އާރްޓީއެލް ފެރީއެއް ދަތުރުކުރަނީ: އަންނަ ހަފްތާގައި ހުވަދު އަތޮޅުގައި އާރްޓީއެލް ހިދުމަތް ދޭން ފަށާނެ. --ފޮޓޯ:
06 ޖުލައި 2023 - 20:09
އަންނަ ހަފްތާގައި ހުވަދު އަތޮޅަށް އާރްޓީއެލްގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.
އާރްޓީއެލްގެ ހިދުމަތް އެ އަތޮޅުގައި ދޭ ހަ ފެރީ މާލެއިން މިއަދު ވަނީ އެ އަތޮޅަށް ފުރައިފަ އެވެ.
ހުވަދު އަތޮޅުގައި ވެސް ދަތުރުތައް ފަށަނީ އަގެއް ނުނަގަ އެވެ. އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ދަތުރުތައް ހިލޭ ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަގު ނަގަން ފަށާނީ އޭގެ ފަހުންނެވެ.
އެމްޓީސީސީން ވަނީ އެ އަތޮޅުގައި ފެރީގެ ހިދުމަތް ދިނުމަށް 80 އަަށް ވުރެ ގިނަ މުވައްޒަފުން ނަގައި އެ މުވައްޒަފުން ތަމްރީނު ކުރަން ފަށައިފަ އެވެ.
ގއ. އާއި ގދ. އަތޮޅުގެ މީހުން ދިރިއުޅޭ 20 ރަށް އޮވެ އެވެ. އެ ރަށްތަކަށް އާރްޓީއެލްގެ ހިދުމަތް ދޭން ފެށުމުން ފަސް އަތޮޅަށް އާރްޓީއެލްގެ ހިދުމަތް ފުޅާ ކުރެވޭނެ އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 20 އަތޮޅަށް އާރްޓީއެލްގެ ހިދުމަތް ދޭން ނިންމާފައިވަނީ ހަ ޒޯނަކަށް ބަހާލައިގެންނެވެ.
މީގެ ކުރިން އާރްޓީއެލްގެ ހިދުމަތް ފެށީ ހއ، ހދ، ށ އަދި ޅ އަތޮޅުގަ އެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް ހިދުމަތުގެ ދަށުން ފެރީ އަދި ބަހުގެ ހިދުމަތް ފޯރުކޮށްދިނުމަށް 500 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުއަށް 800 މިލިއަން ރުފިޔާ ހޭދަކުރަން ވަނީ ނިންމާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯޓުލިބޭނީހޯދަންއުޅެގެން
07 July 2023
އާރްޓީއެލް އަކީ މިސަރުކާރުން ކުރި އެންމެ ކާމިޔާބު ޕްރޮޖެކްޓް. އެކަމަކު ވޯޓުހޯދަން ރަނގަޅަށް މާކެޓްވެސް ނުކޮށްލެވޭ.
ޖަމީލުބެ
07 July 2023
އެހަށް ތެޔޮ އަޅާފަ 6 މަސް ވެފަ ހުރި ބިލްތައް ދައްކަބަލަ
އޮނަރަބްލް އަފީފު ދީދީ
07 July 2023
އައްޑޫ ނުވަތަ އައްޑޫގައި ދިރިއުޅޭ ހުވަދޫ މީހަކު އޭނާގެ އާއިލީ މީހުނާއި ބައްދަލުކުރުމަށް ހުވަދޫ އަތޮޅަށް މަތިންދާބޯޓްގައި ދެވެންއޮތީ އައްޑޫއިން ފުރައިގެން މާދުރުގައިއޮތް ކ.އަތޮޅު މާލެއަށް ގޮސް މާލެ މަގުން. # މިކަން ބަދަލު ކުރުމަށްޓަކާ ތިނަދޫ ނުވަތަ ފަރެސް މާތޮޑާއިން (ހުވަދޫ އަތޮޅުން) ފުވައްމުލައް އަދި އައްޑޫ ފޭދޫ ބަނދަރަށް ހަފުތާއަކު 2 ދަތުރު ނަމަވެސް ބޭއްވޭނެ ގޮތެއް ހަމަޖެއްސުން ވަރަށް ރަނގަޅު. މިކަމަށް މާލޭސަރުކާރު ވިސްނުން އެބަހުރިތޯ؟
ނަޜީޝް
07 July 2023
ތީ ރައިސް ޔާމިން ކުރިކަމެއް, ޝުކުރިޔާ ޔާމިން
ކަނބުރުގެ
07 July 2023
ކޮބާ 20 ރަށަކީ؟ އަހަރެން ބަލާ ބަލާވެސް ފެނުނީ މީހުން ދިރިއުޅޭ 19 ރަށް. .
އަބްޑޫޅް +
07 July 2023
އާރިޓީއެލް އަކީ އާރުކޭއެލް އާ ތިމާގެ މީހެއްތަ؟
ޢަހުމަދުއީ
07 July 2023
ނ ރ ބ ސްކިޕް ކޮއްފަ ޅ ވައި؟
ޙަލީލް
06 July 2023
ކޮބާހޭ ނ.އަތޮޅު އާރުޓީއެލް ފެރީ ސަރވިސް.