ރިޕޯޓް / ރިޔާސީ އިންތިޚާބު 2023

އިދިކޮޅުގައި ތިބޭއިރު ގޯސް، ސަރުކާރުގައި ކުރަނީ ދިފާއު!

އެމްޑީޕީގެ ކެމްޕޭން އިވެންޓެއް ކުރިއަށް ދަނީ: ދައުލަތުގެ ފައިސާ އާއި ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕޭންކުރާ ކަމުގެ ޝަކުވާ ކޮންމެ އިންތިހާބަކާ ދިމާކޮށް ކުރިޔަސް ހައްލެއް ނުހޯދޭ .-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރިޔާސީ ލޯންޗްކޮޅުގައި ދަތުރު ނުކުރައްވައި އެމްޑީޕީން ހިފި ލޯންޗެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕޭނަށް ވަޑައިގަތުމުން މައްސަލަ ހައްލުވީ ހެއްޔެވެ؟ އެ ދެއްވުނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި, ދައުލަތުގެ ފައިސާ އާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ނުކުރައްވާނެ ކަމުގެ ޔަގީން ކަމެއް ހެއްޔެވެ؟

އެ ނިޔަތުގައި އެކަން ކުރައްވާ ނަމަ, ދަތުރުތައް އެކަންޏެއް ނޫނެވެ. ދައުލަތުގެ ފައިސާ އިން ކެމްޕޭން ކުރުމަށް ނިޒާމުގެ ތެރޭގައި ހުޅުވިފައި ހުރި ހުރިހާ ކަމެއްގެ ފައިދާ ނެގުން ވެސް ދެ ވަނަ ދައުރަކަށް ކުރާ މި ކެމްޕޭންގައި އެމްޑީޕީން ހުއްޓާލަން ޖެހެ އެވެ.

ކޮންމެ އިންތިހާބަކާ ދިމާކޮށް ވެސް އެންމެ ބޮޑު އެއް ޝަކުވާއަކަށް އޮންނަނީ އޭރެއްގައި ވެރިކަމުގައި ތިބި ބަޔަކު އިންތިހާބަށް ނުފޫޒު ފޯރުވުމެވެ. ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކުރުމުން ހަމަހަމަކަން ގެއްލި، މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރަސްއެޅޭ ކަމުގެ ތުހުމަތެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކޮމަންޑުއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމްޑީޕީން ހިފި ލޯންޗެއްގައި ވަޑައިގެން ރައްޔިތުންނާ ސަލާމްކުރައްވަނީ: މި ކެމްޕޭންގައި ވެސް ދައުލަތުގެ ވަސީލަތްތައް ރައީސް ބޭނުން ނުކުރައްވާނެ ކަމުގެ ޔަގީންކަން ކެމްޕޭން ޓީމުން ދޭ. -- ފޮޓޯ | ރައީސް އޮފީސް

އެމްޑީޕީގެ އިސްވެ އުފައްދާފައި އޮތް ކޯލިޝަންގެ މި ސަރުކާރަށް ވެސް އޮތީ އެ ތުހުމަތު އެޅިފަ އެވެ. މި ވެރިކަމުގައި މިހާތަނަށް ބޭއްވި ހުރިހާ އިންތިހާބަކާ ދިމާކޮށް، އެތައް ގޯސްތަކެއް މިހާރުގެ އިދިކޮޅުން ދައްކައިފި އެވެ.

ދެ ވަނަ ދައުރަކަށް ރިޔާސީ ކެމްޕޭން އެމްޑީޕީން ފެށި ކޮމަންޑޫ ދާއިރާ އިން ވެސް ފެންނަން އޮތީ ރައްޔިތުންގެ ފައިސާއިން ކެމްޕޭން ކުރުން ތަންމިނަށް ހުޅުވިފައި އޮތް ކަމެވެ. މަޖިލީހުގެ ތާރީހުގައި ވެސް އެހާ ފާޅުކަން ބޮޑު ގޮތެއްގައި އެތައް ހޭދައަކުން ސަރުކާރަކުން ދިފާއުކުރަން ޖެހުނު އަގު ބޮޑު އެއް ގޮނޑިއަކީ ކޮމަންޑޫ ދާއިރާގެ ގޮނޑި އެވެ.

