"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގައި ވެސް ވާދަވެރި ދެ ޕާޓީއަކަށް ވެގެންދާނީ އެމްޑީޕީ އާއި ޕީޕީއެމް. އޭގެ ތަފާތެއް އައިއްސަ އޮތް ތަނެއް އަޅުގަނޑަކަށް ނުފެނޭ،"
17 ޖުލައި 2023 - 19:15
ދެހާސްއަށާރަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބެކޭ އެއް ފަދައިން އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ އެމްޑީޕީއަށް ޗެލެންޖަކަށް ވާނީ ޕީޕީއެމް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ވާވު އަދި މީމު އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވ. ފުލިދޫގައި ނޫސްވެރިންނަށް ރައީސާ ބައްދަލުވި ވަގުތުކޮޅެއްގައި ވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެން މިހާރު އުފައްދަވާފައިވާ "ދަ ޑިމޮކްރެޓްސް"ގެ ފަރާތުން އިންތިޚާބުގައި ކިހާ ވަރެއްގެ ގޮންޖެހުމެއް ކުރިމަތިވާނެ ކަމުގެ ސުވާލު އަމާޒުކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމްޑީޕީން އެއްވެސް ބޭފުޅަކު ދުރަށް ވަޑައިގެންނެވުމަކީ ގެއްލޭނެ ވޯޓު ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު އިންތިޚާބުގެ ނަތީޖާއަށް ކުރާނެ ކަމަށެވެ.
އެކަމަކު މި އިންތިޚާބުގައި ތަފާތު ކޯލިޝަނެއްގެ ތެރެއިން، ސިޔާސަތުތަކަށް ގެނެވުނު ބަދަލުތަކާއި ކަން ކުރުމުގެ ވައްޓަފާޅިއަށް ގެނެވުނު ބަދަލާ އެކު ކުރިން އެމްޑީޕީއަށް ތާއީދު ނުކުރާ އެތައް ބަޔެއްގެ ތާއީދު ލިބިފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ބަލާލާއިރު، އަޅުގަނޑުމެންނަށް މި ގެއްލިގެން ދިޔަ އަދަދާ ނޫނީ އެއަށް ވުރެ އިތުރަށް ވޯޓު ލިބޭ ތަން އަޅުގަނޑުމެންނަށް އެބަ ފެނޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ ކެންޑިޑޭޓެއްގެ ގޮތުގައި ނަޝީދު އިންތިޚާބަށް ނުކުންނެވި ނަމަވެސް، ނަޝީދުގެ މައްޗަށް ކުރި ހޯއްދެވޭނެ ކަމުގެ ޔަގީންކަން ދެއްވަން ރައީސް ނެންގެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގައި ވެސް ވާދަވެރި ދެ ޕާޓީއަކަށް ވެގެންދާނީ އެމްޑީޕީ އާއި ޕީޕީއެމް. އޭގެ ތަފާތެއް އައިއްސަ އޮތް ތަނެއް އަޅުގަނޑަކަށް ނުފެނޭ،"
އެހެންވީމާ އަޅުގަނޑުމެންގެ ޗެލެންޖަކީ ޑިމޮކްރެޓްސް އެއް ނޫން. އަޅުގަނޑުމެންގެ ޗެލެންޖަކީ ޕީޕީއެމް."
ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވުމަށް މިިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ނަޝީދު ވިދާޅުވި ވާހަކައިގެ ރައްދުގައި ރައީސް ވިދާޅުވީ އެއީ ވާނެ ކަމެއް ނޫން ކަމަށެވެ.
މީގެ ކުރިން ވެސް، އެމްޑީޕީގެ ލީޑަޝިޕުގައި ތިއްބެވި ބޭފުޅުން ޕާޓީން ވަކިވެވަޑައިގެންފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއް ސިޔާސަތުތަކާއި އެއް ވިސްނުމެއްގައި ޕާޓީ ކުރިއަށްދާ ކަމަށެވެ.
އެހެންކަމުން، އެމްޑީޕީ ރޫޅާނުލެވޭނެ ކަމާމެދު ރައީސް އެއްވެސް ވަރަކަށް ޝައްކު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ ކެންޑިޑޭޓެއް މި އިންތިޚާބުގައި ނެރޭނެ ކަމަށް ބުނެފައިވާއިރު، ކެންޑިޑޭޓު ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓު އެ ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަރުވާފައި ވީނަމަވެސް، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، އެމަނިކުފާނަށް މި އިންތިޚާބުގައި ވާދަ ކުރެއްވޭނެ ކަމާމެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ. އެ ހުކުމްގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުގައި ކުރިއަށްދާއިރު، އިދިކޮޅުގެ އުއްމީދަކީ އެ މައްސަލަ ކާމިޔާބުވެގެން ޔާމީން މިނިވަންވެ، އިންތިޚާބުގައި ވާދަކުރެއްވުމެވެ.
