ދުނިޔެ / ގާޒާ

ޖެނީން ތަޅާލުމަށް ފަހު ގާޒާ އަށް ހަމަލާ ދޭން ފަށައިފި

އިޒްރޭލު ސިފައިން މިސައިލުން މިއަދު ފަތިހު ދޭން ފެށި ހަމަލާތަކުގައި ގާޒާގެ އިމާރާތެއް ހަލާކުކޮށްލައިފައި -- ފޮޓޯ: އޭއެފްޕީ

05 ޖުލައި 2023 - 12:10

7 comments

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނީން ރެފިއުޖީ ފޭލިގެ އަވަށަށް އަރައިގަނެ، 48 ގަޑިއިރު ވަންދެން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 12 މީހުން ޝަހީދުކޮށްލުމަށް ފަހު، ފަލަސްތީނުގެ ގާޒާ އަށް އިޒްރޭލު ސިފައިން މިއަދު ފަތިހު މިސައިލް ހަމަލާތަކެއް ދޭން ފަށައިފި އެވެ.

ޖެނީން ރެފިއުޖީ ފޭލިގެ އަވަށުގައި އިޒްރޭލު ސިފައިން ހިންގި އުދުވާނީ އަމަލުތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ފަލަސްތީނުގެ އާންމުންނާއި ފަލަސްތީނުގެ ހަނގުރާމަވެރިން ވެސް ހިމެނެ އެވެ. އަދި މި ހަމަލާތަކުގައި ޒަޚަމްވެގެން ހޮސްޕިޓަލުތަކުގައި މީހުންގެ އަދަދު 120 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އޭގެ ތެރެއިން 25 މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ފަލަސްތީނު ސަރުކާރުން ބުނެ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މަރުވި 12 މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ތިން ކުދިން ހިމެނޭ ކަމަށް ޔުނިސެފުން ބުންޏެވެ. މި ހަމަލާތަކުގައި މަރުވި 12 މީހުންނަކީ ވެސް އުމުރުން 16 އަހަރާއި 23 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

ގާޒާގެ ބަޔަކު މިއަދު ހެނދުނު މަގަކުން ހިނގާފައި ދަނީ: ޖެނީންގައި އިޒްރޭލުން ހިންގި ލާ އިންސާނީ އަމަލުތަކަށް ރޭ ފަތިހު ވަނީ ގާޒާ އަށް ހަމަލާ ދޭން ފަށައިފައި -- ފޮޓޯ: އޭއެފްޕީ

އިޒްރޭލު ސިފައިން ހިންގި އަސްކަރީ ހަރަކާތްތަކާ ދެކޮޅަށް ފަލަސްތީނުގެ ޒުވާން ހަނގުރާމަވެރިން ދިން ރައްދު ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ ތެރެއިން އެކަކު މަރުވިކަން އިޒްރޭލުގެ އަސްކަރިއްޔާ އިން ކަށަވަރުކޮށްދިނެވެ. ނަމަވެސް އެ ހަމަލާތަކުގައި ޒަޚަމްވީ ކިތައް ސިފައިން ކަމެއް ނުބުނެ އެވެ.

އެންމެ ބައި އަކަ ކިލޯމީޓަރުގެ ޖެނީނަށް އިޒްރޭލު ސިފައިން އަރައިގަނެ، ހިންގި އަސްކަރީ ހަރަކާތްތަކުގައި ފަލަސްތީނުގެ ޒުވާން ހަނގުރާމަވެރިންގެ ފަރާތުން ވަރަށް ވަރުގަދަ ރައްދު ހަމަލާތަކެއް ކުރިމަތިވި ކަމަށް އިޒްރޭލުގެ ނޫސްތަކުން ބުނެ އެވެ. މި އަސްކަރީ ހަރަކާތްތަކުގެ އަމާޒަކީ، ޖެނީންގައި ހުރި ފަލަސްތީނު ހަނގުރާމަވެރިންގެ މަރުކަޒުތައް ހަލާކު ކޮށްލައި، އިޒްރޭލަށް ހަމަލާ ދިނުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުން ނުވަތަ މަރައިލުން ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުންޏެވެ.

