ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ހުވަދޫގެ 21 ރަށް އާރުޓީއެލް ފެރީން ގުޅުވާލުން ރަސްމީކޮށް ފައްޓަވައިދެއްވައިފި

ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

30 އޯގަސްޓް 2023 - 18:45

11 comments

ގއ. އާއި ގދ. (ހުވަދު އަތޮޅު)ގެ 21 ރަށް ގުޅުވައިދިން އެމްޓީސީސީގެ އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައިދެއްވައިފި އެވެ.

ރައީސް އެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ގދ. ތިނަދު އަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ރަށުގެ ބަނދަރު މަތީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ދޭ ލޯންޗުތައް ގދ. ތިނަދޫ ބަނދަރުގައި އަޅާފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސަރުކާރުން ކުރިއަށް ގެންދާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ދަށުން ގއ. އަދި ގދ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށީ މިދިޔަ މަހެވެ. އަދި މި މަހު 18 ގައި ވަނީ އައްޑު އާއި ފުވައްމުލަކު ހިމެނޭހެން ދެކުނުގެ ހަތަރު އަތޮޅު ވެސް މި ފެރީގެ ހިދުމަތުން ގުޅާލައިފަ އެވެ.

ހުވަދު އަތޮޅުގައި މިހާރު ހިދުމަތް ދެމުން އަންނަނީ ހަ ރޫޓަށް ނުވަ ލޯންޗުންނެވެ. ކުރިއަށް އޮތް ތަނުގައި ލޯންޗްތައް އިތުރުކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ދަތުރުތަކާ އެކު ދެ އަތޮޅު ދެމެދުގައި ކުރިން ފަސް ގަޑިއިރުގެ ދަތުރުތައް މިހާރު ވަނީ ދެ ގަޑިއިރަށް ކުރުވެ ރައްޔިތުންގެ ޖީބަށް ލުއިވެފަ އެވެ. ހަފުތާގެ ހަތް ދުވަހު ދަތުރުތައް އޮންނައިރު މި ހުޅުވުނީ އިގްތިސާދީ ހަރަކާތްތަކަށް ދޮރުތަކެއް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އާރުޓީއެލްގެ ހިދުމަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ ތަސައްވުރެއްގެ ދަށުން ފެށި ހިދުމަތަކަށް ވާތީ މި މަސައްކަތުގައި ލިބޭ ކާމިޔާބީއާ މެދު އެންމެ އުފާކުރައްވާނީ ވެސް އެމަނިކުފާނު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ފެރީ ދުއްވާ ކެޕްޓަނުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އާޒިމް ވިދާޅުވި ގޮތުގައި، އެމްޓީސީސީގެ ދިގު ތާރިހުގައި ވެސް އެ ކުންފުނިން އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގީ މިދިޔަ ފަސް އަހަރެވެ. އެ ކުންފުނިން މިދިޔަ ފަސް އަހަރުގެ ތެރޭގައި 150 ޕްރޮޖެކްޓް ނިންމައި 150 އަށް ވުރެ ގިނަ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް ހަތް ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއުތައް އެމްޓީސީސީން އެކަނި ވެސް ނިންމައިފި،" އާޒިމް ވިދާޅުވި އެވެ.

ހުވަދޫ އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އާރްޓީއެލްގެ ދަށުން ސްޕީޑު ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 20 އަތޮޅަށް އާރްޓީއެލްގެ ހިދުމަތް ދޭން ނިންމާފައި ވަނީ ހަ ޒޯނަކަށް ބަހާލައިގެންނެވެ. ރާއްޖޭގެ އެންމެ އުތުރުން ހއ، ހދ، ށ އަދި ޅ އަތޮޅުގައި އެ ހިދުމަތް ވަނީ ފަށައިފަ އެވެ.

އެމްޓީސީސީގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް އާރުޓީއެލްގެ ހިދުމަތް ހުރިހާ އަތޮޅެއްގައި ފެށުމެވެ.