މި ސަރުކާރުގެ ސިޔާސީ ބާރުވެރިކަމާއި ތާއީދު ދައްކަން އެންމެ ގޮނޑިއަކަށްޓަކައި ކޮމަންޑޫ ދާއިރާއަށް ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ހޭދަކުރީ މިލިއަނުން ކަމަށް ތުހުމަތުކުރެ އެވެ. މިދިޔަ އަހަރު ކުރީކޮޅު ބޭއްވި ބައި އިލެކްޝަނުގައި އެމްޑީޕީން އެ ގޮނޑި ކާމިޔާބުކުރި ގޮތާ މެދު ސުވާލު އުފައްދާނެ ޖާގަ ވެސް ބައި އިލެކްޝަނުގައި ކަން ހިނގައިދިޔަ ގޮތުން ލިބެ އެވެ.

ބަޖެޓު ފޮތުގައި މުޅި އަހަރަށް އެ ދާއިރާގެ ތިން ރަށަށް ކަނޑައެޅީ 28 މިލިއަން ރުފިޔާ އެވެ. އެކަމަކު ދައުރުގެ މެދުތެރެއިން ދިމާވި ބައި އިލެކްޝަނާ ދިމާކޮށް ކުއްލިއަކަށް ފެށި ދެ މަޝްރޫއުގެ އަގު އެކަނި ވެސް 245 މިލިއަން ރުފިޔާއަށް އެރި އެވެ.

ބަޖެޓުގައި ނެތް އިރު ކޮމަންޑޫ ދާއިރާއަށް ހިންގި ދެ މަޝްރޫއުގެ ހޭދަ. -- އިންފޮގްރެފިކްސް/ މިހާރު

މި ސަރުކާރުން މަޝްރޫއުތަކެއް ފަށައި ކުރިއަށް ގެންދިޔަ އެ ދާއިރާއަށް ކުއްލި ގޮތަކަށް އުފަންވި ކަންކަމާ އެކު ބައި އިލެކްޝަން ނިމުނުއިރު ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވިކަން އެއީ ފެންނާން އޮތް ކަމެކެވެ. ސަރުކާރުގެ ކުންފުނިތަކުގެ ލޯންޗުތަކުގައި މުވައްޒަފުން އެ ދާއިރާއަށް ފޮނުވައިގެން ކެމްޕޭންކޮށް ގޮނޑި ނެގުން އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހަށް މައްސަލައަކަށް ނުވި އެވެ. މެމްބަރުން އިސްތިއުފާދީ އޭރު އޭސީސީ ގާނޫނީ ހުސްކަމެއްގެ އޮތުމުން އެ ބައި އިލެކްޝަނުގައި އޭރު ކޮރަޕްޝަނެއް ނުހިނގާ ކަމަށް ނިޒާމުގެ ތެރެއިން ކަނޑައެޅުނީ އެވެ.

އީސީން ދެއްކި ހައްލަކީ ގާނޫނީ ގޮތުން އެކަން ބަލަން ޖެހޭ އިދާރާއާ ހަމައަށް ޝަކުވާތައް ގެންދިއުމެވެ.

ކުރަން އޮތީ އެއް ތުހުމަތެއް!

ކޮންމެ އިންތިހާބަކާ ދިމާކޮށް މި ތުހުމަތު ކުރަނީ އެއީ އޭރެއްގެ ވެރިކަމުގައި ތިބޭ ބަޔަކަށް އޮންނަ ފުރުސަތެއް ކަން ވެސް އެނގި ތިބެ އެވެ.

ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކަންބޮޑުވުން އޮއްވައި ރިޔާސީ ކެމްޕޭން އަމިއްލަ އަށް ހިފި ލޯންޗެއްގައި އެމްޑީޕީން ފެށުމުން އެއް ބަޔަކަށް ކަމުދިޔަ އެވެ. އެކަމަކު އެކަން ގޯސްވެގެން ފާޑުކިޔާ މީހުން ދެކޭ ގޮތުގައި ކެމްޕޭންގައި އަދިވެސް ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކުރެވޭނެ މަގު އޮތީ ހުޅުވިފަ އެވެ. ނިމިގެން ދިޔަ އިންތިހާބުތަކަށް ބަލާއިރު އެކަން މި އިންތިހާބުގައި ވެސް ކުރާނެ އެވެ.

އެތައް ވައުދުތަކަކާ އެކު ރައްޔިތުންނަށް ނުވެ ދަތިވެފައި ހުރި އެތައް ކަމަކަށް ވަގުތުން ހައްލު ވެސް ލިބޭނެ އެވެ. ކަންބޮޑުވުމަކީ މިއީ ހަމަހަމަކަމާ އެކު ކެމްޕޭންކޮށް މިނިވަން އިންސާފުވެރި އިންތިހާބަށް ކުރިމަތިވާނެ ހުރަހަކަށް ވުމެވެ.

ޕީޕީއެމްގެ މި ގޯސްތައް މި ސަރުކާރުން ދެއްކި!

ޕީޕީއެމްގެ ވެރިކަމުގައި ބޭއްވި އިންތިހާބުތަކަށް ކެމްޕޭން ކުރިއިރު ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުންނަށް ކަމަކު ނުދެ އެވެ. ނަހަމަ ގޮތުގައި ކެމްޕޭންކުރާ ކަމުގެ ލައްކަ ގިނަ ގޯސްތަކެއް ރައްޔިތުންނަށް ދެއްކި އެވެ.

ކެމްޕޭން ދަތުރުތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ދައުލަތުގެ ހަރަދުގައި ރަށްރަށަށް ވަޑައިގަތުމާއި ސިވިލް ސާވިސްގެ މުވައްޒަފުންނާއި ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ކެމްޕޭން ކުރުމާއި ބެނާތަކާއި ދިދަތައް ދަމަން ފުލުހުން ނެރުން ފަދަ މައްސަލަތަކުގައި ތުހުމަތު އެޅުވި އެވެ. އެކަމަކު ވެރިކަން ލިބުމުން އެ ތުހުމަތުތަކުގެ މަތިން ހަނދާން ނެތެވެ. ރައްޔިތުންގެ ފައިސާ އިން ކެމްޕޭން ކުރުމަކީ ހައްލުކުރަން އޮތް މައްސަލައެއްގެ ގޮތުގައި ނުދެކެ އެވެ.

ވ.ފެލިދޫ: ސެޕްޓެމްބަރު 6، 2018- ރައީސް އަބްދުﷲ ޔާމީން ވ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު ފެލިދޫއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ގޮސްތިބި މީހުންގެ ތެރެއިން ކުޑަކުއްޖަކާ ސަލާމްކުރައްވަނީ: އެމަނިކުފާނު ކެމްޕޭން ކުރެއްވި އިރު ވެސް ދައުލަތުގެ ވަސީލަތް ބޭނުންކުރެއްވި ކަމަށް މި ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުން ތުހުމަތު އެޅުވި. ---ފޮޓޯ: ރައީސް އޮފީސް

ކޮންމެ އންތިހާބަކާ ދިމާވުމުން ސަރުކާރަށް މިހާރު އެންމެ ބޮޑަށް އެ ތުހުމަތު އަޅުވަމުންދަނީ މިހާރުގެ އިދިކޮޅު ޕީޕީއެމުންނެވެ.

"އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނަށް މި ހަރަދުކުރަނީ އަޅުގަނޑުމެންގެ ފައިސާ. އަމިއްލަ އެއްވެސް ފައިސާއެއް ނޫން ބޭނުންކުރަމުން ދަނީ," މިއީ އެމަނިކުފާނު ހިންގަވާ ޚިޔާނާތެއް ކަމުގެ ތުހުމަތު ވެސް އަޅުވައި އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުގެ އާއިލާތަކަށް ވަޒީފާދިނުން ވެސް ހިމެނެނީ އިންތިހާބަށް ހިންގާ ކެމްޕޭންގެ ތެރޭގައި ކަމަށާއި އެއީ ވެސް ކަނޑައެޅިގެން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައ ބޭނުންކުރުން ކަމަށެވެ.

"ހަތަރު ސަތޭކައިގެ އާބާދީއެއްގެ 300 މީހުންނަށް ވަޒީފާ ދެނީ. އަޅުގަނޑުމެންގެ ސަރުކާރު ނިމިގެން ދިޔައިރު 500 އާބާދީއެއްގައި ފެނަކައިގައި ގާތްގަނޑަކަށް 15 މުވައްޒަފުން ތިބި ތަނެއްގައި މިއަދު 60 މުވައްޒަފުން އެބަތިބި. އެއްވެސް ބޭފުޅަކަށް ވަޒީފާ ލިބިގެންނެއް އަޅުގަނޑުމެން ކަންބޮޑެއް ނުވޭ," އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުން ނަގުދު ފައިސާ ކެމްޕޭނަށް ބޭނުންކުރަމުންދާ ކަމުގެ ތުހުމަތު ވެސް އެޅުވި އެވެ. ކެމްޕޭނަށް މީހުން ނެރެން ވެސް އާސަންދަ ކުންފުނި ފަދަ ތަންތަނުން ހަރަދުކުރުވާ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން ވެސް މި އުސޫލުން ކަންކުރުމަކީ މައްސަލައެކެވެ. މިކަން ހިމެނެނީ ނުކުރާން ވައުދުވި ކަންކަމުގެ ތެރޭގަ އެވެ. އެއާއެކު މަޖިލީހުގެ މެޖޯރިޓީ އޮވެ ގާނޫނަށް ބަދަލު ގެނެސްގެން އެ ދޮރު ބަންދެއް ވެސް ނުކުރި އެވެ.

ހައްލު އޮތީ ގާނޫނީ ބަދަލުތަކަކުން

ކެމްޕޭނަށް ދައުލަތުގެ ފައިސާ ހޭދަކުރުމާއި ވަސީލަތްތައް ބޭނުންކުރުން މަނާކޮށްފައި އޮތީ ސިޔާސީ ޕާޓީތަކުގެ ގާނޫނުންނެވެ. މި ކުށަށް އަރައިގަތުމުން މައްސަލަ ބަލަން ޖެހޭ އިދާރާއަކީ އޭސީސީ އެވެ. އެކަމަކު އިންތިހާބާ ގުޅޭ މިފަދަ ކަންބޮޑުވުންތަކުގައި އެ ކޮމިޝަނުން ޒިންމާދާރުކަމާ އެކު މައްސަލަ ބަލައި ފިޔަވަޅު އެޅި ތަނެއް ނުފެނެ އެވެ.

ކޮންމެ އިންތިހާބެއް މޮނިޓަކޮށް ޓްރާންސްޕޭރެންސީން ނެރޭ ރިޕޯޓުގައި, އިންތިހާބަށް ނުފޫޒު ފޯރުވިގޮތާ ގުޅޭ އެތައް ކަންބޮޑުވުންތަކެއް ހުރެ އެވެ. ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލަން ގާނޫނެއް އެކުލަވާލައިގެން ތަންފީޒުކުރަން ވެސް އެ ޖަމިއްޔާއިން ތަކުރާރުކޮށް އޮތީ ގޮވާލައިފަ އެވެ. އެކަމަކު ދައުރު ނިމި ރިޔާސީ އިންތިހާބު ފަށައިގަތް އިރު ވެސް އެކަމެއް ނުވެ އެވެ.