ލަނޑުދަނޑި ހާސިލުވެއްޖެ ކަމަށް ބުނެ، މިއަދު ފަތިހު އިޒްރޭލު ސިފައިން ޖެނީން ފޭލިގެ އަވަށުން ފައިބަން ފެށީ މިއަދު ފަތިހު އެވެ. އެންމެ 14 ވަރަކަށް ހާސް މީހުންގެ އާބާދީއެއް އޮންނަ ޖެނީން އަވަށުން އިޒްރޭލު ސިފައިން ފައިބައިގެން ދިޔަ އިރު، އެ އަވަށަށް ވަނީ އުމްރާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ރޭ ފަތިހު ހަމަލާދެނީ: ޖެނީން އަށް މިދިޔަ ދެތިން ދުވަހު ދިން ހަމަލާތަކށް ފަހު ގާޒާ އަށް ވަނީ ހަމަލާ ދޭން ފަށައިފައި -- ފޮޓޯ: އޭއެފްޕީ

އިޒްރޭލު ސިފައިން އެ އަވަށަށް އަރައިގަނެ ހިންގި އަސްކަރީ އަދި ލާއިންސާނީ އަމަލުތަކާ ގުޅިގެން، އެ އަވަށުގައި ދިރިއުޅޭ 4000 އަށް ވުރެ ގިނަ މީހުން ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުވެފަ އެވެ.

އިޒްރޭލުގެ އަމިއްލަ ޖަމާއަތެއް ކަމަށްވާ، ފިޒީޝަންސް ފޯ ހިއުމަން ރައިޓްސް އިޒްރޭލް (ޕީއެޗްއާރްއައި) އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިޒްރޭލު ސިފައިން ހިންގި އަސްކަރީ ހަރަކާތުގައި ޖެނީންގެ ތިން ހޮސްޕިޓަލަކަށް ހަމަލާ ދިނެވެ. އަދި އެ ހަމަލާތަކުގައި އެ ތިން ހޮސްޕިޓަލް ވަނީ ޚިދުމަތް ނުދެވޭ ވަރަށް ހަލާކުވެފަ އެވެ.

އޭގެ ތެރެއިން ޖެނީންގައި ފަލަސްތީނު ސަރުކާރުން ހިންގާ ހޮސްޕިޓަލަކަށް އިޒްރޭލު ސިފައިން ވަދެގަނެ އެތަނުގެ ތެރެއަށް އަސްލު ވަޒަން ބޭނުންކޮށްގެން ބަޑި ޖެހުމުގެ ސަބަބުން ފަސް މީހަކު ޒަޚަމްވި އެވެ. އޭގެ ތެރެއިން ތިން މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، އެ ހޮސްޕިޓަލުގެ ތެރެއަށް ކަރުނަ ގޭސް ވެސް ޖެހި ކަމަށް އެ ޖަމާއަތުން ބުންޏެވެ.

އިޒްރޭލު ސިފައިން ހޮސްޕިޓަލުތަކަށް ވަދެގަނެ ހަމަލާ ދިނީ، ޖެނީންގައި ދިން ހަމަލާތަކުގައި ޒަޚަމްވި މީހުންތަކުން އެ ތިން ހޮސްޕިޓަލު ތޮއްޖެހިފައި ވަނިކޮށް ކަމަށް ވެސް ޕީއެޗްއާރްއައި އިން ނެރުނު ބަޔާނިގައި ބުނެފައިވެ އެވެ.

ޖެނީން ފޭލިގެ އަވަށުން ސިފައިން ފައިބަން ފެށިކަން އިޒްރޭލުގެ އަސްކަރިއްޔާ އިން އިއުލާން ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް، ފަލަސްތީނުގެ ގާޒާގެ ބައެއް ސަރަހައްދުތަކަށް އިޒްރޭލު ސިފައިން މިސައިލް ހަމަލާތަކެއް ދިނެވެ. މިއަދު ފަތިހު އިޒްރޭލު ސިފައިން އެންމެ ފުރަތަމަ މިސައިލުން ހަމަލާ ދިނީ ގާޒާގެ އުތުރުގައި އޮންނަ ބައިތު ލާހިޔާ ސަހަރަށެވެ.

