ކ. ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޕްލޭނިން މިނިސްޓަރު އަހްމަދު އަސްލަމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
04 ޖުލައި 2023 - 13:24
ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް 6،000 އަށް ވުރެ ގިނަ ގޯތި ދޫކުރަން ތައްޔާރުވަމުން އަންނަ އިރު، އެކަން ހައުސިން މިނިސްޓްރީ އަށް ކުރެވިދާނެ ކަމާ މެދު ގާނޫނީ ސުވާލެއް އުފެދިއްޖެ އެވެ.
މި ބިޔަ ސްކީމުގެ ދަށުން ގޯތި ދޫކުރުމުގެ ހުރިހާ ކަމެއް ކުރަމުންދަނީ ސީދާ މިނިސްޓްރީންނެވެ. އެކަމަކު ބިމާބެހޭ ގާނޫނުގެ ދަށުން އެކަން ކުރެވިދާނެ ކަމާމެދު އެންމެ ފުރަތަމަ ސުވާލު އުފެއްދެވީ ކުރީގެ ޕްރޮސެކިޔުޓާ ޖެނެރަލް އަހުމަދު މުއިއްޒެވެ.
ބިމާބެހޭ ގާނޫނުގެ ތިން ވަނަ މާއްދާގެ ދަށުން ބިމުގެ ސިޔާސަތާއި ބިން ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި އެ ގާނޫނުގެ ހަތަރު ވަނަ މާއްދާގައި ބިން އެކަށައެޅޭނެ ބޭނުންތައް ކަނޑައަޅާފައި ވެ އެވެ. އޭގެ ތެރޭގައި ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތް ކުރުން ހިމެނެ އެވެ.
އެކަމަކު މުއިއްޒުގެ ސުވާލު ގުޅިފައިވަނީ އެ ގާނޫނުގެ 10 ވަނަ މާއްދާ އާ އެވެ.
"ދިރިއުޅުމަށްޓަކައި ގެދޮރުއެޅުމަށާއި އިމާރާތްކުރުމަށް، މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ ދަށުން އެކަށައަޅާ ބިމުން، ދިރިއުޅުމަށް ގޯތި ދޫކުރާނީ، މިނިސްޓްރީން ކަނޑައަޅައި، އާންމުކޮށް ޝާއިއުކުރާ އުސޫލުތަކާއި ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، މިނިސްޓްރީން ކަނޑައަޅާ އުސޫލަކުން އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންނެވެ،" ގާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައި ވެ އެވެ.
"މި މާއްދާ ބިމޭބެހޭ ގާނޫނުގަ އޮއްވައި ހައުސިން މިނިސްޓްރީން ގޯތި ދޫކުރެވޭނެ ހަމައެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ.
Mi maadhdhaa bimaa behey gaanoonu ga ovvaa housing ministry in goathi dhookurveyne hamaeh neiy @presidencymv https://t.co/XhH1qkN4CK pic.twitter.com/5X19ouVgRB
— Ahmed Muizzu (@AhmedMuizzu) July 3, 2023
އެކަމަކު އެކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އިއުތިރާޒު ކުރައްވަ އެވެ.
އޭނާ ވިދާޅުވީ މުއިއްޒު ފާހަގަކުރައްވާ ނުކުތާ ރަނގަޅު ނޫން ކަމަށެވެ.
"ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން ހައުސިން މިނިސްޓްރީން ގޯތި ދިނުމުގެ ޕްރޮގްރާމް ހިންގަމުންދަނީ،" އަކްރަމް ވިދާޅުވި އެވެ.
އަކްރަމްގެ ވާހަކަ އަށް ތާއީދުކުރައްވައި ބައެއް ގާނޫނީ ވަކީލުން ވެސް ވިދާޅުވަނީ ހުޅުމާލެ އަދި ގުޅިފަޅަކީ ބިމާބެހޭ ގާނޫނުގެ ދަށުން އެކަށައެޅިފައިވާ ބިންތަކެއް ނޫން ކަމަށެވެ. އަދި އެ ބިންތަކަކީ މާލެ ސަރަހައްދުގައި ހުރި ނަމަވެސް، ސިޓީ ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކެއް ނޫން ކަން ވެސް އެ ބޭފުޅުން ފާހަގަކުރައްވަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި މިހާރު ހިއްކާފައި އޮތް ބިމުން 2،200 ގޯތި، ގުޅިފަޅުން މަދުވެގެން 2،000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން ވެސް 2،000 ގޯތި ދޭނެ އެވެ.
