05 ޖުލައި 2023 - 11:18
ދައުރުން ބޭރުން މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގެ ނޯޓިސް މަޖިލިހުގެ އިދާރާ އިން މެމްބަރުންނަށް ފޮނުވީ، މަޖިލިހުގައި އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ މެމްބަރުންނަށް އެ ޖަލްސާ އަށް ވަޑައިނުގެންނެވޭ ގޮތަށް ބަލައި ވަގުތު ކުޑަތަން ވެފައި ވަނިކޮށް ކަމަށް އެ ޕާޓީން ދައްކާ ވާހަކަ އެ އިދާރާ އިން މިއަދު ދޮގުކޮށްފި އެެވެ.
އެ އިދާރާ އިން "މިހާރު" އަށް ބުނީ، ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީން ހުށަހަޅާފައިވާ ގޮތަށް، މަޖިލިހުގެ ދައުރުން ބޭރުން ހޯމަ ދުވަހު ޖަލްސާއެއް ބާއްވާން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާވަލް ކުރެއްވުމާ އެކު، އެކަން މެމްބަރުންނަށް އެންގި ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ތުހުމަތު ކުރައްވާ ގޮތުގައި، މަޖިލިހުގެ އިދާރާ އިން އެ ޖަލްސާއާ ގުޅޭ ގޮތުން އަމަލުކުރީ އެ ޕާޓީ އަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުވާލަން ގަސްދުގަ އެވެ.
"އަޅުގަނޑުމެންނަށް ފާހަގަވެގެން މި ދިޔައީ ހަމަ ކުއްލިއަކަށް ވަރަށް ވަގުތު ކުޑަތަންކޮށް ޖަލްސާއަކަށް ގޮވާލީމާ، އެމްޑީޕީގެ މެމްބަރުން ވަރަށް މަދުވާނެ ކަމަށް ބެލިގެން އެކަން ކުރެއްވީ ކަމަށް. ދެން އެ ނޫން ގޮތަކަށް އެކަން ފެނުނީމާ ޖަލްސާ ކުރިއަށް ނުގެންދެވީ ކަމަށް،" މަޖިލީހުގެ އިދާރާ އަށް ވެސް ރައްދުވާ ގޮތަށް އަސްލަމް ތުހުމަތު ކުރެއްވި އެވެ.
އެ ތުހުމަތުތަކާ ގުޅިގެން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ޖަލްސާ ތާވަލުކުރުމާއި އެޖެންޑާ ކަނޑައަޅުއްވަނީ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސް ކަމަށެވެ.
"އެޖެންޑާ ކަނޑައަޅުއްވައި އަޅުގަނޑުމެންނަށް [އިދާރާ] އެންގެވުމާ އެކު ޖަލްސާ އޮންނަ ކަން މެމްބަރުންނަށް ވަގުތުން އެންގިން،" ޒިޔާއު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ އެދުމުގެ މަތިން ދައުރުން ބޭރުން ޖަލްސާއެއް ތާވަލުކޮށް، އެޖެންޑާ ކުރީ މިހާރު ދިގުލައިގެން ގޮސްފައިވާ މަޖިލިހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލުމުގެ މަސައްކަތެވެ.
އެކަމަކު، ޖަލްސާ ފެށުމާ އެކު، ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ މަޖިލީހުގެ ރައީސް ނަޝީދާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) މިދިޔަ މަހުގެ 21 ވަނަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންފައިވާކަން ފާހަގަކުރައްވައިފަ އެވެ. އެ ބަދަލާ އެކު، މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ތަމްސީލް ކުރައްވާ ނިސްބަތަށް ބަދަލު އަންނާނެތީ، ދާއިމީ ކޮމިޓީތައް އެކުލަވާލަން މިހާރު ހުށަހަޅާފައިވާ ގޮތަށް ބަދަލު ގެންނަންޖެހޭ ކަމަށް ވިދާޅުވެ، އަފީފް ޖަލްސާ ނިންމަވާލެއްވީ ފެށިތާ ފަސް ވަރަކަށް މިނިޓްގެ ތެރޭގަ އެވެ.
މަޖިލީހުގެ ރިޔާސަތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަލަހައްޓަވަނީ. -ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ
އަފީފް އަމަލުކުރެއްވި ގޮތާ މެދު ވެސް އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކޮމިޓީތައް އެކުލަވާލުމުގެ އިތުރުން، ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އާއި މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތަކާ މެދު ގޮތެއް ނިންމަން ވެސް ދައުރުން ބޭރުން ޖަލްސާތައް ބާއްވަން އެމްޑީޕީން ހުށަހެޅި ހުށަހެޅުމުގައި ހިމަނާފައި ވެ އެވެ.
އެއާ އެކު، ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ފިޔަވައި، އެހެން ކަމެއް ހޯމަ ދުވަހު ބޭއްވި ޖަލްސާގެ އެޖެންޑާގައި ހިމަނާފައި ނެތުމުގެ ޝަކުވާ ވެސް އެމްޑީޕީން ކުރި އެވެ.
މަޖިލީހުގައި ނުނިމި ހުރި މަސައްކަތްތައް އާންމުކޮށް އެޖެންޑާގައި ހިމަނާއިރު، އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ޒިޔާއު ދެއްވީ ހަމަ އެއް ޖަވާބެކެވެ.