އެ ހަމަލާތަކުގައި ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށް ފަހު، މާ ގިނައިރުތަކެއް ނުވަނީސް ގާޒާގެ ދެކުނު ސަރަހައްދަށް ވެސް އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުން މިސައިލް ހަމަލާތަކެއް ދިނެވެ.

އިޒްރޭލުން ބުނި ގޮތުގައި ގާޒާ އަށް މިސައިލް ހަމަލާތަކެއް ދިނީ، ރޭ ދަންވަރުގެ ވަގުތެއްގައި ގާޒާގެ ތެރެއިން އިޒްރޭލަށް ރޮކެޓްތަކެއް ފޮނުވައިލުމުންނެވެ. ގާޒާގެ ތެރެއިން އިޒްރޭލަށް ފޮނުވައިލި ފަސް ރޮކެޓް ވެސް ވައިގެ ތެރެއަށް ގޮއްވާލައި ވައްޓައިލެވުނު ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުންޏެވެ. ނަމަވެސް ގާޒާ އަށް ދިން ހަމަލާތަކުގައި މީހަކު މަރުވިކަމުގެ ނުވަތަ ޒަޚަމްވި ކަމުގެ ރިޕޯޓެއް އަދި ނުލިބެ އެވެ.

ޖެނީން ފޭލިގެ އަވަށުގައި އިޒްރޭލުން ހިންގި އުދުވާނީ އަމަލުތަކަށް ބަދަލު ހިފުމުގެ ގޮތުން، ފަލަސްތީނުގެ ޒުވާނަކު އިއްޔެ ވަނީ އިޒްރޭލުގެ ވެރިރަށް ތެލް އަބީބްގައި، އިޒްރޭލުގެ އާންމުންގެ ބައެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމް ކޮށްލައިފަ އެވެ. އެ ހަމަލާގައި ހަތް މީހަކު ޒަޚަމްކޮށްލައި އަށް ވަނަ މީހާ އަށް ހަމަލާ ދޭން އުޅެނިކޮށް އިޒްރޭލުގެ އާންމުންގެ މީހަކު ވަނީ ފިސްތޯލައިން ހަމަލާ ދީ ފަލަސްތީނުގެ ޒުވާނާ ޝަހީދުކޮށްލައިފަ އެވެ.

7 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަބަރޭ.

06 July 2023

ނަމުން ތައުހީދުގެ ކަޅު ދިދައެއް ހިފައިގެން ސޫރިއާގައި މަހުދީގެފާނުގެ ހިލާފަތު ގާއިމުކުރަން ނިކުން މުރުތައްދު ޖަމާޢަތް ކޮބާތަ ކޮބާތަ. ހުރިހާ ޢަރަބި ގައުމުތަކެއްގެ މެދުގައި ޔަހޫދީން މުސްލިމުންގެ ލޭ އޮހޮރުވާއިރު އަނގައިންވެސް ނުބުނެވިފައި އެތިބެނީ ގައިމު ބައިވަރެއް ކެވިފަ އޮތީމަ ދޯ. ކުރިސްޓިއަނުންވެސް ބުނޭ ޔަހޫދީންގެ ދައުލަތެއް މިބިމުގައި ނޯންނާނެކަމަށް. މުސްލިމުންނަށް އެވަރުވެސް ބުނެލަން ނުކެރޭ. އިރާނު ފިއަވާ.

The name is already taken The name is available. Register?

ވާނުވާ

05 July 2023

އިޒްރޭލްގެ އަސްކަރިއްޔާ އަށްވެފް ފަލަސްތީނުގެ ހަގުރާމަވެރިން، ޓެރަރިސްޓުން މީސީދާ މުސްލިމުންނަށް އަމާޒުކޮށް ޔަހޫދިން އަހަރުމެންނަގެ ބޮލަށް ވައްދަދީފަ ހުންނަ ނަންނަން. މިގޮތަށް ބޭނުން ނުކުރަމާތޯ.