ސަރުކާރުން ފުރަތަމަ އިއުލާންކުރީ 5،000 ގޯތި ދޫކުރުމަށެވެ. ނަމަވެސް، ފަހުން ރައީސް ވިދާޅުވެފައި ވަނީ ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޭނެ ކަމަށެވެ. މި ބުރު ފޯމު ހުށަހެޅި މީހުންގެ ތެރޭގައި ގޯތި ލިބޭ 10،000 ވުރެ ގިނަ މީހުން އެބަ ތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
06 July 2023
މި ބުނީ ހުޅުމާލެއާ އަދީ ތިލަފުއްޓާ ގުޅީ ފަޅާ މި ތަންތަނާ އަދި އަލަށް ހިއްކާ ބިންބިމުގެ މައްޗަކަަށް ސިޓީ ކައުންސިލު ގެ ބާރެއް ނުހިނގާނެް! ކުރީގެ ޕްރޮސެކިޔުޓަރ ޖެނެެރަލް ކިހިނަކުން ވެގެން ބާ އެ ޒާތުގެ ވާހަކަފުޅެއް ދައްކަވަން ޖެހިވަޑައިގަތީކީ އެއް! ކީކޭ ދެން ފަހެ އަޅެ ބުނާނީ ވިއްޔާ!
އުސޫލު
06 July 2023
ދެން ކުންފުންޏަކުން އެމީހުންންގެ އެސެޓް ހިލޭ ބަހާނީ ކޮން އުސޫލަކުން
ފައިފުހި
05 July 2023
ގާނޫން ބޭރުން އެއްކަމެއްވެސް ކޮއްގެން ނުވާޅޭ
ހޭބަލި
05 July 2023
އަފީފުދީދީމެންގެ އައްޑޫގަބީލާއިން ރޭގަޑު ހިލޭ ދިން 300 ގޯތި ގެތެރެއިން ގޯއްޗެއް ހޯދާފައި އައިސް އަނެއްކާ މާލެ އައިސް ދަފްތަރުގައި ޖެހި މާލޭ އޭރިޔާއިން ގޯތި ނުދީގެން ބޮލަށް އެނބުރުން އަރައިގެން މިއުޅެނީ! މާލެއަކީ ރާއްޖޭގެ އެންމެންގެ ތަނެއްނޫން! ވެރިކަން ކުރިޔަސް! މާލެއަކީ ކަލޭމެން ރަށުން މިތަނައް ފުންމާލިއިރު ގަހެއްރުކެއްނެތް ދިރުމެއްނެތް ރަށެއްނޫން! މިރަށުގެ އަސްލުވަޒަންވެރިންނައް ގޯތިދޭނީ! ދަފްތަރު އެއީމާލޭއެއްނޫން!
ދޯޕައްޓާ
05 July 2023
ކަލޯ ތިރަށުގަ އޮތް ގޯއްޗެއްގެ ވާހަކަ މިތަނުން އެއްވެސް ކޮމެންޓެއްގަ ނެތޭ، މިދައްކަނީ ކ.އަތޮޅުގެ އެކިހިސާބުހިސާބުގަހުރި ފަޅުތަކެއް ހިއްކާވާހަކަ.
ހައްގު މިންވަރު!
05 July 2023
މިއޮއްބޮޑު ބޭއިންސާފު ޖަރީމާއިން މުއިއްޒުއަށް ވެސް ފެނުނު ހަމައެކަނި މައްސަލައަކީ މިއީ ދޯ! ބަލަ މާލޭ މީހުނަށް ގޯތި ދީބަލަ މާލޭން. މުޅި ރައްޔިތުންގެ ބޮލުގަ ލޮނު އަޅުވާފަ، މޯގޭޖްކޮށްފަ، މާލޭ އަތޮޅުގަ ހުރި ހުރިހާ ފަޅެއް ކިހިނެތް ކޮން ގާނޫނެއްގެ ދަށުންތަ މާލެއަށް ވަނީ؟ ނޫނީ މާލެއަށް އުފަންވި މީހުންގެ އެކަނި ހައްގަކަށް ވަނީ؟
އައްލާ ރަށު އައްލާ
05 July 2023
އަފީފުދީދީމެން ދުވާލު ދެދަޅައަށް ނަންނުގަތީގެ ދުލިބަދަލުކުރާ މިސާލައް އައްޑޫގައި އުޅޭއިރު އައްޑޫމީހެއް! މާލެއައިމާ ދަފްތަރުގައި ޖެހި ދަފްތަރު މީހެއް!މިއަފީފުދީދީ މިބުނަނީ މާލެއަކީ ރާއްޖޭގެ އެންމެންގެ ތަނެކޯ! ކަލޭމެން މާލެއެރި އިރު މާލެއަކީ ގަހެއްރުކެއްނެތް މީހަކު ދިރިނޫޅޭ ފޮންވެލި ފިނޮޅެއްތަ؟ބަލަ މިމާލޭގައި މާލޭގެ އަސްލު ވަޒަންވެރިން އުޅެޔޭ! ހޭބަލި ވެގެން ނޫޅޭ! މިހާރު މާލޭމީހަކީ ރާއްޖޭގެ އެއްވެސްރަށެއްގައި ކުރިންނުޖެހިތިބިމީހުން! ދަފްތަރުބައިބައި
ޖޯކު
05 July 2023
ޢައިޑީ ކާރޑު އުނިޓުގަ ރެކޯޑަ ގެއްލުމާއި މައްސަލަ ހުރެގެންވެސް މާލޭ މީހަކައްވެވޭ.