ކެމްޕޭންގެ މުއްދަތެއް ކަނޑައަޅަން ޖެހޭ

އިންތިހާބުތަކުގައި ނުފޫޒު ފޯރުވައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ނުހުއްޓުވޭ އެއް ކަމަކީ އިންތިހާބުތައް ބާއްވަން ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮންނަ ގޮތެވެ. ނިޒާމު މިހާރު އޮންނަނީ އެއް އިންތިހާބަށް ފަހު އަނެއް އިންތިހާބު ބޯމަތިވެ އޭރެއްގެ އޮންނަ ސަރުކާރެއްގެ ތާއީދާއި ސިޔާސީ ބާރުވެރިކަން ދަމަހައްޓަން ދައުލަތުގެ ފައިސާ އިސްރާފުކުރެވޭ ގޮތަށެވެ.

ރިޔާސީ އިންތިހާބާ ވިދިގެން އަންނަ އަހަރު މަޖިލިސް އިންތިހާބު ބާއްވާފައި ދެން ކައުންސިލް އިންތިހާބު އޮންނަ އިރު މި ތިން އިންތިހާބަކީ ވެސް އޭރެއްގެ ހުންނަ ވެރިއަކު ދައުލަތުގެ މުދަލާއި ވަސީލަތްތައް އިންތިހާބަށް ބޭނުންކުރެވޭ ގޮތަށް އޮންނަ ނިޒާމެކެވެ. ތިން އިންތިހާބު އެއް ފަހަރާ ބޭއްވިއްޖެ ނަމަ މިއީ ހަރަދުކުޑަ, އަދި އިސްރާފު ކުޑަވާނެ ގޮތަކަށް ވެދާނެ އެވެ.

މިގޮތަށް އޮންނާތީ, އެހެން ބައެއް ގައުމުތަކުގައި އޮންނަ ގޮތަށް ކެމްޕޭން މުއްދަތެއް ކަނޑައަޅައި އެ މުއްދަތުގައި އެއްވެސް އާ މަޝްރޫއެއް ނުވަތަ ބަޖެޓްނުކުރާ ކަމެއް ނުފެށޭނެ ކަމަށް ކަނޑައަޅަން ރާއްޖޭގައި ދައްޗެވެ.

ކެމްޕޭނެއް ނިންމާލުމުގެ ހިނގާލުމެއް ކުރިއަށް ދަނީ: އިންތިހާބުތަކާ ގުޅިގެން 2008 އިން ފެށިގެން އޮންނަ ޝަކުވާއަށް އަދިވެސް ހައްލެއް ނުލިބޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އެއް ކަމަކަށް އިލެކްޝަންތައް އެއްފަހަރާ ބޭއްވޭނެ ގޮތެއް ހޯދުން މުހިއްމު. ހަރަދު ވެސް ކުޑަވާނެ އިންޓަގްރިޓީއާ މެދު ސުވާލު އުފެއްދޭލެއް ވެސް ކުޑަވާނެ. މި ބަދަލު ގެނެސްފައި ދެން ކެމްޕޭން މުއްދަތެއް ކަނޑައެޅިދާނެ. އެ މުއްދަތަކީ އާ މަޝްރޫއުއެއް އިއުލާން ނުކުރެވޭ މުއްދަތެއްގެ ގޮތަށް ހެދިދާނެ. ތިން އިންތިހާބު އެއްވެއްޖިއްޔާ ފައިނޭންޝަލީ ވެސް ރާއްޖެއަށް ވާނީ ބޮޑުތަނުން ފައިދާ," ކެމްޕޭން ޚަރަދުތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ތަހުގީގީ އިދާރާއެއްގެ ބޭފުޅަކު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވެސް މިކަމަށް ބާރުއަޅަ އެވެ. މި ބަދަލު ގެނެވިއްޖެ ނަމަ ކޮންމެ އިންތިހާބަކަށް ވަކިވަކިން އެ ހިނގާ ހަރަދުތައް އެއްކޮށްލެވި އިންތިހާބަށް މިހާރު ހިނގާ ހޭދައިގެ ބޮޑު ޕަސެންޓެއް ސަލާމަތްކުރެވޭނެ ކަމަށް ކޮމިޝަނުން ދެކެ އެވެ.

