ރައީސް ޑރ. މުހައްމަދު މުއިއްޒު: ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާތައް 5 ހަފްތާތެރޭ ދެވޭނެކަމަށް އެމަނިކުފާނު ވިދާޅުވި.
02 އޮކްޓޯބަރ 2025 - 20:36
ސަރުކާރުން ދިވެހި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ކުރިއަށް އޮތް 5 ހަފްތާގެ ތެރޭގައި އެއްކޮށްދީ ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި މިރޭ ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހި ވިޔަފާރިތައް މެދުވެރިކޮށް އެކި މަސައްކަތްތައް ސަރުކާރުން ކުރުވުމަށްފަހު ފައިސާ ނުދީ ހުރި އެތައް ހާސް ބިލެއް އޮތް ކަމަށެވެ.
އޭގެ ތެރެއިން ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުށަހަޅާފައިވާ ބިލުތަކަށް ދައްކަންޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފްތާގެ ތެރޭގައި ދައްކައި، ނިންމާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަކު މިހާރު ނުދީ އޮތީ ކިހާ އަދަދެއް ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެކަމަކީ ފުން އަނދަވަޅެއްގައި އޮތް އިގްތިސާދު ކޮޅަށް ނެގުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލުކުރެވޭ ވަރަށް ބޮޑު ކާމިޔާބީ އެކެވެ.
17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ…
— Dr Mohamed Muizzu (@MMuizzu) October 2, 2025
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދިވެހި ކުންފުނިތަކަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފައިސާ ދޫކުރެވޭނެ ގޮތްތަކެއް ހޯދައި އެކަމަށް ތައްޔާރުވާން މީގެ ކުޑަދުވަސްކޮޅެއް ކުރިން ރައީސް އެދިވަޑައިގަތް ކަމަށެވެ. އެހެންވެ، އެ މަސައްކަތްކުރަމުންދާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"އެހެންވެ އެކަމަށް އަޅުގަނޑުމެން މަސައްކަތްތަކެއްކޮށް މަގުތަކެއް މިހާރު ވަނީ ފަހިކޮށްފައި. އިރާދަކުރެއްވިއްޔާ ރައީސް ވިދާޅުވި ގޮތަށް އެ ފައިސާ ދޫކުރަމުން ދާނެ." ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި ކުންފުނިތަކަށް ނުދައްކާ ހުރި ފައިސާގެ ތެރޭގައި އެމްޑީޕީގެ ވެރިކަން ނިމުނުއިރު ވެސް ނުދައްކާ ހުރި ފައިސާ ހިމެނެ އެވެ.
މިއަހަރުގެ ކުރީކޮޅު ގއ. އާއި ގދ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ގދ. ހޯނޑެއްދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވާ ގޮތުގައި ދިވެހި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ 500 މިލިއަން ރުފިޔާ އޭރު އޮތެވެ. އެ ފައިސާ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ދައްކާ ހަލާސްކުރާނެ ކަމަށް އޭރު އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭގައި ރައީސް ވިދާޅުވެފައިވަނީ 51 ހަފްތާ ތެރޭގައި ސަރުކާރުން ކުންފުނިތަކަށް 6.6 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަޕްޓްރާއްޖެ
03 October 2025
ބަދަލަކަށް ކިޔާފަ އައި މީހުން ހަމަ އެއްތާކު މި ޖެހުނީ. ޕާޓީތަކުގެ މީހުނަށް ވޯޓު ދިނުމަކީ ހަމަ ބޭކާރު ކަމެއް.
އަފްރާސިޔާބު
03 October 2025
އެހެންވީމާ ރައްޔިތުންނަށްޓަކައި ވަގަކު އަޔަސް ވޯޓުލާންވީތާ. އޭނާ ނުދާނެ ހޮވޭއިރަށް ރައްޔިތުންނަށްޓަކައި ޕާޓީ އަކަށްދޯ؟ އެހެންވިއްޔާ މިހާރު ތުޅާދޫ ދާއިރާގައި ހުރިމީހާޔޯ؟ އަނާރާ ނައީމު ޔޯ؟
އުދުހޭ
03 October 2025
ބޯނަސްއާއެކުތަ ދެނީ؟
ރާވެރިބެ
03 October 2025
ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާއޭ ތިވިދާޅުވަނީ އަމިއްލަ ވިޔްފާރިތަކުން ސަރުކާރަށް ގަނެފަހުރި މުދާ ނުވަތަ އެފަރާތްތަކުން ކުރުވާފަ ހުރި މަސައްކަތަށް ދޭންޖެހޭ ފައިސާ. މީ ދޭންޖެހި ނުދީ ހުރި ގިނަ ދުވަސްވީ ދަރަނި. މިދެއްކުމަކީ ކޮށްދޭ ހެޔޮކަމެއް ނުން.
ހާދަކަމެއް އެބަ ރާނގަޅުވެޔޭ
03 October 2025
މޑޕ އަށް ހަލާކުހުރި މިހާ ދުވަހު އިދިކޮޅު ޒިންމާދާރު ކުރުވާ ޕާޓީއެއްގެ ގޮތުގަ ނުފެނުނީމަ ހިތާމަކުރަން.
ދިއްދޫ ޕަރސަން
03 October 2025
ހއ ދިއްދޫ އެއަރޕޯޓް އަޅާނީ ކޮން އިރަކުންތޯ
އަބްޑޫޅް +
03 October 2025
ފަސް ހަފުތާ ފުދޭނެތަ، އެހާ ގިނަ ރުފިޔާ ޗާޕުކޮށް، ލާރި ޖަހަން؟
އަފްރާސިޔާބު
03 October 2025
ކުރިއަށް އޮތް ފަސް ހަފްތާ އެއީ 2027 އިން ފެށިގެން ކުރިއަށް އޮންނަ 5 ހަފްތާ. ރަނގަޅުތާ އިރާދަ ކުރެއްވިއްޔާ ކުރިއަތް އަގަރުނުގެ ކުރިންނޭ ބުނެލިނަމަވެސް.
ލަހުފާ
03 October 2025
ކޮވިޑޭ ކިޔައިގެން ބިލިއަނުން ލާރި ޕްރިންޓް ކޮއްފަ އެވެސް ދިރުވާލީ. ކުދި ވިޔަފާރިތައް ލައްވާ އަމިއްލަ ތަކެތީިގަ މަސައްކަތް ކުރުވާ ލާރި ނުދީ ދައުލަތް ބިލިއަނުން ދަރުވާލާފަ ފިލީ ....
ފާރިސީ
03 October 2025
އެމްޑީޕީ މީހުންގެ ލަދުހަޔާތް ވެސް ނުހުރޭ ބާއޭ މަހިތައް އަރާ، ދިވެހިން ލައްވާ މަސައްކަތް ކުރުވާފަ ފައިސާ ނުދީ ފިލައިގެން ގޮސް އެތިބީ
ީޮރައިސަން
03 October 2025
ރައީސް މުއިއްޒު އަށް މިޖެހުނީ އެމްޑީޕީ މީހުން ކައިފަ ނުދައްކާ ދިޔާ ބިލުތައް ދައްކަން
ޖީހާން ހަސަން
03 October 2025
އެމްޑީޕީ އިން ރިޔާސީ އިންތިހާބަށް ޖެހި ކަޑަ ތަކަށް ވެސް ލާރި ދައްކަން މިޖެހުނީ މިސަރުކާރަށް