ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް. އެކަމަކު ހައްޔަރުކުރި މީހުންގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރޭ.
ފުލުހުންގެ މައި އިދާރާ-: ފުވައްމުލަކުގައި މީހަކަށް ހަމަލާދިން މައްސަލާގައި ދެ މީހަކު ވަނީ މިއަދު ހައްޔަރުކޮށްފައި. - ފައިލް ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
08 ޖުލައި 2023 - 20:40
ފުވައްމުލަކުގައި ރޭ ދަންވަރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމަކު ހައްޔަރުކުރި މީހުންގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އެ ރަށުގައި ރޭ ދަންވަރު 36 އަހަރުގެ ފިރިހެނަކަށް ގްރޫޕަކުން ހަމަލާދީ ޒަހަމްކޮށްލުމުގެ ސަބަބުން އޭނާއަށް ފުރަތަމަ ފަރުވާދީފައިވަނީ ފުވައްމުލަކު ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.
އެކަމަކު އޭގެ ފަހުން އޭނާ ވަނީ އިތުރު ފަރުވާއަށް މާލެއަށް ގެނެސްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ހާލު ސީރިއަސް އެވެ.
ރޭގެ މާރާމާރީގައި އަނިޔާވި މީހާގެ ބޮލަށް ތޫނު އެއްޗަކުން ގިނަ ޒަހަމްތަކެއް ދީފައިވާކަން އެނގިފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިލް
08 July 2023
ޓެރަރިޒަމްއަށް ވާނެތޯ މިކަން؟ ނޭނގޭތީ އަހާލަނީ