ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިނަށް މ. ދިއްގަރުގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފައްޓަވާފައިވާ މ. އަތޮޅުގެ ކެމްޕެއިންގައި، އެންމެ ފަހުގެ މަންޒިލެއްގެ ގޮތުން މި އަތޮޅު ދިއްގަރުގައި ބޭއްވި ހަރުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
16 ޖުލައި 2023 - 22:34
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިދިކޮޅު ކެންޑިޑޭޓުން ނުކުމެވަޑައިގަތުމަށް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އިލްތިމާސް ކުރައްވައިފި އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހުގެ މަންޒިލެއްގެ ގޮތުން، ދިއްގަރުގައި ބޭއްވި ހަރުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެމްޑީޕީން ތިބީ އިދިކޮޅު ކެންޑިޑޭޓުންނާ ވާދަކުރަން ތައްޔާރަށް ކަމަށެވެ.
އެހެންވެ، އެ ކެމްޕެއިނަށް ނުކުމެވަޑައިގެން، އިންތިހާބުގައި ވާދަކުރައްވަން އެ މަނިކުފާނު އެދިވަޑައިގަތެވެ.
ސިޔާސީ ހަލަބޮލިކަން ކިތައްމެ ބޮޑު ވިޔަސް ކާމިޔާބު ހޯދަނީ އެމްޑީޕީން ކަމަށް ވާތީ، ވާދަވެރިކަމާއި ފޯރި އާއި ޖޯޝުގައި ނުކުމެ، އަނެއްކާ ވެސް އެ ޕާޓީއާ އެކު ތިބުމަށް ވެސް ރައީސް މިރޭ އެދިވަޑައިގަތެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިނަށް މ. ދިއްގަރުގައި.-- ފޮޓޯ: އެމްޑީޕީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ޑިމޮކްރަސީ ގެނައުމަށް މީގެ އެތައް އަހަރެއް ކުރިން ކުރަން ފެށި މަސައްކަތުން މި ހިސާބަށް އާދެވުނީ ވާދަވެރި އިންތިހާބުތަކުގައި ވޯޓުން ނަތީޖާ ދައްކައިގެން ކަމަށެވެ.
"އަޅުގަނޑުމެންނަށް ގައިމު ވެސް އެ ހިސާބަށް އާދެވިއްޖެ. އެމްޑީޕީ އަށް އާދެވިއްޖެ. ބައެއް ފަހަރު ހިތަށް އަރާ އަޅުގަނޑުމެންގެ ވާދަވެރިންނަށް އަދި އެ އުޅެވެނީ 2000 ގެ ކުރީކޮޅުގައޭ. އޭރު އަޅުގަނޑުމެން ކުރަން ފެށި މަސައްކަތުގެ ކޮންމެ ވެސް މަންޒަރެއް ބައެއް ރަށްރަށުން އަޅުގަނޑުމެންނަށް އެބަ ފެނޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް އިހުތިރާމާ އެކު މި ދަންނަވާލަނީ ދޫކޮށްލައްވާށޭ. ރަނގަޅަށް ވާދަވެރި ކެމްޕެއިނެއް ކުރައްވާށޭ. އަޅުގަނޑުމެން މި ތިބީ ރަނގަޅަށް ވާދަކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރަން."
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ތަޅާ ފޮޅުމާއި ހަމަނުޖެހުމާއި ސުލްހަ ގެއްލުވާލުމަށް ކުރާ މަސައްކަތަކަށް ޖާގައެއް ނުދޭނެ އެވެ. މި ގައުމަށް އަމާންކަމާއި ހަމަޖެހުން ގެނައުމަށް އިތުރު ފަސް އަހަރު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންނެވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅޭ
18 July 2023
އަހައްނަކައް ހިއެއްނުވޭ ސޯލިހު ތީތިހާތާއީދު ބޮޑުމީހަކައް ވާނެކަމަކަށް. އާޙިރުގަ މަގުމަތި ނުވެއްޖިއްޔާ ވަރައް ރަނގަޅު
ބަނޑިދޫ
17 July 2023
ޜާއްޖޭގެ އެންމެ ޕޮޕިއުލާރ ލީޑަރު ހުރަގޭގަ ބާއްވައިގެން ބާކީ ތިބި ސިޔާސީ މީހުންނަށް ދައުލަތުގެ ބިންތަކާއި ފަޅުދީގެން ، ލޯނުތަށް ފަސްކޮށްދީގެން އެކަނި ކޭމްޕްކުރިޔަސް ހިވެނެހެން ހީނުވޭ!
