ޚަބަރު / ހައުސިން، ލޭންޑް އެންޑް އާބަން މިނިސްޓްރީ

ގޯތި ލިސްޓަށް ހުށަހެޅި 800 އެއްހާ ޝަކުވާ މި އަންނަނީ ބަލަމުން: އަކްރަމް

ގޯތި ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ: ޝަކުވާތައް ހަތް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އަކްރަމް ވިދާޅުވި. -- ފޮޓޯ | ޕްލޭނިން މިނިސްޓްރީ

16 ޖުލައި 2023 - 12:34

48 comments

މާލެ އިން ގޯތި ލިބޭ ވަގުތީ ލިސްޓް އާއްމު ކުރުމުން ހުށަހެޅި ޝަކުވާތައް ބަލަމުން އަންނަ ކަމަށް ކޮމިޓީގެ ޗެއާ, ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ އަހަރުތަކަކަށް ފަހު، މާލޭގެ މީހުންނަށް ގޯތި ދޭން ހުޅުވާލައި އާއްމުކުރި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިއްޔެ ހަމަވިއިރު ގާތްގަނޑަކަށް 800 ޝަކުވާ ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި ހަރުދަނާ ޝަކުވާތައް މާގިނަ ނޫން ކަމަށް މިހާތަނަށް ބެލި ޝަކުވާތަކުން ވެސް ބެލެވޭ ކަމަށް ވިދާޅުވި އެވެ.

"މި ޝަކުވާތައް ބަލާފައި އެ އަށް ޖަވާބު ދޭނަން. މި ޝަކުވާތައް ބަލައި ނިމުމުން ލިސްޓަށް ބަދަލު އައުން ވެސް އެކަށީގެންވޭ. އެކަމަކު އަދި ނޭނގޭ. ބަލައި ނިމުނީމަ އެނގޭނީ," އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޝަކުވާތަކަށް ހަތް ދުވަހުގެ ތެރޭގައި ޖަވާބު ދޭނެ އެވެ.

މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރަން ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމުގައި މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް މީހުންނަށް، "ގޯތި ލިބޭ" ކެޓަގަރީގައިވާ މީހުންނާ ގުޅިގެން ގޯތި ކަށަވަރު ކުރެވޭ ގޮތް ވެސް އޮތީ ހަދައިފަ އެވެ.

ކުރިން އޮތް ގޮތުން ނަމަ "ޝަރުތު ހަމަވޭ، ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" މީހުންނަށް ޖޮއިންޓް ވެވޭނީ ގޯއްޗަށް ކުރިމަތިލީ މީހުންގެ ތެރެއިން އެ މީހަކާ ޖޮއިންޓް ވުމުގެ ތިމާގެކަމުގެ ގުޅުން އޮތް "ޖޮއިންޓް ވެގެން ގޯތި ލިބޭ" ސްޓޭޓަސްގެ މީހުންނާ އެކަންޏެވެ. އެކަމަކު ވަގުތީ ލިސްޓްގައި ހިމެނޭ "ޝަރުތުހަމަވޭ ޖޮއިންޓުވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" ފަރާތްތަކުގެ ތެރެއިން "ގޯތި ލިބޭ" މީހުންނާ ވެސް ޖޮއިންޓް ވެގެން ފޯމު ހުށަހެޅުމުގެ ފުރުސަތު ފަހުން އޮތީ ހުޅުވާލައިފަ އެވެ.

"ޝަރުތު ހަމަވެ އަލަށް ޖޮއިންޓްވާން ޖެހޭ ލިސްޓުގައި ތިބި މީހުން ވަކިން އެނަލައިޒްކުރަން ޖެހޭނެ. އެކަމަކު ލިބިފައި ތިބި މީހުންގެ ތެރެއަށް ޖޮއިންޓްވާ މީހުން އިތުރަށް އިވެލުއޭޓްކުރާކަށް ނުޖެހޭނެ. އެއެއްޗެހި އަވަސްވާނެ ފަސޭހަވާނެ ދާއިމީ ލިސްޓް ނުކުންނަ އިރު ނުކުންނާނެ," އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަނެއް ލިސްޓު ނެރެން ދުވަސްކޮޅެއް ނަގާނެ އެވެ.

ސިންގަލް އެޕްލިކަންޓާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭ ގޮތަށް ފޯމް ހުށަހެޅި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 19،858 މީހުން ކަމަށް ވެސް ބުނެފައި ވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި މިހާރު ހިއްކާފައި އޮތް ބިމުން 2،200 ގޯތި، ގުޅިފަޅުން މަދުވެގެން 2،000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން ވެސް 2،000 ގޯތި ދޭނެ އެވެ.

