އިންޑިއާގެ ޓީމަކުން، ހުޅުމާލެ ހޮސްޕިޓަލްގައި ހަދާ ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް ލެބް ބައްލަވާލައްވަނީ.-- ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް
09 ޖުލައި 2023 - 11:04
ރާއްޖޭގައި ޕްރޮސްތެޓިކް އަތާއި ފައި ހަދަން ފެށުމަށް ހުޅުމާލެ ހޮސްޕިޓަލުން ތައްޔާރުވެއްޖެ އެވެ.
އެ ހޮސްޕިޓަލްގެ ކަސްޓަމާ ސާވިސް ސެންޓަރުގެ ޑިރެކްޓަރު އަބްދުﷲ މައުރޫފް "މިހާރު" އަށް މިއަދު ވިދާޅުވީ މިއަދު ވިދާޅުވީ އިންޑިއާގެ އެހީގައި ގާއިމްކުރާ ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް ލެބް މި މަހުގެ ފަހުކޮޅު ހުޅުވުމަށް މަސައްކަތްކުރާ ކަމަށެވެ.
އެކަމަށް ބޭނުންވާ ސާމާނު ލިބިފައިވާއިރު މި ހަފުތާގެ ތެރޭގައި އެ އެއްޗެހި އިންސްޓޯލްކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Representative from Indian High Commission visited the Prosthetics & Orthotics lab site & CDC at HMH. HMH highly appreciates HCI’s invaluable contributions to establish this Lab, which will enrich the lives of patients with physical disability.@presidencymv @MoHmv @HCIMaldives pic.twitter.com/HozySR85FS
— Hulhumalé Hospital (@HMH_mv) July 6, 2023
"ރާއްޖޭގައި ލިބެން ނެތް ހިދުމަތެއް މި ފަށަނީ. މި ކަމުގެ ސަބަބުން ވަރަށް ބޮޑު ލުއެއް ލިބިގެންދާނެ ކަމެއް." މައުރޫފް ވިދާޅުވި އެވެ.
ޕްރޮސްތެޓިކްސް އަކީ ގުދުރަތީ ގޮތުން އުފެދުމުގައި ނުވަތަ ހާދިސާއެއްގެ ސަބަބުން އަތާއި އުނިކަމެއް ދިމާވެފައިވާ މީހުންނަށް ހަދައިދޭ އަތާއި ފަޔެވެ.
އޯތޮޓިކްސް އަކީ ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ބޫޓު ފަދަ ތަކެއްޗެވެ.
އެ ހިދުމަތް މި ވަގުތު ރާއްޖޭން ލިބެން ނެތުމުން އެ ފަރުވާ ހޯދަން ދާން ޖެހެނީ ރާއްޖެއިން ބޭރަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބޭ ޝަންކަރުބޭ
10 July 2023
ބަލަ އަހަރުމެންގެ ރާއްޕެ ތި ޚިދުމަތް ދޭތާ 15 އަހަރު ވެއްޖެ!
އަލީ
09 July 2023
ބޭރުގެ ތަޖުރިބާކާރުން މަސައްކަތްކުރާ ހޮސްޕިޓަލެއް ހުރުން ވަރަށް މުޙިއްމު.
އަސްތާ
09 July 2023
ކިތައް މީހުން އަތާފައި ފައި ނެތިފައި ރާއްޖޭގައި އެބަތިބިބާ! ދުވަހަކުވެސް މިކަހަލަ ކަމެއްގެ ރެކޯޑެއް ބެލެހެއްޓިފައިވޭ ބާ!
ޑޮކްޓާރ. ބަނާނާ
09 July 2023
ބުރިޖް މަތީ .އަބަދު އެކްސިޑެންޓުތައް ހިނގާލަ ހިނގާލަ އޮންނައިރު ހުޅުމާލޭ ހޮސްޕިޓަލުގައި އައިސީޔޫއެއް ނެތި މީހަކު ހާލު ދެރަވެގެން ފޮނުވާލަން މި ޖެހެނީ ބޮޑު ރިސްކެއްގައި އެމްބިއުލާންސްގައި ބާރުބޮޑު އައިޖީއެމްއެޗަށެވެ. ހިޔާ ފްލެޓުތަކާ އެކު ހުޅުމާލެ އާބާދީ އިތުރު ވިއިރު ހޮސްޕިޓަލްގެ ބޯޑު އަޅުވައިގެން ސިއްހީ މަރުކަޒެއް ހިންގާ އިރު ލަދުކޮބާ!!!!
ވިކިލީކްސް
09 July 2023
ތިއީ ތެދެއް.
ރަދީފްއޮފިޝަލް
09 July 2023
ސަޅި ކަމެއް.