އެމްއެމްއޭ އޮފީސް. ދައުލަތުގެ ޔޫޒަބަލް ރިޒާވް ހުރީ 148 މިލިއަން ޑޮލަރުގައ--ފޮޓޯ: މިހާރު
05 ޖުލައި 2023 - 13:32
ދައުލަތުގެ ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު 148 މިލިއަން ޑޮލަރަށް ދަށަށް ހިނގައްޖެ އެވެ.
އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން މެއި މަހު ރާއްޖޭގެ ރިޒާވް ވަނީ މިއަހަރު ފެށުނު އިރު ޔޫޒަބަލް ރިޒާވްގައި ހުރި އަދަދަށް ވުރެ 105 މިލިއަން ޑޮލަރު ދަށްވެފަ އެވެ. ޖެނުއަރީ މަހު ހުރީ 254 މިލިއަން ޑޮލަރެވެ.
މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާ އިރު ޔޫޒަބަލް ރިޒާވް ވަނީ 40 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެ މަހު ޔޫޒަބަލް ރިޒާވް ހުރީ 370 މިލިއަން ޑޮލަރުގަ އެވެ.
ޔޫޒަބްލް ރިޒާވަކީ ރަސްމީ ރިޒާވުން ކުރު މުއްދަތުގެ ބޭރުގެ ލައިބިލިޓީތައް އުނިކުރުމުން ބާކީ އޮންނަ އަދަދެވެ. ޔޫޒަބަލް ރިޒާވުން ދައްކައިދެނީ ބޭރު ފައިސާގެ އެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް ބޭނުންކުރުމަށް ހުރި ފައިސާގެ އަދަދެވެ.
ދައުލަތުގެ ޔޫޒަބަލް ރިޒާވް 148 މިލިއަން ރުފިޔާ ދަށްވި އިރު މިދިޔަ އަހަރުގެ އޮގަސްޓް މަހު ވަނީ ޔޫސަބަލް ރިޒާވު 100 މިލިއަން ޑޮލަރަށް ވެސް ވެއްޓިފަ އެވެ. އެއީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭ ރިޒާވް އެހާ ބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ.
ވޭތުވެދިޔަ ފަސް މަހު ވެސް ދައުލަތުގެ ޔޫސަބަލް ރިޒާވާއި ޖުމްލަ ރިޒާވް ދިޔައީ ދަށަށެވެ. މިދިޔަ މެއި މަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ރިޒާވުގައި ހުރީ 748 މިލިއަން ޑޮލަރެވެ. އަހަރު ފެށުނު އިރު ރިޒާވުގައި 790 މިލިއަން ޑޮލަރު ހުއްޓެވެ.
ރިޒާވް އެހާ ބޮޑަށް ދަށްވެފައިވަނީ، ލޯނު އަނބުރާ ދެއްކުމަށް ކުރަން ޖެހޭ ހަރަދުތައް އިތުރުވުމުން ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފައިވެ އެވެ.
ރިޒާވް އިތުރުކުރަން އެންމެ ފަސޭހަ ގޮތަކީ ލިބޭ އާމްދަނީން މިންވަރެއް ރައްކާކުރުމެވެ. ރިޒާވް އިތުރުކުރަން އިންޑިއާގެ ރިޒާވް ބޭންކުން ކަރެންސީ ސްވޮޕް ފެސިލިޓީން 400 މިލިއަން ޑޮލަރާ ހަމައަށް ނެގުމުގެ ފުރުސަތު އޮވެ އެވެ. އަދި އެ ފެސިލިޓީގެ ބޭނުން އަންނަނީ ރިޒާވް ރަނގަޅު ކުރަން ބޭނުން ކުރަމުންނެވެ.
ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ދައުލަތުގެ ރިޒާވު އެއްވަރެއްގައި ނުހިފެހެއްޓި، ބޮޑެތި ބަދަލުތައް ވަނީ އަންނަމުންނެވެ. އެގޮތުން، 50 ޕަސެންޓާ ހަމައަށް ރިޒާވުގެ އަދަދުތައް ވެއްޓިފައި އެބަހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
05 July 2023
ހުރިހާ އެއްޗެއްވެސް ދަށްވާނެ. މަތިވާނީ ސަރުކާރުގެ ސިޔާސީ މީހާގެ އެސެޓް.އަދި ވިޔަފާރިތައް..ރޮޒޭމެން އެހެރަ ހޮސްޕިޓަލް ހަދާލަނީ
އޭނަ
05 July 2023
ކޮތަޅަކުންް 2ރުފިޔާ ނަގައިގެންވެސް ނުފުދުނީދޯ ދެންގެންގުޅޭ ކޮންމެ ގޯންޏަކުން 3ރުފިޔާނަގަން ހުށައަޅާ,
މުޑަހަންޖާ
05 July 2023
މާލޭބާގައިގެމީހުނަށް ވިހިތިރީސްފޫޓު ފުން ކަނޑުހިއްކާފަ އިރުއިރުކޮޅާ ކަނޑުމެދުން ބުރިޖުތައް އަޅާފަ ސިޓީހަދާ އެބަދެވޭ، ދެން ކީއްކުރާ ރިޒާވެއްތަ.
ޖިލް
05 July 2023
ގައުމެއްގެ ނިސްބަތުން. ހާއްސަކޮށް ކޮންމެ 3000 އެއްހާ މީހެއްގެ ބޮލަކަށް ލަގްޒަރީ ރިޒޯޓެއް ޖެހޭ ގައުމަކާ އަޅާ ބަލާއިރު ލަދުވެތި އަދަދެއް. ވޯލްޑްސް ލީޑިން ޓްރެވަލް ޑެސްޓިނޭޝަނޭ ފަޅޮލޭ ކިޔާ
ކޮރަލް
05 July 2023
ބޭރުން ބޮޑެތި ލޯންތައް ނަގާއިރަށް ޔޫސަބްލް ރިޒާވް މަތި ވާނެ އެވެ. ބޭރުން ނެގި ލޯން ތައް ދައްކާ އިރަށް ޔޫސަބްލް ރިޒާވް ދަށައްދާނެ އެވެ. އުފެއްދުންތެރިކަމެއް ހަރަދު ކުޑަ ކުރުމެއް ބިދޭސީން ގެ މައްސަލަ ހައްލު ކުރުމެއް ނެތެވެ.
ދޮހޮއްތު
05 July 2023
ނާމާންކަމުގެ ރަނގަބީލު .. މި އަޑު އަހާނެބަޔަކު ނުވޭ…
ރަދީފު ބިން ރަފައިދާ
05 July 2023
އިންތިޚާބު ކައިރިވާވަރަކަށް ފާޑުފާޑުގެ ގޮތްގޮތް ވާނެ.
ހާރޑްކޯ އެމެރިކާ
05 July 2023
ކަލޯގެއާ! ކިންގްޑަމް އޮފް ސައުދީ އެރޭބިއާ ކްލީނިންގ ސާރވިސް މިހާރު އެމްއެމްއޭ ފޮޅާ ސާފުކުރަނީ؟!