The name is already taken The name is available. Register?

އެކުގަ އުޅެވޭތޯ ބަލަންވީ!

05 July 2023

މިކަހަލަ ވާހަކަ ދިވެހިނޫސް ތަކުގަ ނުޖަހަބަލަ! ފަލަސްތީނުގަ އިޒްރެއިލްއާ ހަގުރާމަ ކުރުމުގެ ބާރެއް އަދި ފެންވަރެއްވެސް ނެތް! ބަލިވީމަ ޖެހޭނީ ގޮތް ދޫކުރަން. މުޅި ދުނިޔޭގަ ތާރީހުގަ، އެއްބަޔަކު އަނެތްބަޔަކު މައްޗައް ގަދަވެގަނެގެން ފޭރިގަނެގެން ފަތަހަ ކުރަމުން ދިޔައީ. ފަލައްތީނުއައް މިވަގުތައް އެންމެ ރަގަޅުވާނީ އިޒްރެއިލްއާ އެކުވެގެން ދިރިއުޅެވޭތޯ ބެލިއްޔާ! ހަމަ ހަގުރާމަ ކުރާނަމޭ ބުނެ ކަރުން ނާރު ނަގައިގެނެއް ކުރިއެއް ނާރާނެކަން އެބައެގޭ! އެބަފެނޭ!

The name is already taken The name is available. Register?

ޔަހުޔަަ

05 July 2023

“ޢެކުގައި އުޅެވޭތޯ ބަލަންވީ” ދޭބަލަ ޔަހޫދީންނާއި ސުލްހަވެރިވެގެން އެޅެވޭތޯ ބަލަން. މިބިންމަތީގައިވާ އެންމެ ނުލާފާ މީހުންގެ ފަރާތުން ސުލްހަވެރިވެގެން އެޅެވޭނެކަން ކަލެއަށް ފެންނާނެ އެއިރުން

The name is already taken The name is available. Register?

ފިނޮޅު

05 July 2023

މުސްލިމަކަށް ވެ ހުރެ ތިޔަ ދައްކަނީ ގިނަ ޢައިރު މުސްލިމުންވެސް ނުދައްކާނޭފަދަ ފިންޑި އަދި ޖާހިލު ވާހަކަ، އިސްރެއިލުގެ ހަރުކަށި ޒަޔަނިސްޓުންނާއިި ދެކޮޅަށް ގާބުރި އަކުންވިޔަސް ހަމަލާ ދޭންވީ...

The name is already taken The name is available. Register?

އައިސާމަނިކެ

09 July 2023

މިއީ ކޮން ކަހަލަ މީހެއް. އެފަދަ ޖާހިލުބަޔަކާއެކު އުޅޭށޭ ތަ ތި ބުނަނީ؟ ކިހިނެއްވެފަތަ ތިހިރީ؟ ބަލަ މުސްލިމަކުނަމަ ޖެހޭނެ އޮށްގާކޮޅަކުންވިޔަސް އެމީހުންނާ ދެކޮޅަށް އުކަން. ކޮންފަދަ ރަޙުމު ކުޑަ ބައެއްތަ އެ ޔަހޫދީންނަކީ. ފަލަސްތީނުގެ އެތައް ޖީލެއް އެމީހުން ފޮހެލައިފިޔޭ. އެކަމަކު ތިބުނަނީ ހަމަ ދިވެހިން އުޅޭހެން ހިހޫތަނުން ކައިގެން ތިބޭށޭ ދޯ އެމީހުންކައރީ؟ އެއީ އަހަރެމެންނަށްވުރެ އީމާންތެރިކަން ގަދަ މުސްލުމުން އިނގޭ. ހޭއަރާބަލަ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

05 July 2023

އަދި މަމެން ވެސް އެބަތިބިން.ޔަހޫދީންނަށް ލަގާއެއް ދޭނަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454