ސުންކު
17 July 2023
އިދިކޮޅު ލީޑަރު ފޮރުވައިގެން ކާކުލައްވާ ކެންޕޭންކުރަން ނުކެރޭ ދެފުއްކެހެރި
އިބުރާހީމު
17 July 2023
ވާދަވެރި ވެވޭނީ ދެން މިވަރަށް. ޔާމީނު ބަންދު ކޮށްގެން ތި އުޅެނީ ބިރުން. މަނިކުފާނަށް ވުރެން މަތިން ގާސިމުވެސް މިފަހަރު ނަގާނެ. ދިވެހި ބަހުން ރީތިކޮށް ބުނާނަމަ، ތިޔަށް ކިޔާނީ ދުރުގަ ހުރެ ވައްވައް ޖެހުން. ދައުރު ހަމަވާން ކާރި ވީމަ މެގަ ޕްރޮޖެކްޓްތައް ތި ޖައްސަނީ. އަހަރުމެން އަނދަވަޅަކަށް ވައްޓާލަންތޯ ތިޔަ އުޅެނީ.
ޖުމޭ
17 July 2023
ސާބަހޭ. ރައީސް އިބޫ. މާތް ﷲ އަށް ބިރުވެތިވާ، ކުލުނާ، ހަމްދަރުދީ، ކެތްތެރިކަން، ޚުލްޤު، އިޙްތިރާމް ލިބިގެންވާ ވެރިޔަކު މި ގައުމުން މިވަނީ ފެނިފައި. ކިތަންމެ ހަޑި އެއްޗެއް ގޮވިޔަސް އެކަމަށް ފަރުވާލެއް ނުބަހައްޓަވާ ކުރެއވި ހުވަޔާ އެެއްގޮތަށް މަސައްކަތުގައި ދެމިހުންނެވުމުގެ ގާބިލް ކަން މާތް ﷲ ދެއްވީތީ ހަމްދު ކުރަން. ދުލަށް އަންނަހާ އެއްޗެއް ގޮވީމާ އެކަމުގެ ޖަޒާ ދެއްވާނީ ﷲ ތަޢާލާ. އެއްގޮތަކަށް ވެސް ރައީސް ކަންބޮޑުވެ ވަޑައިގަންނަވާނެ ކަމެއްނެތް.
ވާދޫ މޯޑް
17 July 2023
ރައްޔިތުންނަށް އޮޅުވާލައިގެން ވޯޓު ލިބޭނެ ކަމަށް ހިތާ މޮޅެތި ވާހަކަ ދައްކަނީ. ދޮގެއް ރޭވިއަސް އެނގޭ މިހާރު އެންމެންނަށް.
ގޮމަ
17 July 2023
އޮޅުވާލި އެއްޗެއް އޮތިއްޔާ ދައްކަބަލަ. ބުހުތާން ދޮގު ހަދައިގެން ރައްޔިތުންނެއް ނޯޅޭނެ.
ޗެރޫ
17 July 2023
ތީ ފިނޑިކަމުގެ ނަމޫނާ.
ކޮމާ
17 July 2023
ހެ ހެ ހެ. ފިނޑިކަމުގެ ނަމޫނާ ވެރިއެއްގެ ދަށުގައި 5 އަހަރު ތި ހޭދަކުރީ. ދެން ލަލަލާ.
ޖުހާ
17 July 2023
ކެރިވަޑައިގަންނަވަންޏާ ޔާމީނާ ވާދަ ކޮއްލަބަލަ
ބުމާ
17 July 2023
ބަލަގަ ޔާމީން ކައިރީ ބުނޭ އަންނާށޭ. ފުރަތަމަތަމަ ވައްކަމުން ސަލާމަތްވެ ބަލާށޭ ބުނެބަލަ. ލަދެއް ހަޔާތެއްނެތޭ. ދައުލަތުގެ މާލިއްޔަތު ކާލައިގެން ވެރިކަމަށް ފޫގަޅާ.
ސުންދުސް
17 July 2023
ވާދަކޮށް %18 ތަފާތުން ބަލިކޮށްފަ އޮންނާނީ 2018 ގަ. ބިލިޔަނުން ވައްކަންކުރީމާ މިހާރު އޮތީ ޖަލުގަ. މިނިވަންވެގެން އާދޭ ވާދަކޮށްލަން! ޔާމީނަކީ އެންމެ ކުޑަ ތަފާތުން ހޮވުނު އަދި އެންމެ ބޮޑު ތަފާތުން ބަލިވި ރިޔާސީ ކެންޑިޑޭޓް!
ލައިލާ.
17 July 2023
މިހާރު ތިޕާޓީގަ އޮތީ އަދާލަތާ ޑީއާރުޕީގެ ބާރު އެމުޑީޕީއެއްނެތް..
ލިން
17 July 2023
ވ. ބޮޑު ތެދެއް ތިބުނީ. ތި ވަރުގެ ތެދެއް މިއިންދުވަހަކު ނާހަން. އުފާވޭ ދޯ.
ގުލުމީ
17 July 2023
ތަރައްގީގެ ބާނީ އޮތީ ޖަލުގަ..