11 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 0%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

31 August 2023

ހުވަދުއަތޮޅުގެ ރަށްތަކުގެމެދުގައި ފެރީދަތުރުތަކުން ގުޅާލުމަކީ ވަރަށް ރަނގަޅުކަމެއް. އުއްމީދަކީ ފަރުވާތެރިކަމާއިއެކު ގަނޑިން ގަނޑިއަށް ފުރާ އަދި ފެންވަރުހިފެހެއްޓިފައިވާ ހިދުމަތެއް މެދުކެޑުމެއްނެތިލިބުން. # އަދި ހުވަދޫ، ފުވައްމުލަށް، އައްޑޫ ފެރީލާންްޗަށް އުޅަނދުއިތުރުކޮަށް ޝެޑިއުލް އާއި ރޫޓިންގ ބަދަލުކޮށް ދެކޮޅުންވެސް އެއް ގަނޑިއެއްގައި ލާންޗްނައްޓާލާގޮތަށް ހަދާ ދަތުރުއަވަސްކުރަން އާ ރޫޓަކީ ތިނަދޫ، ފުވައްމުލަށް އަދި ފޭދޫ ބަނދަރުކަމަށް ކަޑައެޅުން.

The name is already taken The name is available. Register?

ތުއްތުކަލޯ.

31 August 2023

ތެދެއް މިހާރު ފެނަކަ ބޮޑުމީހާ އޭނާގެ ރަށުގައި ފެރީ ބާއްވަން ހެދީމަ ވާގޮތަކީ ތިނަދޫ ގައި ހުރެފައި ގޮސް މިޖެހެނީ ވާދޫގައި ރޭކޮށްފަ އަނެއްދުވަހު އައްޑުއަށް ދާން. އޭގެ ބަދަލުގައި ތިނަދޫއިން ފުރައިގެން ސީދާ ފުވައްމުލަކަށް އަދި އައްޑުއަށް ދެވޭގޮތަށް އޮތީމަ ހުވަދޫ އަތޮޅުގެ ހުރިހާ ރަށްރަށުގެ މީހުންނަށްވެސް ތަންކޮޅެއް ފަސޭހަ ވާނެ.

The name is already taken The name is available. Register?

ތެފައާސާ.

31 August 2023

އާރުޓީއެލް، ނަރުދަމާ، ސާފު ބޯފެން، ސުޓޫޑެންޓް ލޯނު، މިނިމަން ވޭޖު، ސާވިސް ޗާރޖު، މެޓާނިޓީ ލީވް ކަހަލަ ކަންކަމަކީ ބުރިޖެއް ނުވަތަ އިމާރާތެއް ގޮތަށް އެއްތަނަކުން ބޮޑުކޮށް ބިޔަކޮށް ފެންނަން ނުހުންނަ ކަންކަންވީމާ އެއީ އެހާ ބޮޑު ކަންކަންގޮތަށް އަހަރެމެންގެ ސިކުނޑިއަށް ވިސްނައިނުގަނެވިދާނެ. އެކަމަކު އެއީވެސް ހަމަ ބައިވަރު މީހުންގެ ދިރިއުޅުމާއި ގުޅިފައިހުންނަ، ބޮޑެތި ހެޔޮބަދަލު ގެނުވާ ކަންކަން. ތަރައްޤީ އަކީ އެކަނި ކޮންކްރީޓް ސުޓްރަކްޗާރ ތަކެއް ނޫން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

31 August 2023

ހުވަދޫއަތޮޅުގެ ހުރިހާރަށްތަކެއް ފެރީގެނިޒާމުން ގުޅާލުމަކީ ވަރަށްރަނގަޅު އަދި އޭގެމަންފާ އަތޮޅުގެ ރައްޔިތުނަށްލިބި އިޤްތިސޯދަށް އެކަށީގެންވާކުރިއެރުން ލިބޭނެކަމެއް. # ނަމަވެސް ހުވަދޫ ފުވައްމުލައް އައްޑޫ ފެރީގެރޫޓަށް ބަދަލުގެނެސް ފެރީގެދަތުރު ފައްޓާރަށަކީ ތިނަދޫކަމަށްހަދާފައި ދަތުރުމަތީގައި ފަރެސްމާތޮޑާއަށް ވަގުތުކޮޅެއްދީފައި ފުވައްމުލަކަށް ބަނދަރުކޮށް ފުވައްމުލަކުން ސީދާ އައްޑޫފޭދޫއަށް ދަތުރުހަމަޖެއްސުމުން ފެސެންޖަރުންނަށް ވަގުތު ސަލާމަތްވާނެ.

