ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވި މަގާމަށް އާ ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.
އެ ބޯޑުގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވި މަގާމަށް އައްޔަންކުރީ ޅ. ހިންނަވަރު، ލަންދޫގޭ ހާލިދު ސުލައިމާނެވެ.
ސަރުކާރު ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރާނީ ރައީސްގެ ލަފާގެ މަތިން ޕްރައިވެޓައިޒޭޝަން ބޯޑުންނެވެ.