ދިވެހި ޑޮކްޓަރުންގެ ފުރަތަމަ މެޑިކަލް ކޮންފަރެންސް ކުރިއަށް ދަނީ --- ފޮޓޯ/މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން
08 ޖުލައި 2023 - 16:34
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން އިންތިޒާމުކުރި ދިވެހި ޑޮކްޓަރުންގެ ފުރަތަމަ އަހަރީ ކޮންފަރެންސް މިއަދު ބާއްވައިފި އެވެ.
މިއީ ދިވެހި ޑޮކްޓަރުންނާއި އިންޓާނުންނާ އަދި ސިއްހީ ދާއިރާއިން ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް އިތުރު ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި އެ ޖަމިއްޔާއިން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަން ނިންމާފައިވާ ކޮންފަރެންސެކެވެ. މިއީ އެ ކޮންފަރެންސް ބޭއްވި ފުރަތަމަ ފަހަރެވެ.
ދިވެހި ޑޮކްޓަރުންގެ ފުރަތަމަ މެޑިކަލް ކޮންފަރެންސްގައި ވޯކްޝޮޕެއް ކުރިއަށް ގެންދަނީ.-- ފޮޓޯ: މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން
މި އަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "އެކިއުޓް ކެއާ: އެމްޕަވަރިން ޑޮކްޓާސް" އެވެ.
އެ ޖަމިއްޔާ އިން ބުނީ ހ. މީރުމާ ހޯލުގައި މިއަދު ބޭއްވި މި ކޮންފަރެންސް 100 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށެވެ.
ދިވެހި ޑޮކްޓަރުންގެ ފުރަތަމަ މެޑިކަލް ކޮންފަރެންސްގައި ވޯކްޝޮޕެއް ކުރިއަށް ގެންދަނީ.-- ފޮޓޯ: މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން
އެ ކޮންފަރެންސްގައި ދާއިރާއާ ގުޅުންހުރި އެކި ކަހަލަ ވޯކްޝޮޕްތައް ކުރިއަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ބޭސިކް ޕޮއިންޓް އޮފް ކެއާ އަލްޓްރާސައުންޑް ވޯކްޝޮޕަކާއި މެކޭނިކްސް އޮފް ވެންޓިލޭޝަންގެ ވޯކްޝޮޕެއް ހިމެނެ އެވެ.
އެއް ދުވަހުގެ މި ކޮންފަރެންސްގައި ރާއްޖޭގެ އިތުރުން މެލޭޝިއާ އަދި ފިލިޕިންސްގެ މި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރުކަލޭގެފާނު
08 July 2023
ދިވެހި ޑޮކްޓަރުންގެ ތެރެއިން ގިނަ މީހުންނަކީ އެއްވެސް އެތިކްސްއެެއް ނެތި ފައިސާއަށް ނޫން އެހެން އެއްވެސް ކަމެއް ޚިޔާލުގައިވެސް ނެތް ބަޔަކެެވެ. މިހެންވަނީ ސަބަބެއް ނެތިވެސް ނޫނެވެ. ދަރިން ބޮޑެތިކޮށް ޑޮކްޓަރުކަން ކިޔަވަން ދަރިންނަށް ގިނަ މައިންބަފައިން ބާރު އަޅަނީ ޑޮކްޓަރުކަމަކީ ގިނައިން ފައިސާލިބޭ ކަމެކޭ ކިޔައިގެންނެވެ. އެމީހުންނަށް ވިސްނުނީ އެމީހުންގެ މައިންބަފައިންގެ އެ ނަސޭހަތެވެ. ހިތުގައިނ އިންސާނިއްޔަތުކަން އޮވެ ކިޔެވި އެކަކުވެސް ނެތީއެވެ.
ޑރ އޮކްޓޮޕަސް
09 July 2023
މަންމަމެން ޑޮކްޓަރަކަށް ވާށޭ ބުނީމަ ނުވި ދޯ
ަިއިންސާރފް
08 July 2023
އެކަމް އޮތްގޮތް ދޯ... ހީވަނީ ވިހަން އަރާ އޮތީހެން ، ދެފައި ނަގައިގެން. ޕިސް ޕިސް. . އަަސްލު ވެސް މަހީކުރީ އެކަހަލަ ޑެމޯއެއް ދައްކަނީ ކަމަށް. އެކަމްް ބަލާލި އިރު ފިރިހެނެއް.
ހަސަން ކުރުސީ
08 July 2023
ކޮންފަރެންސަށް ދިވެހިން ކިޔަނީ މަހާސިންތާއެއްނޫންތަ؟
ޔެލްޕް
08 July 2023
ދެން ހުންނާނެ މި މީހުންގެ ކަމާއި ކަންތައް. ބަލަން ތިބޭ