ދައުލަތުގެ ހަރަދުގައި ކެމްޕޭން ކުރުން ގޯހެވެ. ކޮންމެ ބަޔަކު ވެސް މި ވާހަކަ ދައްކައި ވެރިކަން ލިބުމުން ހައްލުނުކުރުން އަދި މާ ބޮޑަށް ގޯހެވެ. އެއް ކަންބޮޑުވުމެއް ކޮންމެ އިންތިހާބަކާ ދިމާކޮށް ތަކުރާރުކުރުމަށް ފަހު އެކަން ހުއްޓުވަން ފަސްޖެހެނީ ސިޔާސީ ބާރުވެރިކަން ހޯދުމުގައި އެ އޮންނަ މަގު ބަންދުކުރަން ބޭނުން ނުވާތީ ކަމަށް ވެދާނެ އެވެ.

19 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 0%
icon angry icon angry 86%
icon wow icon wow 7%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ިސޮއުއނ

11 July 2023

2013-2018 ގަ ކުރި “ ގޯސް “ ކަމެއްވިއްޔާ އޭގެ ޑަބަލް އެބަ ޖައްސާ މި ވެރިކަމުގަ

The name is already taken The name is available. Register?

ޝާފިއު ޖަމީލު ބައްޕަ

11 July 2023

ރަނގަޅު ވެރިކަމެއް ކުރާން އުޅޭ މީހަކަށް ސާލިހް ވިނަމަ އޯގާއޭ ކިޔާފައި ކުއްވެރިން ދޫކޮށް، ޤާނޫނު އޮޅާލައި ކޯޓްތަކަށް ފިލައިގެން ބޭރުގައި އުޅެފައި އަންނަ މީހުންނަށް ފަހިވާގޮތަށް ވެރިކަން ނުކުރާނެއެވެ. މިހިރީވާ ވެރިޔަކެވެ. މަ ސަލާމެވެ.

The name is already taken The name is available. Register?

އަފްރާސިޔާބު

11 July 2023

ރައީސް އެކުރައްވަނީ އަމިއްލަ ލޯޗްގައި ވަޑައިގެން ދައުލަތުގެ މަސައްކަތް. އެވަރުންވެސް ދައުލަތުގެ މަސައްކަތް ހުއްޓައެއްނުލާ.

The name is already taken The name is available. Register?

ަސޭޑް

11 July 2023

ކޮރަޕްޝަން ދުފާއުނުކޮށްބަލަ ސަނާކިޔަސް.

The name is already taken The name is available. Register?

ރައްޔި

11 July 2023

ޕޭޕަލް އާއި އިންޓަރނޭޝަނަލް ޕޭމެންޓްސް ލިބޭނެގޮތެއް ހަދާދެވޭނެ ވެރިޔަކު ރައްޔިތުން ބޭނުމީ. ހުސް ފައިސާދެއްކޭގޮތް އިތުރުކޔރަނީ، ފައިސާ ލިބޭނެމަގެއްނެތް ގައުމެއްމީ

The name is already taken The name is available. Register?

އަފްރާސިޔާބު

11 July 2023

ތިޔަކީ ދެ ސިސްޓަމަކީވެސް ބޭކަރު ދެ ސިސްޓަމް. ދެން ހިނގާނީ "ބްރިކްސް" ޕޭމަންޓް ސިސްޓަމް. މިހާރު މި އޮތް ސެޕް ސިސްޓަމްވެސް އުވޭނެ. ޔޫރަޕުން ބޯން އުޅުނު ބޮނޑި އެއޮތީ ބޮވިފައި.