ހަސަންފަރީދު ދީދީ.
05 July 2023
ކޮން އަފީފު ދީދީއެއްތަ ؟ އޭނާއަށް އިގޭނީ އައްޑޫ ހުވަދޫގައި ކަންކުރަންޖެހޭގޮތް. މާލޭގައި ކަންކަން ކުރަންވީގޮތް އިގޭނީ މާލޭ މީހުންނަށް. ރަށުގައި މަޑުން އޮވެބަލަ. މިއީ ރާއްޖެތެރޭ މީހުންގެ ރަށެއްނޫން.
އަލީރާޖާ
05 July 2023
ދެވޭނެ. ވަރަށް ސާފުކޮށް އެބަ އޮތް ނޫންތޯ އުސޫލުތައް ހަދާނީ ހުރިހާ ކަމެއް ނިންމާނީ ސަރުކާރުންނޭ. ސަރުކާރުން ހަމަޖައްސާ ގޮތެއްގެ މަތިން ގޯތި ރަޖިސްޓަރީ ކޮށްދޭނީ ކައުންސިލުން.
ާއުނިމާ
05 July 2023
ޤާނޫނު އަސާސީއާއި ޤާނޫނާއި ޤަވައިދުގެ ތެރެއިން ތިޔަ ގޯތިތައް ހައުސިން މިނިސްޓްރީއަށް ދެވޭނެ ގޮތެއްނެތް، އެހެން ގޮތަކަށް ދެވުނަސް ތިޔަ ގޯތިތައް ހިލޭ ހަމައެކަނި މާލޭ މީހުނަށް ދެވޭނެ ހަމައެއްނެތް، ނޫނީ މާލޭ ސިޓީ ކައުންސިލް ގެ ބައިވެރިވުމެއް އޮނަންޖެހޭ! ބާރާއި ނުފޫޒުތައް އޮތިއްޔާ ކުރެވިދާނެ ! އެކަމަު ވިސަނަންޖެހޭނެ، މާދަމާ ޝަރީޢަތް ކުރިމަށްޗައް ހުއްޓިހުރެ ތިޔަ ކަމުގައި ބައިވެރިވި އެންމެން ޖަބާބުދޭން ޖެހޭނެ، އަދި ޖަލަށް ވެސް ދާންޖެހޭނެ !
ފިތުނަވަކީލުން
05 July 2023
މުއިއްޒު އާއި މުނައްވަރު ކަހަލަ އިރެއްގައި ފުންނާބު އުސް ވަކީލުންނަށް ރައްޔިތުން އިތުބާރު ނުކުރަނީ މިހެންވެ. ކަނޑައެޅިގެން ޤާނޫނުގައި އެނގެން އޮތް އެއްޗެއް އޮޅުވާލައިގެން އެހެންގޮތަކަށް އަނބުރައިގެން ރައްޔިތުންގެ މެދުގައި ހަމަ ފިތުނަ އުފައްދަން މިއުޅެނީ.
ޝާޑު
05 July 2023
ވަކީލު ތިއީ ޑރ މުނައްވަރު އާއި މުއިއްޒައް ވުރެން މޮޅު މީހެއްކަން ޤަބޫލު ކޮށްފިން.
ކައްޕިތާން
05 July 2023
ރައްރަށުގެ މީހުނައް އެޔެއްމިޔެއްނުބަލާ ފުލެޓުތައް ބެހިއިރު ކޮބާތަ ތި ޝަކުވާތައް ހުސް ހައްގުވެރިންނައް ދިނީ؟ ދުވަހަކު މާލެނާންނަ މީހުނައްވެސް ދީފަހުރީ މީ ހަގީގަތަކީ، އަދިވެސް ކުރިއައްއޮތްތާނގަ ގޯތިދޭނެ ،ބަޔަކުބޭނުން ވަނީ މިކަން ހުއްޓުވަން. ހަސަދަވެރިކަމުން ނުކުންނާނެ ރަނގަޅެއް ނޯންނާނެ. ކޮންމެމީހަކު ވެރިކަންކުރިޔަސް މީ ކޮއްދޭން ޖެހިފަވާ ކަމެއް .
ނަސްލީ ފިތުނަ
05 July 2023
އިބޫ މިފެއްޓީ ހާދަހާވާ ނުބައިކަމެކޭ. ނެތިފަނާވެދަނިކޮށް އަނެއްކާ މިނަސްލީ ފިތުނަވެރިކަން އާލާކުރަން.