ފެމެލީ ކޯޓު: ދަރިންގެ ހަރަދަށް ފުރަތަމަ ހަ މަހު 21 މިލިއަން ރުފިޔާ ކޯޓުން ވަނީ ހޯދައި ދީފައި.-- ފޮޓޯ: މިހާރު
16 ޖުލައި 2023 - 22:38
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދަރިންގެ ހަރަދަށް 21 މިލިއަން ރުފިޔާ ފެމިލީ ކޯޓް މެދުވެރިކޮށް ހޯދައި ދީފި އެވެ.
އެ ކޯޓުން މިއަދު އާންމުކުރި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، އެ މުއްދަތުގައި ދަރިންގެ ހަރަދު ސާބިތުވާ 185 ކުދިން އެބަތިއްބެވެ. އެ ކުދިންގެ ހަރަދަށް 41.1 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. ނަމަވެސް، އޭގެ ތެރެއިން ކޯޓަށް އަދި ދެއްކީ 20.5 މިލިއަން ރުފިޔާ އެވެ.
ކުދިންގެ ހަރަދުގެ ގޮތުގައި ކޯޓުން ބަލައިގަތް ފައިސާގެ ތެރެއިން 21.2 މިލިއަން ރުފިޔާ މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި ކުދިންނަށް ދޫކޮށްފައިވާ ކަމަށް ފެމެލީ ކޯޓުން ބުންޏެވެ.
ދަރިންގެ ބޯހިޔާވަހިކަމާއި އެހެނިހެން ހަރަދުގެ ގޮތުގައި 772،115.27ރ. ކޯޓަށް ލިބެން ޖެހޭއިރު، ލިބުނީ 130،498.35ރ. އެވެ. އަދި އެ ފައިސާގެ ތެރެއިން 88،726.44ރ. މިހާރު ވަނީ ކުދިންނަށް ދީފަ އެވެ.
އިއްދަ އާއި ވިހެއުމުގެ ހަރަދު ސާބިތުވާ 180 މީހަކު ވެސް އެބަތިއްބެވެ.
ކޯޓުން ބުނީ އެ މީހުންނަށް 5.3 މިލިއަން ރުފިޔާ ދޭން ޖެހޭއިރު، ކޯޓަށް އަދި ލިބުނީ 1.5 މިލިއަން ރުފިޔާ ކަމަށެވެ. އޭގެ ތެރެއިން 1.1 މިލިއަން ރުފިޔާ އެމީހުންނަށް ދޫކޮށްފައިވާ ކަން ތަފާސްހިސާބުތަކުން އެނގެ އެވެ.
އަނބިމީހާގެ ހަރަދުގެ ގޮތުގައި 152،000ރ. ކޯޓަށް ދައްކަން ޖެހޭއިރު، ލިބުނީ 34،000ރ. އެވެ. އޭގެ ތެރެއިން 31،000ރ. ކޯޓުން މިހާރު ވަނީ ދޫކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހިނޫ
16 July 2023
ވަރި ވުމަށް އަނބިމާ ދެން ކައިވެނި ކުރާ މީހާގެ ތައްޕާހުން ދަރިންތަށް ބެލީމަ އެނިމުނީއެއްނުން. އޭގެ ފަހުން ދަރިން ބަލަންޖެހޭނީ އެދެމީހުން މާ ސިންޕަތީ ވާކަށް ނުޖެހޭނެ
އިދޫ
17 July 2023
ނޫން. އަނބިމީހަ ކިތަންމެ ގިނަ މީހުންނާ އިނަސް، ކިތަންމެ ބޮޑު މުއްސަންޖަކާ އިނަސް ދަރިންނަށް ޅަރަދުކުރަންޖެހޭ ބައަކީ އެކުދިންގެ ބައްޕައިން.
ޟމޯޑު
17 July 2023
ތިކަހަލަ މެންޓަލިޓީ ގެންގުޅޭތީ ތަނެއް ރަނގަޅުނުވަނީ!! ޢަލެ ކޮންތާކުންތަ މިމީހުން މިވިސްނަނީ!!
ބަބާ
16 July 2023
ކޮބާ އައްޕަގެ ލޯބި؟
ސޮހޮލު
16 July 2023
ރަގަޅު ފިގާސް ތަކެއްތޯ؟ ހާދަ ހީނުވެއޭ 185 ކުދިންނަށް 41 މިލިއަން. ކުއްޖެއްގެ ބޮލަކަށް މަހަކު 37000ރ. އާއްމު މީހެއްގެ މުސާރަ 15000 ކަމަށް ބެލިޔަސް... ބޯހަލާކު.
ޢައްދޯއި
17 July 2023
އަދުރެމެޓިކްސް
ދާއޫދު
17 July 2023
ޚަރަދު ނުދީ އެތައް އަހަރެއް ވެފައިވާ މީހުން އެބަތިބި. ޢެހުރިހާ އަހަރެއްގެ ޖުމްލަ ފައިސާގެ ޢަދަދު ހެން ހީވަނީ.