ޚަބަރު / ފެމިލީ ކޯޓު

ދަރިންގެ ހަރަދު ނުދޭތީ އެންމެ ގިނަ މީހުން ބަންދުކުރީ މިދިޔަ އަހަރު

ފެމިލީ ކޯޓު: ދަރިންގެ ހަރަދު ނުދޭތީ އެންމެ ގިނައިން މީހުން ބަންދުކުރަން ހުކުމްކުރީ މިދިޔަ އަހަރު ކަމަށް އެ ކޯޓުން ބުނޭ --- ފޮޓޯ/މިހާރު

ދަރިންގެ ހަރަދު ނުދޭތީ އެންމެ ގިނައިން މީހުން ބަންދުކުރަން ހުކުމްކުރީ މިދިޔަ އަހަރު ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފެމިލީ ކޯޓުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ދަރިންގެ ހަރަދު ނުދޭތީ މިދިޔަ އަހަރު 16 މީހަކު ގޭ ބަންދުކުރަން ހުކުމް ކުރިއިރު އެކަކު ޖަލަށްލާން ވެސް ހުކުމްކުރި އެވެ. އަދި 2021 ވަނަ އަހަރު 10 މީހަކު ގޭ ބަންދު ކުރަން އަދި ދެ މީހަކު ޖަލަށްލާން ހުކުމް ކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ދަރިންގެ ހަރަދު ނުދީގެން އެކަކު ޖަލަށް ލުމަށް އަދި ދެ މީހަކު ގޭ ބަންދުކުރަން ހުކުމް ކޮށްފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކައިފި އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން ބައްޕަގެ މުސާރައިން ދަރިންގެ ހަރަދު އުނިކުރުމަށް ފަހު ކޯޓަށް ޖަމާކުރަން މިދިޔަ އަހަރު 19 މައްސަލައެއްގައި ހުކުމްކުރި އެވެ. އަދި މިއަހަރުގެ މިހާތަނަށް އެގޮތަށް ތިން މައްސަލައެއްގައި ހުކުމް ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ދަރިންގެ ހަރަދު ހުކުމާ އެއްގޮތަށް ނުދޭނަމަ، ޖަލަށްލުމާއި ގޭ ބަންދު ކުރުމުގެ އިތުރުން އެކައުންޓުން ފައިސާ އުނިކުރުން ފަދަ ފިޔަވަޅުތައް އެޅެ އެވެ. ނަމަވެސް އެތައް އަހަރެއް ވަންދެން ދަރިންގެ ހަރަދުގެ ގޮތުގައި ބޮޑެތި އަދަދުތައް ނުދީ ހުންނަ މައްސަލަތައް އަދިވެސް ފެންމަތިވެ އެވެ.

11 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 20%
icon inlove icon inlove 40%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުޅިބޯ

14 July 2023

ގޭ ބަންދުކޮށް ޖަލަށް ލީމަ ޚަރަދު ލިބޭ؟؟؟

The name is already taken The name is available. Register?

ބޭއިންސާފުވާތީ ދެރަވޭ!ﷲގެ ރަހުމަތަށްޓކާ ދރންގެ ޙަރަދުހޯދަދީބަ!

13 July 2023

ދަރިފުޅު ވިހައިގެން އެނދުން ނުތެދުވަނީސް ހިލޭއނހެނުނނާ ބދުއަޚްލާގީ އަމލު ކުރާކަން ފޅާ އެރުމުން ވަރިވިގޮތަށް އެކނިވރި މއެއްގޮތުގަ އުޅެއުޅެ 18ފުރެނީ. ޚަރދުނުދޭ ކޯޓުގަ އެއްބަސްވިގޮތަށް.ފަހުންއނނަ އަންބަށާ ދަރިންނަށް ޚރަދުކޮއްފަ ކޮފީބޮނީ. ޙުރހާ ލާރި ނަގާދީބަ، ދެކޮޅު ނުޖެހި ދަރިންނށް ކޮއްދޭން ބޭނުނވާ ކންތއް ނުކޮއްދެވި އަހރުތައް މިދނީ. ބަލްކު ކޮއްހޯދަދީބަ ޕްލީޒް.ދޮށީދރީގެ ހައްޤު އެެހންމީހުންކަނީ.ހަރާމްވާނެ.ހިތްދަތިކަންމަތީ އަބދު

The name is already taken The name is available. Register?

