ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ކުރިން "މިހާރު" އަށް އިންޓަވިއުއެއް ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
22 ޑިސެމްބަރ 2024 - 10:29
މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އެޗްޑީއެފްސީގެ ބޯޑަށް ޝަފީގް އައްޔަންކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ. އެޗްޑީއެފްސީގެ ވެބްސައިޓުގައި ވެސް އޭނާ އަކީ އެ ކުންފުނީގެ ބޯޑު މެމްބަރެއް ކަމަށް ބުނެފައިވެ އެވެ.
ޝަގީފް ވަނީ ކުރިން އެޗްޑީއެސްފީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމު ވެސް 2021 އިން 2023 އަށް އަދާކުރައްވައިފަ އެވެ. އޭގެ ކުރިން ވެސް އެ ކުންފުނީގެ ސީނިއާ މަގާމުތައް އަދާކުރެއްވި އެވެ.
ޝަފީގަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ގެނައި ބަދަލުތަކަކާ އެކު، ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ.
ޝަފީގަށް ފަހު، ފިނޭންސް މިނިސްޓަރުކަން މިހާރު ކުރައްވަނީ މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރުކަން ކުރެއްވި މޫސާ ޒަމީރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
22 December 2024
ކޮރަޕްޓްވާނެ ބޭފުޅެއްނޫންވީމާ އިސްތިއުފާ ދޭން ޖެހުނީ ދޯ.
އަނީސް
22 December 2024
މިހާރުގެ ބޯޑަކަށް ނުވެއެންނު
ކަލާމު
22 December 2024
ކުރިންވެސް މި ކުންފުނީގަ މަސައްކަތް ކުރި މީހެއް ޝަފީގަކީ. މިތަން އިތުރަށް ކުރިއަރުވަން ޝަފީގު ވަރެއް ނޯންނާނެ
ސަސި.
22 December 2024
އެއްވެސް ކުއްޖަކު ބާކީއެއްނުވާނެ، ބަސްއަހައިގެން އުޅުނީމަ ރަގަޅުވާނެ
ފަތިފުށް
22 December 2024
ދެން ހިންގި ޖަރީމާތަށް ފަސްއަޅާފޮރުވީމަ ކޯންޗަކަށްމިވީ...
އަނީލް
22 December 2024
ކުރިން ބޯޑު މެންބަރުންނޭ ކިޔާފަ ލާފަ ތިބީ ރަނގަޅު ތައުލީމެއް ތަޖުރިބާއެއް ނެތް ޑެޕިއުޓީ މިނިސްޓަރުންގެ މަގާމާ ދެމަގާމު ދީފަތިބި ޕާޓީ ކައުންސިލްގަ ތިބި ކުދިންކޮޅެއް. އެމީހުންވެސް މި 5 އަހަރު މުއްސަނދި ވޭތޯ ލައްކަ މަސައްކަތް ކުރިކަމަށް ވޭ.
ގެދާނޯމޮސް
22 December 2024
އެބޭފުޅާގެ މިނިސްޓަރުންނަށް ގާބިލް ވަޒީރުން އައްޔަނުކުރަން ޑރ މުއްއިޒު ވެސް އެބަޖެހޭ ކެބިނެޓުން ނަންފާސް ވީމާ ޕޯޓަލް އެއްހަދަން!
ޖަވާލް
22 December 2024
ސަސްޕެނޑްކުރި ބޯޑަށް މީހުން ލާފަ ތިބި ބަޔަކު އެޗްޑީސީގެ ވައްކަމުގެ ޒިންމާ ނަގަންޖެހޭނެ..ބައެއް ޑޮކިއުމަންޓް ކިޔާނުލެވޭވަރު މީހުންވެސް ލާފަ..ވެރިން ބުނާގޮތައް ވޯޓްދޭން.
ބަލަދު ޓީމު މެންބަރެއް
22 December 2024
ބައެއް މީހުންނަކީ ކޮންމެސްގޮތަކުން ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރދޭންޖެހޭ އަދި ދައުލަތަށް ބަލަދު އަރާފަތިބި މީހުން. މި ޘަޤާފަތްވެސް ހަމަ ހަބޭހަށް ދަމަހައްޓަންޖެހޭނެ
ރަދީފު ބިން ރަފައިދާ
22 December 2024
ޝަފީގުވެސް ބާކީއެއްނުވި. މިސަރުކާރުގާ ވަޒީފާ ބަހަނީ އެކަކުވެސް ބާކީނުވާނެގޮތް ބަލައިގެން. ކޮމެންޓޭޓަރުން ވަރަށް އުފާވާނެ މިކަމާ. ވަރަށް ފޯރިހުންނާނެ. ބަލަންހުރޭ.
އަފްރާސިޔާބު
22 December 2024
ބާކީ އެއްނޫން ކުރީކީ. އަބުރު ދުއްވާލީ. ނާގާބިލު މީހަކަށް ހެދީ. މަނަމަ ތިމީހާ ދޭ އެއްވެސް ވަޒީފާއެއްގައި ނޫޅޭނަން. އެކަމަކު އަބުރު ދުއްވާލީމާވެސް އެ މަގާމު ގަބޫލު ކުރުމަކީ ހަމަ ނާގާބިލުވީމަޔޭ ހިތުހުރި ގޮތެއް ހެދޭނީ.