މިވަގުތު ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އެމްއެންޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވެސް ވަނީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިނިވން
18 July 2023
ޗެލެންޖަކަށް ނުވާ މީހާ ކެމްޕޭން ކުރަން ދޫކޮށްލާފަ. ޗެލެންޖަކަށްވާ މީހާ ޖަލުގަ ބާއްވާފަ.
ދަ ޑިމޮކްރެޓްސް
18 July 2023
ޕީ.ޕީ އެމްދެކެ ބިރުގަންނަވަރުން ދޯ ޔާމީނު ދޫ ނުކޮށް ޖަލުގައި ތަޅުއަޅުވައިގެން ތިޔަ އުޅެނީ. އަމިއްލަ ދުލުން އެވާހަކަވެސް ތިޔަ ބުނީ. ވައްކަންވެސް ކުރަނީ ވަރަށް ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކުގައޭ ބުނިފަދައިން.
ޗެޗދރފ
18 July 2023
38000... މީގެން ބޮޑު ބައެއް ނުލިބޭނެ
އަހޭ
18 July 2023
އަދި އެހެން ޗެލެންޖެއްވެސް އަބަ އޮތް. އެމްޑީޕީ އިން ކަނޑާލި މީހުން އޭގެ ހައްގު ބަދަލް ހިފާނެ ފިސާރި ރަނގަޅަށް.
މަށޭ.
18 July 2023
ހަބޭސް ކަލޯ
ވާދޫ މޯޑް
18 July 2023
އިބޫވެސް ރަނގަޅު އެއްޗެއް ކިޔާފި. ޕީޕީއެމް އޮތީ ހަމަ އެގޮތުގައި، ދެން އެމްޑީޕީގެ ގިނަ މީހުން ޑިމޮކްރަޓްސް އާއި ގުޅި އަދި ޕީޕީއެމް އާއި އެކީ އިބޫ ނޫން ގޮތެއް މާ ފަސޭހަ ވާނެ އިބޫ ބަލި ކުރަން،
އައްޑޫ123
18 July 2023
މިހާރުވެސް އިންޑިޔާ ތެޅިފޮޅެނީ މި ސަރުކާރު ފޭލްވާތީ.
ހޯރަބޭ
18 July 2023
ހަގީގަތުގަ ވެސް ނަސީދަކީ ވަރަށް ހުދުމުހުތާރު ޒާތީ ބޭފުޅެއް. ޔާމިނު މެންނަށް ވުރެ ވެސް ގޯސް.
ޝޮކްތެރަޕީ
18 July 2023
ރާއްޖެ އަކީ މިސަރަހައްދުގަވެސް އެމްމެ ބިމުގެ ދަތިކަން އޮތްގައުމު. ވޯޓް ހޯދަން ވެގެން ބިންތައް ބަހާ ހުސްކޮއްލަނީ. ދިވެހިންނެ ނުދޭނެ ވޯޓެއް މި ސަރުކާރައް އިންޝާﷲ
ޢެމެރިކާ
18 July 2023
އެެހެންވެގެންނުން ރައިސް ޔާމިން ޖެލުގަ ބާއްވަނީދޯ؟
ލޫޕު
18 July 2023
މަނިކުފާނަށް އޮށް ޗެލަންޖަކީ ރިޔާސީ ވައުދުތަކާ މެނިފެސްޓޯ ބޮލާލާ ޖަހާލާ އޮޅުވާލަން އުޅުން. ރައްޔިތުން ޒުވާނުން އެއްކޮށްގެން ދެއްކެވި ވާހަކަތަކާ ނެންގެވި ސެލްފީ ތަކުގެ މަތިން މަނިކުފާ ހަނދާން ނައްތާލުން. ހެއްދެވި ސިއްރު އެގުރިމެންޓްތަކާ ސިޓީބިޓީ ތަކާ. ކޮރޮޕްޝަނާ އިސްރާފާ، ބޭއިންސާފާ. ދަރަންޏާ، އިންފުލޭޝަނާ. ސިއްހީ ނިޒާމު ގަޑުބަޑުކޮށް ހަލާކު ކޮށްލުމާ. ދިވެހިންގެ ވަޒީފާ އިތުރުނުވެ ބިދޭސީންނަށް އިސްކަން ދިނުމާ، ރައްޔިތުންގެ ހާލަތު ދައްވުން. ޓެކުސް