އެސްއޯއީތަކުގެ ވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްފައި. މިދިޔަ އަހަރު އެސްއޯއީތަކަށް ލިބުނު ފައިދާ ވަނީ ދަށްވެފައި-- ފޮޓޯ: މިހާރު
13 ޖުލައި 2023 - 13:08
މިދިޔަ އަހަރުގެ އެސްއޯއީތަކުގެ ފައިދާ އޭގެ ކުރީ އަހަރަށް ވުރެ 500 މިލިއަން ރުފިޔާ ދަށްވެއްޖެ އެވެ.
ޕީސީބީ އިން އާންމު ކުރި އެސްއޯއީތަކުގެ ކުއާޓާލީ ރިޕޯޓުތަކުގައިވާ ގޮތުން، ކުންފުނިތަކަށް ވަނީ 5.6 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. އެސްއޯއީތަކަށް 2021 ވަނަ އަހަރު ފައިދާގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ ގާތްގަނޑަކަށް 35 ޕަސެންޓުގެ ދަށްވުމެކެވެ.
މިދިޔަ އަހަރު އެސްއޯއީތަކަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ ފުރަތަމަ ކުއާޓަރުގަ އެވެ. އެ ކުއާޓަރުގައި ފައިދާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިދާގެ ގޮތުގައި ލިބުނީ 1.4 ބިލިއަން ރުފިޔާ އެވެ. އަދި އެންމެ ކުޑަ ފައިދާއެއް ލިބުނީ، ތިން ވަނަ ކުއާޓަރުގަ އެވެ. އެކުއާޓަރުގައި 800 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެސްއޯއީތަކުގެ ފައިދާ އެހާ ބޮޑަށް ދަށްވެފައި ވަނީ، އެމްޓީޑީސީ އާއި ބީއެމްއެލް ފަދަ ކުންފުނިތަކުގެ ފައިދާ ދަށްވުމުންނެވެ. އަދި އާސަންދަ އާއި ރީޖަނަލް އެއާޕޯޓްސް އާއި އައިލެންޑް އޭވިއޭޝަން ފަދަ ކުންފުނިތަކުން ލިބުނު ގެއްލުން ބޮޑުވުމުންނެވެ.
އެސްއޯއީތަކަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 46 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ 2021 ވަނަ އަހަރާ އަޅާ ބަލާ އިރު 10 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އެ އަހަރު އެސްއޯއީތަކަށް ލިބުނީ 36 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
އެސްއޯއީތަކުގެ ފައިދާއިން މި އަހަރުގެ މިހާތަނަށް ދައުލަތަށް ވަނީ 228 މިލިއަން ރުފިޔާ ލިބިފަ އެވެ. މި އަހަރުގެ ބަޖެޓުގައި އެސްއޯއީތަކުން ލިބޭ ފައިދާއިން ދައުލަތަށް 1.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
ސަރުކާރުން އެސްއޯއީގެ ގޮތުގައި 30 ކުންފުންޏެއް އަންނަނީ ހިންގަމުންނެވެ. އެސްއޯއީތަކުގެ ތެރެއިން ފައިދާވަނީ އޭގެތެރެއިން 50 ޕަސެންޓު ކުންފުނިންނެވެ. ގިނަ ކުންފުނިތައް ހިންގުމަށް ދައުލަތުން ބަޖެޓުން ވެސް ބޮޑު ހޭދައެއް ކުރަން ޖެހެ އެވެ. މި އަހަރުގެ ބަޖެޓުން ވެސް އެސްއޯއީތައް ހިންގުމަށް 760 މިލިއަން ރުފިޔާ ހޭދަކުރަން ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަޖުރިބާ
13 July 2023
ޢިލްމާ ތަޖުރިބާ ނެތުމެއް ނޫން، ސަރުކާރަށް ކަމުދަނީ ގޮނޑިކޮއްކޮ، ރަނގަޅަށް ހިންގާ މީހުންނަށް ފުރުޞަތެއް ނުދޭނެ. އެސްއޯއީތަކަށް އެވަރަށް ޕާާޓީ ކުދިންނާއި ތިމާގެ ކުދިންނަށް ވަޒީފާދޭންޖެހޭނެ، މިގޮތައްގޮސް ލިބޭ ފައިދާ އާ ނުބައްދަލު ޚަރަދު ކުރަންޖެހޭނެ. ހުރިހާ ލޯންގްޓާމް ޕްލޭނެއް އައު ސަރުކާރާއެކު ބަދަލުވާނެ. ދެން އާމްދަނީ އިތުރުކުރަން ކުރާ މަސައްކަތްތައް ހުންނާނީ ކޮންމެ ވެރިޔަކުވެސް އޭނަ ހުންނަ ދުވަސްކޮޅު އަދަދު ތަކަކަކުން ދައްކާ ގޮތައް.
ޕެޓީކޭޝް ހުއްތު
13 July 2023
ތި އެސްއޯއީ ތަކުން ކުރާކަން ކަން ރަގަޅަށް ތަހުގީގުކޮށް ބަލައިފި ނަމަ ރައްޔިތުން ތިބޭނީ ސީދާކޮށް ރަތަށް އަރާފައި އިންތިހާބުގެ ކުރިން ރައްޔިތުން ނިކުމެ ތިތަންތަން ސީދާގޮތުން އޮޑިޓެއް ހަދަން މަޖޫބުރުވެއްޖެ ހުރިހާ ކަމެއް ބޮޑު ނިގުލަށް ގޮސް ހުރިހާ ކަމެއް ޕެޓީކޭޝްއަށް ގޮސް ހުރިހާ ކަމެއް ވައްކަމާއި ހެދި އަރި ނުގަތުމުން ވާނެ ގޮތް ތި އެސްއޯއީ ތަކަށް ތިވަނީ ތިޔައީ ވޯޓް ހޯދަން ގެންގުޅޭ ތަންނަތަން ހައްތަހާވެސް
ރޯޑި ކޯޕުރޭ
13 July 2023
ޕެޓީކޭޝް ކިހާވަރެއް؟
ފާލަންމަތިން
13 July 2023
ސަރުކާރުގެ ފެންވަރު. ތަޖުރިބާހުރި ވެރީން މިހާރު ކުންފުނިތަކުގައި ނެތީ. ތަފާސްހިސާބުން ފެންނާނެ
ރީޑަރ
13 July 2023
ޕެޓީ ކޭސް ގިނަވާ ވަރަކަށް ފައިދާވާނީ ދަށެވެ. ޕެޓީ ކޭޝް އަކީ ކޮރަޕްޝަނެވެ. ވައްސަލާމް
ކޮރަލް
13 July 2023
ސަރުކާރުން އެސްއޯއީގެ ގޮތުގައި 30 ކުންފުންޏެއް އަންނަނީ ހިންގަމުންނެވެ. ތިޔަ ތަންތަނުގެ މިނިވަން އޮޑިޓް ކުރަން ފެށީމަ ވ ފައިދާ ވާނެ އެވެ.
ޕެޓީ ކޭޝް
13 July 2023
ފައިދާ ދައްވީ އެކި ނަންނަމުގަ ކެވުނުވަރު އަދިވެސް މަދުވީމަ