"ޖަލްސާގެ އެޖެންޑާ ކަނޑައަޅުއްވާނީ މަޖިލީހުގެ ރައީސް. އެއީ މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައި އޮންނަ ގޮތް،" އޭނާ ވިދާޅުވި އެވެ.
ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވައި ދޭން އެމްޑީޕީން އެދިފައިވީ ނަމަވެސް، ހޯމަ ދުވަހުގެ ފަހުން އިތުރު ޖަލްސާއެއް އަދި ތާވަލެއް ނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި، މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް އަނެއްކާ ވެސް އައިސްފައިވާ ބަދަލުތަކުގެ ރިޕޯޓު މެމްބަރުންނާ ހިއްސާކޮށް، ހިޔާލު ހުށަހެޅުއްވުމަށް ތިން ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. އެހެންކަމުން، ދައުރުން ބޭރުން އިތުރު ޖަލްސާއެއް ދެން އެންމެ އަވަހަށް ވެސް ތާވަލުކުރާނެ ކަމަށް ބެލެވެނީ އަންނަ ހަފުތާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަދީ.
05 July 2023
ބޭބީ ދައްކާނީ މުޅިންވެސް ދެއުޅިއެއްނުވާ ޒާތުގެ ވާހަކަ. އެހެން ނޫނަސް ބޭބީ އަކީ ރޭގަނޑު މަޖާ ކުރަން އުޅެފަ ހެނދުނު ޖަލްސާއަށް ދެވޭ މީހެއްނޫންކަން މަޖިލީހުގެ ހާޒިރީއަށް ބަލާލުމުން އިގޭނެ.
އަންނި.
05 July 2023
އަސްލަމް އަކީ އެއްއިރެއްގައިވެސް ގަޑިއަށް ތަނަކަށް ދެވުނުމީހެއްނޫން.. މުޅިންވެސް 15 މިނެޓް 10 މިނެޓް ލަސްވާނެ
ދޮހޮއްތު
05 July 2023
މީ ގައުމެއް ތޭ….
ކުޑަކަތީބު
05 July 2023
ޢެބޭފުޅާ މަޖިލީހަށް ދާން ވަރަށް ވަގުތު ނަގާނެކަން ކޮންމެ ބޭފުޅަކަށްވެސް އެނގި ލައްވާނެ ނޫންތޯ!
އަތޮޅުވެރިން.
05 July 2023
ކުޑަކަތީބު ތިބުނީ ރަނގަޅަށް. ރޭގަނޑު މަޖާކޮށް ހީހީ ސަކަރާތް ޖަހަން އުޅެނީ ހެނދުނު އޮފީހަށް ދެވޭ ވަރަކަށްނޫން. އެމަޖަލުގެ އަސަރު ކެޑޭނީ މެންދުރު އިރުގެ ހޫނުކަން ލިބިގެން. އެހެންވީމައޭ ބޭބީ އަށް ޖަލްސާތަކަށް ހެދުނު ނުދެވެނީ.
ކަންބޮޑު
05 July 2023
މަޖިލީހުގެ އިދާރާއިންވެސް ކަންތައް ބޮޑު ނުކުރައްވާ! އަސްލަމް ތުހުމަތު ކުރެއްވީވެސް ނަޝީދުގެ މައްޗަށް! ނަޝީދު ލަސްކުރީކަމަށް! މަޖިލީހުން އެއާ މަތިވެ، ގަޑުބަޑުކުރަން އުޅޭނެކަމެއް ނެތް!
ތުނޑުހަސަނު
05 July 2023
މަޖުލިހުގެ އިދާރާއަކީ ވެސް މަޖުލިހުގެ ރައީސް ބުނާގޮތަކަށް ކަންކަން ކުރަން އޮންނަ ތަނެއް. އިދާރާއިން އިއްވާނީ ނަޝީދުގެ ބަސް. މުގާބޭއަށް ވުރެ ވެސް ކުރީގައި އުޅޭމީހެއް ނަޝީދަކީ.
ކާތިބު
05 July 2023
ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ޖަލްސާ ތާވަލުކުރުމާއި އެޖެންޑާ ކަނޑައަޅުއްވަނީ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސް ކަމަށެވެ. "އެޖެންޑާ ކަނޑައަޅުއްވައި އަޅުގަނޑުމެންނަށް [އިދާރާ] އެންގެވުމާ އެކު ޖަލްސާ އޮންނަ ކަން މެމްބަރުންނަށް ވަގުތުން އެންގިން،" ތެދެއް. މަޖިލިސް ރައީސް މިހުރިހާ ސަކަރާތެއް ގަންނަކަން ނޭނގޭ ކުޑަކުއްޖަކުވެސް މިރާއްޖެއަކު މިއަދުނެތް. ގޮތްހުސްވީމަ އަމިއްލަޔަށް އިސްތިއުފާ ވެސް ދެއްވާނެ. އެމްޑީޕީ އިން ވެސް ވަކިވީނުން.
މާމުއި ވަސީމު.
05 July 2023
އަސްލަމޫ. އަވަހަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އަންނިއަށް ބަވާލަންވީނު.