The name is already taken The name is available. Register?

6393

30 August 2023

އާރުޓީއެލުން އެކަނިވެސް އިބޫ އަށް ހުވަދޫގެ 25 އިންސައްތަ ވޯޓް ކަށަވަރުވޭ.. އިބޫއަށް މި އިންތިޚާބު ނަގާނެ %53

The name is already taken The name is available. Register?

1206

30 August 2023

މީހަމަ މިސަރުކާރުން ކުރާ އެންމެ ރަނގަޅު ޕްރޮޖެކްޓް. އެއްމެ ޕްރޮޖްކްޓަކަށް ބަލައިގެން ވޯޓެއް ނުދެވޭނޭ.

The name is already taken The name is available. Register?

23 ހަނު

30 August 2023

ކޮބާތޯ ފެރީ ޖައްސާ 21 ރަށަކީ ހުވަދު އަތޮޅުގައި

The name is already taken The name is available. Register?

އެޑްމުންޑޯ

31 August 2023

މީހުން ދިރިއުޅޭ 19 ރަށާއި ދެއެއަރޕޯޓް ( ކާޑެއްދޫ ، ކޫއްޑޫ ) ސާފްވެއްޖެ ތަ ؟؟؟ ނޭގެންޏާ މި ނަންތައް ދަސްކުރޭ - ގއ- ކޮލަމާފުށި ، ދެއްވަދޫ، ވިލިގިލި، މާމެންދޫ، ނިލަންދޫ، ދާންދޫ، ކޮނޑޭ ، ގެމަނަފުށި ، ކަނޑުހުޅަދޫ ، ކޫއްޑޫ ، ގދ- ތިނަދޫ ، ނަޑެއްލާ ، ހޯޑެއްދޫ ، މަޑަވެލި، ރަތަފަންދޫ ، ފިޔޯރީ ، ފަރެސް މާތޮޑާ ، ވާދޫ ، ގައްދޫ ، ކާޑެއްދޫ

The name is already taken The name is available. Register?

އަފްރާސިޔާބު

30 August 2023

ކަމަކު ނުދޭ. މުޅި ހުވަދު އަތޮޅު އަތޮޅު އެއްބްރިޖަކުން ގުޅުވާލަންވީ. ކޮލަމާފުށިން ފެށިގެން މުޅި ހުވަދު އަތޮޅު ގުޅުވާލުމަކީ ދާދި ފަސޭހަ ކަމެއް. ބްރިޖް އަޅަންޖެހެނީވެސް ވަރަށް ހަނި ދޭތެރޭގައި. ހަމަ އެކަނި ބައިންދަންވީ ހުވަދޫކަނޑުން ވަންނަ ދިމާ. ދެން މުޅިން ބްރިޖް.

The name is already taken The name is available. Register?

ދޮން ރަހާ

30 August 2023

މުއިއްޒު ގެ ޤާފިލާ އަށް ވެސް ވަރަށް ފަސޭކަމާއި އެކީ އަތް ފޯރާ ފަށުގައި ކެމްޕައިން ދަތުރު ކުރެވޭނެ!

The name is already taken The name is available. Register?

ބާޒިމް

30 August 2023

ކޮން ޖީބަކަށް ލުއިވީ؟ ކުރިން 3 ގަޑިއިރުން ކޮޅަކައް 50 ރުފިޔާ އައް ކުރެވޭ ދަތުރު މިހާރު 1 ގަޑިއިރުން ކޮޅަކައް 175 ރުފިޔާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454