މ. ކޮޅޫފުށި: އެ ކުއްޖާ މަރުވީ ގެނޑިބެން ކަމަށް ކައުންސިލުން މައުލޫމާތުދޭ.-- ފޮޓޯ: އެލީސިއަން / ފޭސްބުކް
16 ޖުލައި 2023 - 12:45
މ. ކޮޅުފުށީގައި ގެއްލުނު ތުއްތު ކުއްޖަކު ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުން ބުނީ އުމުރުން އެއް އަހަރުގެ ފިރިހެން ކުއްޖާ ފެނުނީ 11:38 ހާއިރު ކަމަށެވެ.
ކުއްޖާ މޫދުން ފެނިގެން ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިކަން ހިނގީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ.
މިދިޔަ މަހު އައްޑޫގައި ވެސް ކުއްޖަކު ގެނބިގެން މަރުވި އެވެ. އަދި މިދިޔަ މަހު ވަނީ ރިސޯޓެއްގެ ޕޫލަކަށް ގެނބިގެން ވެސް ކުއްޖަކު މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
17 July 2023
މިފަދަ އިހުމާލުވާ މައިންބަފައިން ނުވަތަ ބަލަދުވެރިން ހައްޔަރުކޮށް މައްސަލަ ބަލަންޖެހޭ.
އަށްކޮ
16 July 2023
އެކުއްޖާގެ އާއިލާއަށް ކެއްތެރިކަން ދެއްވުން މާތްރަސްކަލާންގެ ކިބަފުޅުން އެދެން. މާތް ރަސްކަލާންގެ ނިންމެވުން މާމަތިވެރި
އައިމިނާ
16 July 2023
ފަރުވާ ކުޑަކަމުގެ އިންތިހާ. މި ދަރަޖައަށް ކުޑަ ކުދިންނާއި މެދު އިހުމާލުވަނީ ކީއްވެބާ!
ޖަމީލުބެ
17 July 2023
ކަންވީގޮތް ބަލާލުމެއްނެތި މީހުންގެ ބޮލުގަ ތުހުމަތުއެޅުވުމީ ދެރަކަމެއް!
ޖަމީލުބެގެ ކާފަ
17 July 2023
ހަމަ ފަރުވާކުޑަ ކަމުން އެވަރުގެ ކުއްޖެއްގެ ފުރާނަ ދާނީ. 2 އަހަރު ނުވާ ދެކުދިން ގެއިން ނިކުމެގެން އަތިރިމައްޗަށް ދިޔައިރު ބެލެނިވެރިޔާގެ އިހުމާލެއް ނެތޭ ތޯ ބުނަން ތިއުޅެނީ