދާބީގަ އެވެ.
އެ ފިލްމުގެ ކާސްޓުގައި އިންޑިއާގެ ލަވަކިޔުންތެރިޔާ ދިލްޖިތު ދޮސާނީ އަދި ކޮމީޑިއަން ކަޕިލް ޝަރުމާ ވެސް ހިމެނެ އެވެ.
"ދަ ކްރޫ" އަކީ އޭވިއޭޝަންގެ ދާއިރާގައި އުޅޭ ތިން އަންހެނުންގެ ދިރިއުޅުމުގައި ހިނގާ މަޖާ އަދި ސީރިއަސް ކަންތައްތަކެއް ދައްކާނެ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޭކަޖީ
04 July 2023
ތާބޫ ކާރީ ހުންނަ އިރު ތާބޫއަށް ވުރެން މުސްކުޅި ވައްތަރުކަރީނާ ޖަހަނީ