ނުރަބޯ

13 July 2023

އެބައި ވެސް ކަރަންޓްބިލް ގައި ހިމަނަންވީނު……؟

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

13 July 2023

ދަރިންނައް ޚަރަދު ނުކުރެޔޭކިޔައިގެން ހުށަހަޅާ ބައެއް މައްސަލަ ތައް ޚަރަދުދޭއިރު ވެސް އެތައްދުވަހެއްގެ ފަހުން އަންހެންމީހާ ހުށަހަޅާފައި އެބަހުރި. ވަރިކުރި ފިރިހެން މީހާއާއި ވަރިވެވުނު އަންހެން މީހާ އާއި ދެމީހުން ވާހަކަދައްކައިގެން ކޯޓައް ފައިސާ ދިނުމުގެ ބަދަލުގައި ސީދާ އަންހެންމީހާގެ އެކައުންޓައް ފައިސާ ޖަމާކުރީމަ މާފަހުން ފައިސާނުދެޔޭ ކިޔައިގެން މައްސަލަޖައްސާ!ފިރިހެންމީހާގެބޯރަގަޅުކަމުން ސްލިޕްތައް ފޮރުވާފައި ބެހެއްޓީމާ ސަލާމަތްމިވަނީ!

The name is already taken The name is available. Register?

އައްލާ ބެއްޔާ

15 July 2023

އަންހެން މީހާ މައްސަލަ ޖައްސަނީ ފިރިހެން މީހާ އެހެންމީހަކާ އިންނަން އުޅޭކަން އިގޭ ހިސާބުން ކަނޑައެޅިގެން ލަޑެއްދީ ބޮޑު އަދަދެއްގެ ފައިސާ ހޯދުމުގެ ނިޔަތުގައި.! ބޯރަގަޅު ފިރިހެނާ އެންމެ ފަހުން ޚަރަދު ނުދެޔޭ ބުނެ މައްސަލަޖެއްސި އަންހެނާގެ މައްޗައް އަބުރުގެ ދައުވާވެސް ކޮއްފަ އެބަހުރި.

The name is already taken The name is available. Register?

ޣަސިމް

13 July 2023

ވަރިކުރަން ޖެހުނު ސަބަބައް ރިޔާޔަށް ކުރަން ޖޭހޭ މިހާރު. ހިލޭ ފިރިހެނަކާ ޒިނޭކޮށްގެން ވަރި ކުރަން ދިޔަސް އެމައްސަލަ އެއް ނުބަލާ ހުރިހާ ގެއްލުމެއް ބަފަޔަށާ ދަރި ފުޅައް. ފިރީހާ ގެ މައްސަލަ އެއްވިއްޔާ ދަރިންގެ ޙަރަދު 2 ހާހައް ވުރެން ބޮޑުވެސް ކުރަންވީ

The name is already taken The name is available. Register?

ރިޔާޒު ރަށީދު

13 July 2023

ކީއްވެހޭ ހަރަދު ދިނުން އެއީ ފިރިހެނުން އެކަނި ކުރަންޖެހޭ ކަމަކަށް މިވަނީ؟ ދަރި އަކީ ދެ މީހުންގެ ޒިންމާއެއް. މިހާރު އޮންނަ ގޮތުން ވިއްޔާ ދަރި އަތުލާނެ މަންމަ. ދެން ދަރި ދައްކާނީ ހިތައް އެރި ފަހަރަކު. ދެން ދަރި ލައްވާ ގުޅުވާނީ ބައްޕަ ފެލަން. ދަރި ބޮޑުވާނީ ބައްޕަ އަށް ނަފުރަތު ކުރަމުން.

The name is already taken The name is available. Register?

ޕެހެލޭ

13 July 2023

ދެން ދަރިއަށް ކާންދީ ފެންވަރުވާ ނިންދަވަންވެސް ބައްޕަ އަންނަން ވީނު

The name is already taken The name is available. Register?

ރިޔާޒު ރަށީދު

14 July 2023

ޕެހެލޭ. ލިޔެފަ އޮތް އެެއްޗެއް ކިޔާފަ ރައްދު ދީބަލަ. އެއޮތީ ބުނެފަ ދަރި އަކީ ދެމީހުންގެ ޒިންމާ އެކޭ.

The name is already taken The name is available. Register?

GanevihkaaDOTcom

13 July 2023

ދަރިންގެ ހަރަދުގެ ގޮތުގައި މަހަކު -/2000ރ ބައްޕައިން ދޭންޖެހުމަކީ އިންސާފެއްނޫން، މިހާރު ބޭސްފަރުވާ، ސުކޫލުފޮތްތައް ފަދަކަންކަން ހުރިހާ އެންމެނަށް ހިލޭ، -/2000ރ ކޮންމެމަހަކު ދިނުމަކީ މިރާއްޖޭގެ އެވުރެޖު މީހުންގެ އާމްދަނީއަށް ބަލާއިރު ވަރަށްބޮޑު ތަކުލީފެއް، ދަރިއަކަށް ކޮންމެ މަހަކު -/2000ރ ޚަރަދެއްނުވެސްވާނެ، ބައެއްމަސްމަހު އިތުރަށްވެސް ޚަރަދުގޮސްސާނެ ނަމަވެސް ގިނަމަސްމަހު -/2000ރ ނުދާނެ!

The name is already taken The name is available. Register?

ގޭބަންދު

13 July 2023

ގޭބަންދުކުރުމުން ގިނައިން ލިބެނީތަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454