ސަރުކާރުން ފުރަތަމަ އިއުލާންކުރީ 5،000 ގޯތި ދޫކުރުމަށެވެ. ނަމަވެސް، ފަހުން ރައީސް ވިދާޅުވެފައި ވަނީ ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޭނެ ކަމަށެވެ. އަދި އެންމެ ލަސްވެގެން އަންނަ މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރަން ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

48 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަހްސަން ފަރީދު

18 July 2023

60 ބިލިޔަން ދިވެހި ރުފިޔާގޭ އަގުހުރި ބިން (ރައިޔަތުންގެ ނުއުފުލޭ ބަންޑާރަ މުދާ) ބޭއިންސާފުން ހިތު ހުރިގޮތަށް ބަހާލި މައްސަލާއިގަ ގެއްލޭ ވޯޓޫ މާގިނަވާނެ. 1) ހައުސިން މިނިސްޓްރީއަކަށް ގޯތި ނުދެވޭނޭ. 2) މަލޭ ސިޓީ ކައުންސިލް ނުވަތަ މުނިސިޕަލްޓީ އަކި ގާނޫނުން ބިން/ގޯތީ ކަންޑައިދެވޭނެ ފަރާތް. 3) ގާނޫންއިން ރައްވެހިކަން ލިބިފައިވާ ފަރާތްތައް އިސްތިސްނާ ނުކުރެވޭނޭ. 4)ގެޒެޓް ކުރިއިރު ނެއް އިތުރުއޮބްޝަން ތަކެއް އިވެލުވޭޓް ކޮށްނިމުން އުނި އިތުރުނުކުރެވޭނެ

The name is already taken The name is available. Register?

ޢަޖައިބެއް އަފީފު ބެއްޔާ!

17 July 2023

ކޮން ހަޅޭކެއް ލަވާކަށް! މާލޭގެ ގޯތިތަކުގެ ރަޖިސްޓަރީތައް މި މޮޔަވެގެން އުޅެ އަފީފަަށް ދައްކަބަލަ. މާލެއިން އެހެން ރަށްރަށުގެ މީހުންނަށް ގޯތިދީފަހުރީ މާލެ ހިއްކިއިރު. މިހާރުވެސް މަދެއްނުވާނެ އައްޑޫ ވިޔަފާރިވެރިންނެއް ގޯއްޗެއް ނުވަތަ އެޕާޓްމަންޓެއް ނަގައިގެން އުޅޭ. ކޮންސްޓްރަކްޝަން ކުންފުނިތައް ހިންގާ އެހެން ރަށްރަށުގެ ރައްޔިތުން އެތަންތަން ކުއްޔަށް ދިނީމަވެސް ނަންވަނީ އެއްކަލަ ނަފްރަތުކުރާ މާލޭމީހާ

The name is already taken The name is available. Register?

ފަޒު

16 July 2023

އިބުރާހީމު މުހައްމަދު ސޯލިހު ހާދަހެވޭ. މިފަހަރު ދޫކުރާ ފުލެޓުތައްވެސްދެނީ ގޯތިދިންގޮތައް ހަމަ ހިލޭތޯ

The name is already taken The name is available. Register?

ސޭ ނޯ ޓު ރޭސިޒަމް

16 July 2023

ރޭސިސްޓުން އައުޓު

The name is already taken The name is available. Register?

ކުމުންދޫއަލީ

16 July 2023

800 ވޯޓު ގެއްލޭނެ

The name is already taken The name is available. Register?

މުޚްތާރު ހަސަން

16 July 2023

ބަލަ އަކުރަމޫ...ކޮބާ ކޮންއިރަކުންތޯ ފުލެޓު ލިސްޓް.

The name is already taken The name is available. Register?

ޕިލާހް

16 July 2023

10ބުރިއަށް ގެ ހަދާފަ އަދި އިތުރު ބިންތައް ކުއްޔަށްދީފަ ލަގްޒަރީ އެޕާރޓްމަންޓްތައް ގަނެފައިވާ މީހުން ލިސްޓްގަ ގިނަ..މިހާރުވެސް އެޕާރޓްމަންޓް ގަންނަން ފުލްޕޭމަންޓް ދައްކާފަވާ ފަރާތްތައް ހިމެނޭ..މީ ކޮންކަހަލަ އިންސާފެއް..ވޯޓް ހޯދަންވެސް މިދެން ބޮޑުވަރު

The name is already taken The name is available. Register?

ބަލަ ފިލާވަލޫ

16 July 2023

ބޮޑެތި ވިޔަފާރިވެރިންނާ މަޖިލިސް މެންބަރުންނަށް މަލޭ ވިތީ ލިބޭ އިރު ތިދައްކަނީ ކޮން އުޒުރެއް؟

The name is already taken The name is available. Register?

މަޖޫ.

16 July 2023

މާލެއިން އަކުރަމަށް ލިބުނު ގޯތި ވިއްކާލި ގޮތަށް ތިގޯތިތައް ލިބޭ މީހުންވެސް އެތަންތަން ވިއްކާލާފަ ލާރި ހަދާލާނެ. ތިއީ މާލޭ މީހުން ލާރިހޯދަންވެގެން މާލޭ ސަރުކާރުން ދޭ ތަންތަން. ކޮންމެހެން ދިރިއުޅޭކަށް ނޭވާ ނުލެވޭތީ ދޭތަންތަނެއްނޫން.

The name is already taken The name is available. Register?

ފުލެޓް ދޮންބެ

16 July 2023

ކޮބާހޭ ފުލެޓު ލިބޭމީހުންގެ ލިސްޓް

The name is already taken The name is available. Register?

ވޯލް

16 July 2023

އޭގަ އެބަހުރު ޝަރުތު ހަމަ ނުވާ މީހުންވެސް. އަހަރެންނަށް އެނގޭ އަދި ޑޮކިއުމަންޓް ހުރި މީހަކުވެސް އެބައިން ލިސްޓުގައި.

The name is already taken The name is available. Register?

ރޯޒަސް

16 July 2023

އަވަހަށް މައްސަލަ ހުށަހަޅާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454