The name is already taken The name is available. Register?

ބުޒުރުމަގު ކަންމަތި

11 July 2023

ވެރިކަން ލިބުނީމާ ކުރިން ވެރިކަން ކުރިމީހުނ ފައިސާއަށް ނުފޫޒު ހިނގިވަރު ބަލައި ފިޔަވަޅެއް ނާޅނީ ވެރިކަން ކުރަންލުބިނީމާ ދަވާލުމުގެ ނިޔަތް އޮންނާތީ. އެކަން ކުރަމުން ދަނީވެސ އެގޮތަށް. މިކަމަށް ބަދަލެއް ނުގެންނަނީވެސް މަޖިލިސް މެމްބަރުންނަށް ފައިސާދީގެން އެމީހުންނަށްވެސް ބައިއަޅައިގެން ދައުލަތް ދަވާލުމުގެ ނިޔަތުގައި. ނިކަން ބަލައި މިހާރު ތިބިމީހުން. ފޫގޮޅިފޮތިޖަހައިގެން އުޅުނުމީހުން މެމްބަރުކަން ލިބުނުތާ 6 މަސް ނުވަނީސް މަހުޖަނުންނަށް ވެފައި

The name is already taken The name is available. Register?

ބޮޑުރިޔާ

11 July 2023

ރަނގަޅުތާއޭ މިވަރުވެސް ކޮއްލަން އެކެރުނީ އިބޫއަށްތާއޭ ދިވެހިރާއްޖޭގެ މިއޮތްދިގުތާރީހުގައި ިވަރު ކޮއްލަންކެރުނުވެރިއަކުނެތޭ ފިނިފެންމަލާ އަރުމާޒުގައި ނޫނީ ކެންޕޭނަށް ރައްރަށަށް ވަޑައިނުގަނެވުނު މީހުންގެ ލަދުވެތިކަންކޮބައިހެއްޔޭ ހިތައްއަތައޭ

The name is already taken The name is available. Register?

އަޖާއިބު އަންތަރީސް

11 July 2023

ރައީސް ޔާމީން ވެސް ރިޔާސީ އިންތިހާބުގައި ދަތުރުތައް ކުރީ ސަރުކާރުގެ ލޯންޗެއްގައެއް ނޫން. ކުއްޔަށް ނެގި ލޯންޗެއްގަ

The name is already taken The name is available. Register?

އުދުހޭ

11 July 2023

ބުނާ ގޮތުން އިބޫ ދަތުރުމިކުރާ ޔޮޓަކީ ޖަނާގެ އެއްޗެއް. ޖަނާ ފްލޯޓިންގ ވިލާ އަޅަން ބޭރުގެ ބަޔަކާ ސޮއިކޮށްފަ ގިނަ ދުވަހެއްނުވެ ޖަނާގެ ޔޮޓުގައި މިއުޅެނީ އިބޫ؟!

The name is already taken The name is available. Register?

ބޮޑުމީހާ

11 July 2023

ގައުމުގެ ހުރިހާ ކަމެއް ހުރީ ހަމަޖެހިފައި. ކެމްޕެއިންތަކަށް ސިޔާސީ މީހުން ދިޔައީމަ ނަށައި ލަވަކިޔައި އެޖައްސާ ވައްތަރުތަކުން މިގައުމުގައި މައްސަލަތައް އުޅޭހެން ހިޔެއްނުވޭ. އަގޔާއިއަތާ ދިމާނުވެ ބޭންކު އެކައުންޓްގަ އެއްޗެެއް ނެތި ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އާައްމުވިޔަސް ކެމްޕއެިންކުރުމުގެ ވައްޓަފާޅިއަށް ބަދަލެއް ނާދޭ

The name is already taken The name is available. Register?

ހިލިހި

11 July 2023

ޑީއާރުޕީ މީހުން އައިސް އެމުޑީޕީގަ ފަނިއެޅުވީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454